ލޯކަލް ކައުންސިލްތަކުގެ ކެމްޕެއިން ފެށުމަށް މިދިޔަ މަހު ބޭއްވި ޖަލްސާގައި އަދުރޭ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު
07 މާޗް 2020 - 23:06
ރާއްޖޭގައި މަސައްކަތް ކުރާ ދެ ބިދޭސީއެއްގެ ހަށިގަނޑުން ކޮވިޑް-19 ފެނިފައިވާކަން ސަރުކާރުން މިރޭ އިއުލާން ކޮށްފައިވާއިރު، މިއީ ހިޔާލު ތަފާތުންތައް ދޫކޮށްލައި، އެއްބައިވަންތަކަން އިސްކުރަންވީ ވަގުތު ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން، މިރޭ ކުރެއްވި ޓުވީޓެއްގައި އަދުރޭ ވިދާޅުވީ، މިއީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި މާތް ﷲ ގެ ހަޟްރަތުގައު ވާގި އެދި ތިބެ މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ.
"ޔާ ﷲ، ކޮރޯނާވައިރަސްގެ ނުރައްކާތެރިކަމުން އަޅަމެން ސަލާމަތް ކުރައްވާފާނދޭވެ އާމީން،" ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދުރޭ ވިދާޅުވި އެވެ.
Mivaguthakee kh’iyaalu thafaathuvunthah dhookohlaa ehbai vanthakan iskuranvee vaguthu.rayyithunge rahkaatheri kamahtakai maiy Allah ge hazurathun vaagi edhi thibe masahkaiy kuranvee vaguthu.Yaa Allah!Coronavirus ge nurahkaatheri kamun alhamen salaamaiy kurahvaafaan dheyve.Aameen!
— Abdul Raheem Abdulla (@Banafsaa) March 7, 2020
އަދުރޭގެ ޓުވީޓް
އޭނާ ވިދާޅުވި ގޮތުގައި، ޕީޕީއެމާއި ޕީއެންސީން އަަބަދުވެސް އިސްކުރާނީ ދީނާއި ގައުމެވެ. އަދި ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ކުރާ މަސައްކަތުގައި އެ ދެ ޕާޓީގެ އެހީތެރިކަމާއި ބައިވެރިވުން ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.
ރާއްޖެ އިން ކޮވިޑް-19 ނުފެންނަނީސް ވެސް ޕީޕީއެމް/ޕީއެންސީން ވަނީ އަންނަ މަހުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިނަށް އަތޮޅުތަކަށް ކުރާ ދަތުރުތައް މިއަދުން ފެށިގެން މެދުކަނޑައިލިކަން ވެސް އިއުލާންކޮށްފަ އެވެ.
އެކި ގައުމުތަކުގައި މިހާރު ހަލުވިކަމާ އެކު، ފެތުރެމުންދާ ކޮވިޑް-19 އަށް ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު ޕޮޒިޓިވް ވުމާ ގުޅިގެން އެ ރިސޯޓު ވަނީ ކަރަންޓީނު ކޮށްފަ އެވެ. އެގޮތުން، އެ ދެ މީހުން އެ ބައްޔަށް ޝައްކުވި ހިސާބުން (އިއްޔެ ހަވީރުން ފެށިގެން) ކުރެއްދޫ ރިސޯޓު ވަނީ ކަރަންޓީނު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނީރާ
08 March 2020
ބަލައަދުރޭ. އެއްބއިވަންތަކަން ދަމަހއްޓަންވީ ވަކިވަގުތަކުނޫން. ހުރިހާ ވަގުތެއްގައިވެސް އެއްބައިވަންތަކަން ދަމަހައްޓަން މަސައްކަތް ކުރަންވީ. އެކަމަކު އަދުރޭއަކީ މާޒިގައިވެސް ދުވަަހަކުވެސް އެކަން ކުރި މީހެއްނޫން. އަދި އަމުދުންމިހާރު އަދުރޭގެ ބަސްމަގާއަމަލުތަކަށް ބަލާއިރު އެއްބައިވަންތަކަން ދަންނަ މީހެއްނޫން. އެއްބައިވަންތަކަމަކީ ޕީ ޕީ އެމް ޕީ އެން ސީ އަށް ރައްޔިތުން އާއެކޭ ބުނުމެއްވެސް ނޫން. ޤައުމުފަސާދަކުރަން އަދުރޭމެން ތިކުރާކަންކަން ހުއްޓާލާ
އަދުރޭގަނޑު
08 March 2020
ދެކޮޅުވެރި ވެގެން އުޅެންވޭތަ ހަމަ ކޮންމެހެން.
ޖިނާޙް
08 March 2020
ދައުލަތް މާލީ ގޮތުން ދަށަށްދާ އިރެއްގަ ދައުލަތުން ގެއްލުނު ހުރިހާ ބައެއް ދިނީމަ ދޫކޮށްލަން އޯކޭ. 2 ބިލިއަނަކީ ކޮރޯނާއާ ދެކޮޅަށް ކުރެވޭ މަސައްކަތަށްވެސް ރަނގަޅު އަދަދެއް.
ޖިޒްމާން
08 March 2020
އެއްބައިވަންތައޭ ކިޔާފަ ދޮގު ހަބަރާ ކުއްވެރިން ދޫކުރަން ނުގޮވާ. ޖަލުގަ އެބަތިބި ވ ކުދި ކުއްތައް ކޮށްފަ ތިބި މީހުންވެސް
އަލްޖިބްރާ
08 March 2020
އަދުރޭ ތިހެން ބުނެލިއަސް އަމަލީގޮތުން އަދުރޭ ތިކަމެއް ނުކުރާނެ ! ތިޔަ އުޅެނީ ހުރިހާކަމެއް އެހެން މީހުންގެ ބޮލަށް ކަޑާލަން ! ބަލަން ތިބޭތި !
ބޮން
08 March 2020
އަދުރޭއަށް ހެޔޮވިސްނުން ދެއްވީތީ މާތްﷲގެ ހަޟްރަތަށް ހަމްދު ހުއްޓެވެ. ނަމަވެސް މި ވަގުތަކީ ޖަލުގައި ތިބި ކުށްވެރިންނާއި ފާޅުގައި ހާމައަށް ފެންނަން ހުރި ސާފު ކަންކަމުގައި ޖިނާއީ ކުށްތަކަށް އަރައިގެންފައިވާ މީހުން މިނިވަން ކުރަންވީ ވަގުތެއްވެސް ނޫނެވެ.
ބޫން
08 March 2020
އެއީ "ތެދެއް"! މީ ދުއިސައްތަ އެތައް މީހުން ތިބުނާ ކަމެއްގެ ނާޖާއިޒު ފައިދާ ލިބިގަނެ، އޭގެ ތެރޭގައި ސަރުކާރުގެ ވެސް އެންމެ މަތިން ފެށިގެން ގިނަ ބަޔަކު އެކަމުގައި ބައިވެރިވެފައިވާ އިރު އެންމެ މީހެއްގެ ހަންދަމަންވީ ވަގުތު! "ބޮން" ކަލޭ ތީ ޒީރޯ ޓޮލަރެންސް ގެ ދަށުން އިނާޔަތްތަކާ އެކު ގޭގައި ޗުއްޓީއަށް ބޭތިއްބި މީހުންގެ މީހެއްހެން ހާދަ ހީވެޔޭ!
ޑރފަލަޑޭ
08 March 2020
މުދައްރިސް އަދިކިރިޔާ މި ދެތިން އަހަރުތެރޭ ރަނގަޅުއެއްޗެއް ބުނެލެވުނީ.
މަގޭ ޚިޔާލު
08 March 2020
އެކަމަކު ވަގުން ޖަލުން މިނިވަން ކުރާކަށް ނުފެނެއެވެ.
ވިސްނާލުމަށް އެދެމޭ
08 March 2020
ތިހެންވަންޏާ އަވަހަށް މަޖުލިހުގެ ރިޔާސަތު ހުސްކޮއްފަ އެތާއިންމީހާ ޖަލަށް ވައް ދަމާ ހަމަޔާ އިންސާފަކީ ވަކިމީހަކަށް ވަކިބަޔަކަށް އެކަނިއޮތް އެއްޗެކަށްނުހަ ދަމާ 13އަހަރު ކުޑަމުއް ދައްތެތަ. ޓެރަރިޒަމްގެ ކުށް.ހުކުމް ފަސްކޮށް އަލުން ރިވިޔުކުރަން އަމުރުނެރުނީ. ކުށުން ބަރީއަނުވޭ. ދެރައީ ރޔާމީނަށް މިފުރުސަތުނު ދިން. ހަސަ ދަވިޔަސް ހައްގުން އެއްކިބާނުވެވޭނެ މުސްލިމުންނަ .ދެން އެހެންނޫނަސް ގޮނޑިރޭހުގަ ވާ ދަކުރެވުނީ ރޔާމީން އޭރު އެފުރުސަތު ދިނުމުން.
ތަގޭޚިޔާލު
08 March 2020
ޓޮޕިކުން ބޭރުވަނީ ދޯ ތިޔަ.
ބޭބީ
08 March 2020
ޙުސޭނު ބަލަމީ ޤައުމުގަ ފިތުނަފަސާދަ އުފައްދަން ވީ ވަގުތެން ނޫން.. އަދުރޭ އަށް ސެލިޔުޓު ކުރާވަރުވޭ.. ތިދަކުވައިދިން ރީތި ނަމޫނާ އަށް..
ހަނުހުންނަ މީހާ1
08 March 2020
ވޭތުވެދިޔަ 7 އަހަރުދުވަހުތެރޭ އަދުރޭ ބުނި އެންމެ ރަގަޅުވާހަކަ.