ގެއްލުނު މީހާ ހޯދަން ކޯސްޓްގާޑުން ހިންގާ އޮޕަރޭޝަންގެ ތެރެއިން: އެ މީހާ އަދިވެސް ނުފެނޭ -- ފޮޓޯ/އެމްއެންޑީއެފް
08 އެޕްރީލް 2020 - 12:40
ޖޭ ޑަބްލިއު މެރިއަޓް މޯލްޑިވްސް ރިސޯޓުން މޫދަށް ފުންމާލި އިންޑިއާ މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފްއިން މިއަދު ބުނެފި އެވެ.
ޖޭ ޑަބްލިއު ރިސޯޓުގެ މިސްކިތުގެ އިމާމެއްގެ ގޮތުގައި މަސައްކަތް ކުރާ އުމުރުން 30 އަހަރުގެ މީހާ މިދިޔަ ހޯމަ ދުވަހުގެ ރޭމޫދަށް ފުންމާލި ކަމަށް ބެލެވިގެން އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ކޯސްޓްގާޑުން އަންނަނީ ކުރަމުންނެވެ.
އެމްއެންޑީއެފުން ބުނީ އެ މީހާ ހޯދުމަށް ކަނޑުގެ ސާފޭސް އިން 48.5 މިލިއަން ސްކުއާ މީޓަރުގެ ސަރަހައްދެއްގެ ބަލާފައިވާ ކަމަށެވެ. އަދި ތިން ފަހަރެއްގެ މަތިން ޑައިވް ކޮށްގެން 150،000 ސްކުއާ މީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށާއި އެ އޮޕަރޭޝަން ހުއްޓާނުލާ އަދިވެސް ކުރިއަށް ގެންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެކަމަކު މިހާތަނަށް އޭނާ ފެނިފައިނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ގެއްލުނު މީހާ ހޯދަން ބެލި ސަރަހައްދު -- ފޮޓޯ/އެމްއެންޑީއެފް
އެމްއެންޑީއެފުން ކުރިން ބުނެފައިވާ ގޮތުގައި އެ މީހާ ފޯނު ކޯލެއްގައި ހުރެފައި ރިސޯޓުގެ ސަޕްލައި ޖެޓީން މޫދަށް ފުންމާލާ މަންޒަރު ރިސޯޓުގެ ސީސީޓީވީ ފުޓޭޖުން ފެނެ އެވެ. އެ މައްސަލަ ފުލުހުން ވެސް މިހާރު ދަނީ ބަލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސްނޫ
09 April 2020
އިންޑިއާ މުދިމެކޭ... މީހަކު އަންތަރީސް އެއް ނުވާނެތަ؟ މޮގައުމުން މުދިމަކުވެސް ނުލިބުނީ؟
ޚިޔާލު
09 April 2020
މިދުވަސްވަރަކީ ޑިޕްރެޝަން ބޮޑުވާނެ ދުވަސްވަރެއް. ބައެއްމީހުންގެ ހުންނާނެ އަމިއްލައަށް މަރުވާން ބޭނުންވާކަހަލަ ޚިޔާލުތައް. ކައުންސެލަރުންގެ ދައުރު ފުޅާކުރަންޖެހޭ މިދުވަސްވަރު. އެކަމަކު އަޑުމިއިވެނީ ކައުންސިލަރުންގެ ދައުރު އިތުރުކުރާ ވާހަކަ. މަޖިލީހުގައިވެސް ބަހުސް މިކުރަނީ ކައުންސިލަރުންގެ ދައުރާއިމެދު.
ސިމްޕަލް
08 April 2020
އަދިވެސް މި އޮޕަރޭޝަން ކުރިއަށް ގެންދަނީ "މީހާ" ހޯދަން ތޯ، ނުވަތަ "ހަށިގަޑު" ހޯދަން ތޯ؟ މިހެން މިދެންނެވީ މިކަހަލަ އޮޕަރޭޝަންސް ތަކުގެ ވަކި ހިސާބަކުން "ސާރޗް އެންޑް ރެސްކިއު" އިން "ސާރޗް އެންޑް ރިކަވަރީ" އަށް ބަދަލުވާ ތީ.
ނިރު
08 April 2020
މިހާރު ތިއިންޑިޔާ މީހުންނާ ހެދި މިޖެހެނީ ކޮންފަދަ ....
ރުނީ
08 April 2020
ބަލަ އެއީވެސް ކަލޭކަހަލަ މުސްލިމެކޭ! މުސްލިމު އަހުވަންތަކަން އޮންނަނީ ވަކި ގައުމެއްގެ ބަޔަކު ބާކީ ކޮއްފަތަ!؟
ޤަވާޢިދު
08 April 2020
އެމީހާ ދިރިހުއްޓާ ފެންނާނެކަމަށް އުންމީދުކުރަން.، ބަލާލަދެވިދާނެތޯ މުދިމުންގެ ގޮތުގަ ބިދޭސީން ގެންގުޅެވޭތޯ ؟ މި ރިސޯޓުތަކުގަ ހިނގަނީ ދިވެހިންނަށް ދިވެހިރާއްޖޭގައި ހިނގާ ޤަވައިދުތަކެއް ނޫންތަ ؟