13 ޖެނުއަރީ 2020 - 11:01
އައްޑޫ މަރަދޫފޭދޫގައި ހުންނަ ދަމަނަވެށިން ވެކްސިން ތައްގަނޑެއް ވަގަށް ނަގައިފި އެވެ.
ވެކްސިން ނުޖަހައި ކުދިން ވައްދާ ސްކޫލެއް އައްޑޫގައި ހުރި ކަމަށް، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް އިއްޔެ ވިދާޅުވެފައިވާ ދަނޑިވަޅެއްގައި މި ވައްކަމުގެ ވާހަކައިން، ސިއްހީ ދާއިރާގެ ބައެއް މީހުންގެ ހިތުގައި ވަނީ ސުވާލުތަކެއް އުފެދިފަ އެވެ.
"ވެކްސިން ނުޖަހާ ތިބި ކުދިންގެ ބުކްލެޓްގައި މިހާރު އެ ތައްގަނޑު ޖަހާފައި ހުރެދާނެ،" މި ވައްކަން ފަޅާއެރުމާ އެކު "މިހާރު"އާ ވާހަކަ ދެއްކެވި ޑޮކްޓަރަކު، ނުނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.
މިދިއަ މަހެއްހާ ދުވަހުގެ ތެރޭގައި މަރަދޫފޭދޫގެ ދަމަނަވެށިން ތިން ފަހަރެއްގެ މަތިން ވަނީ ވައްކަންކޮށްފަ އެވެ. ވެކްސިން ޖެހިކަން އަންގައިދޭން ޖަހާ ތައްގަނޑުގެ އިތުރުން ރަސްމީ ލިޔެކިޔުންތައް ބަލަހައްޓާ ކޮމްޕިއުޓަރުގެ ސީޕީޔޫ ވެސް ވަނީ ވަގަށް ނަގައިފަ އެވެ.
ދަމަނަވެށި ހިންގެވުމާ ހަވާލުވެ ހުންނެވި ކޮމިއުނިޓީ ހެލްތު އޮފިސަރު މުހައްމަދު އިހުތިޝާމް ނަޖީބު "މިހާރު" އަށް ވިދާޅުވީ ވެކްސިން ތައްގަނޑާއި އޮފީހުގެ ރަސްމީ ތައްގަނޑާއި ރަސްމީ ލިޔުންތައް ހުރި ސީޕީޔޫގެ ބޭނުން ނާޖާއިޒު ގޮތުގައި ބަޔަކު ކޮށްފާނެ ކަމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދަމަނަވެށިން ވައްކަންކުރި މައްސަލަ ފުރަތަމަ ރިޕޯޓްކުރީ މިދިޔަ މަހުގެ 26 ގައި ކަމަށާއި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވަ އެވެ.
އިހްތިޝާމް.
"ވެކްސިން ޖެހިކަން އަންގައިދޭ ތައްގަނޑާއި ވެކްސިންގެ ކާޑްގެ ކޮޕީތަކާއި އަދި އޮފީހުގެ ރަސްމީ ހުރިހާ ލިޔެކިޔުންތަކެއް ހުރި ސީޕީޔޫ ވަގަށް ނަގާފައިވާތީ އެ އެއްޗެހީގެ ބޭނުން ބަޔަކު ނަހަމަ ގޮތުގައި ކޮށްފާނެ ކަމުގެ ބިރު އެބަ އޮތް. އަދި އެކަން ކުރުމުގެ ފުރުސަތު ވެސް އެބަ އޮތް،" އިހްތިޝާމް ވިދާޅުވި އެވެ.
"އެހެންވެ އެއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ މައްސަލައެއް."
އޭނާ ވިދާޅުވި ގޮތުގައި މިކަމުގެ ސީރިއަސްކަން ގުޅެނީ، ވެކްސިން ފުރިހަމަކޮށްފައި ނުވާ ކުދިން ވައްދާ ސްކޫލެއް އައްޑޫގައި ހުރި ކަމަށް ޑޮކްޓަރަކު ވިދާޅުވެފައިވާ ދަނޑިވަޅަކަށް ވާތީ އެވެ.
އިހުތިޝާމް ވިދާޅުވި ގޮތުގައި ކައިރިކައިރީގައި ތިން ފަހަރެއްގެ މަތިން ދަމަނަވެށި ފަޅާލައިގެން ކުރި ވައްކަމުގައި ކޮމްޕިއުޓަރެއްގެ މޮނީޓަރަކާއި ޕްރިންޓަރަކާއި ޓޫލް ބޮކްސްއަކާއި އޮފީހުގެ ވައްގަނޑުގައި އޮތް 1،800ރ. ހިމެނެ އެވެ. އެ ވައްކަން ކުރީ އޮފީހުގެ ކުޑަދޮރުތަކެއް ހަލާކުކޮށްލައިގެން ކަމަށް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަތީފު
14 January 2020
ދެންއޮންނާނީ ވެކްސިންދިންކަމައްވެފަނޫން. ތިތަނުގެތެރޭންބަޔަކުދީގެންނެނޫންތަގިންދިޔަޢީ.
20000
14 January 2020
އެއް އަހރެއްގާ ތިން ފަހަރު ވައްކަން ކުރިއޔޭ. ތިޔަ ތަން ސެކިއުރިޓީ ބަލަހައްޓަބަލަ ހެލްތު މިނިސްޓަރ
ކަޓޭ
13 January 2020
ޓެރަރިޒަމްގެ އަމަލެއް، ގަސްދުގަ ހިމަބިހި ފަތުރަން ވެކްސިން ނުދޭކުދިން ވެކްސިންކާޑްގައި ތައްގަޑު ޖަހާފަ ސްކޫލަށް ފޮނުވަން ކުރާކަމެއްކަން ޔަގީން. ސްކޫލްގެ ލިޔެކިޔުންތަށް ފުލުހުން ޗެކްކުރުން ވަރަށް މުހިއްމު.
ބެއްޔަގެ ބެއްޔާ
13 January 2020
އައްޑޫ މީހުން ހާދަ ވެކްސިންއާ އިދިކޮޅުވެގެން މިއުޅެނީ؟ ކިހިނެއް ވެގެން؟
އަލިހަންދްރޯ
13 January 2020
ތައްގަޑު ޖެހީމާ ހިމަބިހި ނުޖެހޭކަމަށްވަންޏާ އަޅުގަޑުވެސް ތައްގަޑެއް ޖަހަން ބޭނުން.
ގައުމީ ލޯބީގާ
13 January 2020
މަމެންގެ ގައުމެއްނެތް. މިހާރު ހުންނާނީ ވެކްސިން ކާޑް ފުރިހަމަކޮއްފަ . ކިހާދެރަ . މީގެކުރީގަ ނުކުރާހާކަންތައްތައް ކީއްވެގެން މިހާރު މިކުރެވެނީ މިއީ ހިތާމަހުރި ކަމެއް .
ގަޓް ބްރޯ
13 January 2020
ކުރީ ސަރުކާރުގެ ވާގިވެރިން ދައުލަތުގެ މުއައްސަސާ ތަކުގަ ތިބޭހާ ދުވަހަކު ތިޔަކަހަލަ އެތައް ކަމެއް ވާނެކަމަށް ގަބޫލުކުރަންޖެހޭ.
ހުވަދޫ ސިޓީ
13 January 2020
އަދިވެސް ޑާޓާ ފޮތެއްގަ ލިޔެފަ ނޫނީ އެންމެ ކޮމްޕެއްގަ ބަހައްޓައިގެން އުޅޭ ބަޔަކު ސިޓީ އެއްގެ ދަރަޖަ ހޯދަން މަރުދަންޖެހި ސިޓީބިޓީއެއްގަ މިއުޅެނީ? ސިޓީ ތަރައްޤީއަށް ސާބަސް
ރަށުދެވި
13 January 2020
ދެން ނެތެއްނުން މިގައުމުގަ އުޅެވޭކައް އެއްވެސް ތަނެއްގަ އިންސާފެއްނެތް ގަވައިދެއްނެތް ގާނުނު ނުހިންގާ އެތަބަޔަކު ދިނާއް ފުރާއްސާރަކޮއް ހިތުހުރި އެއްޗެއްގޮވަނީ ފައިސާތިޖޫރިތައްް ވަގައްނަގަނީ ބޭންކައް ޖަމާކޮއް ނަގާފައިސާއައް މަކަރުހަދަނި ވެކުސިންކޮޅާ ކޮންޕިއުޓަރު ވަގައްނަގަނީ ޖަލުގަ ތަޅާފޮޅަނީ ޖަލުބަލަހަހައްޓަން ތިބޭމީހުން ދައްކާ ވަހަކަޔާ ދެންތިނިބަޔަކާ ދިމަލެއްނުވޭ ކޮމިސަނެއް ހެދިއްޔާ އެދަނީ ޗޮކުން.ބުނެވޭކައް ނެތްނުބުނެމިތާ ތިބެވޭކައްވެސް ނެތް
*****
13 January 2020
މެނުއަލްކޮށް ދެލިން ޖަހާ ތައްގަނޑެއްނަމަ ބާވެފަ އޮތް ވެކްސިން ކާޑެއްގަ އާ ތައްގަނޑެއް ޖެހީމަ ކޮންމެވެސް ވަރަކަށް ދެނެގަންނަން އެނގޭނެ ކަންނޭނގެ. އަދި އާ ވެކްސިން ކާޑެއް ހަދައިގެން ތައްގަނޑު ޖަހައިފިނަމަ ކުދިންގެ އުމުރާ އަޅާބަލާފަ އެ ވެކްސިންކާޑު މާ އާ ނަމަ އިތުރަށް ކަންކަން ބަލައިލެވިދާނެ. ވެކްސިން ކާޑަކީ އެ ގެންގުޅޭ ގޮތުން ބައެއް ފަހަރު ތަންކޮޅެއް ބާ ކަމަށް ދައްކާ އެއްޗެއް.