ކޮވިޑް-19 / ގެސްޓް ހައުސް

ރާއްޖޭގެ ގެސްޓް ހައުސްތަކަށް ޓޫރިސްޓުން އައުން މަނާކޮށްފި

ދިގުރަށުގައި ހިންގާ ގެސްޓް ހައުސްއެއް.

17 މާޗް 2020

10 comments
sad icon 48%

ރާއްޖޭގެ އެއްވެސް ގެސްޓް ހައުސްއަކަށް މިއަދު ހަވީރު 6:00 އިން ފެށިގެން 14 ދުވަސް ވަންދެން ޓޫރިސްޓުން އައުން މަނާކޮށްފި އެވެ.

މިކަން އިއުލާން ކުރެއްވީ، ގެސްޓް ހައުސް ވިޔަފާރިކުރާ ފަރާތްތަކާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ސަރުކާރުން އެ ފިޔަވަޅު އެޅީ ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުންނެވެ.

"މިހާރު ތިބި ޓޫރިސްޓުންނަށް ބުކިންގެ މުއްދަތު ހަމަވަންދެން ތިބެވޭނެ. އާ އެހެން ބްކިންނެއް ނުހެއްދޭނެ މި މުއްދަތުގައެއް،" އަލީ ވަހީދު ވިދާޅުވި އެވެ. ގެސްޓް ހައުސް އެސޯސިއޭޝަންގެ ރައީސް މޫސާ ނާސިހް ވިދާޅުވީ، މި ދުވަސްވަރު ރިޒަވޭޝަންތައް ވަރަށް ގިނައިން ކެންސަލް ކުރަމުން ދާ ކަމަށެވެ. ޓޫރިސްޓުން ގެނައުން މަނާކޮށްފައިވާ މުއްދަތުގައި އަންނަން ކުރިން ބުކިން ހަދާފައި ތިބި ޓޫރިސްޓުންގެ ބުކިންތައް ފަހުގެ ތާރީޚަކަށް ފަސް ކުރުމަށް އަންގަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 ފެތުރޭތީ ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން މިދިޔަ ހަފުތާގައި ވަނީ މާލޭ، ހުޅުމާލެ އަދި ވިލިމާލޭގެ ގެސްޓް ހައުސްތަކަށް ޓޫރިސްޓުން އައުން މަނާކޮށްފަ އެވެ. އަދި ރަށްރަށާއި ރިސޯޓްތަކާ ދެމެދު ދަތުރުކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.

ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ރާއްޖޭން ފެނިފައި ވާއިރު އެ އެންމެންނަކީ ވެސް ޓޫރިސްޓުނާއި ރިސޯޓްތަކުގެ ބިދޭސީ މުވައްޒަފުންނެެވެ. އޭގެ ތެރޭގައި ގިނައީ އިޓަލީ މީހުންނެވެ.

ރިސޯޓުތަކުން އެކި ރަށްރަށަށް އަދި ރިސޯޓުތަކަށް ދިއުން ވެސް މި ދުވަސްވަރު ސަރުކާރުން ވަނީ މަނާކޮށްފަ އެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވި ގޮތުގައި، އެ ނިންމުމުގެ ސަބަބުން ރިސޯޓްތަކުގެ ވެރިންނާއި ޖެނެރަލް މެނޭޖަރުން ފެންވަރުގެ ބޭފުޅުންނަށް ވެސް ބައެއް ރިސޯޓްތަކުން ބޭރަށް ވަޑައިނުގެންނެވިދާނެ އެވެ. އެކަމަކު ހުރިހާ މުވައްޒަފުން ވެސް މި ދަނޑިވަޅުގައި ޖެހޭނީ ކެތްތެރިވާން ކަމަށް އޭނާ ވިދާޅުވި އެވެ.

މުޅި ދުނިޔެ އަށް ފެތުރިފައިވާ ކޮވިޑް ރޯގާ އިން ރައްކާތެރިވާން މުޅި ރާއްޖެ އަށް ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާނުކޮށް، ބޮޑެތި ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ. އެގޮތުން ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ބައެއް ގައުމުތައް ވެސް ހިމެނޭ ގޮތުން، ރާއްޖެ އަށް މީހުން އައުން ވަނީ މަނާކޮށްފަ އެވެ.

10 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 35%
icon sad icon sad 52%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދުވާފަަރު

17 March 2020

އަދިވެސް ބޭރުން އަންނަ ޔޮޓތައް އެއްވެސް ހިފެހެއްޓުމެއްނެތި އަންނަނީ އެމީހުން ރާއްޖޭގެ ކޮންމެ ހިސާބަކަށް ދިއުމުގެ ހުއްދަ ދީފަ އޮންނަނީ

The name is already taken The name is available. Register?

ހަކީމް

17 March 2020

ރިސޯޓް ތަކަކީ ވަކި ރަށްތަކެއް. ސްޓާފުން "ރިސޯޓް ބަންދުގައި" ބައިތިއްބައިގެންވެސް މިކަން ކުރަން މަޖްބޫރުވަނީ ލިބޭ ޓެކްސް އެންމެ ޑޮލަރެއްވެސް މިހާރު މުހިންމު ވީމަ. މިއާ ހިލާފަށް ގެސްޓްހައުސް ތަކަކީ މީހުން ދިރިއުޅޭ ރަށްތަށް. މިހެން އުޅެނިކޮށް މިއަދު އިވުނީ "ރިސޯޓް ބަންދުގައި" ގެންގުޅުނު އެކަކު ފަތާފައި ފިލި ވާހަކަ. މީވެސް ވެދާނެ ކަމެއް.

The name is already taken The name is available. Register?

ޞަނީ

17 March 2020

ދެން ރިސޯޓްތައް ބަންދު ނުކުރެވިގެން މިއުޅެނީ ކީއްވެ..

The name is already taken The name is available. Register?

ރަށަކު އެންމެ ފަރުދެއް

17 March 2020

ރާއްޖޭ ހުރިހާ ރަށެއް ހާއްސަކޮށް މާލެ އަށް މީހުން ދަތުރުކުރުން ހުއްޓުވަން ޖެހޭ ސާދަ ދުވަހަށް ރިސޯޓު ތަކެކޭވެސް އެއްގޮތަށް ، ރާއްޖޭގައި ބަލި ފެތުރޭތޯ ނުފެތުރޭތޯ ކަށަވަރު ކުރަން ، މިއީ އެންމެ މުހިއްމު ދުވަސްކޮޅު.

The name is already taken The name is available. Register?

ޝެލަރީ

17 March 2020

މީވެސް އިންސާފް ގެސްޓްހައުސްތަށް ބަންދު ރިޒޯޓް ބަންދެއްނޫން ފެނިގެންމިދަނީ އަޅުގަނޑު މެންގެ ނިކަމެތި ރިޒޯޓް ތަކުގަ ވަޒީފާ އަދާކުރާ ރަށްޔިތުންކޮޅު ރިޒޯޓް ވިޔަފާރިވެރީންނަށް ޤުރުބާން ކޮށްލިތަން މީހަޤީގަތް ދެއްތޯ؟

The name is already taken The name is available. Register?

ޝެލަރީ

17 March 2020

މީ ވަރަށް ރަނގަޅު ނިންމުމެއް އެކަމަކު ކޮބާތޯ ރިޒޯޓްތައް ގެސްޓްހައުސް ހިންގާ މީންނަކީވެސް ބިމުކުލިދައްކާ މުސާރަދޭ ސަރުކާރަށް ޓެކުސްދައްކާ ރަށުގެ ކުނި މެނޭޖް ކުރުމަށް ވެސް ކޮންމެ މަހަކު ލާރިދަށްކާ، މުއަށްޒިފުން ގެންގުޅޭބައެއް ނުވިތާކަށް ލޯނެއްވެސް ނުނަގާމީހަކު މަދުވާނެ އިގޯތޯ އެކަމަކު ރިޒޯޓްތައް ބަންދުނުކޮށް މިކަންކުރުމުން ފެނިގެންދަނީ ވަރަށް ބޭއިންސާފުން ކަންކުރިތަން ؟

The name is already taken The name is available. Register?

ނެކްސްޓް

17 March 2020

އޮން އަރައިވަލް ޓޫރިސްޓް ވިސާދިނުން ހުއްޓާލަން ވެއްޖެ އެންނު

The name is already taken The name is available. Register?

ޢަނީ

17 March 2020

ސަރުކާރު ބަންދު ކުރެވޭ.ގެސްޓުހައުސްތަށްބަންދުކުރެވޭ.ސްކޫލުތަށް ބަންދުކުރެވޭ.އެކަމުމިތަނަށް ކޮވިޑުބަލި ފެތުރިދާނެ އެންމެ ބިރުބޮޑު ތަން ރެސޯޓާ، ރަސޯޓަށް އަންނަ ގެސްޓުން ދައުރުވާ އެއާޕޯޓުތަކާ ފެރީތަކާ އެހެންތަންތަން ގަދަޔަށް ހުޅުވާފަ!ރެސޯޓުވެރިންދެކޭ ބިރުގަތަސް މިއީ ބޮޑުވަރެއް. ނުވީތާކު ރެސޯޓުތަކުގެ ވިޔަފާރިދައްވާތީ ވަޒީފާއިން ވަކިކުރުންވެސް އޯކޭދީފަ.ކީއްވެގެން ރައްޔިތުންނާ އާދައިގެ ވިޔަފާރިތަކާ އަހަރުންގެ ދަރިން މިކަމުގެ ތަކުލީފު އުފުލަންވީ؟

The name is already taken The name is available. Register?

އަރުވާލި އާދަނުގެ ސިޔާސީހާސަރު

17 March 2020

ރަށު ވޮލެޓަށް ޑޮލަރު ހުސް ވެ ދިއުން ( ހާދަ ދެރައޭ )

The name is already taken The name is available. Register?

ރަބަރު

17 March 2020

ދެން ދުއާކުރުން ނަމާދުކުރުން ގިނަކުރޭ. މިއީ ހަމަ ކޮންމެ މީހަކަށް ކޮންމެތާކު ހުރެގެންވެސް ކުރެވޭނެ ކަންތައް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!