ބްރިޖަށް އަރަން ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ޕާކް ތެރެއަށް!

ސިނަމާލެ ބްރިޖަށް އަރަން ދިޔަ ކާރެއް ކޮންޓްރޯލް ނުވެ އަޑި ޕާކް ތެރެއަށް ވެއްޓިއްޖެ އެވެ.


ފުލުހުން ބުނީ ރޭ 12 ޖަހާ ކަން ހާއިރު މޫންލައިޓް ހިންގުމުން ދުއްވާފައި ދިޔަ ކާރު، ސިނަމާލެ ބްރިޖު ފެށޭ ހިސާބު ކައިރީ އޮންނަ ހެންވޭރު ޕާކް ތެރެއަށް ވެއްޓި ހިނގި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ. އެކަމަކު ކާރުގެ ބަފަރުގެ ދެ ފަރާތުގެ އަރިމަތިން ގޭނި، ކާރުގެ ފަހަތު ބަފަރު ލޮކް ނެއްޓިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެކްސިޑެންޓުގައި ޕާކް ތެރޭގައި ޖަހާފައި ހުރި ފެންސަށް ވެސް ގެއްލުން ލިބިފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި މި ކާރު ދުއްވީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ލައިސަންސް އޮންނަ މީހަކަށް ވިޔަސް، އެކްސިޑެންޓު ހިނގި ވަގުތު އަތުގައި ލައިސަންސް ނެތް ކަމަށް ފުލުހުން ބުންޏެވެ.

މި ކާރު ދުއްވާފައި ވަނީ ވެރިފަރާތް ނޫން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން މިހާރު ވަނީ ކާރު ޓޯކޮށްފަ އެވެ.

ކާރު ޓޯ ކުރުމަށް ފަހު މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.