ޚަބަރު / އަބްދުﷲ އަމީން، ކުރީގެ ހެލްތު މިނިސްޓަރު

ވެކްސިން ޖެހުމަށް ހެލްތު މިނިސްޓަރު އިލްތިމާސް ކުރައްވައިފި

ހިމަބިހި ވެކްސިންއާ ބެހޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަމީން (ކ-2) ވާހަކަދައްކަވަނީ-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ހިމަބިހި ވެކްސިން ޖަހައި ޑޯޒް ފުރިހަމަކުރުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު އިލްތިމާސްކުރައްވައިފި އެވެ.

ނައްތާލިކަން އިއުލާނުކޮށްފައިވަނިކޮށް ރާއްޖެ އިން އަލުން ހިމަބިހި ފެނިފައިވާކަން ސަރުކާރުން ވަނީ މިދިޔަ ހަފުތާގައި ހާމަކޮށްފަ އެވެ. އެއާއެކު ވެކްސިންގެ ޑޯޒް ފުރިހަމަނުކުރާ މީހުންނަށް ހާއްސަކޮށްގެން ތިން މަސް ދުވަހަށް ހަރަކާތްތަކެއް ހިންގަން ވަނީ ނިންމައިފަ އެވެ.

ހިމަބިހި ޖެހިގެން ތިން އަހަރުގެ ފިރިހެން ކުއްޖަކަށް މިދިޔަ ހަފުތާގައި ފަރުވާ ދީ، ދޫކޮށްލި ފަހުން 30 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިން ވެސް އެ ބަލި ފެނިފައިވެ އެވެ. އޭގެ އިތުރުން 17 އަހަރުގެ ފިރިހެން ކުއްޖަކު ވެސް އެ ބައްޔަށް ޝައްކު ކުރެވޭތީ އައިޖީއެމްއެޗުގައި ޓެސްޓުތަކެއް ހެދި އެވެ. ނަމަވެސް އޭނާ ހިމަބިއްސަށް ނެގެޓިވް ކަމަށް މިނިސްޓްރީން ވަނީ ފަހުން ބުނެފަ އެވެ.

އެ ކުޑަ ކުއްޖާ ފުރިހަމަކޮށްފައިވަނީ އުމުރުން ހަ މަހާ ހަމައަށް ޖަހަންޖެހޭ ވެކްސިންތަކެވެ. ނުވަ މަހުގައި ޖަހަން ޖެހޭ މީސަލްސް ރުބެއްލާ އާއި 18 މަހުގައި ޖަހަން ޖެހޭ އެމްއެމްއާރު ވެކްސިން ނުޖަހަ އެވެ.

މި ފަހަރު ހިމަބިހި ޖެހިގެން ފުރަތަމަ ފެނުނު ތިން އަހަރުގެ ކުއްޖާ އާއި 30 އަހަރުގެ މީހާއާ އެއްވެސް "ކޮންޓެކްޓެއް" ނެތެވެ. އެކަމަކު ފިރިހެެން މީހާ ވެސް ދިރިއުޅެނީ، ކުޑަ ކުއްޖާ އަށް ހިމަބިހި ޖެހުނު ކަމަށް ޝައްކުކުރާ ހުޅުމާލޭގަ އެވެ. ނަމަވެސް އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.

ތިން އަހަރުގެ ކުއްޖާ މި ފަހުން ރާއްޖެ އިން ބޭރަށް ދިޔަކަން އެނގެން ނެތް ކަމަށާއި އެހެންވެ، ހިމަބިހި ރާއްޖެ އަށް މިފަހަރު ފެތުރުނު ގޮތް ބަލަން ޖެނެޓިކް ޓެސްޓުތަކެއް ހަދަން ރާއްޖެ އިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިިނިސްޓްރީން ބުންޏެވެ.

ކުޑަ ކުއްޖަކަށް ހިމަބިހި ޖެހިފައިވާކަން ސަރުކާރުން ހާމަކުރިއިރު، ވެކްސިން ނުޖަހާ ކުދިން ވައްދާ ސްކޫލެއް އައްޑޫގައި ހުރިކަމަށް ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެއީ ކޮން ސްކޫލެއް ކަމެއް ވިދާޅެއް ނުވެ އެވެ.

ފައިސަލްގެ އެ ޓްވީޓާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ވެކްސިން ނުޖަހާ ކުދިން ފޮނުވާ ސްކޫލުގެ މައުލޫމާތު ހިއްސާކޮށްދޭން އެދިވަޑައިގެންފަ އެވެ. އޭނާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ސިއްހީ ދާއިރާގެ ބޭފުޅުން ނުސީދާ ގޮތެއްގައި އެފަދަ މައްސަލަތައް ނެންގެވުމަކީ އާއްމުންގެ މެދުގައި ބިރާއި ނުތަނަވަސްކަން ފެތުރޭނެ ކަމެއް ކަމަށެވެ.

މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ވެސް ނޫސްވެރިން ވަނީ އެކަމާ ގުޅޭ ސުވާލުތައް އަމާޒުކޮށްފަ އެވެ. އަމީން ވިދާޅުވީ ސަރުކާރުގެ ރަސްމީ ތައުލީމް ނިޒާމުގެ ތެރެއަށް އެއްވެސް ކުއްޖަކަށް ވަދެވޭނީ ވެކްސިން ޑޯޒުތައް ފުރިހަމަކޮށްގެން ކަމަށެވެ. ނަމަވެސް ވެކްސިން ފުރިހަމަނުކުރާ ކުދިން ވައްދާ އަމިއްލަ އެހެން ސްކޫލެއް ހުރިކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.

"ވެކްސިން ނުޖަހާ މީހުން، ވެކްސިން ޖަހަން އިންކާރު ކުރާ މީހުންގެ މައުލޫމާތު އެބަހުރި. މިހާތަނަށް ވެކްސިން ނުޖަހާ ފަރާތްތަކާ މެދު ގާނޫނީގޮތުން ހުރި ހުރަސްތަކެއްގެ ސަބަބުން ވެކްސިން ނުޖަހާ ފަރާތްތައް، ވެކްސިން ނުޖެހުމުގައި ދެމިތިބީ. ރާއްޖޭގެ ވެކްސިން ކަވަރޭޖުގެ ނިސްބަތަށް ބަލާކަމުގައިވާނަމަ، ވެކްސިން ނުޖަހާ މީހުންގެ ނިސްބަތުގެ ބައެއް، ވެކްސިން ޖެހުމަށް އިންކާރުކުރާ ފަރާތްތަކަކީ،" އަމީން ވިދާޅުވި އެވެ.

"ކުރިއްސުރެ ސަރުކާރުން ނިންމާފައިވަނީ، ވެކްސިން ޖެހުމަށް އިންކާރުކުރާ ފަރާތްތަކަށް ވެސް، އެ ފަރާތްތަކުގެ ދަރިންނަށް ވެސްމި އަހަރުން ފެށިގެން ވެކްސިން ޖަހަން ޖެހޭނެކަމަށް."

އެކަމުގެ މިސާލެއް ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރ. މަޑުއްވަރީގައި ދަރިފުޅަށް ވެކްސިން ދޭން ދެކޮޅު ހެދި ހަރުކަށި ފިކުރުގެ މައިންބަފައިންގެ އަތުން އެ ކުއްޖާ އަތުލައި ބޮޑުދައިތައާ ހަވާލުކުރި ކުރުމެވެ.

ވެކްސިން ދިނުން މަޖުބޫރުކޮށް ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބިލް ފާސްކޮށްފަ އެވެ. އެ ގާނޫނު ބުނާގޮތުން ކުޑަކުދިންނަށް އަޅާނުލައި، އިހުމާލުވާ އަދި އިހާނެތިކޮށް ހިތާ މީހުންނަށް ފިޔަވަޅު އެޅޭނެ އެވެ.

އަމީން ވިދާޅުވީ މި ވަގުތަށް ބޭނުންވާ ވެކްސިން އެބަހުރި ކަމަށެވެ. އިތުރަށް ބޭނުންވާ މިންވަރަށް ވެކްސިން ހޯދުމުގެ ކަންކަން ޑަބްލިއުއެޗްއޯއާ ގުޅިގެން ކުރިއަށް ގެންދާ ކަމަށާއި އެ ތަކެތި ރާއްޖެ ގެންނަން ގިނަވެގެން ނަގާނީ 10 ދުވަސް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެގޮތަށް ވެކްސިން ޖަހާއިރު އިސްކަންދޭނީ، ހިމަބިހި ޖެހުނުކަމަށް ޝައްކުކުރެވޭ ސަރަހައްދުގެ މީހުންނަށެވެ.

"ވެކްސިން ނުޖަހާ މީހުން، ވެކްސިން ޖަހަން އިންކާރު ކުރާ މީހުންގެ މައުލޫމާތު އެބަހުރި. މިހާތަނަށް ވެކްސިން ނުޖަހާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ހުރި ހުރަސްތަކެއްގެ ސަބަބުން ވެކްސިން ނުޖަހާ ފަރާތްތައް، ވެކްސިން ނުޖެހުމުގައި ދެމިތިބީ. ރާއްޖޭގެ ވެކްސިން ކަވަރޭޖުގެ ނިސްބަތަށް ބަލާކަމުގައިވާ ނަމަ، ވެކްސިން ނުޖަހާ މީހުންގެ ނިސްބަތުގެ ބައެއް، ވެކްސިން ޖެހުމަށް އިންކާރު ކުރާ ފަރާތްތަކަކީ،" އަމީން

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ ތިން އަހަރުގެ ކުއްޖާއި 30 އަހަރުގެ މީހާއަށް ބަލި ޖެހުނީ ކިހިނެއްތޯ ބަލަމުން އަންނަ ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި އެ މީހުންނާ އެއްވެސް ގޮތަކުން ކޮންޓެކްޓެއް އޮތް ބައެއް ހޯދައި، އެ މީހުން ވެކްސިން ޖަހާފައިވާކަން ކަށަވަރުކުރާނެ ކަމަށް ވިދާޅުވި އެވެ. ޑޯޒްތައް ފުރިހަމަ ނުކުރާނަމަ، ވެކްސިން ޖަހާނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ގިނަ އަދަދަކަށް ބިދޭސީން އުޅޭއިރު، އެމީހުންނަށް ވެސް ވެކްސިން ދިނުމަށް އުސޫލީ ބަދަލުތަކެއް ގެންނާނެ ކަމަށް ވިދާޅުވި އެވެ. މީގެ ކުރިން ވެސް އެ ވާހަކަތައް ދެކެވުނު ކަމަށާއި ހިމަބިހި އަލުން ފެނުމުން އެކަމަށް ވަކިން ބޮޑަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"ބިދޭސީންނަށް ވެސް މިހާރު ހުރި ނިޒާމުގެ ތެރެއިން ވެކްސިން ދެވޭނެ. އަޅުގަނޑުމެން ލާޒިމްކުރަން ބޭނުންވޭ ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ މީހަކީ ވެސް ރާއްޖެ އިން ނައްތާލެވިފައިވާ ބަލިތަކާއި އަދި ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ދޭންޖެހޭ ވެކްސިންތައް ދީފައިވާ ބަޔަކަށް ހެދުމަށް. އެކަން ލާޒިމްކުރުމަށް ވިސާ ދޭ ޕްރޮސެސް އަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އެ މަސައްކަތް ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ހިމަބިހީގެ އަލާމާތްތައް ފެންނަން ފަށާނީ ވައިރަސްގެ އަސަރު ކުރާތާ 10-14 ދުވަސް ތެރޭގަ އެވެ. ބަލީގެ އާންމު ނިޝާންތަކާއި އަލާމާތްތަކުގެ ތެރޭގައި، ހުން އައުމާއި ހިކިކޮށް ކެއްސުމާއި ނޭފަތުން ފެން/އަރިދަފުސް ފޭބުމާއި ކަރުގައި ރިއްސުން އަދި ލޯ ދުޅަވެފައި ހުރުން ހިމެނެ އެވެ.

7 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 80%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮލުރޮދި

15 January 2020

މިފަހަކަށް އައިސް ފާއިތުވި 14 ވަރަކަށް މަސްތެރޭގައި އެކިވައްތަރުގެ އެލާޓުނެރި އަބަދުވެސް ރައްޔިތުން މިތިބެންޖެހެނީ ބިރުވެރި ކަމެއްގެ ތެރޭގައި، އާއަހަރުގެ ކިޔެވުން ފެށުމާއި އެކު އަހަރުމެންގެ ޅަދަރިންގެ ރައްކާތެރިކަންގެއްލިއްޖެ. މިރާއްޖެއަށް އަނެއްކާ މިސީބާތެއް ކުރިމަތިވަނީބާ؟

The name is already taken The name is available. Register?

ގިޓާ

14 January 2020

ހެލްތު ސްކުރީނު ނުކޮށް މީހުން އެތެރެ ކުރަނީ އިމިގުރޭޝަންއާއި ހެލްތު މިނިސްޓްރީން ޒިންމާ އުފުލަންޖެހެނީ އެޑިއުކޭޝަނުން މިއީ ފަރިއްސެއްތަ

The name is already taken The name is available. Register?

ގިޓާ

14 January 2020

ވެކުސިން ދިނުމަކީ ހެލްތު މިނިސްޓްރީގެ ޒިންމާއެއް އެކަން ނުވީމާ އެޑިޔުކޭޝަން ކުވެރިވަނީ ފައިސަލް ޑުރާމައިގެ ޑައިލޮގު ވަރަށް ސަޅި ޕަބިކު ހެލްތު ގައި އެތައްސަތޭކަ ބަޔަކުތިބޭ ކުރާ ކަމަކީ ކޮބައި ކުއްވެރިވަނީ ސްކޫލުތައް ވެކުސިންދިނަސް ނުދިނަސް ތަޢުލީމުން މަޙުރޫމު ނުކުރެވޭނެ ޒިންމާ ދަސްކުރާ އަސާސީ ކުލާާހެއްގައި ފައިސަލް ބައިވެރިވުން ރަގަޅު ވާނެ

The name is already taken The name is available. Register?

ރޫހީ

14 January 2020

ކޮބާ މިގައުމުގަ ތިބި ތިންލައްކަ ބިދޭސީން. 250 ޑޮލަރ ދިނީމަ ފޭކް މޭޑިކަލް ހަދައިދޭ ބޭރު ޑޮކްޓަރުން އެބަތިބި މިގައުމުގަ. އެ މެޑިކަލްގަ އޮންނަ ގޮތުން ބިދޭސީމީހާގެ އެއްވެސް "ބައްޔެއ" ނުހުރޭ. ބޮއްސުންލާފަ އޮތް ގައުމެއް މިއީ.

The name is already taken The name is available. Register?

ފިކުރުކުރާ ފިކުރީ

14 January 2020

ސާބަހޭ އަމީން.. އަނދަގޮނޑި ޖަހާފައި ނަމަވެސް މިފަހަރު ތިކަން ނުރާތި.. މަގޭ ހިތަށް ހަމަ އަރާ އިސްލާމް ދީނުގެ ކޮން ފޮތެއްގައި ބާވައޭ އޮތީ އެހެން މީހުން ނުރަކަލަށް ވައްޓާލުމަކީ ރަނގަޅު ކަމެކޭ..

The name is already taken The name is available. Register?

މަރިއަމް

13 January 2020

ގަވައިދާ ހިލާފަށް އުޅޭ ބޭރުމީހުނަށް ހިލޭ ވެކްސިން ނުޖެހޭނަމަ ނުދާނެ...އެމީހުން ގަޔަށް ވެކްސިން ނުޖަހާނަމަ ރައްކާތެރި ކަމެއް ނޯންނާނެ..އަލަށް އަންނަމީހުން ޖެހިއަސް ނުނިމޭނެ..

The name is already taken The name is available. Register?

ރަދީފުގެދަރި ކުމާރު

13 January 2020

ނަސޭހަތްދީގެން ވެކުސިންނުޖަހަންޏާ އިފާއްޓާބަހައްޓާފަ ވެކުސިންޖަހަންވީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454