ނުވަލިކިލޯ ޑްރަގް މައްސަލާގައި ހައްޔަރުކުރި އަރުޝަދު: އޭނާ ދޫކޮށްލަން ކުރި އަމުރު ރިވިއު ކުރުމަށް ފަހު އޭނާގެ ބަންދަށް 10 ދުވަސް ކޯޓުން ވަނީ އިތުރު ކޮށްފައި -- ފޮޓޯ/ޕޮލިސް
31 މާޗް 2020 - 16:41
ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތުހުމަތުުގައި ހައްޔަރުކުރި އަރުޝަދު ހާލިދު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ރިވިއު ކުރުމަށް ފަހު އޭނާ 10 ދުވަހަށް ބަންދުގައި ބަހައްޓަން އެ ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
މިދިޔަ ޖެނުއަރީ މަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ 10 ގެއަކާއި ވެހިކަލްތަކެއް ބަލައި، ފާސްކޮށް ހައްޔަރުކުރި އަށް މީހުންގެ ތެރެއިން އެކަމުގައި އިސްކޮށް ހުރި ކަމަށް ފުލުހުން ތުހުމަތުކުރާ ގދ. ހޯޑެއްދޫ އަލޯރާ، އަރުޝަދު ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ނިންމައި ކޯޓުން އޭނާ ދޫކޮށްލީ އިއްޔެ އެވެ.
އެ ނިންމުން މުރާޖާ ކުރަން ދައުލަތުން އެދުމުން ކްރިމިނަލް ކޯޓުން މިއަދު ވަނީ އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް އިތުރުކޮށްފަ އެވެ.
އަރުޝަދުގެ ބަންދުގެ މުއްދަތު ކޯޓުން މިއަދު އިތުރު ކުރިއިރު، އެ މައްސަލާގައި އޭނާގެ މައްޗަށް ދައުލަތުން ވަނީ ދައުވާކޮށް، އިއްޔެ ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ. އޭނާގެ އިތުރުން އިތުރު ހަތް މީހަކަށް ވެސް ދައުލަތުން ވަނީ ދައުވާކޮށްފަ އެވެ. އަދި އެ މައްސަލާގައި ފުލުހުން ހޯދި 3.7 މިލިއަން ރުފިޔާ ދައުލަތަށް ނަގައިދޭން ވެސް އެ މައްސަލާގައި ވަނީ އެދިފަ އެވެ.
އަރުޝަދު ބަންދުން ދޫކޮށްލަން ކޯޓުން އިއްޔެ އަމުރު ކުރިޔަސް، އެ މައްސަލާގައި ދެން ހިިމެނޭ މީހުންގެ ބަންދުގެ މުއްދަތު ކޯޓުން އިއްޔެ އިތުރުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީނުވާގޮތޭ
01 April 2020
ހައިރާންވޭ، ހެކިނުދެއްކިގެން ދޫކޮށްލީމަ އެއީ ގާޒީ މައްސަލައެއްތަށް. ފުލުހުންނާއި ޕުރޮސެކިއުޓަރުގެ މައްސަލައެއްދޯ އެއީ؟ އަޖައިބު. ދިވެހިން ގަމާރީ ވަކިވަރަކަށް ނޫންދޯ
ސާޖިދު ނަދި އަދުވާލާ
01 April 2020
ދޫކޮށްލަން އަންގާފަ އަލުން ތޮ ރިވިއު ކޮށްލީ ކޮން ހުވަފެނެއް ފެނިގެން؟
ހައިރާން
01 April 2020
އަސްލުވެސް!
މުޙުއްމާ
01 April 2020
މިސޮރު ދޫކުރަން ޙުކުމް ކުރި ފަޑިޔާރު ބަންދުކުރަން ފެނޭ.
ތެމާ
31 March 2020
އަޅެފަހެ ބަނޑުކެއުމަކަށް ކާއެއްޗެއްތަމީ ގައިމު ޓަނުޓަނުގަވިއްޔާ ގެންނަނީ 100 ޓަނު ޖަހައިގެން އުޅޭއިރު މީފުކެއް ބޮޑުވަރު އެބަޖެހޭ ކޯޓަށް ނުގެންގޮސް މިމީހުންގެ ކަންކަން ނިންމާލަން އޭރުން މި ފަތުން ސަލާމަތްވެވޭނީ މިނޫންގޮތެއްނެތް މީ 50 ހަކަށް އަހަރުގެ ސަގާފަތް މިސަރުކާރެއްއައިފަނުން ނޫނީ އަދި މީން އެއްޗެއް ފެނުނު ކަމަކަށް ނުހަދާ
އަހުމަދުބޭ
31 March 2020
ކޮން ދިހަދުވަހެއް ޖަހާކަށް މައްސަލަ ބަލާނިމެންދެން ހުންނަންޖެހޭނީ ބަންދުގައި،
އެންދެރި
31 March 2020
އޭނަ ދޫކޮށްލަން ނިންމި ގާޒީ އާ ދޭތެރޭ ފިޔަވަޅު އަޅަން ޖެހެ އެވެ. ނޫނީ ބައެއް ގާޒީން ނާޖާއިޒް ފައިދާ ނަގާ ފާނެ އެވެ.
ބޮޑުމީހާ
31 March 2020
އަހަރުމެން ހީކުރީ ރައީސް ޔާމިންގެ ހުކުމާއިއެކު ޖުޑީޝަރީ ރިފޯމްކޮށް ނިމުނީކަމަށް. އިއްޔެ ދޫކޮށްލަން ހުކުމްކުރީ، 24 ގަޑިއިރުނުވަނީސް ހުކުމް ރިވިއުކުރީ، ފަޑިޔާރުން މިއަށްވުރެ ހިކްމަތްތެރިވާންވާނެ
މަމަ
31 March 2020
ހެކި ނެތީގެން ދޫ ކުރީ... އެކަމު ފަނޑިޔާރަށް ޕުރެޝަރު ބޮޑު ވެގެން އަނެއްކާ ވެސް ހެކި ވެސް ނެތީސް މުއްދަު ޖެހީ.. މީ ނާއިންސާފު ކޮންމެ މީހެއް ކޮންމެ އެއްޗެއް ކިޔަސް
falcon_autho
01 April 2020
ކޮން ހެއްކެއްތޯ ނެތީ. އޭނާ ކާން އިންދާ ގާޒީ ގެންގޮސް އެއިނީޔޭ ބުނީމާތޯ ހެކިހުރިކަމަށްވާނީ. ކުށުގެ ވެށިން އަތުލެވޭ މީހުން ކުށުން ބަރީއަވެގެންވާކަން އޭނާ އަމިއްލައަށް ޕްރޫފް ކޮށްދޭންޖެހޭނީ. އެހެން ނޫނީ ބެލެވޭނީ އޭނާ އެކުށެއް ކުރިކަމަށް.
ހަކީމް
31 March 2020
މީކިހެނެއް ވާކަމެއް. ދޫކޮއްލި ޤާޒީ ދޫކޮއްލީ ގޮއްގޮތަކަށް ވިސްނިގެންތޯ ބެލެން ޖެހޭ. ކިރިމިނަލް ކޯޓާ މިކަހަލަ ކުއްވެރިންނާ މިއޮންނަނީ ކޮށް ގުޅުމެެއްތޯ ބެލެން ޖެހޭ.
ނަސްދާ
31 March 2020
މީނަޔާ ހާދަވަރެކޭ މި އަރުވަނީ.. އެހެންވީމާ މި ސޮރު ހިފެއޓީމާ ދެން ޑުރަގްސް މާލޭ ނޫޅޭނެ ކަމަށް ބަލަމާ ބަހީ