ޚަބަރު / ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020

ގައުމެއް ހަލާކުވާނެ ހުރިހާ ސިފައެއް ވާދަވެރި ޕާޓީތަކުގެ ސިޔާސީ ހަރަކާތްތަކުގައި ދައްކާ: ނަޝީދު

އެމްޑީޕީން ކުޅުދުއްފުށީގައި ރޭ ބޭއްވި ޖަލްސާ އަށް ފަހު، އެ ރަށުގެ ރައްޔިތުން އެރުވި ކޭން އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް ނަޝީދު އިންސާފު ކުރައްވަނީ.

16 ޖެނުއަރީ 2020 - 07:47

33 comments
angry icon 84%

ގައުމެއް ހަލާކުވާނެ ހުރިހާ ސިފައެއް އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކުގެ ސިޔާސީ ހަރަކާތްތަކުގައި ދައްކަމުންދާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

އަންނަ އޭޕްރީލް ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ދިމާކޮށް، އެމްޑީޕީން ތިލަދުއްމައްޗަށް ކުރަމުން އަންނަ ކެމްޕެއިން ދަތުރުގެ ތެރެއިން، ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ، 2018 ގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު އޭރުގެ އިދިކޮޅު ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންނެވީ ހިތުގެ އަޑިން ގަބޫލުފުޅު ކުރެއްވޭ ވާހަކަތަކެއް ކަމަށެވެ. އެ ވައުދުތަކަކީ އެމްޑީޕީ އުފެދުމުގެ އަސާސް ކަމަށާއި އެއީ އެހެން ސިޔާސީ ޕާޓީތަކުން އެއްވެސް ގޮތަކަށް ދަންނަ ކަންކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެމްޑީޕީއާ ވާދަވެރި ޕާޓީތަކުން ކުރިއަރައި މޮޅުވެފައިވާ ކަންތައްތައް އެބަހުއްޓެވެ. ފުރަތަމަ ކަމަކީ، ނަޝީދު ވިދާޅުވި ގޮތުގައި، އެމްޑީޕީއާ ދިމާއަށް ލާދީނީ ބައެއް ކަމަށް ގޮވުމެވެ. އެކަމަކު، އެއީ ރާއްޖޭގެ އެއްވެސް ބަޔަކު ގަބޫލުކުރާ ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ

ނަޝީދު ވިދާޅުވީ، އެހެން ޕާޓީތަކުގެ އެންމެ ބޮޑު ހުނަރަކީ ފިތުނަ އާއި ފަސާދަ އުފެއްދުމާއި ދޮގު ހެދުމާއި ދެބައޮޑުވުން ކަމަށެވެ.

އެހެން ޕާޓީތަކަށް ނަޝީދު ފާޑުވިދާޅުވާއިރު، އެމަނިކުފާނު ވެސް 2008 ގައި ވެރިކަމަށް ވަޑައިގަތީ އެ ވިދާޅުވާ ސިޔާސީ ޕާޓީތަކުގެ ބޮޑު ކޯލިޝަނަކުން ގުޅިގެން ކުރި ބުރަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. އަދި 2018 ގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ލިބިވަޑައިގަތީ ވެސް ހަމަ އެ ޕާޓީތައް ހިމެނޭ ބޮޑު ކޯލިޝަނަކުން އެމަނިކުފާނާއި އެމްޑީޕީ އަށް ކޮށްދިން މަސައްކަތްތުންނެވެ.

"ގައުމެއް ހަލާކު ވެގެންދާނެ ހުރިހާ ސިފަތަކެއް އެ ބޭފުޅުންގެ ސިޔާސީ ހަރަކާތްތަކުގައި ދައްކަމުން އެ ގެންދަނީ. ނަސްލީ އިމްތިޔާޒުގެ އެންމެހައި ސިފަތައް އެ ބޭފުޅުންގެ ވާހަކަތަކުން އެ ބޭފުޅުންގެ ކޮންމެ ހަރަކާތަކުން އަޅުގަނޑުމެންނަށް ފެންނަމުން މި ދިޔައީ އަދި ރާއްޖޭގެ ރައްޔިތުންނަށް މާ ބޮޑަށް ސާފުވަމުން މި ދިޔައީ މި ބޭފުޅުންނަކީ ހަމައެކަނި ފިތުނަފަސާދަ އުފައްދަން ތިއްބަވާ ބޭފުޅުންކަން،" އެހެން ޕާޓީތަކުގެ އެހީތެރިކަމާއި އެއްބާރުލުމާ އެކު ވެރިކަމަށް އާދެވުނު އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.

އެހެން ޕާޓީތަކަށް ނަޝީދު ފާޑުވިދާޅުވާއިރު، އެމަނިކުފާނު ވެސް 2008 ގައި ވެރިކަމަށް ވަޑައިގަތީ އެ ވިދާޅުވާ ސިޔާސީ ޕާޓީތަކުގެ ބޮޑު ކޯލިޝަނަކުން ގުޅިގެން ކުރި ބުރަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. އަދި 2018 ގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ލިބިވަޑައިގަތީ ވެސް ހަމަ އެ ޕާޓީތައް ހިމެނޭ ބޮޑު ކޯލިޝަނަކުން އެމަނިކުފާނާއި އެމްޑީޕީ އަށް ކޮށްދިން މަސައްކަތްތުންނެވެ.

"ގައުމެއް ހަލާކު ވެގެންދާނެ ހުރިހާ ސިފަތަކެއް އެ ބޭފުޅުންގެ ސިޔާސީ ހަރަކާތްތަކުގައި ދައްކަމުން އެ ގެންދަނީ. ނަސްލީ އިމްތިޔާޒުގެ އެންމެހައި ސިފަތައް އެ ބޭފުޅުންގެ ވާހަކަތަކުން އެ ބޭފުޅުންގެ ކޮންމެ ހަރަކާތަކުން އަޅުގަނޑުމެންނަށް ފެންނަމުން މި ދިޔައީ އަދި ރާއްޖޭގެ ރައްޔިތުންނަށް މާ ބޮޑަށް ސާފުވަމުން މި ދިޔައީ މި ބޭފުޅުންނަކީ ހަމައެކަނި ފިތުނަފަސާދަ އުފައްދަން ތިއްބަވާ ބޭފުޅުންކަން،" ނަޝީދު

ނަޝީދު ރޭ ވިދާޅުވީ، އެހެން ޕާޓީތަކުގެ މަސައްކަތްތައް މިދިޔަ ދުވަސްތަކުގައި ބައްޓަން ކޮށްފައި ވަނީ އެމްޑީޕީގެ އެއް މެމްބަރަކު އަނެއް މެމްބަރެއްގެ މެދުގައި ފިތުނަ އުފެއްދުމަށް ކަމަށް ވިޔަސް އެމްޑީޕީ އަލުން ވެރިކަމާ ހަވާލުވެ، ބޮޑުކޮށް ދައްކާފައި ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި އިންތިޚާބު [ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު] އަޅުގަނޑުމެން ކާމިޔާބު ކުރާނީ ފަސޭހަކަމާ އެކީގައި. ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑުމެން ހިންގަމުން މި ދާ މަސައްކަތް ކުޑަކޮށް ވެސް އޮޅިފައެއް ނުވޭ،" ނަޝީދު ވިދާޅުވި އެވެ.

ކޮންމެ ފަހަރަކު ވެސް ކޯލިޝަން ޕާޓީތަކުގެ އެހީތެރިކަމާ އެކު، ވެރިކަން ހޯއްދެވުމަށް ފަހު، ކޯލިޝަންގެ ބޭނުންތެރިކަމާ ދެކޮޅަށް ވާހަކަފުޅު ދައްކަވާ ނަޝީދު ވިދާޅުވީ، އެމަނިކުފާނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުންނެވީ އެކުގައި ކަމަށެވެ. އަދި ވިދާޅުވީ، އެ ދެ ބޭފުޅުން ނުކުމެވަޑައިގެން، ހިފާ ކޮންމެ ފަހަރަކު ވާދަވެރި ޕާޓީތަކުން އެތައް ތަނަކުން ބަލިވާ ކަމަށެވެ.

އެހެންވެ، މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ނުކުމެވަޑައިގެން އެހެން ޕާޓީތައް ބޮޑުތަނުން ބަލިކުރާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ކުޅުދުއްފުށީގައި ރޭ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީ އަށް އަޣުލަބިއްޔަތު ލިބެންޖެހޭ ކަމަށާއި އެހެން ނޫން ނަމަ ސަރުކާރުގެ ވައުދުތައް ފުއްދަން އުނދަގޫ ވެދާނެ ކަމަށެވެ.

MDP ah council ge majority  nulibijje nama vaudhuthah fuhdhumugai hurasthah kurimathivaane: Raees

MDP ah council ge majority nulibijje nama vaudhuthah fuhdhumugai hurasthah kurimathivaane: Raees

The most trusted news source in the Maldives

Mihaaru

އެމްޑީޕީ އަށް ކައުންސިލްތަކުގެ މެޖޯރިޓީ ނުލިބިއްޖެ ނަމަ ވައުދުތައް ފުއްދަން ހުރަސްތައް ކުރިމަތިވާނެ: ރައީސް

"ކުޅުދުއްފުއްޓާއި ތިލަދުއްމަތީގެ ހުރިހާ ރައްޔިތުންގެ އަރިހުން އަޅުގަނޑު މި އެދެނި ރިޔާސީ އިންތިޚާބުގައި ތިޔަ ދެއްވި ތާއީދާއި ރައްޔިތުންގެ މަޖިލީހުގައި ތިޔަބޭފުޅުން ތިޔަ ދެއްވި ތާއީދާ އެއްގޮތަށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ވެސް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތިޔަ ބޭފުޅުން ވޯޓު ދެއްވާށޭ،" ރައީސް ވިދާޅުވި އެވެ.

މިއީ މިދިޔަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިންގައި ވެސް ރައީސާއި އެމްޑީޕީން ދެއްކި ފަދަ ވާހަކަތަކެކެވެ.

33 ކޮމެންޓް, 48 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 0%
icon angry icon angry 85%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަހަ

16 January 2020

ނަޝީދު އެވިދާޅުވީ އޭނާގެ ވާހަކަ.އެއީ ފަސާދަކުރާ ފަންޔެއް އޭނާ ބުނާގޮތުން.

The name is already taken The name is available. Register?

ހިޔާލު

16 January 2020

މީނާގެ ނުފޫޒު މިޤައުމުގައި ކީއްވެ މާބޮޑުވާންޖެހެނީ. މީނާގެ ކިބައިން މިޤައުމު ސަލާމަތްކުރުން ބުއްދިވެރި.

The name is already taken The name is available. Register?

ޕަމްޕު

16 January 2020

ފަސާދަ އުފައްދާތީ މީނާ ކަހަލަ މީހުން ކިހާ ކަންބޮޑުވާނެ. މީނާ މިއީކީ ޗައިނާއާ އިންޑިއާ ޖައްސައިގެން ސަރަހައްދީ ގުޅުންތައް ޚަރާބުކުރަން ދުވަހަކުވެސް ވާހަކަ ދެއްކި މީހެއް ނޫން. އަދި މާޒީގައި ދެއްކި ވާހަކައިގައި ޔާމީން، މައުމޫން، ގާސިމް، އިމްރާނަށް ދުވަހަކު ދެރަބަހެއް ބުނި މީހެއްވެސް ނޫން. ކޯލިޝަންގަ ތިބި މީހުން ބާކީ ކުރަން އުޅޭވެސް މީހެއް ނޫން. އެއްއިރެއްގަ ޓޫރިޒަމް ބޮއިކޮޓްކުރަން ގޮވާލައި ފަތުރުވެރިކަން ފުނޑާލަން އުޅުނު މީހެއްވެސް ނޫން.

The name is already taken The name is available. Register?

ހަބީބާ

16 January 2020

ނަޝީދުގެ ކަނު އަދި ބީރު ސަޕޯޓަރުންނަށް ވަރަށް ސަލާމް! ވަރަށް ވެދުން. ސިކުނޑި ނިއްވާލައިގެން ތިބެލާ! 10 ފ 10 ފ ގޮޅިއެއްގައި 3 ކުދީނާއި ދެމެފިރިން ކުލިދައްކާލަ ދައްކާލަ ނަޝީދުއަށް ތަސްބީހަ ކިޔާހެން ސަނާކިޔާ ސެލްފީނަގާ ތިބެލާ! ބޯހަލާކު!

The name is already taken The name is available. Register?

ޕީ.ޕީ.އެމް

16 January 2020

އެމް.ޑީ.ޕީ އަކީ ރައްޔިތުން ގުނބޯ ހައްދާ ޕާތީ އެއް. ހުސް އަނގަ ތަޅާ ޕާޓީއެއް. ނަޝީދުގެ އަމިއްލަ އެދުން ފުއްދަން ގެންގުޅޭ ކުދިން ކޮޅެއް. ކެމްޕޭން ތަކުގަ މޮޅެތި އަނގަތަޅާފަ ވާކަމެއް ނެތް އެއްކަމެއް ވެސް. ފަސްޓް ޑިގްރީ ގްރޭންޓް ސްކީމެކޭ ކިޔައިގެން ވެސް، އަދި އަދަށް ވެސް ކުދިންނަށް ރިފަންޑް ލިބުނީ އެއްނޫން. އަމިއްލަ އަށް ލާރި ދައްކާފަ. އެއް އަހަރު ވަންދެން ރިފަންޑް ހޯދަން އުޅެން ޖެހުނީމަ ގްރޭންޓް ސްކީމެއްގެ ބޭނުމެއް ނެތެެއްނޫންތޯ.

The name is already taken The name is available. Register?

ކަރީޕަހުމީ

16 January 2020

1"ގައުމެއް ހަލާކު ވެގެންދާނެ ނަސްލީ އިމްތިޔާޒުގެ އެންމެހައި ސިފަތައް ރައްރަށުގެ މީހުންނައް ގޯތިހިލޭ މާލޭގެ ރައްޔަތުމިހާޔައް ގަންނަންވެސް މާލޭން ހުޅުމާލޭން ކީއްކުރަންތޯ އެއިރެއްގައި ގޯތިދޫކުރާރަށަކުންވެސް މާލޭގެ ރައްޔިތަކައް ބިން ނުލިބޭ ގާނޫނުގަ ބުނާ ދިވެހިރައްޔަތަކައް ލިބެންވާ އަސާސީ ހައްގެއް ހަމަހަމަކަމާ ވަކިނަސްލެއް ނެތި އޮންނަންވާނެކަމައްބުނާ ނިގުޅައިގެންފައި ގާނޫނީންބޭރުން ޙުދުތިމާމީހާޔާ އަނބިދަރިންވެސް މަހުރޫމް މީ ނަސްލީ އިމްތިޔާޒެއްނުންތޯ

The name is already taken The name is available. Register?

ހުނަރު

16 January 2020

އެމްޑީޕީގެ އެންމެ ބޮޑު ހުނަރަކީ ކޯލިޝަނަކުން ކޮންމެ ފަހަރަކު ވެރިކަމަށް އައިސް ކޯލިޝަން ޕާޓްނަރުން ބޭރުކުރަން މަސައްކަތްކުރުން. އަދި ދީނަށް ފުރައްސާރަކުރާ މީހުންނާމެދު އޯގާތެރިވެގެން ގޮސް އެމީހުން އާލާވާން ޖާގަ ދިނުން. އަދި ވައުދުކޮށްފަ އެވައުދާ ޚިލާފުވުން. އަދި ބާރުތަލިބެން ފެށީމަ ބޮޑާވުން. އަދި ގައުމިއްޔަތު ކުރިއަރުވަންނޫޅެ އަވައްޓެރި ގައުމަކަށް އަޅުވެތިވުން. އަދި ކުރީ ސަރުކާރަށް މަލާމަތްކުރިހާ ކަންކަން ރިޕީޓްކޮށްފަ އެކަން އަމިއްލައަށް ނޭނގުން

The name is already taken The name is available. Register?

Dhaadhey

16 January 2020

ބައްލަވާ ނަޝީދޫ. މަނިކުފާނު އަރާދައްކާ ކޮންމެ ވާހަކައަކުން މިގައުމު 10 އަހަރު ފަހަތަށް އެބަޖެހެޔޭ. ތިޔަ ޕާޓީއަކީ މިހާރު ގައުމު ހަލާކުރާ ޕާޓީއެއްކަމަށް ރައްޔިތުން ފާހަގަ ޖަހައިފިޔޭ. މަނިކުފާނުގެ 3 އަހަރުގެ ވެރިކަމެއް ބަޣާވާތަކުން ވައްޓާލީމާ ރައްޔިތުން ހީކުރީ ތިޔަ ޕާޓީ ރައްޔިތުންނަށް ވަރަށް ރަނގަޅުވާނޭ ކަމަށް. އެހެންވެ ދެވަނަ ފަހަރަށް ވެރިކަން ޙަވާލުކުރީ ވަރުގަދަ ބާރަކާއެކު. އެކަމަކު މިހާރު ތި ވިދާޅުވަނީ. ރައްޔިތުންނަށް ކަމެއް ކޮށްނުދެވޭނެޔޭ.

The name is already taken The name is available. Register?

ތައްކާނުބެ

16 January 2020

އެމީހުންވެސް ބުނަނީ ހަމަތިހެން! ޤައުމީ މަޞްލަޙަތާއި ދިވެހިންގެ ދީނީ ޢަޤީދާއާއި ފުށުއަރާ ކިތަންމެ ކަމެއްކޮށް، ކިތަންމެ ވާހަކައެއް ދައްކާކަމަށް، އަދި މުޖްތަމަޢުގައި އެކަން ޢާންމުކަމަކަށް ހަދަން ހިތްވަރުދީ އެމަސައްކަތް ޢަމަލީގޮތުން ކުރެވެމުންދާކަމަށް، އަދި އެފަދަ ވާހަކަ ދައްކާމީހުންނާ ދޭތެރޭ ފިޔަވަޅު ނޭޅި އެމީހުންނަށް ޙިމާޔަތް ދޭކަމަށް، އަދި އިސްލާމްދީން ކުރިއަރުވަން މަސައްކަތްކުރާ މީހުން ޓެރަރިސްޓުންގެ ގޮތުގައި ހަދަން މަސައްކަތްކުރާކަމަށް!

The name is already taken The name is available. Register?

ސޭކުބެ

16 January 2020

ދަލުބޭރުންޖެހިގެން ތި ތެޅެނީ ކީއްވެތަ. ތީ މިރާއްޖޭގެ ރައީސްއެއްނޫނޭ މަވަރުމީހެއްނެތިގެން ތި އުޅެނީ. ތީ މާޒީ. ކަލެއަށް މިހާރު ތާއީދުކުރާ މަދު ބަޔަކު އުޅެފާނެކަންނޭގެ!

The name is already taken The name is available. Register?

ސޭކުނުވެބަލަ

16 January 2020

އޭނަ = އިބޫ. އިބޫ = މިގައުމުގެ ރައީސް. ރައީސް ދައްކާނީ އޭނަ ބޭނުންވާ ގޮތަށް ވާހަކަ. ދެން އޭނަ ރައީސަށް ނުވާނެ ގޮތަކީ ކޮބާ؟ އަދި އިތުރު ރައީސްކަމެއްވެސް ދީފަ އެހުރީ ދެން ގައުމުގަ އޮތް ދެވަނަ ބާރުގެ. ދެން ކެތްކޮށްލާ އަލުން ނަޝީދު ވެރިކަމަށް އަރާއެހުރީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!