ޑްރަގާ އެކު ޕްރިންސިޕަލަކު ހައްޔަރުކޮށްފި

މަސްތުވާތަކެތިި ގެންގުޅުނު ކަމުގެ ތުހުމަތަށް ނ. މާޅެންދޫ ސްކޫލްގެ ޕްރިންސިޕަލް ހައްޔަރުކޮށްފި އެވެ.


މާޅެންދޫ ކައުންސިލްގެ މެމްބަރު މުހައްްމަދު ޝާހް މޫސާ "މިހާރަ"ށް މިއަދު ވިދާޅުވީ އެރަށު ސްކޫލްގެ ޕްރިންސިޕަލް ޔޫސުފް އާދަމް ހައްޔަރުކޮށްފައިވާ ކަމަށާއި އެކަމަކު އެއީ ކޮން މައްސަލައަކާ ގުޅިގެން ކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އެކަމަކު ޕްރިންސިޕަލް ހައްޔަރު ކުރީ މަސްތުވާތަކެތި ގެންޅުނު ކަމުގެ ތުހުމަތަަށް ކަން ވަނީ އެނގިފަ އެވެ.

ފުލުހުން ބުނީ ނ. މާޅެންދޫގައި ހިންގި އޮޕަރޭޝަނެއްގައި ފަސް ގްރާމް މަސްތުވާތަކެއްޗާ އެކު އުމުރުން 49 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކުރި މީހާއަކީ ޒިންމާދާރު މަގާމެއްގައި ހުރި މީހަކަށް ވާތީ ކަމާ ގުޅޭ އިދާރާއާ މައުލޫތު ހިއްސާކޮށްފައި ވާނެ ކަމަށް ވެސް ބުންޏެވެ.

ބެލެވޭ ގޮތުގައި ޕްރިންސިޕަލް ހައްުޔަރު ކުރި ކަމުގެ މައުލޫމާތު ފުލުހުން ދޭނީ އެޑިއުކޭޝަން މިނިސްޓްރީ އަށެވެ.

ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.