ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ގުނުމުގެ މަސައްކަތް އިލެކްޝަންސް އޮފިޝަލުން ކުރިއަށް ގެންދާއިރު ކެންޑިޑޭޓުންގެ މަންދޫބުން މަޑުކޮށްލައިގެން: އިންތިޚާބުގައި ވާދަކުރި 200 އަށް ވުރެން ގިނަ ސިވިލް ސާވަންޓުން ވަނީ ސަސްޕެންޑްކޮށްފައި. --ފޮޓޯ/މިހާރު
03 އެޕްރީލް 2020 - 14:44
ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރަން ކެންޑިޑެސީ ކަށަވަރުވެފައިވާ ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން އުވާލުމަށް، އަންނަ ޖެނުއަރީ 6 ގެ ކުރިން އިންތިޚާބު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލްގައި ހިމަނައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުގެ ގާނޫނީ ކަންކަން ތަރުތީބުކޮށް، ކުރިން ތައްޔާރުވެފައި އޮތީ ކައުންސިލް އިންތިޚާބު މާދަމާ ބާއްވާށެވެ. އެކަމަކު ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރޭ ކޮރޯނާވައިރަހާ ހެދި ރާއްޖޭގައި އެޅި ރައްކާތެރިކަމުގެ ފިޔަަވަޅުތަކާ ހެދި އިންތިޚާބު ވަނީ ބޭއްވޭގޮތް ނުވެފަ އެވެ.
ކައުންސިލް އިންތިޚާބުގައި ވާދަކުރަން ފޯމު ހުށަހެޅުމާ އެކު 204 ސިވިލް ސާވަންޓުން ވަނީ ވަޒީފާ އިން ސަސްޕެންޑްވެފަ އެވެ. އެކަމަކު އިންތިޚާބު ލަސްވެ، މި މުވައްޒަފުންގެ ސަސްޕެންޝަން އުވާނުލާތީ ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމުގެ ކަންބޮޑުވުން އަންނަނީ ފާޅުކުރަމުންނެވެ. މިކަން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ވެސް އޮތީ ގެނެސްފަ އެވެ.
އިންތިޚާބު ބާއްވަން ވަކި ތާރީޚުތަކެއް ގާނޫނުގައި ކަނޑައަޅާފައި އޮއްވައި އެގޮތަށް އަމަލުކުރަން ނުކުޅެދިފައިވާތީ ކައުންސިލް އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައެޅުމުގެ ގޮތުން މަޖިލީހަށް ވަނީ ބިލެއް ހުށަހަޅައިފަ އެވެ. އެ ބިލުގައި އޮތީ، އިންތިޚާބަށް މިހާރު ސަސްޕެންޝަންގައި ތިބި ސިވިލް ސާވިސް މުވައްޒަފުންގެ މައްސަލަ އަށް ވެސް ހައްލެއް ހޯދަން ހުށަހަޅައިފަ އެވެ.
މަޖިލީހަށް ހުށަހަޅާފައިވާ "ލޯކަލް ކައުންސިލްތަކުގެ ޚާއްސަ ގާނޫނޫ 2020" ގައި ބުނެފައި ވަނީ އެ ބިލު ގާނޫނަކަށް ވެ އަމަލުކުރަން ފެށުމާ އެކު އިންތިހާބަށް ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޑްކޮށްފައި އޮތް އޮތުން ބާތިލްވާނެ ކަމަށެވެ.
"...ސަސްޕެންޝަން ބާތިލްވުމާ އެކު އެ މާއްދާގައި ބަޔާންކުރާ ސިވިލް ސާވިސްގެ މުވައްޒަފުން، އެ މީހުން ކުރިން ތިބި މަގާމަށް އަނބުރާ ރުޖޫއަވީ އެވެ،" ބިލުގައި ލިއެފައިވެ އެވެ.
ސަސްޕެންޝަން ބާތިލްކޮށް އެ މީހުން ވަޒީފާ އަށް އަލުން ރުޖޫއަކުރެވުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ކަމަށްވާތީ، އިންތިޚާބު ތާރީޚު ކަނޑައެޅި އަލުން ސަސްޕެންޑްކުރެވެންދެން ކެމްޕޭންގެ އެއްވެސް ހަރަކާތެއް ކުރިއަށް ގެންދިއުން ބިލުގައި އޮތީ މަނާކޮށްފަ އެވެ.
ސަސްޕެންޝަން ބާތިލްކުރާ މުވައްޒަފުން، އަލުން ސަސްޕެންޑްކުރާނީ ބިލުގައިވާ ގޮތުގައި، އިންތިޚާބު އަލުން ފެށުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރާ ތާރީޚުން ފެށިގެންނެވެ. މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެފައިވާ ގޮތުގައި އަމާޒަކީ ވީހާވެސް އަވަހަށް އެ ބިލް ފާސްކޮށް، އަމަލުކުރަން ފެށުމެވެ.
ކައުންސިލް އިންތިޚާބަށް ކުރިމަތިލާން ހުޅުވާލުމާ އެކު ގިނަ ބަޔަކު ފޯމު ހުށަހެޅި އެވެ. ކޮމިޝަނުން އާއްމުކޮށްފައިވާ ގޮތުގައި، ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީން 877 ގޮނޑި އަދި ޕީޕީއެމުން 673 ގޮނޑި އަށް ކުރިމަތިލި އެވެ. މީގެ އިތުރުން އެހެން ޕާޓީތަކާއި އަމިއްލަ ގޮތުން ވެސް މީހުން ވާދަކުރެ އެވެ.
އިންތިޚާބުގައި، ސިޓީ ކައުންސިލްތައް ހިމެނޭ ގޮތުން 982 ކައުންސިލަރުން އިންތިޚާބުކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
03 April 2020
މަޖިލިސް ރައީސް ވިދާޅުވެފައިވާބަދަލު ނުވަތަ ބޮޑު ޔޫޓަރން ނަންގަވާ އަހަރުމެންގެ މުސްތަޤުބަލަށްޓަކާ ރާއްޖެ އިޤުތިސީދީ ސިޔާސީ 3 ސަރަހައްދަކަށް މިފަހަރު ބައްސަވާލައްވާ. # މިގޮތުން ތިލަދުންމަތިން ޕާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން މާލެ ހިމަނައި ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑޫއަށް ސަދާރން ކަމުގައިހައްދަވާ. # އަދި ނޯތު ޕްރޮވިންސް ކެޕިޓަލަކީ ހަނިމާދޫ، ސެންޓްރަލް ހުޅުމާލެ އަދި ސަދާރން އަކީ އައްޑޫސިޓީ ކަމުގައި ޤާނޫނުގައި ލިޔެ ލާމަރުކަޒު ކުރައްވާ.
މައްލަވަ.
03 April 2020
މަޖިލީހުގެ ރައީސާއި މާލޭގެ މެންބަރުން ތިކަމަކަށް ތާއީދެއް ނުކުރާނެ. އެމީހުނާއި އެމީހުންގެ އާއިލާތަކަކީ ރަށްރަށުމީހުނަށް ގެދޮރު ކުއްޔަށްދީގެން ލިބޭ ފައިސާއިން ލަންޑަނާއި ކެނަޑާ އޮސްޓްރޭލިއާ ނިއުޒިލަންޑް ފަދަ ޤައުމުތަކުގައި އަރާމް ދިރިއުޅުން އުޅޭމީހުން. ކިހިނެއް ތިކަމަށް އެއްބަސްވާނީ؟
ވާފިރު.
03 April 2020
ހަޤީގަތުގައި ތިގޮތަށް ވައިބްލް ވާނެހެން ބަހާލައިގެން މެނުވީ ލާމަރުކަޒު ނުކުރެވޭނެ. އުތުރާއި ދެކުނުގައި އަދި މެދުރާއްޖެތެރެއިން ކ އަތޮޅު ހުޅުމާލެ އެއީ ސަރަހައްދީ ވެރިރަށް ކަމުގައި ހަދާ އައްޑުއާއި ހަނިމާދޫ އަދި ހުޅުމާލޭ ސަރަހައްދީ ކަންކަން މާލެ އިން ބަލާގޮތަށް އޮތުން ވަރަށް ރަނގަޅު. އޭރުން ކުދިކުދި ރަށްރަށައިގެން މާލޭ ސަރުކާރު އުޅޭކަށް ނުޖެހޭނެ.
މިނިސްޓަރ ކާޕެޓް
03 April 2020
އޭރުން މަގޭ ރިސޯޓާއި މަގޭ ގެސްޓް ހައުސްއާއި އަހަރުމެން ތިރަށްރަށުން ނަގާފައިވާ ބިންތަކަށްވާނީ ކިހިނެއް؟ އަހަރުމެން އަތުން އެތަންތަން ނަގާނެތަ؟ ނުނަގާނަމަ ތިގޮތްވެސް އޯކޭ. އެކަމަކު އަހަރުމެންގެ ގޭގެ ކުއްޔޯ ؟؟؟؟
ބޮޑުމީހާ
03 April 2020
ތި ގާނޫނަށް ގެންނަންވީ ބަދަލަކީ ކައުންސިލަރުންނަކީ އޭރަކު ހުންނަ ވެރިޔަކު އައްޔަންކުރާ މަގާމު ތަކަށް ހެދުން. ދައުލަތުން ފައިސާ ސަލާމަތްވުމާއި އަބަދުވެސް އޭރަކު އޮންނަ ސަރުކާރަކާއިއެކު މަސައްކަތްކުރާނެ ބަޔަކު ތިބޭނެ.
މާޝް
03 April 2020
ކަމަކުނުދޭ. ފުރަތަމަ އިންތިހާބު ޖެނުއަރީ 6އަށް އޮތުން ރަނގަޅު. ނަމަވެސް އަލުން އިންތިހާބު ބާއްވަންޖެހޭނީ އައު އިންތިހާބެއްގެ ގޮތުގައި. ސަބަބުތަކަކީ، ސިޔާސީ މީހުންގެ ވިސްނުންވެސް އެމުއްދަތުގައި ބަދަލުވުމުގެ ފުރުސަތު އޮތުން، ރައްޔިތުންގެ ސަޕޯޓްވެސް ބަދަލުވެދާނެ. ކުރިމަތިލާންބޭނުންވާ 18އަހަރު އަލަށްވާ މީހުންވެސް ތިބޭނެ. ފަހުން ކުރިމަތިލާން ބޭނުންނުވާ މީހުންވެސް ތިބޭނެ. ވީމާ އަލުން އިންތިހާބަށް ހުޅުވައިލައިގެން ބޭއްވުން އެންމެ ރަނގަޅީ
ނުޖެހޭ ޔޭ
03 April 2020
ސިޔާސީ ކަންކަމުގެ ތެރެއަށް ސިވިލްސާވަންޓުން ބޯކޮށްފަން ވޭތަ؟މިވީގޮތުން ހުރިހާ މޮޅެއް މިލިބުނީ އެސޮރުން ނަށް ތާއެވެ؟
ޓައިމް ވޭސްޓް މަނީ ވޭސްޓް
03 April 2020
މިހާރު ކެންޑިޑެންސީ ލިބިފައި ތިބި ކެންޑިޑޭޓުންގެ އިތުރަށް އަލަށް 18 އަހަރު ފުރުނު ފުރުނު ރައްޔިތުން ނަށް ވޯޓް ދިނުމުގެ ހައްޤު ލިބޭ ފަދައިން އިންތިޚާބަށް ވާދަ ކުރުމުގެ ހައްޤު ވެސް އަލަށް 18 އަހަރު ފުރުނު ކުދިންނަށް ހުޅުވާލަން ވާނެއެވެ. އެެއްމެ ރަގަޅު ގޮތަކީ ޕްރައިމަރީ އަކުން ޓިކެޓް ލިބިފައިވާ ކެމްޑިޑޭޓުން ފިޔަވާ އެންމެން އަލުން ވާދަ ކުރާ ގޮތަށް އޮތުމެވެ.
ނެތޭނެތޭނެތޭ
03 April 2020
ބިލް ހުށަހެޅީ ސިވިލް ސާވަންޓުންގެ ސަސްޕެންޝަން އުވޭގޮތަށް ނަމަވެސް މިރާއްޖޭގައި ލޯކަލް ކައުންސިލް ތަކަކީ އެއީ ބޭނުން ކުރެވޭ އަދި ބޭނުން ލޭޔަރ އެއް ނޫން ކަން ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ޓްރެކް ރިކޯރޑްސް ތަކުން ފެންނާން އެބައޮތޭ އަދި މިހާރު ކޮވިޑް 19 އިން އެގިގެންދާ އެއްޗަކީ އެއްގޮތަކަށް ވެސް މިރާއްޖެ އަށް ކެޕިޓަލިޒްމް އޮންނަ ނިޒާމެއް ބޭނުން ނޫން ކަން ސަބަަބަކީ ރާއްޖޭގެ އިގްތިސާދު ވަޅު ޖަހަމުން ދާއިރު ވެސް ކެޕިޓެލިޒްމް ގައުމު ތަކަށް ކުރެވުނު