ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. އެމަނިކުފާނު ވިދާޅުވީ ކޮވިޑް-19 ހުއްޓުވަން ސަރުކާރުން އަޅަަމުން އަންނަ ފިޔަވަޅުތައް ރަނގަޅުކަމަށް. ފައިލް ފޮޓޯ/މިހާރު
16 މާޗް 2020 - 11:14
ރާއްޖެ އަށް ވެސް ކޮރޯނާވައިރަސް ފެތުރުމާ ގުޅިގެން، އެ ވައިރަސް އިތުރަށް ފެތުރިޔަ ނުދިނުމަށްޓަކައި ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތައް ރަނަގަޅު ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.
ރާއްޖެ އިން ކޮރޯނާވައިރަސް ފެނުމުގެ ކުރިން، ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އަދި އެ ވައިރަސް ޖެހިފައިވާ މީހަކު ފެނުނަސް ރަށްރަށް ކަރަންޓީން ކުރުމާ ވެސް ދެކޮޅު ހެއްދެވި ނަޝީދު، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވީ، ސަރުކާރުން އަމަލު ކުރަމުންދާ ކަންކަމުގެ މައުލޫމާތު އެމަނިކުފާނު ރޭ ހޯއްދަވާފައިވާ ކަމަށެވެ.
އެ މައުލޫމާތު ހޯއްދެވީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންއެމްޑީއޭ) އާއި ޑަބްލިއުއެޗްއޯގެ އޮފިޝަލުންނާ އެކު، މަޖިލީހުގެ އާއްމު ކޮމިޓީ އާއި އިޖުތިމާއީ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި ކަމަށް ނަޝީދު ވިދާޅުވި އެވެ. އެ ބައްދަލުވުމުގައި އެ މަނިކުފާނާއި މަޖިލީހުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުވުމުގައި، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަދި ކޮވިޑާ ގުޅިގެން މިހާރު އިއުލާން ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ހާލަތުގެ ދަށުން ފިޔަވަޅުތައް އެޅުމުގެ ބާރު ގާނޫނީ ގޮތުން ލިބިދީފައިވާ މައިމޫނާ އަބޫބަކުރާއި ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބު ޑރ. އަރުވިންދު މާތޫރު އާއި އެންއެމްޑީއޭގެ އިސްވެރިން ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު، މިނިސްޓަރުގެ އަރިހުގައި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
"އަޅުގަނޑުމެނަށް ފެނުނީ ރޭގައި، ސަރުކާރުގެ ސިޔާސަތު ވަރަށް ހަރުދަނާ ކަމަށް. އެ ބޭފުޅުން ސަރުކާރުން މިހާރު އެ ގެންނަވާ ކޮންޓްރޯލްތަކަކީ ސަރުކާރުން އަންދާޒާ ކޮށްފައިވާ މިންވަރަކަށް މިކަން ދާނެ ކަމަށް ދެކި، އެ ކަމަށް ތައްޔާރުވެ ތިބެ ގެންނަވާ ކޮންޓްރޯލްތަކެއް،" ކޮރޯނާވައިރަސް އިން ރައްކާތެރިކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކަށް ކުރިން ފާޑުވިދާޅުވުމުން އެތައް ބައެއްގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވެފައިވާ ނަޝީދު ވިދާޅުވި އެވެ.
މައިމޫނާއާ ހަވާލާދެއްވައި، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ، ކޮވިޑް-19 ކޮންޓްރޯލްކުރަން ސަރުކާރުން ފިޔަވަޅުތައް އަޅަމުން އަންނަނީ އެޕިޑެމިއޮލޮޖިކަލް ސާވޭއެއް ހަދައި، އެ ސާވޭގެ ނަތީޖާ އަށް ބަލައިގެން ކަމަށެވެ. އެގޮތުން، ބަލި ކޮންޓްރޯލް ކުރާނެ ގޮތުގެ ތިން ސިނާރިއޯއެއް މައިމޫނާ ވަނީ ސަރުކާރަށް ހުށަހަޅުއްވާފައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި މިހާރު އަަމަލުކުރާ ގޮތުގެ ބަދަލުގައި، އަނެއް ދެ ސިނާރިއޯގައި ވެސް އޮތީ ކުއްލިއަކަށް ވަރަށް ބާރަށް ބަލި ފެތުރިދާނެ ހާލަތެއް ކަަމަށް ނަޝީދު ވިދާޅުވި އެވެ.
"ސަރުކާރަށް ވެސް އަޅުގަނޑުމެނަށް ފެނުނު ގޮތުގައި މާ ސާފުކޮށް އެނގޭ، ވަރަށް ހަރުކަށި ކޮންޓްރޯލް ގެނެސްފިއްޔާ، ބަލި ކުއްލިއަކަށް ފެތުރިގެންދާ މިންވަރު ދަށްކުރެވިދާނެކަން. އެހެން ނަމަވެސް ބަލި ޖެހޭ މީހުންގެ އަދަަދު ދިގު މުއްދަތަކަށް ފެތުރިގެންދާކަން،" މައިމޫނާ ދެއްވި މައުލޫމާތުގެ އަލީގައި ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެނަށް ފެނުނީ ރޭގައި، ސަރުކާރުގެ ސިޔާސަތު ވަރަށް ހަރުދަނާ ކަމަށް. އެ ބޭފުޅުން ސަރުކާރުން މިހާރު އެ ގެންނަވާ ކޮންޓްރޯލްތަކަކީ ސަރުކާރުން އަންދާޒާ ކޮށްފައިވާ މިންވަރަކަށް މިކަން ދާނެ ކަމަށް ދެކި، އެ ކަމަށް ތައްޔާރުވެ ތިބެ ގެންނަވާ ކޮންޓްރޯލްތަކެއް،" ނަޝީދު
ރާއްޖެ އިން މިހާތަނަށް ވަނީ ކޮވިޑް-19 ބަލި 13 މީހަކަށް ޖެހިފަ އެވެ. އޭގެ ތެރޭގައި އެއްވެސް ދިވެއްސަކު ނެތެވެ. މުޅިން ވެސް ހިމެނެނީ ޓޫރިސްޓުންނާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނެވެ. އެ އެންމެންގެ ތަފްސީލީ މައުލޫމާތެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެެރެއިން އެންމެ މީހެއް ފިޔަވައި އެންމެންގެ ހާލު ވެސް އަދި ރަނގަޅެވެ. ހާލު ބޮޑުވި މީހާ އަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ޚާއްސަ ޔުނިޓުގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭނާ ވެސް ސްޓޭބުލް ކަމަށް އެޗްޕީއޭއިން ރޭ ބުންޏެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމާ ބެހޭ ގޮތުން ކަމާ ގުޅޭ އިދާރާތަކުން އެއްކުރި މައުލޫމާތުގެ އަލީގައި ނަޝީދު ވިދާޅުވީ، ރާއްޖޭގައި ހުރި ވަސީލަތްތަކަށް އޮބި ނޯންނަ ވަރަށް ހާލަތު ދިއުމުގެ ކުރިން، އެ ބަލި ކޮންޓްރޯލް ކުރަން ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
18 March 2020
ރައީސް ނަޝީދަކީ ގޯސް މީހެއްނުން. ހަލަނި ވެފައި ޑްރާމާ މީހެއްވީމަ އޭއްޗެކޭ މީއްޗެކޭ ކިޔާނެ އެނގުނަސް ނޭނގުނަސް. އުސްތަނެއް ހުރިއްޔާ އެތަނަކަށް އަރަން އުޅޭނެ. ދީނީ ކަންކަމާއި ނުބެހޭނަމަ މަގޭ ފުލް ތާއީދު އޮންނާނެ މީހެއް
ޒޫނާ
17 March 2020
ބުނަން މި ނަޝީދޭ މަޖިލީހުގައި އިނދެ ކޮވިޑް ރާއްޖެއަށް އަންނާނެއޭ އަދި އަންނަން ޖެހެއޭ ގޮވީ މިއަދު ކޮންވާހަކައެއްދައްކަންވީ
ހަނދު
17 March 2020
އެހެންނުންވާނީ އެސޮރަކީ އަދި ހަމަހޭ ނުޖެހޭ ކުޑަކުއްޖެއްވިއްޔަ ރޯފިލާނީ އަތައް ގޮވީމަ ކޮމްމެ ކަމެއްވެސް ހެޔޮނުވާނެ ތި މީހާ ދައްކާވާހަކަ އަޑުއަހަން އުޑުބަޅު ކުރެއްވި ހިސާބުގަ
ވަހީދު
17 March 2020
ކޮމެންޓްތަށް ލިޔެވޭނެ މަގު ކޮށައިދެއްވީތީވެ ރައީސް ނަޝީދަށް ފަށްފަށުން ޝުކުރިއްޔާ. ސޭކުންނަށް އެޕްރިޝިއޭޓް ކުރާކަށް ނޭނގޭނެ
އަސްލުތަ
17 March 2020
އޭނައާ ދެކޮޅަށް ކޮށްފަ ހުރި ކޮމެންޓްތަކަށް އޭނަވެސް އެޕްރިޝިއޭޓެއްނުކުރާނެ. އެ ގޮތަށް ލިއެވޭނެ މަގު ކޮށައިދެވުނު މޮޔަ ހިތަށްއަރާފަ މިހާރު ހުންނާނީ. އަވަހަށް އެ މަގުގަ ވިނަ ހެދި ބެދޭނީ ކޮން ދުވަހަކުންބާއޭ ހިތަށް އަރާފަ ހުންނާނީ.
ޑޭޥީ
17 March 2020
ދިވެހި ރާއްޖޭގެ ކަނޑު ނޫވެފަ، އުޑު ނޫވެފަ، މަތިން ވާރެވެހޭތީ ނަޝީދަށް ޝުކުރުއަދާކުރާކަށް ނުޖެހޭތޯ؟ މޮޔައަކީ ކާކުކަމާ ވާނުވާ ނޭގެނީ ކާކުކަން އެންމެނަށް އެނގޭ. 2001 ވަނަ އަހަރުން ފެށިގެން ހަވީރު ނޫސް ކިއާފަ ކޮމެންޓް ކުރާ މީހެއް އަހަރެން މީ! އެރު ކާކުބާ ވެރިކަމުގަ ހުރީ؟ އެމްޑީޕީ ކިއާ ޕާތީއެއް އޮތްތޯ؟ މޮޔައިން ވަކިވާނެބާ؟!!!
ފީލުބާގަ
17 March 2020
ނަޝީދަށް ދެރ މީހުންގެ މަލާމާތްވެސް ދަނީ ލިބެމުން ބަހުރުވަ ބައެއްފަހަރަށް ޙާލަތާގުޅުވަން ނޭނގުމާ އިސްލާމްދީނަށް ބަދުބަސް ބުނެ ބަރުލަމާނީ ކަލޭގެ ގޮތުގައި ފާހަގަވުން
ށީނު
17 March 2020
ޢެންމެން އަބަދަކު ހަމައިގަ ހުނަނާކަށް ނުޖެހޭނެ.
ކުރީގެގެ
16 March 2020
ކުރީގެ މަޖްލިސް ރައީސް ހުރިއިރު ހަމަޔަށް ނިދޭ. މިހާރު މިޖެހެނީ ކޮމަންޓް ކިޔަން އޮންނަން
ޟަޖްލޮ
17 March 2020
މަޖްލިސްކުރާގެ ކަރަންޓީނު. ފެސިލިޓީއަކަށް ހަދަންވީ
ޑރ. ރާމީ ހަސަން ނިއުޔޯކް/އެމެރިކާ
16 March 2020
މުޅި ރާއްޖޭގެ އެންމެނަށް މިއަދާއި ހަމަ އަށްވެސް 20 އެނދު ގެ އައި.ސީ.ޔޫ އެއް ނެތް. ވީމާ 200 އެނދު ގެ އައި.ސީ.ޔޫ އެއް މިހާރު އަޅަން ވިދާޅުވާ ސަރުކާރުން "ބޯރޑަރ ލޮކްޑައުން" އަކަަށް ވިސްްނާވަޑައިގަންނަވަން ވާނެ !!!
ތާކުންތާކު
16 March 2020
ތިޔައީ އަބަދުވެސް ނަޝީދަށް ވާވަރު، ގިނަ ބައެއްގެ ހިތުގައި އަސްލު ނަށީދުގެ މަގާމަކީ އުފައްދާފައިވާ އިމޭޖިންޑް މަގާމެއް، އަސްލު މީހާ އެނނގޭ އަދި ފެނޭ މިފަދަ ކޮންމެ ހާލަތެއްގަވެސް. މީގެ އެންމެން ހަނދާން ހުންނާނެ ދުވަހަކީ އިސްތިއުފާދިން ދުވަސް. އެދުވަހު ލައިވް ޓީވީގަ ދެއްކިވާހަކަޔާ އޭގެ 1 ދުވަސް ފަހުން ދެއްކިވާހަކަޔަށް އެކަނި ވިސްނީމަ އެނގޭނެ އެތެރޭގަ ހުރީ ކޮޗެއްކަން. އެކަމަކު ގިނަބަޔަކު ނުވެއް ވިސްނާނެ!
ބަނާނާ
17 March 2020
ބައިޕޯލަރ ޑިސްއޯޑަރ.. ގޫގަލްކޮށް ބަލާލާ. ފެންނާނެ ރނ ގެ ސިފަތައް.
ކުމުންދޫއަލީ
16 March 2020
މި ދަނޑިވަޅު ސިޔާސީ ފިތުނަ ނުފަތުރާ އެންމެނައްވެސް އޯގަތެރިކޮށް ހިތާ ކިޔަންޏާ ހެޔޮ އެއްޗެއް ކިޔުން އެދެން.