ޚަބަރު / މީހުން މެރުން

ގާސިމް މަރާލި ކަމަށް އެއްބަސްވެ، އަދުހަމް އެދެނީ މާފަށް

އަދުހަމް: އޭނާ ވަނީ ގާސިމް މަރާލި ކަމަށް ކޯޓުގައި އެއްބަސްވެފައި

ޓެކްސީ ޑްރައިވަރު، ގާސިމް ހަސަން މަރައިލި ކަމުގެ ދައުވާ ލިބޭ އަދުހަމް މުހައްމަދު ކޯޓުގައި އެކަމަށް މިއަދު އެއްބަސްވެ، ގާސިމްގެ އާއިލާގެ ކިބައިން މާފަށް އެދިއްޖެ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުޅުމާލޭގައި ޓެކްސީގައި ދަތުރު ކޮށްފައި ދަނިކޮށް، ގާސިމްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ އޭނާ މަރާ=ައިލި މައްސަލައިގައި ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމްގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. އޭނާ ކުރިން ވަނީ ތަހުގީގުގައި ވެސް އެކަމަށް އެއްބަސްވެފަ އެވެ.

އެ މައްސަލައިގެ ޝަރީއަތުގައި އަދުހަމް މިއަދު ކުށަށް އެއްބަސްވުމުން، އަންނަ ހަފުތާގައި ހުކުމް އިއްވަން ވަނީ ހަމަޖައްސައިފަ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، ދައުލަތުން ދައުވާ އިއްވުމުން، އެ ދައުވާ ސާފުވެއްޖެ ތޯ އާއި ދައުވާއާ މެދު ބުނަނީ ކީކޭތޯ އެ މައްސަަލަ ބައްލަވާ ގާޒީ އިސްމާއިލް ރަޝީދު ސުވާލު ކުރެއްވުމުން އަދުހަމް ބުނީ ދައުވާ ވަރަށް ސާފު ކަމަށާއި އެއީ އޭނާ ކުރި ކަމެއް ކަމަށެވެ.

އަދުހަމް އެގޮތަށް ބުނުމުން، ގާޒީ ވަނީ އެ ދައުވާގައި ހިމެނޭ ކަންކަން ވަކިވަކިން އަލުން އިއްވުމަށް ފަހު، އަދުހަމް ނުކުރާ އެއްވެސް ކަމެއް އެ ދައުވާގައި އެބައޮތްތޯ ސުވާލު ކުރައްވައިފަ އެވެ. ޖަވާބުގައި އަދުހަމް ބުނީ ދައުވާގައި މުޅިން ވެސް ހުރީ ތެދު ވާހަކަތަކެއް ކަމަށެވެ.

ދައުވާ އަށް އެއްބަސްވުމުން ބައެއް ހައްގުތަކެއް ދޫކޮށްލަން އެއްބަސްވަނީ ކަން ފާހަގަ ކުރައްވައި، ގާޒީ ވަނީ އަދުހަމް ކުށަށް އެއްބަސްވަނީ އެއްވެސް މަޖުބޫރު ކަމެއް އޮވެގެންތޯ ވެސް ސުވާލު ކުރައްވައިފަ އެވެ.

"އެއްވެސް ފަރާތެއްގެ މަޖުބޫރު ކަމެއް އަޅުގަނޑަކަށް ނެތް،" ގާޒީގެ ސުވާލުގެ ޖަވާބުގައި އަދުހަމް ބުންޏެވެ.

ގާސިމްގެ އާއިލާގެ ބައެއް މެމްބަރުން ވެސް ހާޒިރުވެ ތިބި، މިއަދުގެ އަޑުއެހުމުގައި އަދުހަމް ބުނިގޮތުގައި ގާސިމަށް ހަމަލާ ދެވުނީ މަސްތުގެ ހާލުގައި ހުރެގެންނެވެ. އަދި ފަހުން ހަމަ ހޭވެރިކަން އައިސް، ނަމާދުކޮށް އެކަމަށް ތައުބާ ވެފައިވާ ކަމަށާއި އެކަމަށް އޭނާ އަށް މާފު ކޮށްދޭން ގާސިމްގެ އާއިލާގެ ކިބައިން ވެސް އެދޭ ކަމަށް އަދުހަމް ބުންޏެވެ.

ގާސިމަށް ހަމަލާދިނީ މަސްތުގެ ހާލުގައި ހުރެގެން ކަމަށް އަދުހަމް ބުނުމުން ގާޒީ ވަނީ އޭނާ މަސްތުވީ އަމިއްލަ އިިހްތިޔާރުގައި ތޯ ސުވާލު ކުރައްވައިފަ އެވެ. ޖަވާބުގައި އަދުހަމް ބުނީ އޭނާ މަސްތުވީ އަމިއްލައަށް ކަމަށެވެ.

އަދުހަމް ކުށަށް އިއުތިރާފް ވިޔަސް، ދައުލަތުން އޮތީ އޭނާއާ ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހަޅައިފަ އެވެ. އެގޮތުން، އެ ހާދިސާ ހިނގި ދުވަހު އޭނާ ހުޅުމާލެ އަށް ދިޔަ ކަމާއި އެރޭގެ ވަގުތެއްގައި ހުސް ގަޔާ ހުރެގެން ހެދުމެއް ހޯދަން އަދުހަމް ރަށްޓެއްސެއްގެ ގެއަށް ދިޔަ ކަމުގެ ހެއްކަކާއި ހުޅުމާލޭ ކެފޭއަކުން އޭނާ ވަޅިއެއް ހޯދިކަމުގެ ހެކިން ވެސް ހުށަހެޅި އެވެ. އަދި ވަޅި ހޯދި ފުލުހުންނާއި އެކަމަށް ބާރު ދޭ ފޮރެންސިކް ހެކީގެ އިތުރުން އަދުހަމް ތަހުގީގަށް ދިން ބަޔާން ވެސް ދައުލަތުން ހުށަހެޅި އެވެ.

އެކަމަކު، އަދުހަމް ކުށަށް އެއްބަސްވެފައިވާތީ، ހެކިން ހާޒިރު ނުކުރިޔަސް، މައްސަލައެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ. އަދި ފޮރެންސިކް ރިޕޯޓްތަކުގެ ސައްހަކަމާ މެދު ވެސް އަދުހަމްގެ ފަރާތުން ސުވާލު ނުއުފައްދާ ނަމަ، އެ ރިޕޯޓް ހެދި މީހުން ވެސް ހާޒިރު ނުކުރިޔަސް، މައްސަލައެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނު އޮތްގޮތުން ގަސްދު މަރުގެ މައްސަލަތަކުގައި މަރަށް މަރު ހިފަން ވާރިސުން ބޭނުންވާ ނަމަ، އަންނާނީ މަރުގެ އަދަބެވެ. އަދި ވާރިސުން އެކަމަށް ބޭނުން ނުވާ ނަމަ، އޮންނާނީ ތައުޒީރީ އަދަބެއްގެ ގޮތުން އުމުރަށް ޖަލަށްލުމުގެ ހުކުމެކެވެ.

އެކަމަކު، އަދުހަމްއާ އެކު ދައުލަތުން ހެދި އިއުތިރާފްގެ އެއްބަސްވުން އޮތްގޮތުން ގާސިމްގެ ވާރިސުން މަރަށް މަރު ހިފަން ބޭނުންނުވާ ހާލަތެއްގައި، އުމުރަށް ޖަލަށްލުމުގެ އަދަބެއްގެ ބަދަލުގައި އަދުހަމަށް ދޭނީ 17 އަހަރާއި ހަ މަހުގެ ޖަލު ހުކުމެކެވެ. އެ އެއްބަސްވުން ބަލައިގަތުމަށް ކޯޓުން ވެސް ވަނީ ނިންމައިފަ އެވެ.

ގާޒީ އިސްމާއިލް ވިދާޅުވީ ދެން އޮންނާނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި އެ މައްސަލައިގެ ހުކުމް އިއްވުން ކަމަށެވެ. އަންނަ ހަފުތާގައި ބާއްވާ އަޑުއެހުމުގައި ގާސިމްގެ ވާރިސުން ބަޔާން ނެގުމާއި އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ފަހު، ހުކުމް އިއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އަދުހަމަކީ ކުރިން ވެސް ކުށުގެ ރެކޯޑް އޮންނަ މީހެކެވެ. އޭނާ ގާސިމަށް ހަމަލާދިނީ ފޭރެން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން ބުނެފައިވެ އެވެ.

33 ކޮމެންޓް, 53 ރިއެކްޝަންސް

icon happy icon happy 62%
icon sad icon sad 25%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކެރޯން

13 February 2020

ވަރަށް ސިމްޕަލް އިތުގޮރެއް ތިކަލޭގެއަކަށް އޮވެގެން ނުވާނެ ތިކަލޭގެ އެއބަސްވެފަ އެއޮތީ ހަމަ މިހާރުން މިހާރަށް މަރާލަންވީ.

The name is already taken The name is available. Register?

ބޮޑުމީހާ

13 February 2020

މަސްތުވާތަކެތި ގައުމުގެ ހަލާކު

The name is already taken The name is available. Register?

ލާމުއޮންލައިން ޑޮޓްކޮމް

13 February 2020

ލަދުހަޔާތްވެސް ކުޑަވީމާ މީހުންމަރާފަ މާފުކުރާށޭ ކިޔަންމިކެރެނީދޯ! މަޢާފުދީގެންނުވާނެ، ދިވެހިރައްޔިތުން ބޭނުމެއްނުވޭ މިފަދަ މުޖުރިމުންނަށް މަޢާފުދީ އިތުރު މީހުން މަރަން ފުރުސަތުދޭކަށް، މަރަށްމަރުހިފާ

The name is already taken The name is available. Register?

ލާމުއޮންލައިން ޑޮޓްކޮމް

13 February 2020

އެންމެފައިދާހުރި ގޮތަކީ މަރަށްމަރުހިފުން، އެއްގޮތަކަށްވެސް މައާފުދީގެންނުވޭނެ، މަރަށްމަރު ހިފުމުން މުޖުތަމަޢުއިން މިފަދަ މީހުންނަށްތާލުމަށް ބާރުއެޅޭ، އަދި އަދުހަމް މުހައްމަދު އަށް އަނެއްފަހަރު މަސްތުވެގެން މީހަކުމަރާލުމުގެ ފުރުސަތެއް އޭރުން ނުލިބޭނެ، މަރަށްމަރުހިފާ، މިފަދަ މުޖުރިމުންނަކީ މުޖުތަމަޢުއަށް ބޭނުމެއްހިފޭބައެއްނޫން، ގެއްލުންބޮޑުބައެއް، ދީނުގައި މަރަށްމަރުހިފުމަށް އޮންނާނީ އެކަމުގައި ބޮޑެތިފައިދާތަކެއް ހިމެނޭތީކަން ހަނދާންކުރަމާ!

The name is already taken The name is available. Register?

ޝާން

12 February 2020

މާފެއް ނުދެވޭނެ. ތިހެން ހެދީމަ ކޮންމެ މީހަކުވެސް މީހަކު މަރާފަ މާފަށް އެދެންވީ. އޭރުން މިތިބަ އިންސާނުން ދުނިޔޭގަ ތިބޭނީ ކޮންފަދަޔަކުން؟ ނުލަފާ ޖައްބާރު މީހުން އެކަނި ދުނިޔޭގަ އުޅޭނީ. އާއިލާގެ ފަރާތުން އަހަރެން އެދެނީ ގިސާސް ހިފަން. އަދި ދައުލަތުންވެސް މިކަމުގަ ދުލެއްދީގެން ނުވާނެ.

The name is already taken The name is available. Register?

ޖަމީލުބެ

12 February 2020

އެލެކްސް ބުނާއެއްޗެއް ބަލަން ބޭނުން!

The name is already taken The name is available. Register?

ނަޖުދާ

12 February 2020

ޖިނާއީ އަދުލުގެ ނިޒާމު އެބަ ރަނގަޅުވާ މަންޒަރުފެނޭ! މިފަދަ ބޮޑެތި މައްސަލަތަށް ލަސްވެގެން 1 ހަފްތާ ތެރޭގައި ހުކުމްކުރެވެންޖެހޭނެ! މީގެ ކުރީން ބޮޑެތި މާރާމާރީއާއި، މީހުން މެރުންފަދަ ކުއްތަކުގެ މައްސަލަތަށް 5 އަހަރު 10 އަހަރު ކޯޓުތަކުގައި ތާށިވެފައިހުރެ، އެމީހުން ދޫވެ، ދެވަނަ މީހަކު މަރާލާތަން އޮތީ ފެނިފައި. މިކަމަށް މިހާރު ނިމުން އައިސްފިކަމަށް ގަބޫލުކުރަން. ކޯޓުތަށް އިސްލާހުވާ މަންޒަރު އެބަ އިހްސާސްކުރެވޭ މިހާރު! ޝުކުރިއްޔާ އެމްޑީޕީ

The name is already taken The name is available. Register?

‫ހަމަ

12 February 2020

ހ‫ަމަހޭގަތޯ ނިޒާމުރަނގަޅުވީކީނޫން އަމިލައައް އިއުތަރާފްވީ

The name is already taken The name is available. Register?

ލާމުއޮންލައިން ޑޮޓްކޮމް

13 February 2020

އަޖައިބެއް، އާޓިކަލްނުކިޔާތަ ކޮމެންޓު ތިޔަކުރަނީ؟

The name is already taken The name is available. Register?

ޢެމްއާރު

12 February 2020

މީނާއަކީ ޅައުމުރު އެއްކޮށް ދައުލަތުގެ ބެލުމުގެ ދަށުގައި ހިޔާގައި އުޅުނު މީހެއް. ދައުލަތަށް ކުދިންނަގައިގެން ހިޔާގައި ބަލާ ބޮޑުކުރީމަ ނުކުމެ މީހުން މަރަންޏާ ކޮބާ ބޭނުމަކީ

The name is already taken The name is available. Register?

1234

12 February 2020

ބަލާބެލުމަށް މަރުގެ ހުކުމް ތަންފީޒުކުރަން ނުޖެހޭނެކަމުގެ ކޮންމެވެސް ޑީލެއް އޮތީމަހެން ހީވަނީ ތިހާ އަވަހަށް ހުރިހާކަމަކަށް އެއްބަސްވީ..

The name is already taken The name is available. Register?

ޖަވް

12 February 2020

ނޭގޭ ކަންކަން ހީއައް ވާހަކަ ދެއްކުމީ ފިތުނަ... ފިތުނާގެ ނުބައިކަން ބޮޑުކަމަުން އެކަމަކީ ނަހީކުރައްވާފާވާ ކަމެއް.. އެކަމަކުވެސް ދީނުގެ ދިފާއުގަހުންނަނީ. އެންގެވި ގޮތައް އަމަލުކުރާކައް ބޭނުމެއްނޫން

The name is already taken The name is available. Register?

ގޯޕާލް

12 February 2020

ތީ ގޭމަކަށް ވެދާނެ. މިއަދު މަޢާފަށްއެދި ހެކިން ހާޒިރުނުކުރަންއެދި މައްސަލަ އެތައް އަހަރަކަށް ދިގުދަންމައި އެންމެ ފަހުން ކުށަށް އިންކާރުކޮށް އަލުން މައްސަލަބަލަންޖެހޭއިރު ހެއްކަކު ހަނދާންހުރި އެއްޗެއްވެސް ނެތް އެއްޗެއްވެސް ނޯންނާނެ. ކުށަށް އެއްބަސްވިޔަސް ނުވިޔަސް ހުރިހާ ހެކިވެރިން ހާޒިރުކޮށް ހެކިބަސްނަގައި ދެންވެސް ކުރަންޖެހޭ ހުރިހާކަމެއް ކުރަންޖެހޭ. މިއީ އިންޑިއާގައި ހަދާގޮތް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454