ނަޝީދު: އެމަނިކުފާނާ އެމްއޭސީއެލް އަދި ޓީއެމްއޭއާ ވެސް ގުޅުމެއް ނެތް ކަމަށް ވިދާޅުވި -- މިހާރު ފޮޓޯ/ހުސައިން ވަހީދު
14 ފެބުރުއަރީ 2020 - 16:26
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ، އެމްއޭސީއެލް އާއި ޓީއެމްއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވިދާޅުވެ، އެމަނިކުފާނު މިއަދު ދިފާއުވެވަޑައިގެންފި އެވެ.
ނަޝީދު ލިޔުއްވައި އެމަނިކުފާނު ސޮއިކުރައްވާފައިވާ ލިޔުމެއް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނައިރު، އޭގައި ވިދާޅުވީ، އެމްއޭސީއެލް އާއި ޓީއެމްއޭގެ ބަދަލުގައި އެމަނިކުފާނާ ގުޅުން އޮތީ ދިވެހިންނާއި ދިވެހިރާއްޖެއާ ކަމަށެވެ.
"ވެލާނާ އެއާޕޯޓް އާއި ގުޅޭ ވާހަކަތައް އަޅުގަނޑު މި ދައްކާ މޭރުމުން މި ދައްކަނީ، އަޅުގަނޑުގެ ނަޒަރުގައި އެއާޕޯޓުގެ މައްސަލަ އަވަހަށް ނުނިމިއްޖެ ނަމަ ރާއްޖޭގެ އިގްތިސޯދަށް ނުހަނު ގެއްލުން ވާނެ ކަމަށް ދެކޭތީ އެވެ،" ނަޝީދުގެ އަތު ލިޔުއްވުމުގައި ވެ އެވެ.
Raees @MohamedNasheed 💛 pic.twitter.com/0RYkc6u8rR
— Iqbaal Ahmed (@IqbaalAhmed17) February 14, 2020
ނަޝީދުގެ އަތު ލިޔުއްވުން
ނަޝީދު އެހެން ވިދާޅުވެ، ދިފާއަށް މި ނުކުންނެވީ އެމްއޭސީއެލް އިން ބޮޑު ޚަރަދެއް ކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދަމުންދާ އާ ސީޕްލޭން ޓާމިނަލްގެ ވަރަށް ބޮޑު ބައެއް ޓީއެމްއޭ އަށް ދިނުމާ ގުޅޭ ގޮތުން ސަރުކާރާއި އެ ކުންފުންޏާ މެދު ބޮޑު ދެބަސްވުމެއް އުފެދިފައި ވަނިކޮށް، އޭގެ ތެރެއަށް ނަޝީދު ކުއްލި ގޮތަކަށް ވަދެވަޑައިގަތުމުން ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.
ސީޕްލޭން ޓާމިނަލުން ޖާގަ ކުއްޔަށް ދޭން ޓީއެމްއޭއާ އެކު އެއްބަސްވުމެއް ނެތް ކަމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެފައި ވަނިކޮށް ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ މުއާމަލާތްތަކާ ގުޅުވައި އަވަސް ހައްލެއް ނުހޯދައިފި ނަމަ ދައުލަތުން ޓީއެމްއޭ އަށް ބަދަލުދޭން ޖެހިދާނެ ކަމަށް ނަޝީދު އިއްޔެ ވިދާޅުވެފައި ވެ އެވެ.
ނަޝީދު ވިދާޅުވަނީ ގޮތެއް ނުހޯދިއްޖެ ނަމަ ދައުލަތުން ޓީއެމްއޭ އަށް ބަދަލުދޭން ޖެހުން ގާތް ކަމަށެވެ. އެމްއޭސީއެލް އާއި ޓީއެމްއާ ދެމެދު ލިޔެ، ދެ ފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމެއް ނެތީސް ވެސް މިހާ އަވަހަށް އެ ކުންފުންޏަށް ދައުލަތުން ބަދަލު ދޭންޖެހޭ ވާހަކަ ނަޝީދު ދައްކަވާތީ ބައެއް މީހުންގެ ނުރުހުން ވަރަށް ބޮޑެވެ.
ނަޝީދު ކުރިން ވިދާޅުވެފައި ވަނީ ދިވެހި ސަރުކާރާއި ޓީއެމްއޭ ދެ ފަރާތް އެއްބަސްވެވޭ ގޮތަކަށް ސީ ޕްލޭން ޓާމިނަލްގެ ކަންކަން އަވަހަށް ނިންމުން ވަރަށް މުހިއްމު ކަމަށެވެ. ޓީއެމްއޭ އަށް ޓާމިނަލް ދިނުމުގައި ގޯސްކޮށް ކަމެއް ހިންގާފައިވާ ނަމަ އެކަން ކުރި ބަޔަކަށް ދައުވާ އުފުލުން އެއީ އެހެން ކަމެއް ކަމަށް ނަޝީދު ވިދާޅުވެފައި ވެ އެވެ.
މީގެ އިތުރުން، ނަޝީދު އެންމެ ފަހުން ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވިއިރު، އެމަނިކުފާނުގެ ބައިނަލްއަގްވާމީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންނެވި ޖެރަޑް ޖެންސާ ވެސް، ޓީއެމްއޭގެ ބޮޑު ހިއްސާއެއް އޮންނަ ބެއިން ކެޕިޓަލްގެ ވަކީލަކަށް ހުންނެވުމުން ވެސް ނަޝީދާއި ޓީއެމްއޭއާ "ޚާއްސަ ގުޅުމެއް" އޮންނަ ކަމަށް ބައެއް މީހުން ބުނެ އެވެ.
ބެއިން ކެޕިޓަލްގެ ގާނޫނީ ވަކީލަކަށް ޖެރަޑް ވެސް ހަރަކާތްތެރިވާކަން އިއްޔެ ހާމަވުމާ ގުޅިގެން، އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ނަޝީދުގެ ވަކީލެއްގެ ގޮތުގައި އޭނާ މަސައްކަތް ނުކުރާތާ މިހާރު ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި ނަޝީދު ހުންނެވިއިރު ޖޫން، 2018 އާ ހަމައަށް އެމަނިކުފާނުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަކީ ލިބުނު ފަޚުރެއް ކަމަށެވެ.
އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭ ބޭނުންވާ މިންވަރުގެ ޖާގައެއް ހޯދަން މިހާ ބޮޑަށް މަސައްކަތް ކުރަނީ ޑިސެމްބަރު 10، 2017 ގައި އެމްއޭސީއެލުން ފޮނުވި ސިޓީއަކަށް ބުރަވެ އެވެ.
ޓީއެމްއޭ ބޭނުންވާ ވަރުގެ ޖާގަ، އާ ސީޕްލޭން ޓާމިނަލުން ދޭނެކަމުގެ ޔަގީންކަން އެ ސިޓީގައި އެމްއޭސީއެލް އިން ދީފައިވާ ކަމަށް ޓީއެމްއޭ އިން ބުނެ އެވެ. އެހެންވެ، ޓީއެމްއޭ އިން މިހާރު ބަލަނީ އެއީ އެމްއޭސީއެލް އާއި ޓީއެމްއާ ދެމެދު ވި "އެއްބަސްވުމެއް" ކަމަށެވެ. ބައެއް ހާލަތަތްތަކުގައި "ކޮމިޓްމެންޓެއް" ގެ ގޮތުގަ އެވެ. ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން، ޓީއެމްއޭގެ އިސް ވެރިން މި ހަފުތާގައި ވިދާޅުވީ އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭއަށް ބޭނުންވާ ޖާގަ ދޭނެކަމުގެ ޔަގީންކަން، އެމްއޭސީއެލުން ފޮނުވި ސިޓީއެއްގައި ދީފައިވާ ކަމަށެވެ. ނަމަވެސް އޮޑިޓާ ޖެނެރަލް ހަސަން ވިދާޅުވަނީ އެފަދަ އެއްބަސްވުމެއް ނެތް ކަމަށެވެ. އެހެންވެ، އެއީ އޮތް އެއްބަސްވުމެއްތޯ މިހާރު ވަރަށް ބޮޑަށް ސުވާލު އުފެދެ އެވެ.
"މީގައި ވަރަށް ދެރަ ކަމެއް ދެއްތޯ، ޓީއެމްއޭގެ އަމިއްލަ މައްސަލައެއް ކަންނޭނގެ ޓީއެމްއޭގެ ނެތް އެއްޗެއް ރިސޯޓްތަކަށް ވިއްކުމަކީ. ހަގީގަތުގައި އެގްރިމެންޓެއް، އެއީ ހަގީގަަތުގައި އެގްރިމެންޓެއް އޮންނަން ޖެހޭނެ، ބައިންޑިން ކޮންޓްރެކްޓެއް އޮންނަން ޖެހޭނެ ކުންފުންޏަކާ އެކީ ހެދިފައި. އެހެން ނެތީސް ޓީއެމްއޭ އިން ވިއްކި ވިއްކުމުގެ ޒިންމާ އެމްއޭސީއެލް އަކުން ނޫނީ ދައުލަތަކުން ނަގަން ޖެހޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އޮޑިޓާ ޖެނެރަލް ހަސަން
ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދޭން އުޅުނީ ދައުލަތަށް ގެއްލުންވާ ގޮތަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިހާރު ގެންދަނީ އެ މައްސަލަ ބަލަމުންނެވެ. އޭސީސީން ބުނެފައިވާ ގޮތުގައި އެގޮތަށް އަމަލު ކޮށްފި ނަމަ، ދައުލަތަށް އަހަރަކު 55 މިލިއަން ޑޮލަރުގެ ގެއްލުންވާނެ އެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޓީއެމްއޭ އިން ބުނެފައި ވަނީ އެ ކުންފުންޏަށް އާ ޓާމިނަލުން 19،000 އަކަފޫޓްގެ ޖާގަދޭން އެމްއޭސީއެލް އިން ކުރިން ޔަގީންކަން ދީފައިވާ ވާތީ، އެ އަށް ބިނާކޮށް، ބައެއް ރިސޯޓްތަކުން ޓާމިނަލްގައި ލައުންޖް ހަދާނެ ޖާގަ ވިއްކާފައިވާ ކަމަށެވެ.
ބެއިން ކެޕިޓަލް ހިމެނޭ ކޮންސޯޓިއަމަކުން ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ 500 މިލިއަން ޑޮލަރަށް ގަތީ، އާ ޓާމިނަލުން ދޭނެ ޖާގަ އާއި މުއްދަތާއި ނަގާނެ ފީއާ ބެހޭ ގޮތުން އެމްއޭސީއެލުން ދިން ސިޓީއަށް ބިނާކޮށް ކަމަށާއި އެއީ ލިއުމުން ދިން "އެއްބަސްވުމެއް" ކަމަށް، ޓީއެމްއޭ އިން ތަކުރާރުކޮށް ބުނެ އެވެ.
"މީގައި ވަރަށް ދެރަ ކަމެއް ދެއްތޯ، ޓީއެމްއޭގެ އަމިއްލަ މައްސަލައެއް ކަންނޭނގެ ޓީއެމްއޭގެ ނެތް އެއްޗެއް ރިސޯޓްތަކަށް ވިއްކުމަކީ. ހަގީގަތުގައި އެގްރިމެންޓެއް، އެއީ ހަގީގަަތުގައި އެގްރިމެންޓެއް އޮންނަން ޖެހޭނެ، ބައިންޑިން ކޮންޓްރެކްޓެއް އޮންނަން ޖެހޭނެ ކުންފުންޏަކާ އެކީ ހެދިފައި. އެހެން ނެތީސް ޓީއެމްއޭ އިން ވިއްކި ވިއްކުމުގެ ޒިންމާ އެމްއޭސީއެލް އަކުން ނޫނީ ދައުލަތަކުން ނަގަން ޖެހޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޮޑިޓާ ޖެނެރަލް ހަސަން ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މމމ މޯހަން
15 February 2020
ގުޅު މެއް ނެތޭ ބުނާ އިރު ނުބެހޭ އެއްކަ މެއްވެސް ނެތް.ހުރިހާތަނަކަށް އުދުޅި އެބަ ބާނާ،
ތަކުރުފާން
15 February 2020
ކީއްވެތޯ އެމް،އޭ،ސީ،އެލް އައް އެމް،ޑީ އެއް ނުލާ ތިޔައުޅުއްވަނީ؟؟؟؟
އިސްމާލި
15 February 2020
އެ ބުނީ ތެދެއް. ޓީއެމްއޭ އަދި އެމްއޭސީއެލް އަކާ ނަޝީދު އާއި ގުޅުމެއް ނެތް. އެކަމު ޓީއެމްއޭގެ ވަކީލުންނާއި އެ މީހުންގެ އަނބިދަރިންނާއި ޓީއެމްއޭގެ މޫނުމަތި ރީތި ކުރާ އެޓޯލް ކޮމިއުނިކޭޝަންސް އާއި އެ ކުންފުނީގެ ވެރިންނާއި ވެރިންގެ އަނބިދަރިންނާއި ގުޅުން އެބަ އޮތް. ދެން މަސްލަހަތު ގެ ވާހަކަ ނުދައްކަމާ!؟
ކުރުކުރު
15 February 2020
އެއްވެސް ގުޅުމެއްނެއްއިރު ސިއްރުން ބައްދަލުކޮއް ކައިރި ކުދިންކޮޅު ލައްވާ ވަކާލާތު ކުރަނީ ކީއްވެ . މިނޫން އެހެން ގޮތެއް ބޭނުން. ބަހާ ބަހާ ދައުލަތް ދަވާލައިފި. ރައްޔިތު މީހާ ފެލާ ހުސްކޮއްފި. ރައްޔިތު މީހާއަށް ލިބުނު މޮޅެއް ނެއް.
ފައިނަލް
15 February 2020
އަންނިއަކާއި ނޫން ގުޅުން އޮންނަނީ އަންނިގެ ގާތް މީހުންނާއި...އެމްއެމްޕީއާރްސީ ފައިސާގައި ވެސް އެންމެ އަޑީގައި ޔާމިންގެ ގާތް މީހުން ތިބި ގޮތަށް.
ވަހީދު
15 February 2020
މިތަނުގައި ރައީސަކު ހުއްޓައި އޭނާގެ މަސައްކަތް އެހެން މީހަކު ކުރާތަން މިފެންނަނީ. މަޑުން ހުރެވޭތޯ ބަލާބަލަ. ރައްޔިތުންގެ މަޖުލީހުން ހަދަން ޖެހޭ ގިނަ ޤާނޫނުތައް އެހުރީ ނުހެދި. ހެއްކާއި ބެހޭ ޤާނޫނެއް ނެތް. ސިއްރު ހެއްކޭ ކިޔައިގެން ފުލުހުން އެމީހުންގެ ތަހުޤީޤަށް ބިނާކޮށް ކޯޓުގައި ހެކިދީ ގިނަ ބަޔަކު އެކިއެކި މައްސަލަތަކުގައި ތާށިކޮށްފައިވޭ. މިކަންކަމަށް ހައްލު ހޯދަން އުޅުނިއްޔާ މާ ރަނގަޅެއްނު.
ރަދީފް
15 February 2020
މީނަގެ މަކަަރުގަ ޖެހިފަ ތިބި މީހުން ހޭވެރިކަން ވާނީ ކޮންއިރަކު ބާ!!!
ހނ
15 February 2020
ހަގީގީ ވަގަކީ ކާކުކަން ދިވެހިންގެ ތެރެއިން ބައެއް މީހުނަށް އަދިވެސް ނޭނގޭތީ ދެރައީ...އެންމެން ތިޔަ ނަޝީދުގެ ވާހަކަ ގަބޫލުކުރިޔަސް މަވާނުކުރާނަން...ދޮގުމަށްޗަށް ދޮގު ހަދާ ހަދާ ކުރަލައިފަ ހުރި މީހެއް އެއީ...މާ ހެޔޮ މާހިތްތިރި ބޭފުޅެކޭ ބަޔަކު ބުންޏަސް މަށަށް އެއަށްވުރެ ބޮޑާ ހިތް ހަރު ދޮގުވެރި މީހެއް ނުފެނޭ. މުޅި ގައުމު ފަސާދަކޮށް ކާލާ ނިންމާލާއިރު ވެސް އިތްޒަތްތެރި ބޮޑުގޮނޑީގައި މިއިންނަނީ...ދިވެހިން މިތިބެނީ ނިދާފަތަ?
ކުރުބާ
15 February 2020
ނަޝީދު އަނގަމަޑުންލައިގެން ހުރެފިއްޔާ ލައްކަ ގިނަކަންކަމުން މިގައުމު ސަލާމަތް ވެފައި އަމިއްލަ އަށް ފަލީހަތް ނުވެ ފަރުޖެއްސިދާނެ. މީނާއަށް ހީވެފައި އޮންނަނީ ވިލާތުން ކިޔެވީމާ މީނާއަށް ވަރަށް ބައިވަރު ކަންކަން އިނގެއޭ. ދީނީ ވާހަކަ ދައްކައި އިގްތިސާދީ ވާހަކަ ދައްކައި ބައިކޮޅަށް ގޯލު ނުޖަހާ ސިޔާސީވާހަކަ ދައްކަން ހުރެބަލަ. ކިހާބޮޑު ކަމެއް ކަލެއާހެދި ކުރިން ވެރިކަންވެސް ވެއްޓުނީ
ބެއްޔަހުއްތުދީދީ
15 February 2020
މިހެންވެގެންތާއޭ މީނާގެ ވެރިކަމުގާވެސް އެދިގުރާސްތާ 30 އަހަރުގެ ކަންކަން ނުބެލިީ މީނާޔާމީނާގެ މީހުންވެސް ހަމަ މިމަގުންހިނގާ ރައްޔަތުންގެ މުދާ ނަހަމަގޮތުގައި ބޭރުގެ ފަރާއްތަކައް ދޭން 1978 ވަނަ އަހަރު އޮއްކަމައް ބުނާ އެމްއެސްއެލްގެ 98 އާގްބޯޓާއި އެދިގުރާސްތާ 30 އަހަރުހޯދި މަދިންދާބޯޓް ތަކުގެ ކަންކަން ނުބެލީ ހަމަ މިބިސްމަޅިޖަހަން ރައްޔަތުންގެ ލޮލުގައި އަދުން އަޅުވާފައި މީނާގެ ދުވަސްވަރު އެޖީއެމް އާރއައް އެއަރ ޕޯޓްދީ ޓާޓާ މީހުންނައް ފުލެޓް އެޅުމުގެ