ޚަބަރު / ރައީސް އޮފީސް

ރަސްމީ ފޮޓޯގްރާފަރުގެ ތަޖުރިބާ: ރައީސުން ކީރިތިކުރެއްވުމަކީ ސިޔާސީ ކަމެއް ނޫން

ރައީސްގެ ރަސްމީ ފޮޓޯގްރާފަރު މުހައްމަދު އަލީ: އޭނާއަށް ގިނަ މަންޒަރުތަކެއް ފެނުނު -- ފޮޓޯ/ފޭސްބުކް

ރާއްޖޭގެ ރައީސަކު ގައުމާ މުޚާތަބު ކުރައްވަމުން ކީރިތި ކުރެއްވުމަކީ ދިވެހިންނަށް ކުރިން ފެނުނު މަންޒަރެއް ނޫނެވެ. ކޮވިޑް-19 އަށް މާލެ އިން މީހަކު ޕޮޒިޓިވްވެ، އޭގެ އެންމެ ބިރުވެރި ހާލަތަށް ގޮސްފައި ވަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގައުމާ މުޚާތަބު ކުރައްވަމުން އިއްޔެ އެމަނިކުފާނަށް ކީރިތި ކުރެއްވުމުން ގިނަ ބަޔަކު އަޅައިގަތެވެ. އެއީ ރައީސްގެ އިހްލާސްތެރިކަމާއި ރައްޔިތުންގެ ރައްކާތެރިކަމާ މެދު އެމަނިކުފާނުގެ ހިިތްޕުޅުގައި އޮތް ލޯބި ހާމަވި ކަމެއް ކަމަށް އެއް ބަޔަކު ގަބޫލުކުރިއަސް، އަނެއް ބަޔަކު ދުށީ މީހުންގެ ލޯބި ހޯއްދަވަން އެމަނިކުފާނު ޖެއްސެވި "ސްޓަންޓެއް"ގެ ގޮތުގަ އެވެ.

އެކަމަކު ހަތަރު ރައީސުންގެ އަރިހުގައި މަސައްކަތްކުރި ރައީސް އޮފީހުގެ ރަސްމީ ފޮޓޯގްރާފަރު މުހައްމަދު އަލީ އޭނާގެ ފޭސްބުކްގައި އެކަން ސިފަކޮށްދިނީ އެހެން ގޮތަކަށެވެ. އޭނާ ގަބޫލުކުރަނީ އެއީ އެއްގޮތަކަށް ވެސް ސިޔާސީ ކަމެއް ނޫން ކަމަށެވެ.

ކުރީގެ ރައީސުންނާ އެކު އޭނާގެ ތަޖުރިބާ ހިއްސާކުރުމުގެ ކުރިން ފޭސްބުކްގައި އެންމެ ފުރަތަމަ ލިޔުނީ ވެސް މި އުޅެނީ "ސިޔާސީ ވާހަކަ ދައްކާކަށް ނޫން" މިހެންނެވެ.

މުހައްމަދު ލިޔުނު ގޮތުން ރައީސް އިއްޔެގެ ތަގްރީރު ދެއްވިއިރު، އެމަނިކުފާނަށް ކީރިތި ކުރެއްވުނީ ބޭއިހްތިޔާރުގަ އެވެ. އެވަގުތު ރައީސް އޮފީހުގެ ފޮޓޯގްރާފަރެއްގެ ހައިސިއްޔަތުން އެތަނުގައި އޭނާ ވެސް ހުއްޓެވެ. ސިޔާސީ ސްޓަންޓެއް ކަމަށް ބުނާ ބުނުމަށް އިޝާރާތްކޮށް އޭނާ ލިޔުނީ "އެއީ ކަނޑައެޅިގެން ދޮގެއް" ކަމަށެވެ.

އޭނާގެ އެފަދަ ފުރަތަމަ ތަޖުރިބާއަކީ ގދ. ތިނަދުއަށް ގިނަ ބަޔަކާ އެކު ދަތުރުކުރި "އެނަމާ" ބޯޓު 2004 ގައި ބަންޑުން ޖަހާލައި، ގިނަ ބަޔަކު މަރުވި ހާދިސާގައި އޭރުގެ ރައީސް މައުމޫން އަބްދުލްގަައްޔޫމާ އެކު އޭނާ ކުރި ދަތުރެވެ.

"އަޅުގަނޑު ހަމަ ރައީސް މައުމޫން ވެސް ކީރިތި ކުރެއްވި ތަން [ދުށިން]،" މުހައްމަދު ލިޔުނެވެ.

އެފަދަ ދެވަނަ މަންޒަރެއް ފެނުނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކުރީގެ ރައީސް އިބްރާހިމް ނާސިރު ސިންގަޕޫރުގައި އަވަހާރަވުމުން އެމަނިކުފާނު ފަސްދާނުލާން ރާއްޖެ ގެނެސް، ރަސްމީ އިއްޒަތުގައި ފަސްދާނުލުމުގެ ރަސްމިއްޔާތުގަ އެވެ. ރާއްޖޭގެ މިނިވަންކަމުގެ ބާނީއަށް އެންމެ ފަހުގެ އިއްޒަތް އެރުވި ރަސްމިއްޔާތުގެ ފޮޓޯ ވެސް އޭނާ ނެގި އެވެ.

"އެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ވެސް ހަމަ އެގޮތަށް ކީރިތި ކުރެއްވި ތަން [ދުށިން]،" މުހައްމަދު ލިޔުނެވެ.

އޭނާ ބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކީރިތި ކުރެއްވި މަންޒަރު ވެސް ފެނުނު ކަމަށެވެ. އެއީ އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު އަދި ކުރީގެ އެޓޮލްސް މިނިސްޓަރު އަބްދުﷲ ހަމީދު ފަސްދާނުލި ދުވަހު އެވެ.

"ރައީސް ޔާމީން ވެސް ވަރަށް ބޮޑަށް ކީރިތި ކުރެއްވި ތަން [ދުށިން]،" މުހައްމަދު ބުންޏެވެ.

ހިތާމަވެރި ކަމެއްގައި ނޫނަސް އުފާވެރި ކަންކަމުގައި ވެސް ރައީސުން ކީރިތިކުރައްވަ އެވެ. އެގޮތުން ޔާމީންގެ ވެރިކަމުގައި ހިންގި އެންމެ ބޮޑު ތަރައްގީގެ މަޝްރޫއު ކަމަށްވާ މާލެ އާއި ހުޅުލެއާ ދެމެދު އެޅި ބްރިޖް ހުޅުވި ދުވަހު ވެސް އެމަނިކުފާނުގެ މޫނުފުޅުމަތިން އެ މަންޒަރު މުހައްމަދަށް ފެނުނެވެ.

"އެދުވަހު ވެސް އެމަނިކުފާނު ވަރަށް އިމޯޝަނަލް ވި ތަން [ދުށިން]،" މުހައްމަދު ބުންޏެވެ.

ރައީސުންނާ އެކު ކުރި އެފަދަ ތަޖްރިބާތައް ހިއްސާކޮށް، ނިންމާލަމުން އޭނާ ލިއުނީ "އެހެންވެގެން ރައީސުން ކީރިތި ކުރެއްވުމަކީ ސްޓަންޓެއް ނޫންކަން އަޅުގަނޑަށް ވަރަށް ރަނގަޅަށް އިނގޭ" ކަމަށެވެ.

އެހެން ގައުމުތަކުގައި ވެސް ރައީސުންގެ އެންމެ އުފާވެރި އަދި ހިތާމަވެރި ވަގުތުކޮޅު އާންމުންނާ ހަމައަށް އެންމެ ފަސޭހަކޮށް ތިލަކޮށް ދެނީ ރައީސްގެ ރަސްމީ ފޮޓޯގްރާފަރުންނެވެ. އަދި އާންމުންނަށް ނުފެންނަ ކިތައްމެ މަންޒަރެއް އެ މީހުންގެ ލޯމަތިން ފައިބައިގެންދެ އެވެ.

55 ކޮމެންޓް, 146 ރިއެކްޝަންސް

icon happy icon happy 96%
icon sad icon sad 0%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނޫރު

17 April 2020

ތިބުނީ އެންމ ބޮޑު ތެދު. މާ ރޯނު އެދުރުން ގިނަ ގައުމެއްމީ

The name is already taken The name is available. Register?

ގައުމުގެ ދުލުން

17 April 2020

މާތް ﷲ އައް ބިރުވެތިވެގެން މީހުން ރޯނީ، ލާދީނީ ބައިގަޑެއް އިސްލާމް ދީނައް ހަޖޫ ޖެހުމުން މުޅި ގައުމު އެކަމާ ދެކޮޅައް ތެދުވިއިރު ހުރީ ހަނު، ބަލަމިހާރު ރޮނީ ފިނޑި ކަމުން، ކޮންފިޑެންސް ނެތީމަ، ނާގާބިލު ވީމަ، ލީޑަރުންވާން ޖެހޭނީ ނަމޫނާބަޔަކައް، ދެންވެސް ގައުމު ހިންގޭ ވަރުބަޔަކާ ހަވާލު ކުރަންވީ

The name is already taken The name is available. Register?

ދެރަދޯ

17 April 2020

سبحان الله... މީނދަ ކޮމެންޓެއް. ބޭނުންތެރި ބަހެއް ނުބުނެވޭ، އިންސާނިއްޔަތު ކަމެއް ނެތް، ފިކުރުގެ ބޭނުން ނުކުރާ، ޢިލްމުގައި ކޮޅުފައިން ޖަހާ، ހިތުގައި ރުޅިވެރިކަމުގެ އަލިފާން އަންދާ، އަދި ބުނާ ކޮންމެ ބަހަކީ ބަޔަކަށް ވިހަލާ، ދުނިޔެމަތީ ފަސާދަ ފަތުރަން އެއްބާރުލުންދޭ ބަހަކަށް ހަދައިގެން އުޅޭ ނިކަމެތި ތިކަހަލަ ޚަލްގަކަށް ތިޔަށްވުރެ ދުރު ވިސްނުމެއް މާތް الله ދެއްވާށި

The name is already taken The name is available. Register?

ގައުމުގެ ދުލުގެ ފުރެންޑު

17 April 2020

ކަލޭމެންގެ ގަދަފަދަ ގަޓޭ އެޔޮތީ ގައުމު ހިންގަން ދިނީމަ ގައުމު ދަވާލައިގެން ގޮޅީގަ. ދެން ފިއްތާލައިގެން ތިބޭ.

The name is already taken The name is available. Register?

އަޒީމާ

17 April 2020

މި ވައިރަސް އަކީ އަލާމާތް ނުފެނި ވެސް ވާ އެއްޗެއްކަން ސަރުކާރަށް އެގިހުރެ 27 މާރިޗު ގެ ކުރިން ކަރަންޓީނުގައި ތިބި މީހުން އަލާމާތެއް ނެތް ނަމަ ދޫކޮށްލުމާއި، ރިސޯޓު މުވައްޒަފުންނާއި އެއާރ ޕޯޓުގައި ތިބި މުވައްޒަފުން ވެސް މި ބީދާއިން ދޫކޮށްލުމާއި އެމީހުންވެސް ފަރުދީ ޒިންމާ އަދާ ނުކުރުމަކީ ހިތާމަ ހުރި ކަމެއް. ދެން އޮތީ ގޭގައި މަޑުކޮށްގެން، ﷲ ގެ ހަޞްރަތުން ދުއާ ކުރުން. އިތުރު ގޮތެއް ނެތް.

The name is already taken The name is available. Register?

ހާމަ333

17 April 2020

ދެން މިގައުމުގަ މިއުޅޭ ބައެއް ބޯހަލާކު ދިވެހިންނަށް ނޯންނާނެ ހެޔޮ އެއްގޮތެއްވެސް...ހަމްދަރުދީވިއަސް ދެރަވިއަސް ގޯސް އުވާފެ ހެވުނަސް ގޯސް...ރުޅިއަޔަސް ހަރުކަށިވިއަސް ގޯސް....ލޮކްޑައުން ކުރިއަސް އަދި ނުކުރީމަވެސް ގޯސް...ދެން ކޮންމެ ސައިހޮޓަލެއްގެ މޭޒެއްހީވާނީ ޕާލަމެންޓެއްހެން...އެއިން ކޮންމެ ގޮނޑިއެއްގަ އިދެގެން ވާހަކަ ދައްކާއިދު ކޮންމެ މީހަކު ހީވާނެ ދެން ދުނިޔޭގަ ހުރި އެންމެ މޮޅު އެންމެ އެނގޭ އެންމެ ވިސްނޭމީހަކީ ތިމަންނާއޭ....މި ގައުމުގަ ތަހުޒީބު ގައުމުތަކުގަ އޮންނަ ރެސްޕެކްޓް ނޫނީ އަނެކާ އަށް އިހުތިރާމްކުރުމެއް ނޯވޭ....

The name is already taken The name is available. Register?

ކާސިމު

17 April 2020

ތަހުޒީބު ޤައުމު ތަކަކީ ކޮބާތަ..؟.. ތިޔަބުނާ ރެސްޕެކްޓް އެމީހުން ކަލޭ ތިޔަ ހީކުރާގޮތަށް ހަމަ އަސްލުވެސް ކުރޭތަ..؟.. ކޮންމެ ތާކުވެސް އުޅޭނެ ކުރާ މީހުނާ ނުކުރާ މީހުނާ... ތިބުނާ "ތަހުޒީބު" އެމެރިކާގަ މިކަން މައިތިރިނުވެގެން އެ އުޅެނީ.. ތަހުޒީބުތަ ؟؟؟ އެހެންވީމަ ހުރިހާ ކަމެއް ޖެނެރލައިޒް ނުކުރޭ.. ގޭގަ އޮވެވޭތޯ ބަލާ

The name is already taken The name is available. Register?

ސިކު ޑިމަސްނުވި

17 April 2020

ހާދަ ވިސްނޭ ސިކުޑިގައި ތެއްކަން އބަހުރި ބޭފުޅެކޭ..ގެޓްސެޓް ލިބޭނެ ގޮތެއް ނެތްތައް..؟؟

The name is already taken The name is available. Register?

އާދަމް ޒާހިރު

17 April 2020

މުޙައްމަދަކީ ވަރަށް ރަނގަޅު، ކެތްތެރި، ބޭފުޅެއް. އެ ވިދާޅުވީ ހަމަ އެ ވިދާޅުވި "އިމޯޝަން"ގައި. މީހަކަށް ޖަޒުބާތުގައި ރޮވުމަކީ ވާނެކަމެއް.

The name is already taken The name is available. Register?

ޢަދުރުއްނިހާނު

17 April 2020

މިއީ އެނމެ މޮޅައް ރުއީ ކޮން ރައީސް އެއްތޯ ބަލަންވީ ވަގުތެއް ނޫން... އަމިއްލަ ސަލާމަތާ ރައްކާތެރި ކަމައް ގޭގަ މަޑުކިރަންވީ ވަގުތު.... އެހެންނޫނިއްޔާ އަހަރުމެން އެންމެން މިރައީސުންނައް ވުރެ ބާރައް ރޯންޖެހިދާނެ...

The name is already taken The name is available. Register?

އެމްޑީޕީމީހާ

17 April 2020

ދެއްކުން ތެރިމީހުންވެސް އުޅޭ މިވަރެއްނުން.

The name is already taken The name is available. Register?

ރަށުމީހާ

17 April 2020

މުނާފިގުން ގިނަވެގެން މުޅި މިގައުމް ހާލާކު ވެއްޖެ. ވާކަށް ދެން ނެތްއެބައިމީހުން ވަކިނުވާހީސާބައް ހިގަތްޖެ.ވރސ.

The name is already taken The name is available. Register?

ރަށުމީހާ

17 April 2020

ކީކުރާނިމިދިވެހިން ދިވެހީންގެ ގޮތުގާ ނޮލައްނުފެން ނަކަމެއް ބައެއްދިބެހީން ގަބޫލް ނުކުރާނެ ނޫނީ ރުހޭ ލޮލައް އައިބުނުފެންނާނެ ބުނާހެން ތިއޮތީ އައިބުފެނިފާ.

The name is already taken The name is available. Register?

ބޯޖަލީލު

17 April 2020

ދިވެހިންގެ ހަޔާތްކަނޑުވާލީ ކެނެރީގޭ ނަސީދު ، އިޖުތިމާއީ ފޭރާންވީދާލީ ކެނެރީގޭ ނަސީދު ، ވެރިންނަށް ގަދަރުކޮށް އިހުތިރާމް ކުރަންނުޖެހޭނެކަން އަންގައިދިނީ ކެނެރީގޭ ނަސީދު ، ބޮވެންޖެހޭނެ ކަމަށާ ދޮންމީހުން އުޅޭގޮތަށް އުޅުމުން ސަލާމަތްވާނެކަން ވިސްނައިދިނީ ކެނެރީގޭ ނަސީދު ، ގައުމުގައި ހުޅުޖަހާ އަންދާލީ ކެނެރީގޭ ނަސީދުގެ އަމުރަށް އެމް ޑީ ޕީ ގެ އާއްމު މެންބަރުން ވަރަށް ސާފު....

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454