ރައީސް ނަޝީދުގެ ވަކީލް ޖެރެޑް ޖެންސާއާއި އަމަލް ކްލޫނީ. ބެއިން ކެޕިޓަލްގެ ވަކީލެއްގެ ގޮތުގައި ވެސް ޖެންސާ މަސައްކަތް ކުރައްވާ.
13 ފެބުރުއަރީ 2020 - 16:31
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ހިއްސާ ކޮންޓްރޯލްކުރާ ކޮންސޯޓިއަމްގައި ހިމެނޭ ބެއިން ކެޕިޓަލްގެ ވަކީލެއްގެ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވަކީލު، ޖެރެޑް ޖެންސާ ހިމެނޭކަން އެނގިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ގާނޫނީ ގޮތުން، ބެއިން ކެޕިޓަލް ތަމްސީލުކުރަން ޖެހޭ ހާލަތްތަކުގައި މަސައްކަތްކުރާ ލޯޔަރުންގެ ތެރޭގައި ޖެރެޑް ޖެންސާ ހިމެނިވަޑައިގަންނަވާތާ ދުވަސްތަކެއް ވެއްޖެ އެވެ. މިކަން އެނގިފައި މިވަނީ ކުރީގެ ސަރުކާރުގެ ދުވަސްވަރު އެމްއޭސީއެލް އާއި ޓީއެމްއޭއާ ދެމެދު ކޮށްފައިވާ މުއާމަލާތާ ގުޅުވައިގެން އަވަސް ހައްލެއް ނުހޯދައިފި ނަމަ ޓީއެމްއޭ އަށް ބަދަލުދޭން ޖެހިދާނެ ކަމަށް ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.
ޓީއެމްއޭގެ މައްސަލައިގައި އަވަހަށް ގޮތެއް ނިންމުން މުހިއްމު ކަމަށް ރޭ ވިދާޅުވުމަށް ފަހު މިއަދު ހެނދުނު ކުރެއްވި ޓުވީޓުގައި ނަޝީދު ވިދާޅުވީ ގޮތެއް ނުހޯދިއްޖެ ނަމަ ދައުލަތުން ޓީއެމްއޭ އަށް ބަދަލުދޭން ޖެހުން ގާތް ކަމަށެވެ. މި ބަދަލާ، އެމަނިކުފާނު ގުޅުވަނީ ކުރީގެ ސަރުކާރުގައި އެމްއޭސީއެލް އާއި ޓީއެމްއޭއާ ދެމެދު ހިންގި މުއާމަލާތްތަކަށެވެ.
އެމެރިކާ އަށް ނިސްބަތްވާ ޖެންސާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވުމުން އެމަނިކުފާނު އެކުލަވައިލެއްވި ބައިނަލް އަގުވާމީ ވަކީލުންގެ ޓީމްގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އޭނާ މަޝްހޫރުވެފައި ވަނީ އިންސާނީ ހައްގުތަކުގެ މައްސަލަތަކުގައި ވަކާލާތު ކުރައްވާ ވަކީލެއްގެ ގޮތުގަ އެވެ.
ޖެންސާ ވަކާލާތު ކޮށްދެއްވާ ބެއިން ކެޕިޓަލް އަކީ ޓީއެމްއޭގެ 80 ޕަސެންޓް ހިއްސާ ކޮންޓްރޯލްކުރާ ކޮންސޯޓިއަމްގެ މައި ކުންފުންޏެވެ. އެ ކޮންސޯޓިއަމްގައި ދެން ހިމެނެނީ ޗައިނާގެ ޝެންޒެން ޓެމްޕަސް ގްލޯބަލް ބިޒްނަަސް ސާވިސަސް ހޯލްޑިން އެވެ.
Apparently international human rights lawyer Jared Genser, who represents RN, is also one of the lawyers representing TMA in these commercial negotiations between Govt/MACL and TMA. It all makes sense now? https://t.co/n1DY9bTuu2 pic.twitter.com/EFKnIK2fdx
— Ahmed Usham (@a_usham) February 13, 2020
އެމްއޭސީއެލް އިން ބޮޑު ހޭދައެއްކޮށްގެން ހަދާ ސީ ޕްލޭން ޓާމިނަލުން ޖާގަ ކުއްޔަށް ދޭން ޓީއެމްއޭއާ އެކު އެއްބަސްވުމެއް ނެތް ކަމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ވަނީ ކުރިން ވިދާޅުވެފަ އެވެ.
ޓީއެމްއޭ އިން އަމިއްލަ އަށް އެދިގެން އިއްޔެ ދިޔަ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި އޮތް ބައްދަލުވުމަށް ފަހު ނެރުނު ބަޔާނެއްގައި ބުނީ، ޑިސެމްބަރު 17، 2017 ގައި، ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އެމެރިކާގެ ބްލެކްސްޓޯން އަތުން ގަތުމުގެ އެއް ހަފުތާ ކުރިން، އެމްއޭސީއެލުން ޓީއެމްއޭއަށް، އާ ޓާމިނަލާ ބެހޭ ގޮތުން ސިޓީއެއް ފޮނުވި ކަމަށެވެ. އެ ސިޓީގައި، އެ ޓާމިނަލުން ޓީއެމްއޭ އަށް 31،000 އަކަމީޓަރުގެ ޖާގަ، އަކަމީޓަރަކަށް 10:35 ޑޮލަރަށް ދޭން، އެމްއޭސީއެލްގެ ބޯޑުން ނިންމާފައިވާ ކަމަށް ބަޔާންކޮށްފައި އޮތް ކަމަށް، ޓީއެމްއޭ އިން ބުންޏެވެ.
އާ ސީ ޕްލޭން ޓާމިނަލުން ލައުންޖް ހަދަން ޖާގަ ކުއްޔަށް ދޫކުރަން އޮޕަރޭޓަރުންނާ އެކު އެމްއޭސީއެލް އިން މަޝްވަރާކުރަމުން އަންނަނީ މިހާރު ޖާގަ ދޫކޮށްފައިވާ އަގުތަކަށް ބަލާއިރު ވަރަށް ކުޑަ އަގެއްގައި ކަމަށާއި އަކަ މީޓަރަކަށް މަހަކު 10.35 ޑޮލަރުގެ ރޭޓުން ދީފި ނަމަ އަހަރަކު 55 މިލިއަން ޑޮލަރުގެ ގެއްލުމެއް ދައުލަތަށް ވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުންޏެވެ.
އޭސީސީ އަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު ނެރުނު ބަޔާނުގައި ބުނެފައި ވަނީ މި މައްސަލައިގައި ގިނަ ކަންކަން އިސްލާހުކުރަން އެމްއޭސީއެލް އަށް އަންގާފައިވާ ކަަމަށެވެ. އަދި ވަކި ސީ ޕްލޭން އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުންތަކަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށާއި އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ކުރަމުން އަންނަ ކަަމަށް ވެސް އޭސީސީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުތުފީ
15 February 2020
"ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ހިއްސާ ކޮންޓްރޯލްކުރާ ކޮންސޯޓިއަމްގައި ހިމެނޭ ބެއިން ކެޕިޓަލްގެ ވަކީލެއްގެ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވަކީލު، ޖެރެޑް ޖެންސާ ހިމެނޭކަން އެނގިއްޖެ އެވެ" ހަމައެކަނި މިތަންކޮޅު ކިޔާލިޔަސް ރނ އޭކިޔައިގެން ތި ދައްކާވާހަކަ ނުދެއްކުނީސް.
ލުތުފީ
15 February 2020
ކޮބައިތޯ މީގެ މައްސަލައަކީ!
ބުއްޅަބޭ
15 February 2020
މީޙަގީގީ ގައުމައްގައްދާރުވުމަކީ ގައުމުގެ އެސެޓްތައް ނުއަގުގައި ބޭރުމީހުންނައްދީފައި ސަރުކާރައް ރުފިޔާ ހޯދަން އެސެޓަކައް މިހަދަނީ ރައްޔަތުން ރައްޔަތުން ކުރާބުރަމަސައް ކަތުން ހޯދާ ރުފިޔާކޮޅު އެކިއެކި ޓެކްސްގެ ނަމުގައި ނަގައިގެން މުސާރަޔާ އިނާޔަތާ ނަންގަވައިގެން އަރާމްގަ މިބޭފުޅުން މިއުޅުއްވަނީ ހަމަ މީހަކު އެއްޗެއް ބުނާއިރައް ވޭތިވެދިޔަ ސަރުކާރުގެ ބޮލުގައި އަޅުވާފައި ރެކެން ވެގެން މިއުޅެނީ ބަލަ މީ 40 ގެ ނޫނީ 30ގެ އަހަރުތަކެއްނޫނޭ މީވެސް ގައުމެއް
ވަހުދަތު
14 February 2020
ނަޝީދަށް ދިވެހިންނަށް ވުރެ މުހިއްމުވާނީ ޖެރާޑާއި އާމާލު؟ ބަލަންތިބޭތި ތިތަން ޓީއެމްއޭއަށް ދޭން އޭނަ ބާރު ނައަޅާތޯ
ލުތުފީ
15 February 2020
އަލިފާން އަނދަނީދޯ!
އައްލާބެ
14 February 2020
ރައްޔިތުން ނަމުގައި ކުންފުނި ހިްގނާކަށް ނުވާނެޔޯ. ހިންގަންވާނީ ހައެއްކަ މަހުޖަނުންނޯ! ސަރުން ކުރާ ވިޔަފާރިޔަކީ ބިންތައްހިސޯރްކޮއް ހަމަހަމަކަމާއެކު ރައްޔަތުންނައް ނުދީ ދަތިކޮއްފައި ރާްއްޖޭގެ ބޮޑެތި ކުންފުނިތަކަށާއި ބޭރުގެ ފަރާއްތަކައް ބިންތައް ދީގެން ފުލެޓްގެ ނަމުގައި ގެސްޓް ހައުސް ވުޔަފާރި ބޮޑު އަގުގައި މީރައްޔަތުން ނިކަމެތިކޮއް ފަސޭހަ ކަމާއެކު ވޯޓް ހޯދަން މިކަން ފެއްޓީ އެދިގުރާސްތާ 30 އަހަރު މިހާރު ކޮންމެ ސަރުކާރަކުންވެސް ބޭނުން މިކުރަނީ ވޯޓައް
ބައުކަލޯ
14 February 2020
ރާއްޖޭގެ ސްޓޭޓް އޯން އެންޓަޕްރައިސްތަޢް ހުއްޓައި ރަނގަޅު ވިޔަފާރިތައް ކޮންސޯޓއަމް ހަދައިގެން ބޭރުގެ ފަރަންޖީ ކުންފުނިތަކަށް ދީ, ފައިދާކުޑަ ތާކުންތާކު ނުޖެހޭ ކަންތައްތައް ރާއްޖޭގެ ސްޓޭޓްއޯންޑް އެއންޓަޕްރައިސެސް ލައްވާ ކުރުމުގެ ބޭނުމަކީކޮބާ?
ޓޫޓޫ
14 February 2020
ނަޝީދުގެ އުދަގުލާހެދި މިރާއްޖޭގަ ދެން ލާހިކެއްނޫން ހަ މަ ޖެހުން ގާއި މު ކުރާކަށް
ސަރުދާރު
14 February 2020
ނަޝީދުގެ ތާއީދު ގެއްލިއްޖެ.ސާފުކޮށް މިބުނަނީ ވޯޓުން އެކަން ފެންނާނެ. މިސަރުކާރުގަނެތް އިހުލާސްތރިކަމެއް. އެމްއެމްޕީއާރުސީ ގެ މައްސަލަ ބަލާނެކެޕޭސިޓީ ސޯލިހުގެ ކިބައިގަނެތް. މިރާއްޖޭގަ ދުނިޔެދެކޭތަރައްޤީގެ ކުލަ ޖެއްސީ ޔާމީނު.
ޖަޒީރާ ކަލޯ
14 February 2020
ކޮރަޕްޝަން 0 ޓޮލެރެންސް ހެހެހެ !!
ލަދުކުޑޭ
14 February 2020
މީގެ ދޮޅުއަހަރު ކުރިން ފެށިގެން ޖެންސާ އަކީ ނަޝީދުގެ ވަކީލެއް ނޫން. ވަކީލުކަން އެއްފަހަރުކޮށްފިއްޔާ ދެން ދުނިޔެ އުމުރަށް ހުރިހާ ކްލައިންޓުންނާ އޮންނަނީ ތެރަސްގަޑެއްހެން ތަތްލަވާފަތަ؟