މީހަކު ފޯނާ ކުޅެނީ: އަހަރެމެންނަށް ނޭނގި ނަމަވެސް ފޯނުގައި ގިނަ އަދަދެއްގެ ޖަރާސީމު ހަރުލާފައި ހުރޭ.-- ފޮޓޯ: މިހާރު
13 މާޗް 2020 - 19:13
އަތް ދޮވެފީމެވެ. އެންމެ ރަނގަޅެވެ. އެކަމަކު އަތް ދޮވެގެން ވެސް، އަހަރެމެންނަށް މި އަތްލެވެނީ ހަޑިވެފައިވާ ފޯނެއްގައި ކަމެއް އެނގޭ ހެއްޔެވެ؟ ބައެއް ދިރާސާތަކުން ދައްކާގޮތުގައި ފާހަނާއަށް ވުރެ، ގިނަ އިރުތަކެއްވަންދެން އަމިއްލަ އަތުގައި ގެންގުޅޭ ފޯނުގައި ހިމެނޭ ޖަރާސީމު 10 ޕަސެންޓު ގިނަ އެވެ.
އެހެންވެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، މުވާސަލާތީ ހިދުމަތްދޭ އެންމެ ބޮޑު އެއް ކުންފުނި، ދިރާގުން މި ކިޔައިދެނީ، ޖަރާސީމު ނައްތާލައި ފޯނު ސާފުކުރާނެ ގޮތެވެ.
އެ ކުންފުނިން އާއްމުކޮށްފައިވާ ވީޑިއޯގައި ބުނާގޮތުން ފޯނު ސާފުކުރުމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އެ ފޯނު ނިއްވާލުމެވެ. ދެން، ފޯނު އޮތީ ކަވަރެއް ކަހަލަ އެއްޗަކަށް ލާފައި ނަމަ އެ ކަވަރެއް ނަގަންވީ އެވެ. އެއަށްފަހު ޓިޝޫ ބޭނުންކޮށްގެން ފޯނާއި ކަވަރު ރަނގަޅަށް ފޮހެލަންވީ އެވެ. އޭގެ ފަހުން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮންނަންވީ އެވެ.
ފެނަށް، ކުޑަ ސައިބޯނި ކޮޅެއް ލުމަށްފަހު މައިކްރޯ ފައިބާ ނުވަތަ އައިނު ފުހޭ ފަދަ ފޮތިކޮޅު ތެއްމާލާށެވެ. އެ ފޮތިކޮޅުން ކަވަރު އަދި ފޯނުގެ މައިކް، ޗާޖިން އަދި ސްޕީކާ ޕޮޓަށް ފެން ނޭޅޭ ގޮތަށް ފޮހެލަން ޖެހޭނެ އެވެ. އެންމެ ފަހު ކަމެއްގެ ގޮތުގައި ކުރަންޖެހޭނީ ޓިޝޫ ބޭނުންކޮށްގެން ފޯނު އަދި ކަވަރު ރަނގަޅު ހިއްކާލުމެވެ.
އެ ވީޑިއޯގައި ވާހަކަދައްކަވަމުން އޭޑީކޭގެ ޗީފް އޮފް މެޑިކަލް، ޑރ. އަބްދުﷲ ނިޔާފު ވިދާޅުވީ އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ބަލި އެރުން ހުއްޓުވުމަށް އަމިއްލަ އަށް ކުރެވޭނެ ބައިވަރު ކަންތައްތައް އެބަހުރި ކަމަށެވެ. މި ބަލިމަޑުކަމުން އަރައިގަތުމަށް އެންމެންގެ ބައިވެރިވުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޗައިނާގައި އުފަންވެ، ދުނިޔޭގެ އެކި ގައުމުތަކަށް ފެތުރެމުންދާ ކޮވިޑް-19 ގެ ބަލި ހުރި ނުވަ މީހަކު މިހާތަނަށް ރާއްޖެއިން ފެނިފައިވެ އެވެ. މުޅި ދުނިޔޭގައި އެ ބަލި 137،703 މީހުންނަށް ޖެހިފައިވާއިރު އޭގެތެރެއިން 70،690 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. މަރުވެފައިވަނީ 5،080 މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުވާލު
15 March 2020
މަގޭ ސުވާލަކީ ރުފިޔާ އަދި ކާރޑް މެޝިންގަ އަތްލުމަކީ މީ ކޮންކަހަލަކަމެއްތޯ!! ފޯނަށްވުރެ މާ ނުރައްކާތެރި ނޫންތޯ؟؟
ބަތްކައްކާ
14 March 2020
އިންޓަނެޓް އަގުހެޔޮކުރޭ. މާ ތާހިރުވާނެ
ޢާޝާ
14 March 2020
ޢެންޓިބެކްޓީރިއަލް ވެޓް ޓިޝޫވެސް ރަނގަޅުވާނެ
ބޮޑު ހަސަންބެ
14 March 2020
ކީއްތަވާނީ މިފަދަ ދަނޑި ވަޅެއްގަ އިންސާނިއްޔަތައްބަލާފަ އިންޓަނެޓް އަގު ހެޔޮ ކޮއްދިނިއްޔާ. ނުކުރާނެ އެކަމެއް. ސަބަބަކީ މިފަދަ ދަނޑިވަޅު ތަކުގަ ޕަބްލިކް ސުޓަންޓު ޖެްސުން
ތިރަށުއައްމަޑޭ1257
14 March 2020
ބޭބީ ޝާރކޭ ކިޔަ މުން އަތް ދޮންނަ މުން ޖޯކު ޖަހާ ބަޔަކާ، ވީޑިޔޯ ބަލާފަ އަތް ދޮންނަން ޖެހޭ ކަ މަށް ކިޔާ ޖޯކު ޖަހާ ބަޔަކުވެސް އެބަ އުޅޭނު
މުހައްމަދު25
14 March 2020
ދިރާގު ،އުރީދޫ ދިވެހި ރައްޔިތުންނައް ހިޔޮއެދިގެން އެއްކަމެއްވެސް ކުރާނެކަމައް ގަބޫލްކުރާނެ މީހުން މިބިންމަތީ މަދުވާނެ..ދިވެހި ރައްޔިތުން ފެލައި 2 ކުންފުނިތިއީ...
ނާޢިމް
13 March 2020
މަށަށް ހީވަނީ ފޯނު ހެން ހަލާކުވާނީ ތިކަމާ އުޅިގެން.. ???
އަރާނެތަ
13 March 2020
ތިވަރަށް ސާފުކޮށްގެން ގޮސް އެ ބޭއްވުނީ ކޮފީބޯން ދިއަ ތަނުގެ މޭޒުމަތީގަ.
ރެޓޭ
13 March 2020
ދިރާގުން ކިޔައިދޭންވީ އިންޓަރނެޓުގެ ސްޕީޑް ރަނގަޅުވާނެގޮތް!
އެއްކަލަ މީހާ ދޯ
13 March 2020
ފޯނުސާފު ކުރަނީ ވައިރަސް ތަކުން ސަލާމަތްވެ ބަލިމަޑުކަމުން ރައްކާތެރިވެ ތިބުމަށް ކަމަށްވާނަމަ ފޯނު ސާފުކުރި އިރު އަތަށް އަނގީ އަރުވާފަ ނެތްކަން ފާހަނގަވި. އަދި ސާފުކުރަން ފެށުމުގެ ކުރިން އަތް ދޮވުނީ އަތުން ފޯނަށް ވައިރަސް އަރާފަނެތީ ތޯ؟ އަދި ފޯނު ސާފުކޮށް ނިމިގެން އަތް ދޮންނަން ޖެހޭ ކަމަށް ނުބުނޭ. އަދި ވީޑިއޯ އެކަން ނުވެސް ދައްކާ!! ވީމާ މި ވީޑިއޯއިން ލިބޭ މެސެޖް ރަނގަޅެއް ނޫން!!