މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު އިފްތިތާހުކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (މ) ވަޑައިގަތުމުން، މާލޭގެ މޭޔަރު ޝިފާ (ވ) މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު (ކ) މަރުހަބާ ދަންނަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
17 ފެބުރުއަރީ 2020 - 20:23
މާލޭގެ މަގުތައް ހަދަން މިއަދު ފެށި މަޝްރޫއު ނިމޭއިރު މާލޭގެ ހުރިހާ މަގެއް ވެސް ހުންނާނީ ތާރުއަޅައި ނިމިފައި ކަމަށް މާލޭގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
"ޕްރޮޖެކްޓް ފަށާ އިރު ރައްޔިތުންގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި ގާ އެތުރުނު ކަމުގައި ވިޔަސް، ޔަގީންކަން އަޅުގަނޑުމެންނަށް ލިބުމާއި އެކުގައި ހުރިހާ މަގުތައް ﷲ އިރާދަކުރެއްވިއްޔާ ތާރު މަގުތަކަށް ބަދަލުވެގެން ދާނެ،" މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު އިފްތިތާހުކުރައްވަން ވެސްޓްޕާކު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ޝިފާ ވިދާޅުވި އެވެ.
Malé City Streetscaping Project
— Male' City Council (@MaleCitymv) February 17, 2020
This will be permanent solution to:
- Flooding
- Parking
- Dewatering
- Firefighting
- Utility lines
- Traffic congestion
A grand endeavor to make this city a walkable and livable city. pic.twitter.com/HsABCrsp4y
މާލެ ސިޓީ ކައުންސިލުން ކުރި ޓްވީޓެއް
މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް އާއި މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މާލެއަށް ދިމާވެފައިވާ ގިނަ މައްސަލަތަކަކީ ދުރާލާ ނުވިސްނާ މާލެ ތަރައްގީކުރުމުން ދިމާވެފައިވާ މައްސަލަތަކެއް ކަމަށެވެ. އަދި މިއަދު ފެށި މަގުހެދުމުގެ މަޝްރޫއަކީ އެ މައްސަލަތަކަށް ހައްލެއް ހޯދައިދޭން ކުރައްވާ ފުރަތަމަ މަސައްކަތް ކަމަށް ވެސް ވިދާޅުވި އެވެ.
"ކޮންމެ ގެއަކުން ވެސް ތިން މީޓަރާ ހިސާބުން ބަސް ދަތުރަކާ ހަމައަށް ހިިނގާފައި ބޭފުޅުންނަށް ވަޑައިގަނެވޭނެ ގޮތަށް ފަރުމާކުރެވިފައި މި ވަނީ،" ޝިފާ ވިދާޅުވި އެވެ.
މާލޭގެ މޭޔަރު ޝިފާ ވިދާޅުވީ މާލޭގެ މަގުތަކަށް ދިމާވެފައިވާ އެކި އެކި މައްސަލަތަކަށް ހައްލެއް ހޯދައި ދިނުމަކީ، މާލޭގެ ރައްޔިތުން ކުރަމުން އައި އާދޭހެއް ކަމަށެވެ. މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް މި ފަށަނީ ކަމާ ގުޅޭ މާހިރުންގެ ލަފައާ އެއްގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ މިދިޔަ މަހު ހަވާލުކޮށްފައިވާ މި މަޝްރޫއަށް 462 މިލިއަން ރުފިޔާ ހަމަޖައްސާފައިވެ އެވެ. ދެ އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި މި މަޝްރޫއު ފުރިހަމަ ކުރަން ނިންމާފައިވާ އިރު، އެ މުއްދަތުގައި މާލޭގެ މަގުތަކުގެ 18.08 ކިލޯމީޓަރު ހަދާނެ ކަމަށް ޝިފާ ވިދާޅުވި އެވެ.
މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް (ވ-2) އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (މ) އާއި މާލޭގެ މޭޔަރު ޝިފާ މުހައްމަދު (ކ-3) އަދި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެހެން އިސްވެރިން ބައިވެރިވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ފަށާނީ، ކަނބާއައިސާރަނި ހިނގުމުގެ ސަރަހައްދުގަ އެވެ. ދެ މަސް ދުވަހާއި ބައިގެ ތެރޭގައި އެ ސަރަހައްދުގެ އަށް މަގެއް ހަދާނެ ކަމަށް ޝިފާ ވިދާޅުވި އެވެ. މި މަސައްކަތަށް 50 މިލިއަން ރުފިޔާ ހޭދަކުރަން ޖެހޭނެ ކަމަށް ޝިފާ ލަފާކުރައްވަ އެވެ.
ޓްރެފިކްގެ ސަބަބުން ތޮއްޖެހުމުގެ މައްސަލަ ދިމާވެފައިވާ މާލެއަށް ހައްލެއް ހޯދައިދިނުމުގެ މަގްސަދުގައި ފެށި މި މަޝްރޫއުގެ ދަށުން، މާލޭގެ މަގުތައް ފަސް ގިންތިއަކަށް ދަރަޖަކުރެވިފައިވާ ކަމަށް ޝިފާ ވިދާޅުވި އެވެ. އެއީ ހަތަރު ފުރޮޅުލީ ބަރު އުޅަނދުފަހަރަށް ވަދެވޭ މަގުތަކާއި، ހަތަރު ފުރޮޅުލީ އާދައިގެ އުޅަނދުފަހަރަށް ވަދެވޭ މަގުތަކާއި ދެ ފުރޮޅުލީ އިންޖީނު އުޅަނދުތަކަށް ވަދެވޭ މަގުތަކާއި ދެ ފުރޮޅުލީ އިންޖީނު ނުލާ އުޅަނދުތަކަށް ވަދެވޭ މަގުތަކާއި ހަމައެކަނި ފައިމަގުގައި އުޅެވޭނެ މަގުތައް ކަމަށް ޝިފާ ވިދާޅުވި އެވެ.
"މަޝްރޫއުގެ ސަބަބުން ތޮއްޖެހިފައިވާ، މާލޭގައި މަގުތައް ތޮއްޖެހިފައި އަދި ތަރުތީބު ގެއްލިފައިވާ އަދި ކާރޫބާރުވުމުގެ ސަބަބުން، ޕާކުކުރުމުގެ މައްސަލަތަކުގެ ސަބަބުން، ދިމާވާ ދަތިތަކަށް ހައްލު ލިބި އިރުއިރުކޮޅާ ހިތުހުރި ގޮތަކަށް މާލޭގެ މަގުތަށް އެތައް މިތަނުން ކޮނެ، ރައްޔިތުންނަށް ދިމާވާ ދަތި އުނދަގޫ މައްސަލަތަކުން މިންޖުވެގެން ދިއުމުގެ ފުރުސަތަކަށް، އިރާދަކުރެއްވިއްޔާ މި ފުރުސަތު ވެގެން ދާނެ،" ޝިފާ ވިދާޅުވި އެވެ.
އިމާރާތްކުރާ އިރު ފެން ހިންދަން އަޅަން ޖެހޭ ހޮޅިތައް ވެސް މި މަޝްރޫއުގެ ދަށުން، މަގުތަކުގެ އެތެރެއިން އަޅާނެ ކަމަށް ޝިފާ ވިދާޅުވި އެވެ. އަދި ދެ ތިން އަހަރު ތެރޭގައި މާލޭގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މާލޭގެ މަގު ހެދުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވާހަކަދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރ
މި މަޝްރޫއު ދަށުން ފުރިހަމަކުރަން ކަނޑައަޅާފައިވާ އިތުރު މަސައްކަތްތަކުގެ ތެރޭގައި ހަނި މަގުތަކުގައި 18 އިންޗީގެ ދުވާރެއް ހެދުމާއި މަގުތައް އަލިކުރުމާއި މަގުތަކުގައި ކެމެރާ ހަރުކުރުމާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަސީލަތްތައް ހިމެނުން ހިމެނޭ ކަމަށް މޭޔަރު ވިދާޅުވި އެވެ. އަދި ސްކޫލް ދަރިވަރުންނާއި އާންމުންނަށް ހާއްސަ ދެ ބަސް ރޫޓެއް ތައާރަފްކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޮންމެ ގެއަކުން ވެސް ތިން މީޓަރާ ހިސާބުން ބަސް ދަތުރަކާ ހަމައަށް ހިިނގާފައި ބޭފުޅުންނަށް ވަޑައިގަނެވޭނެ ގޮތަށް ފަރުމާކުރެވިފައި މި ވަނީ،" ޝިފާ ވިދާޅުވި އެވެ.
މިއީ މާލެއަށް ހާއްސަކޮށްގެން މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއުކަމަށް ވުމުން، މި މަޝްރޫއުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝިފާ ޝުކުރު އަދާކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައިރާން
21 February 2020
ދައުރު ނިމޭން ވާ އިރަށް..... ހުރި ލާރިކޮޅުން......
ލާރިނެތްސޭޓް ހުދުމަރު
18 February 2020
ތިމަގުތައް ބަހައްޓާފަ މާރުކޭޓް ގޮޅީގެ ކަންކަން ނިންމާލަ ދީބަލަ ތިޔައީ ދައްކާ ދަޅައެކޭ
ވަން
18 February 2020
ތިޔަ މަޝްރޫއުގެ ދަށުން ނޫނަސް ސައިކަލް ޕާކްކުރުން ގިނަވެގެން ބައެއް ގޯޅިތައް ވަނީ އަމިއްލައަށް ގިންތިތަކަށް ބެހިފައި. އެއް ގިންތިއަކީ އެއްވެސް 4 ފުރޮޅުލީ އެއްޗަކަށްނުވަދެވޭ ގޯޅި. އަނެއް ގިންތިއަކީ ސައިކަލަށްވެސް ވަދެވޭވަރު ނުވެގެން ހިނގާފަ އުޅެންޖެހޭ ގޯޅި. ސައިކަލް ގިނަކަމުން އެތަކެތިވެސް ބަހައްޓާނެ އަމިއްލަ ތަނެއް ނެތި ރަޖިސްޓްރީ ނުކުރެވޭ ގޮތް މީގެ ފަހުން ހަދަންވެއްޖެ. ހަމައެކަނި ކާރަކަށްނޫން ގަރާޖެއް ހުރުން މަޖްބޫރުކުރަންވީ.
މީޓަރޭ
18 February 2020
3 މީޓަރަކީ ކިހާ ދިގުމިނެއްކަން މަންޖެއަށް އެނގޭތަ؟ މަކަރާހީލަތް ހަދަން މޮޅު ވާހަކަ ދެއްކިޔަސް މިކިޔެނީ ކީކޭކަން ނޭނގި އުޅޭނަމަ ގަބޫލު ކުރާނެ މީހަކު ވަރަށް ނުވާނެ. މިހާރުވެސް ލޯކަލް މާރުކޭޓު ހުރި ބޮޑުބިން ބަންދު ކޮއްފަ ބޭކާރު ކޮއްފަ ހުންނަތާ އަހަރަކަށް ވުރެ ގިނަވީ. އެއީވެސް އިޤްތިޞޯދަށް މިލިއަނުން ލިބޭ ގެއްލުމެއް.
ވަހީދު
18 February 2020
މާރުކޭޓުގައި ތިބި މީހުން މަގުމަތި ކޮށްލީމަ، އެމީހުން އެބަތިބި ރަތްދަކަ އަވީގައި. އިސްލާމުން ކަރުނަ އަޅާވަރުވާނެ އެމަންޒަރު ފެނުނީ. ދޭބަލަ ބަލާލަން
ޢެހެންތަ ހީވަނީ
18 February 2020
ވައުދުފުއްދާކަށް ކަށަވަރުކޮއްދޭން ތާރު ނާލާކީއްވެހޭ ގާއަތުރަނީ ޔަގީންކަންކަން ގެއްލިއްޖެ ބަހާއަމަލު ދިމާނުވާތީ.ދުރާލާވިސްނާތީތަ ގާއަތުރަނީ ފައިސާތަށްގިނަވެގެން. ރައްޔިތުން ނިކަމެތި ކޮއް އިސްރާފު ކުރެވޭއިރުވެސް ބޮނޑުކެޑުން ..
އިސްމާލި
18 February 2020
"ޕްރޮޖެކްޓް ފަށާ އިރު ރައްޔިތުންގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި ގާ އެތުރުނު ކަމުގައި ވިޔަސް، ޔަގީންކަން އަޅުގަނޑުމެންނަށް ލިބުމާއި އެކުގައި ހުރިހާ މަގުތައް ﷲ އިރާދަކުރެއްވިއްޔާ ތާރު މަގުތަކަށް ބަދަލުވެގެން ދާނެ،" މާލޭގެ މޭޔަރު މި ވިދާޅުވާ އެއްޗެއް ނެނގުނު...ފަށާއިރު އަޅަނީ ގަލޯ.. ނިމޭއިރު ހުންނާނީ ތާރުއަޅާފައޯ. މީގެ މާނައަކީ ކޮންމެވެސް ހިސާބަކުން ދެ ޚަރަދު އެބަ ކުރެވެއޭ ނޫންތޯ؟
ނަގިލި
18 February 2020
އަތޮޅުތަކު ރަށްރަށް ވިއްކާފަ މާލޭބާގައިގެމީހުން ބޭނުންގޮތަކަށް ހަރަދުކުރަން ފައިސާ އެބަހުއްޓޭ.
ނަގިލި
18 February 2020
ރާއްޖެތެރޭ މީހުންވެސް މިހާރު އެމީހުންނަކީ ދެވަނަ ދަރަޖައިގެމީހުންކަން ދަނެގެން އުޅެނީ، މާލޭ ގަބީލާމެން އެވަގުތަކު ހިތައްއެރި ކޮންމެ އިސްރާފެއްކުރިއަސް އެއްޗެކޭ ބުނާކަށްނުކެރޭ، އެކަމަކު ރަށެއްގަ މިލިއަނެއްހާ ރުފިޔާއަށް ޗެންބަރެއް ބަހައްޓާތީ މަހަށްނުފުރާ މުޒާހަރާކުރަންތިބެނީ.
އިސްމާލި
18 February 2020
ނަގިލި އަށް، ކޮންމެ ކަމެއް ރާއްޖެތެރެ/މާލެ މީހުން ގެ ކަމަކަށް ނުހަދަންވީނު؟
ކޮސްގޮ
18 February 2020
ހަނި މަގުތަކުގައި 18 އިންޗީގެ ދުވާރެކޭ. އެތަނުން ފުރޮލުލީ ގޮނޑީގައި ނުވަތަ ކުއްޖަކު ގޮވައިގެން ޕްރޭމް ދުއްވާނީ ކިހިނެތް؟ ތިފަދަ ހަނިމަގުގައި ހިގާފައި އެކަނި އުޅެވޭގޮތައްހެދުން މުހިއްމު. އެހެންވެގެން މިބުނަނީ އަބަދު ސައިކަލުގައި އުޅޭމީހުން މަގު ޑިޒައިން ކުރީމާ ހެދޭނީ އެމީހުނަށް ކަމުދާގޮތައް. ނިކަމެތިންނަށް ނުވިސްނާނެ. ސަލާން
ޡުލޭ
18 February 2020
ނިމޭއިރު މިލިއަނުން ކައިފަ ކަމެއްނުކޮށް އޮންނާނީ.
ދާދު
18 February 2020
ތިންމީޓަރުން ބަހަށް އެރެންޏާ އަހަރުމެންގޭ ފަސްފޫޓު ގޯޅިޔަށްވެސް ބަސްވަންނާނެދޯ އުފާވެރި ހަބަރެއް
ބާދު
18 February 2020
އެންމެ ފުރަތަމަ 3 މީޓަރާ 5 ފޫޓާ ދެ އަދަދުގެ ތަފާތު އިގޭތަ؟
ކޮބަޑި
18 February 2020
ބާދު ބޭބެޔަށްހީވަނީ ދާދު އެބުނަނީ އެގޭގޯޅީގެ ފުޅާމިނުގެ ވާހަކަހެން ފުޅާމިނުގަ ފަސްފޫޓު ހުރިއްޔާ ބަހަކަށް ނުވަދެވޭނެނު ގޯޅި ފަންސާހަކަށް ފޫޓު ދިގިއްޔާ ތިންމީޓރުން ކިހިނެއް އެކަން ކުރާނީ ގަޅިވިޔަސްތީ ބޮޑުވަރު
އަލީ ހަމީދު
18 February 2020
ގާ އެޅުމުން ފެށޭ ނިމޭއިރު މާލޭގެ ހުރިހާ މަގެއް ވެސް ހުންނާނީ ތާރު ވަރައް ސަޅި ގޮތެއް ލާރި ކޮޅެއް ޖީބަތް ލާން ލާރި ގިނަވެގެން ތަ މިއުޅެނީ...ކުރާއެއްކަމެއް ރަގަޅަށް ކޮއްނިންމަބަލަ އެއްކަމެއް 100 ފަހަރު ކުރުމުގެ ބަދަލުގައި.....ޔާމީނު 1 މިލިއަން ކޭމާ ދިވެހިންނަށް ގޯސްވީ މިގޮތަށް މައްސަލައެއްނެޔްދޯ 100 ގުނައި އެތައްސަތޭކަވެސް...ދިވެހިން ހަމަ ގަމާރީ ނޫނީ ޔާމީނު ދެކެ އަންނަ ރުޅި ނޫނީ އުފެދިފައިވާ ނަފްރަތު...އެހެން ނޫން އެއްވެސްކަމެއްނޫން.