ކުޑަ ކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް ޒުވާނުންތަކެއް އަޑު އުފުލަނީ: 16 އަހަރުގެ އަންހެން ކުއްޖަކަށް ބެހުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝް ފިރިހެނެއް --ފޮޓޯ/އެމްވީކްރައިސިސް
26 ފެބުރުއަރީ 2020 - 16:17
މެދުރާއްޖެތެރޭގެ ރަށެއްގައި، އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބިދޭސީއަކު މިއަދު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އުމުރުން 34 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނަކު ކަމަށް ފުލުހުން ބުންޏެވެ. ރޭ ދަންވަރު 12:30 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ އެ މައްސަލައިގެ ތުހުމަތަށް އެ މީހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. ކުޑަކުދިންނަށް ގުޅޭ ޖިންސީ އަނިޔާގެ މައްސަލަތަކުގައި، އެ ކުދިންގެ ވަނަވަރު އެނގޭނެ ފަދަ އެއްވެސް މައުލޫމާތެއް ފުލުހުންނެއް ހިއްސާއެއް ނުކުރެ އެވެ.
މެދުރާއްޖެތެރޭގެ ރަށެއްގައި އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށް، އެ ކުއްޖާގެ ދޮންބައްޕަ ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ވެސް ފުލުހުން ވަނީ 32 އަހަރުގެ ފިރިހެނަކު އިއްޔެ ހައްޔަރު ކޮށްފަ އެވެ. އެ މީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮލޮލޮލޮލް
26 February 2020
އެބުނާހެން ވިކްޓިމްސްވެސް އުޅޭ އެކަމަކު މިހާރު މިގައުމަށް އަލަށް ގިނައިން އަންނަނީ ހަމަ ކުށްކުރަން އަންނަ "ބަންގްލަދޭސީން". ކުރިން ގިނައިން ތިބީ ވިކްޓިމްސް. އެކަމަކު މިތަނުގެ ފްރީ ވިސާގެ ވާހަކަޔާ އަޅާލުމެއް ކަހާލުމެއް ނެތް ސަރުކާރުތަކުގެ ވާހަކަ މިހާރު ވަރަށް ބޮޑަށް ފެތުރިފަ ވަނީ. އެހެންވީމަ އޭގެ ފައިދާނެގުމަށް ސީދާ ބްލެކްމާކެޓު ސްކޭމަރުންނާ ޑްރަގް ޑީލަރުންނާ ޕިންޕުންވެސް މިތަނަށް ޖާމާވެ ޓޫރިސްޓުން ގޮތުގަ. އައިސް ބަދަލުވަނީ "ވިކްޓިމްސް" އަށް.
ބަންގާޅުޕުޑިންގ
26 February 2020
34 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނަކު. އެނިމުނީ. އެއީ ކާކުކަމެއް ޔަގީންކުރެވޭނެ ގޮތެއް ނޯންނާނެ. ކޮންމެވެސް އެމްޑީއެކެ ބުނީމަ ދެން ޖެހޭނީ ގަބޫލުކުރަން. އަދިވެސް ބަންގާޅުންނަށް އޮން އަރައިވަލް ވިސާ ދިނުން ހުއްޓާލާކަށް ނުވޭތަ؟
ކޮރަލް
26 February 2020
ހައްޔަރު ކުރަނީ ދޫކޮށްލަނީ ދެން މީޑިޔާ އަށް މައުލޫ މާތެއް ނުދެ އެވެ. ޖެންޑަރ އިން މައްސަލަ ތަކުގެ އަޕްޑޭޓެއް ނުދެ އެވެ. ވާނުވާ އެއް ނޭނގެ އެވެ. ކުދިން ތައް ހަލާކު ކުރަނީ އެވެ.
އޮނަރަބްލް އަފީފު ދީދީ
26 February 2020
ޔަޤީނަށްވެސް ތިޔަ ބިދޭސީ މީހާއަތުގައި ވޯރކް ވީސާއެއްްނޯންނާނެ. އަދި ޕާސްޕޯޓް އޮވެއްޖެނަމަވެސް ރަނގަޅު. # އަހަރުމެންގެ ތެރެއިން ބަޔަކު އިންޑިޔާއިން މި ޤައުމު ހިފާފާނެއޭބުނެ ފާޑުފާޑު ފިތުނަ އުފެދޭ ވާހަކަ ދައްކާއިރު "އެއަށްވުރެން ނުބައި ނުލަފާ ޖާހިލު ބަޔަކު" ހަމައެއް ލަމައެއްނެތި މި ޤައުމުގައި ދިރިއުޅޭއިރު އެކަން އެމީހުނަށް މައްސަލައަކަށް ނުވޭ. # ސޯލިޙްގެސަރުކާރަށްވެސް މިދެންނެވިމީހުން އެޑްވާންސް ވީސާނަގައިގެން މެނުވީ ރާއްޖެނާދެވޭގޮތަށް ނެހެދުނު؟!