ރިޕޯޓް / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ރައީސަށް ކީރިތިކުރެއްވުނު ވަގުތުކޮޅު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަގުރީރު ދެއްވަނީ: ވަކި ހިސާބަކުން ކީރިތި ކުރެއްވި.

15 އެޕްރީލް 2020 - 17:58

37 comments
sad icon 87%

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްވި ތަގުރީރުގެ ވަކި ހިސާބަކުން، ރައްޔިތުންގެ ކުރިމަތީގައި ސީދާ ކީރިތިކުރައްވަނިއްޔޭ ބުނެވޭހާ ވަރަށް މޫނުފުޅާއި ލޯފުޅުގައި ވަނީ ހިތާމައިގެ އަސަރުތަކެވެ. ބައެއް ފަހަރުފަހަރު، ވާހަކަފުޅު ކުރިއަށް ގެންދެވޭ ވަރު ނުވެގެން މަޑުކުރެއްވިތަން ވެސް ފެނުނެވެ.

މިއީ ރާއްޖޭގެ އެއްވެސް ރައީސެއްގެ ކިބައިން މީގެ ކުރިން ފެނުނު މަންޒަރެއް ނޫނެވެ. އަދި މިއީ ރާއްޖޭގެ އެއްވެސް ރައީސަކު ތަހައްމަލް ކުރައްވަން ޖެހިވަޑައިގެންނެވި ހާލަތެއް، އުފުއްލަވަން ޖެހިވަޑައިގެންނެވި ޒިންމާއެއް ވެސް ނޫނެވެ. ކޮރޯނާވައިރަސްގެ ބިރާ އެކު ރާއްޖޭގެ އިގުތިސާދު މުޅިން ހުއްޓިއްޖެ އެވެ. މި ވެއްޓުމުން ސަލާމަތްވާނެ ދުވަހެއް އަދި ނޭނގެ އެވެ. ދުނިޔޭގެ ތަރައްގީ ވެފައިވާ ގައުމުތަކަށް ވެސް އޮބިނޯންނަ ވަރަށް ސިއްހީ ނިޒާމް ފުނޑިގެން ދާ ފަދަ ގިނަ އަދަދަކަށް ކުއްލިއަކަށް ބަލިމީހުން ފެންނަ މި ބަލިމަޑުކަމުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނަންގަވަން ޖެހޭ ޒިންމާ އާއި އުފުއްލަވަން ޖެހޭ ބުރަ، ކުރީގެ އެއްވެސް ރައީސަކަށް ކުރިމަތިވެވަޑައިގެންފައެއް ނުވެ އެވެ.

ރައީސް އޮފީހުގައި މިއަދު ތަގުރީރު ދެއްވަމުން ގެންދެވި އިރު އެތަނުގައި ހުންނެވި ރައީސްގެ އަރިސް ބޭފުޅަކު، ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަވަމުން، ވިދާޅުވީ އެހާ ބޮޑު އަސަރެއްކުރީ އެ މަނިކުފާނުގެ ހިތްޕުޅުގައި "އިޚުލާސްތެރިކަން ނޫން އެހެން އެޖެންޑާއެއް ނެތުމުން" ކަމަށެެވެ.

"ޒިންމާގެ ބޮޑުކަމާއި މި ކަންކަން ހިތްޕުޅަށް ބޮޑަށް ސިފަވަމުން އެދަނީ ރައްޔިތުންނާ މުޚާތަބުކުރައްވާ އިރު. ކުރިމަތީގައި އޮތް ނުރައްކަލާއި ރައްޔިތުން ރައްކާތެރިކުރުމުގެ ޒިންމާ ނަންގަވާކަން އަޅުގަނޑަށް ދޭހަވީ ރައީސްގެ އެ އިހުސާސްތަކުން،" އޭނާ ވިދާޅުވި އެވެ.

ޗައިނާގެ ވޫހާންގައި އެންމެ ފުރަތަމަ ކޮރޯނާވައިރަސް ކޮންޓްރޯލުން ނެއްޓޭ ހިސާބަށް ދިއުމާއި އެހެން ގައުމުތަކުން ވެސް ފެންނަން ފެށުމުން، ރާއްޖެއަށް ޗައިނާ އިން ޓޫރިސްޓުން އައުން މަނާކުރުމަކީ، މި ބަދުނަސީބު ހާލަތުގެ ބޮޑުކަން ގިނަ ދިވެހިންނަށް ވެސް އެނގުނު ވަގުތެވެ. އޭގެ ފަހުން ސަރުކާރު ބަންދުކުރަން ރައީސް ނިންމެވި ނިންމެވުން އަދިވެސް ދަނީ ކުރިއަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކީރިތިކުރެއްވުން

ރާއްޖޭގެ މުޅި އިގުތިސާދު ބިނާވެފައި އޮތް ޓޫރިޒަމްގެ ދާއިރާ ހުއްޓުނީ ހަމަ ކުއްލިއަކަށެވެ. މަދު ސައިންސްވެރިޔަކު ނޫނީ އެހެން އެއްވެސް ބަޔަކު ލަފާ ވެސް ކޮށްފައިނުވާހާ އަވަހަށް މުޅި ދުނިޔޭގެ އިގުތިސާދީ ހަރަކާތްތައް މިވަނީ މައިތިރިވެ، އަޑިއަޅާލައިފަ އެވެ. އޭގެ އިގުތިސާދީ ބޮޑު ގެއްލުމާއި ރާއްޖެ ފަދަ ކުޑަ ގައުމެއްގެ ސިއްހީ ނިޒާމަށް އޮތް ލޮޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެނގިވަޑައިގަންނަވާނެ އެވެ.

އެކަމަކު ކުރިން ވާހަކަދެއްކެވި އޮފިޝަލް ވިދާޅުވި ގޮތުގައި އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑަށް ރައީސްގެ ހިތްޕުޅުގައި އޮތީ ރައްޔިތުންގެ ރައްކާތެރިކަމެވެ.

"ފުރަތަމަ ދުވަހުން ފެށިގެން ރައީސް ވިދާޅުވަމުން ގެންދަވަނީ ހުރިހާ ފޯކަސްއެއް އޮންނަން ޖެހޭނީ ރައްޔިތުންގެ ރައްކާތެރި ކަމަށޭ. އެހެން ކަންތައްތައް ފަހުން މެނޭޖްކުރާނިއްޔޭ،" އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އުފައްދާފައިވާ ޓާސްކް ފޯސްގެ އިސްވެރިންނާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ބައްދަލުވުން ކުރިއަށް ގެންދަވަނީ: ކޮންމެ ރެ އެއްގެ 9:30 ން ދަންވަރު 12 އަށް އެ މަނިކުފާނު މުލީއާގޭގައި މި ބައްދަލުކުރެއްވުން ބާއްވަވާ.---ފޮޓޯ: ރައީސް އޮފީސް

އޮފިޝަލް ވިދާޅުވި ގޮތުގައި ކޮންމެ ދުވަހެއްގެ ހެނދުނުން ފެށިގެން ރޭގަނޑު 12 ޖަހަންދެން ރައީސް ގެންދަވަނީ ކޮވިޑް-19އާ ގުޅޭ ކަންކަމުގައި އުޅުއްވަމުންނެވެ. މި ބަލިމަޑުކަމާ ގުޅުން ހުރި ހުރިހާ ދާއިރާއެއްގެ ކަންކަމަށް ބޭނުންވާ މާލީ އެހީތެރިކަން ހަމަޖެއްސެވުމާއި ދަތިއަރާ ކަންކަމުގައި އެހީ ހޯއްދެވުމާއި ތަޖުރިބާކާރުންގެ ލަފާ އަޑުއެއްސެވުން ފަދަ، ހުރިހާ ކަމަކުން އެމަނިކުފާނުގެ ވަގުތު ވަނީ ފުރިފަ އެވެ.

މިއަދާ ހަމައަށް ރައީސާއި ކޮވިޑް-19 ގެ މުޅި ޓީމަށް ކުޑަ ހިތްހަމަޖެހުމެއް އޮތެވެ. މާލެ ތެރެއިން ބަލީގެ އެއްވެސް މީހަކު ނުފެނުމާއި ރެންޑަމްކޮށް ކުރަމުން ގެންދިޔަ ޓެސްޓްތަކުން ވެސް މީހަކު ޕޮޒިޓިވް ނުވުމެވެ. މިއަދު ހެނދުނާ ހަމައަށް ރާއްޖޭގައި މުޅިން ވެސް ޕޮޒިޓިވް ވީ ބޭރުން ރާއްޖެ އައި ޓޫރިސްޓުންނާއި އެ ޓޫރިސްޓުންނާ ގުޅުން ހުރި ބައެއް މީހުންގެ އިތުރުން، ރާއްޖެ އައި ފަސް ދިވެއްސެކެވެ.

އެކަމަކު މިއަދު ހެނދުނު އެ ހުރިހާ ކަމެއް ބަދަލުވެއްޖެ އެވެ. މި ފަހުން ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިނުވާ ޒުވާން އަންހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމަކީ ރައީސް ވެސް އެންމެ ޖެހިލުންވެވަޑައިގަންނަވާނެ ވަގުތެވެ. އެ ނަތީޖާއިން ކަށަވަރުކޮށްދިނީ، ރާއްޖޭގެ ސިއްހީ ތަޖުރިބާކާރުން ކުރިންސުރެ ދެމުން އައި އިންޒާރާއި ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ފެންނަ ހަގީގަތް، އެންމެ ފަހުން ރާއްޖެއަށް ވެސް މި ކުރިމަތިވީ ކަމެވެ.

އާންމު މީހާ އާއި ކޮވިޑް-19ގެ ކަންކަމުގައި އުޅޭ އެންމެންނާ ވެސް، ގައުމުގެ ވެރިޔާ ތަފާތެވެ. އެމަނިކުފާނު އުފުއްލަވަން ޖެހޭ ޒިންމާ ބޮޑެވެ. ކުރެވޭ ރަނގަޅު ކަމަކަށް ވުރެ ބޮޑަށް އެންމެންގެ ލޮލުގައި ވެސް އަޅައިގަންނާނީ ހެދޭ ގޯސްތަކެވެ. ނުކުރެވި ދާ ކަންކަމެވެ. މިވެނި ކަމެއް ލަސްވުމުގެ ޝަކުވާތަކެވެ. އަދި ރާއްޖޭގެ ހުޅުވިފައިވާ ޑިމޮކްރަސީ އާއި ފަސޭހަ ސޯޝަލް މީޑިއާގެ ތެރެއިން އަންނަ ފާޑުކިއުންތަކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރަށް މިިދިޔަ މަހު ކުރެއްވި ޒިޔާރަތެއްގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާއާ ވާހަކަފުޅު ދައްކަވާއިރު، އަރިހުގައި ހެލްތު މިނިސްޓަރު އަމީން.---ފޮޓޯ: ރައީސް އޮފީސް

އެކަމަކު މިއީ އެ ހުރިހާ ކަމަކަށް ވިސްނެވެން އޮތް ވަގުތެއް ނޫނެވެ. އެއަށް ވުރެ ރާއްޖޭގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސް ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ޔަގީނުން ވެސް ގިނަވާނެ އެވެ. ހަމައެކަނި މިވަގުތަށް ބައެއް ކަންކަމަށް ބަލާލަމާ ހިނގާށެވެ. ކޮވިޑް-19ގެ ބަލިމީހުންނަށް ފަރުވާދޭން ގާއިމްކުރާ ވަގުތީ ނިޒާމްގެ މަސައްކަތް އަދި ނުނިމެ އެވެ. އެންމެ ގޯސް ހާލަތުގައި ވެސް ވެންޓިލޭޓަރާ ގުޅައިގެން ބަލިމީހުންނަށް ފަރުވާ ދޭން ބޭނުންވާ އަދަދަށް ވެންޓިލޭޓަރެއް އަދި ނުލިބެ އެވެ. އާންމުންގެ ތެރެއިން ބަލި ފެނުމާ އެކު ދެން އޮންނާނީ އެ ނުރައްކަލުން އަރައިގެނެވޭނެ ވަގުތަކީ ކޮބައިތޯ ބެލުމެވެ. އެ ބޮލުގެ ރިއްސުން ވެސް އޮތީ ކުރިއަށެވެ. ސަރުކާރުގެ ހަރަދުތައް ހަމަޖައްސާނެ ގޮތާއި ގައުމުގެ އިގުތިސާދީ އިންޖީނު ހިނގައިގަންނާނެ ގޮތާއި އިގުތިސާދީ ހަރަކާތްތަކަށް ދޭނެ އެހީތަކެވެ. އެއީ ވެސް ރައީސްގެ ހައިސިއްޔަތުން ބަލާ ނަމަ ވަރަށް ބޮޑު ޒިންމާތަކެވެ.

ރާއްޖޭގެ އެއްވެސް ރައީސަކަށް މިހާ ނުރައްކާތެރި، ނާޒުކު، އަދި ހާލަތު އެހާ ގޯސް ދުވަސްތަކެއް ފެނިވަޑައިގެންފައެއް ނުވެ އެވެ. އެހެންކަމުން މިއަދު ރައްޔިތުންގެ ކުރިމައްޗަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުކުންނެވުމުން، އެހުރިހާ ކަމެއްގެ ޒިންމާ ސިކުނޑިފުޅުގައި އޮންނާނެ އެވެ.

"އަޅުގަނޑު އަސްލު ވެސް ހިތަށްއެރީ ރައީސްގެ އިޚުލާސްތެރިކަން،" ކުރިން ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވި އެވެ.

"މިކަމުގައި ހުރި ބޮޑުކަން ރައީސަށް އެންމެ ބޮޑަށް އިހުސާސްކުރެއްވޭނީ ވެސް. އެ އިހުސާސްތައް އަޅުގަނޑުމެންނަށް އެ ފެނުނީ. ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމެއްގައި އެމަނިކުފާނު އިޚުލާސްތެރިކަމާ އެކު ހުންނެވިކަން އެނގުނީ. އޭގައި ނެތް ފޮރުވުމެއް. ހަމަ ނެޗުރަލީ އެކަން ވާނެ ގޮތް ފެނުނީ."

އެކަކު އަނެކެއްގެ އޯގާތެރިކަމަށް

މިއީ ކޮންމެ މީހަކަށް ވެސް އުނދަގޫ ދުވަސްތަކެކެވެ. އިންސާނުންގެ ފަރާތުން އަބަދުވެސް ފެންނަ އެންމެ މާތް ސިފައަކީ، ތިމާއާ އެއްވަރަށް އަނެކާގެ އިހުސާސްތަކާ މެދު ވެސް ވިސްނާލުމެވެ. އަމިއްލަ އެދުން ބޮޑުނުކޮށް، އެހެން މީހުންގެ ހެވާއި ލާބަ އަދި ދިރިހުރުމުގެ އަސާސީ ބޭނުންތަކާ މެދު ހިޔާލުކޮށްލުމެވެ.

އެކަން މި ދަނޑިވަޅު އެންމެންގެ ފަރާތުން ވެސް ފެންނަން ޖެހެ އެވެ. ރުޅިވެރިކަން ކުޑަކޮށް، ކެތްތެރިކަން އިސްކުރުމެވެ. ކީރިތިކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެދިވަޑައިގަތީ އެކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ގައުމާ މުޚާތަބުކުރައްވަނީ

"ކެތްތެރިކަމާއި ހިކުމަތްތެރިކަމާ އެކު، އެންމެން އެކުގައި މަސައްކަތް ކުރުމުން މިކަމުން އަރައިގަނެވޭނެ،" ދިވެހިންނަށް ހިތްވަރު ދެއްވަމުން ރައީސް އެންމެ ފަހުން ވިދާޅުވި އެވެ.

"އަޅުގަނޑު ނިންމާލަމުން އަދި ވެސް އެއްފަހަރު، ހުރިހާ ރައްޔިތުންގެ ކިބައިން މި އެދެނީ، އެކަކު އަނެކަކާ މެދު އޯގާތެރިކަމާއި އެކުވެރިކަމާ އެކު މުއާމަލާތް ކުރުމަށް. އަދި ކެތްތެރިކަން އިސްކުރައްވައި އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ ތެރެއިން އެކަކު އަނެކަކަށް އެހީތެރިވުމަށް."

37 ކޮމެންޓް, 267 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 88%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑޮންޑޮންފުޅި

16 April 2020

ސްޓަންޓު ނުޖައްސާ. އެލީޓް މީހުން ކަރަންޓީނު ނުކޮށް ގޭގަ ބޭތިއްބީ އަދި އޭގެ ސަބަބުން އަތްނުފޯރާ ހިސާބަށް ކަންކަން ދިޔައީ. އެސްއޯޕީ ފެނަށް، އެތަކެއް ދުވަހުގެ ބަންދު ފެނަށް.. ބޯޑަރު ލޮކްއަޅުވާފަ ބަލި މީހުން ސަރުކާރުގެ ޚަރަދުގައި ގެނެސް ގޭގަ ބޭތިއްބީ ވަރެއްގެ ބާރެއް އޮތީމލަތާ. ސަރުކާރުގެ ދޯހަޅިކަން މިއީ.

The name is already taken The name is available. Register?

ކަކުނިކެޔޮޅުބޭ

16 April 2020

ދެން އަރުވާ އަންނި ރޯން... ދެން ފަހަރަކުު މެންބަރެއް،،ގައިމު ލިބޭ މުސާރައިން ކޮންމެވެސް މަސައްކަތެއް ކުރަންވާނެ ދޯ..

The name is already taken The name is available. Register?

ސަމަރޭ

16 April 2020

ކީރިތި ކުރެއްވުމަކީ އެއްވެސް މައްސަލައެއްނޫން. ދުއާ އަކީ ﷲ އަހަރެމެން އެންމެން މިކަމުން ސަލާމަތްކޮށްދިނުން. އަދި ކަމާބެހޭ ހުރިހާ އިދާރާތަކަކުން ކުރާ މަސައްކަތަށް ނަސްރު ދެއްވުން. މަބްރޫކް ބުނި ތޫފާން މިއޮތީ ބޯމަތިވެފައި. ދެން އޮތީ މިންވަރަށް އީމާންވެގެން މިކަމާ ކެތްތެރިކަމާއެކު ކުރިމަތިލާ އިރުޝާދާ އެއްގޮތަށް އަމަލުކުރުން. ދެރައީ ދިވެހިން ބަސްނަހާތީ. އިންސާނާގެ ސައިޒު މުޅި ދުނިޔޭން އެދަނީ ފެންނަމުން..

The name is already taken The name is available. Register?

ޢަދުރުއްނިހާނު

16 April 2020

ރައީސްގެ މި އަމަލު ފުޅައް ހިތްލަމަ ނުޖެހޭ އެންމެން މިހާރުން މިހާރައް އެމެރިކާއަށް ބަދަލުވެ ޓުރަނަޕައް ރައީސް ކިޔަންވީ... އެއޮއް ގިނަ މީހުން މަރުވާ އިރުގަވެސް ޓުރަންޕު އެހުންނަނީ ހެވިފަ....

The name is already taken The name is available. Register?

ކަކުނިބޯ

16 April 2020

އެއީ ޓްރަމްޕްގެ އާއިލީ މީހަކު މަރުނުވާތީވެ އޯކޭ އެކަ މު މިތަނުގައި އެހެންތޯ؟؟؟ ފުރަތަމަ ރާއްޖެ ގެނެވުނީ ވެސް އެމީހުން އެ މީހުން ގެނެސް ނިމުނީމާ އެންމެން ދެން ތިބޭޝޯ ޒަކާތުފަންޑުން ހަރަދުކޮށް،

The name is already taken The name is available. Register?

އޭޑީ

15 April 2020

ވަރަށް މަދު ނަމަވެސް ދިވެހިންކޮޅެއްގެ ވިސްނުމަކީ އިޒްރޭލުގެ ޔަހޫދީން ގެންގޫޅޭ ކަހަލަ ވިސްނުމެއް! ވައްކަމާއި ވަގުފައިސާ ލޫޓުވުމުގެ ކުށް ސާބިތުވެ 5 އަހަރަށް ޖަލަށްލާފައިވާ ކުއްވެރިއެއްގެ ދިފާއުގައި މޮޔަ ގޮވަނީ! ރައީސްގެ ލޮލުން ކަރުނަފޮދު ފާއްދާލީ، ދިވެހިރައްޔިތުންނާއި މެދު އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް ލޯތްބެއްގެ ބޮޑުކަމުން! މިކަން ދިވެހިން މިއަދު ގަބޫލުކޮށްފި. ޝުކުރިއްޔާ ރައީސް. ތިއީ ވެރީންނަކީ އިނގޭ

The name is already taken The name is available. Register?

ޢެހެންތަ ހީވަނީ

16 April 2020

ރައިސް ޔާމީން ވެސް ވީ ދިވެހި ރައްޔިތު މީހާ ދެކެ ލޯބި. އެލޯބީގަ ރައްޔިތުންނަށް އެތައް މަންފާތަކަކާ ނަފާތަކެއް ހޯއްދަވައިދެއްވާ ތައުލީމީ ދާއިރާ ސިއްހީ ދާއިރާ ތައުލީމީ އެތައް ފުރުސަތެއް ބޯހިޔާވަހިކަން އަމާންކަމާއި ތަރައްގީ ތަހުޒީބު ދިރިއުޅުމަށް ރައްޔިތުން ލޯހުޅުވަން އެތައް ފުރުސަތެއް ހޯއްދާދެއްވި. ޅަދަރިންނަށް ހެއުއެދޭ ބަފައެއް ފަދައިން އެމީހެއްގެ އިންސާނީ ތައާރަފް ބަޔަކަށް އަޅުވެތި ނުވެ އަމިއްލައަށް ލިޔެ ފުރިހަމަ ކުރަން އެތައް ހިއްވަރެއްދެއްވި .

The name is already taken The name is available. Register?

ކެޔޮޅުބޭ

16 April 2020

އޭޑީ %100 ތާއިދު. މައްސަލައަކީ ވައްކަމާ ކޮރަޕްޝަންގެ ބައިވެރިވި "މުޅި ޓީމް" އަދިވެސް މިއުޅެނީ މިނިވަންކަމާ އެކީ އަހަރުމެން ތެރޭގަ. މިމީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން އެބަޖެހޭ. އެދުވަސް އެބަ އަންނަކަން އެގިތިބެ ބިރުން މިގުރޫޕްގެ މީހުން މިތާގަ ތާކުންތާކު ނުޖެހޭ ކޮމެންޓް މިކުރަނީ. "ލައިކް ކޯރނަރޑް ރެޓްސް" މިއަތް ހޫރަނީ ނޫނީ "ޖަސްޓް ބްލައިންޑްލީ ލޭޝިންގ އައުޓް"!

The name is already taken The name is available. Register?

ރައީސް ފޭން

15 April 2020

އަޅުގަނޑަކީ ރައީސްގެ ފޭނެއް ނޫނެވެ. އެކަމަކު ރައީސް އިޚުލާސްތެރިކަން ކޮންމެވެސް ވަރަކަށް ފެނިއްޖެކަން އިހުސާސް ކުރެވިއްޖެއެވެ. ރައީސްއަށް ކެއްތެރިކަމާއި ސާބިތުކަމަށް އެދެމެވެ. އަދި މިޤައުމުގައި ފިތުނައުފައްދަން ވާހަކަ ދައްކައި ބޮޑުމީހައި މައިތިރިކޮއްދެވާށެވެ. އޭރުން ރައީސްއާއި ރައްޔިތުން ތިބޭނީ ހަމަޖެހިގެންނެވެ.

The name is already taken The name is available. Register?

މުރާސިލް

15 April 2020

ރައީސް ސޯލިހަކީ މިފަދަ ހާލަތްތަކުގައި ދިވެހިރައްޔިތުން ގޮވައިގެން ކުރިއަށް ވަޑައިގަންނެވޭނެ ފަދަ ހިތްވަރެއް ނެތް ފިނޑި ބޭފުޅުޅެކެވެ. ޜައްޔިތުންނަށް ދައްކަވަން ޕަބްލިކް ސްޓަންޓެއް ޖެއްސެވުމުގެ ނިޔަތުގައި ތިޔަފަދަ ކަންކަން ކުރައްވައިގެން ކާ މިޔާބެއް ނުލިބޭނެއެވެ. މަނިކުފާނު ފެއިލްވެއްޖެއެވެ. އަހަރެމެން މާޔަުސް ވެއްޖެއެވެ.

The name is already taken The name is available. Register?

ސަންސިސ

15 April 2020

ނުލަފާ ޖާހިލުންނަށް ނުރޮވޭނެ! ޢަދި އަނިޔާވެރިވެސް ވާނެ. ޢެމީހަކަށް ދެއްކޭނީ އެމީހެއްގެ އަސްލު ސިފަ. ރައީސަކީ އޯގާތެރި ހިތްތެރި ކެތްތެރި ބޭފުޅެއްކަން މުރާސިލަށް ނޭގުނަސް ދިވެހީން ގަބޫލު ކުރޭ

The name is already taken The name is available. Register?

ޢަދުރުއްނިހާނު

15 April 2020

އިދިކޮޅުގަ ތިއްބެވި ގަ މާރުން ދައްކާނެ ކޮސް ވާހަކަ.... އެހެން އެކަކު ރައީސް އާ އެކުގަ ނުވިޔަސް އަޅުގަނޑު މިހުރީ ރައީސް ގެ ފަހަތުގަ، އެ މަނިކުފާނު ވިދާޅުވި ގޮތައް ގޭގަ....

The name is already taken The name is available. Register?

ފަހާސިންޖ

15 April 2020

އަޅުގަނޑައްވެސް ހަ މަ ރޮވެނީ މި ދަނޑިވަޅުގައި ގައު މުގައި ހިތްވަރުގަދަ ވަރުގަދަ ލީޑާޝިޕެއްނެތީ މަ.

The name is already taken The name is available. Register?

އެމެރިކާ

15 April 2020

ފޭކު ސަރުކަރެ. ހުރިހާކަމެ ރައައްއިތުންނަ އޮޅުވަލަނީ. މީހުން ހައްދައިގެން ވެރިކަން ކުރާ ސަރުކާރެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!