ކޮވިޑް-19 އަށް ރާއްޖެ އިން ދިވެއްސަކު ފުރަތަމަ ފަހަރަށް ޕޮޒިޓިވްވިކަން ހެލްތު މިނިސްޓަރު އަމީން (މ) މިއަދު އިއުލާން ކުރައްވާއިރު، އަރިހުގައި ޑރ. އަލީ ލަތީފް އަދި ޑރ. ނަޒްލާ މުސްތަފާ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
27 މާޗް 2020 - 15:40
ޕްރެސް ކޮންފަރެންސް ނިންމާލައިފި
އަމީން: އަޅުގަނޑުމެން މަސައްކަތް ކުރަނީ އަޅުގަނޑުމެންނަށް ނޭނގި ވެސް ރާއްޖޭގައި ބަލި އުޅެދާނެ ކަމަށް. އެހެންވެ އަޅުގަނޑުމެން މި ވަގުތު އުނދަގޫ ހާލަތެއްގައި އުޅެންޖެހެނީ. އެންމެ މުހިންމު ކަމަކީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުން ކިޔަމަންވުން.
އަމީން: ޕޮޒިޓިވްވި މީހާ ޓްރާންސްފާ ކޮށްފައި ވަނީ ސޯޝަލް ޑިސްޓެންސް އަށް ބަލައިގެން. އެކަމަކު އޭނާގެ ކޮންޓެކްޓް ޓްރޭސިން މިހާރު ދަނީ ހަދަމުން.
އަމީން: ރާއްޖެ އިން މިހާތަނަށް ނެގި ސާމްޕަލްތަކުގައި އައި ރިސްކް ސާމްޕަލެއް އަދި ނެތް
އަމީން: ރާއްޖެ އިން ދިވެއްސަކު ޕޮޒިޓިވްވި ނަމަވެސް ކޮމިއުނިޓީ ސްޕްރެޑް ހާލަތަކަށް އަދި ނުދޭ.
މިނިސްޓަ އަމީން: ޕޮޒިޓިވްވި ދިވެހި މީހާގެ ފަރާތުން ފެނުނީ ބަލީގެ އާދައިގެ އަލާމާތްތަކެއް
ޕޮޒިޓިވްވި މީހާ ޓެސްޓްކުރީ އޭނާގެ ގައިން ބަލީގެ އަލާމާތްތައް ފެންނަން ފެށުމުން
ޑރ. އަލީ ލަތީފް: 14 ދުވަހުގެ ކަރަންޓީން ހަމަކޮށް އިޓަލީ އަށް ދިޔަ ދެ ޓޫރިސްޓަކު ވަނީ ޕޮޒިޓިވްވެފައި
Sample taken from a Maldivian national who was quarantined in Holiday Island Resort Quarantine Facility has tested POSITIVE for #COVID19.
— Health Protection Agency (@HPA_MV) March 27, 2020
ރާއްޖެ އިން ޕޮޒިޓިވްވި މީހާ ކަރަންޓީންކޮށްފައި ހުރީ ހޮލިޑޭ އައިލެންޑް ރިސޯޓުގައި
ޑރ. ނަޒްލާ: ކަރަންޓީނުގައި ހުންނަ އިރު ވެސް ހަ ފޫޓު ދުރުގައި ހުރުން ވަރަށް މުހިންމު.
އޭނާ ރާއްޖެ އައުމާ އެކު ވަނީ ކަރަންޓީންކޮށްފައި. އެހެންވެ އެހެން މީހަކާ ކޮންޓެކްޓްވުމުގެ ފުރުސަތު ވަރަށް ކުޑަވާނެ
ޑރ. އަލީ ލަތީފް: އިނގިރޭސި ވިލާތުން އައި ދިވެހި މީހާ ކަރަންޓީނަށް ލީ މި މަހު 22 ގައި. އޭނާ ޓެސްޓްކުރީ 25. އަދި ޕޮޒިޓިވްވި ކަމަށް ނަތީޖާ ލިބުނީ 27 ގައި.
ރާއްޖެ އިން ޕޮޒިޓިވްވެފައި ވަނީ އިނގިރޭސި ވިލާތުން ދަތުރުކުރި ދިވެއްސެއް
ކޮރޯނާވައިރަހަށް ރާއްޖެ އިން ފުރަތަމަ ފަހަރަށް ދިވެއްސަކު ޕޮޒިޓިވްވެއްޖެ އެވެ.
ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ރާއްޖެ އިން ޕޮޒިޓިވްވެފައި ވަނީ މި މަހު 22 ވަނަ ދުވަހު އިނގިރޭސި ވިލާތުން ރާއްޖެ އައި މީހެއް ކަމަށެވެ. އެ މީހާ މިހާރު ވަނީ ހޮލިޑޭ އައިލެންޑް ރިސޯޓުގައި ކަރަންޓީންކޮށްފަ އެވެ. އޭނާގެ ޓެސްޓުގެ ނަތީޖާ ލިބިފައި ވަނީ މި މަހު 27 ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީތި މޫސަ
28 March 2020
ޔާﷲ މިނުރަށްކާތެރިބަލިނެތިކުރަށްވާ ބަލިޖެހިފައިވާމީހުންނަށް އަވަސް ޝިފާއެއދެއްވާފާދޭވެ. އަދި މިކަމުން އިބުރަތްލިބީ އަޅަމެންގެ އީމާންކަން އިތުރުކުރަށްވާފާދޭވެ އާމީން
ފިޔަވަޅު
27 March 2020
މިހާރު އެނމެްވެސް ވަރަށް ދިވެހި ވެގެން . ބަލަ ! ދިވެހިންނެއް ނޫންތަ ރިސޯޓް ތަކުގާ ތިބީ ! އެއްވެސް މީހަކު ކަންބޮޑުވިތަ ހުއްޓާނުލާ ގެސްޓުން ގެނެސްގެން .
ޑިވެހިން
27 March 2020
ޢަޅެ ދިވެހިންވެސް ތިބި ތަނެއްގަ ތިބެ ބަލަ. ޢެހެން މީހުނަށް ބަލާނުލާ އަމިއްލަ އެދުމާގެން ހަމަ މިދުވަސްކޮޅުތަ ރާއްޖެ އަންނަންވަނީ؟ ޢެތައް ބަޔެއްގަ ފުރާނަ ކަލޭ މެންނާ ހެދީ ނުރަެްކާތެރެއަށް އެދަނީ
އޮނަރަބްލް އަފީފު ދީދީ
27 March 2020
ސިއްޙީ ނުރައްކަލުގެޙާލަތު އިއުލާންކޮށް މަޤުސަދަށް އެބާރުތަންފީޒުކުރަން ސަރުކާރާއި ޒިންމާދާރުފަރާތްތަކުން މަސައްކަތެއްނުކުރޭ. # ކެފޭ ތަކުން ޓޭކްއަވޭއާއި ޑެލިވެރީ ސާވިސް ދެނީ ސިއްޙީ މިންގަޑާއި އެއްގޮތަށްތޯ ބެލުމެއްނެތް. # މާލޭގައި 24 ގަނޑިއިރު ހިންގާ ތަންތަނުގެ ހާލަތު ހުރިގޮތް ބަލާން ބޭނުންނަމަ ރޭގަނޑު ގަލޮޅު އިޙްސާން ފިހާރައަށް ދޭބަލަ. 4 ކައުންޓަރ ހުރީ 8×4 ފޫޓުގެ ތަންކޮޅަކަށް ފުނިޖަހާފަ. ކަސްޓަމަރުން ކިއޫގައި ތިބެނީ ކޮޑާއި ކޮޑު ޖައްސައިގެން.
ދެރަ
27 March 2020
ކިހާދުވަހެއްވެއްޖެތަ ދޮރާށި ވަންދުކުރަން ގޮވާތާ. ޢަހަރެމެން ގެއަށްވައްދާފަ ދޮރާށި ހުޅުވާފަ ބެހެއްޓީމަ ރައްކާތެރިވާނެތަ? ޢެ އަޚާއަށް އަވަސް ޝިފާއެއް ދެއްވާށި. ޢަދި ރާއްޖެ މިނުރައްކަލުން ސަލާމަތްކުރައވާށި..
ބައްރު
27 March 2020
ނޭނގެ ކުރަންވީ ކަ މެއް. މިވީގޮތުން ބިން ދޫކޮށް ދާން މިޖެހުނީ އެހެން ގުރަހައަކަށް.
މާޒް
27 March 2020
ލަގްޒަރީ ފެންވަރުގެ ރިސޯޓް ތަކުގައި ކަރަންޓީނު ކުރާތީ އުފާލިބިގަތުމަށް އެހެންމީހުންނަށް ބެލުމެއްނެތި އާދެވުނުގޮތަކަށް އަވަހަށްއައީ. ހުޅުމާލެ ދެވަނަފޭސް ނޫނީ ގުޅީފަޅުގެ ގޮޑުދޮށުގައި ޓެންޓްޖަހައި ކަރަންޓީން ކުރާނަމަ ރާއްޖޭގެ އަސްލުފެންވަރުގައި ބޭކާރު ޚަރަދުތަކެއް ނުކޮށް ހަމަޖެހޭނެ މުޅިން ބަގުރޫޓްކޮށްފައި އޮތް ގައުމެއްގައި ވާންވީ ހުރިހައިކަމެއް ވަމުންދާނެ.
ރިސްކް ލެވެލް ހައި
27 March 2020
ނަބަވީ އިރުޝާދު ތަކަށް ތަބާނުވާތީ ވާގޮތް.. ބަލި ފެތުރިފައި އޮއްވާ އެހެން ރަށްރަށަށް ދަތުރު ނުކޮށް އެތިބި ރަށެއްގައި މަޑުކުރުން، އަދި އެރަށަށް އެހެން ރަށްރަށުން ވެސް މީހުން އެތެރެ ނުވުން.
ޜައްޔިތުން
27 March 2020
ޜާއްޖޭން ބޭރުގަ ތިބި ދިވެޖިން ރާއްޖެ އައުން ރާއްޖޭގަ ދޮރިއުޅޭ ދިވެހިންނަށް ނުރައްކާ. ޢެހެންކަމުން ރާއްޖޭން ބޭރުގަ ތިބި ދިވެހިން މިވަގުތު ރާއްޖެއަށް އައުން މަނާކުރަންޖެހޭ
6556565
27 March 2020
ރާޢްޖެއެއް ނުހުއްޓުވޭނޭ ދުނިޔެއެއް ނުހުއްޓުވޭނޭ ބުނިމީހާ އާ ޖަލުގައި އޮތް މީޙާ ވެރިކަމުގައި ނެތީތީ ކޮންމެ ދުވަހަކު ﷲ ހަޒްރަތަށް ސަޖިކުރަން! ދުޢާ ކުރޭ ގިނަ ގިނައިން.