ރުސްތުމް
29 އެޕްރީލް 2020 - 12:02
ގދ. ތިނަދޫން ހައްޔަރުކުރި ރުސްތުމް މުޖުތަބާގެ މައްޗަށް ދައުވާ ކޮށް، ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.
އ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ރުސްތުމް، 37، ގެ މައްޗަށް އަދުލް އިންސާފް ގާއިމްކުރަން ހުރަސްއެޅުމުގެ ކުށުގެ ދައުވާކުރަން މި މަހުގެ 13 ވަނަ ދުވަހު ކޯޓަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން އޭނާ ހައްޔަރުކުރީ އިސްލާމް ދީނަށް ފާޑުކިޔައި ދިވެހިންގެ ދީނީ އެއްބައިވަންތަކަން ނަގައިލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގަ އެވެ.
އެފަދަ އެހެން މައްސަލައެއްގައި މިދިޔަ އަހަރު ވެސް ރުސްތުމް ހައްޔަރުކުރި އެވެ. އެ މައްސަލަ ކޯޓާ ހަމައަށް ދިޔަ ނަމަވެސް ރުސްތުމް އޭރު ސަލާމާތްވީ ގާނޫނީ ސަބަބުތަކެއް މެދުވެރިވުމުންނެވެ. ފުލުހުންގެ ބަންދުން ދޫކޮށްލި ފަހުން ވެސް ދީނަށް ފުރައްސާރަ ކުރަން ފެށުމުން މިދިޔަ މާޗު މަހު އަލުން ހައްޔަރުކުރީ އެވެ. އޭނާ އަދި ވެސް ހުރީ ފުލުހުންގެ ބަންދުގަ އެވެ.
ރުސްތުމްގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ކީރިތި ރަސޫލާ އަށާއި އިސްލާމް ދީނަށް ނިސްބަތްކޮށް ހުތުރު ބަހުން ވާހަކަދައްކާފައި ވެ އެވެ. ނަމަވެސް ބައެއް އެކައުންޓުތައް ފަހުން ވަނީ ޑިލީޓުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުމުޖުޅޫ
29 April 2020
ދިވެހި ރައްޔިތުކަން އަތުލަންޖެހޭ...
ބަނިއާދަން
29 April 2020
އޭނާ ދޫކޮށްލުމަށް ކުރާ ދައުވާއެއް މީ.
މުސަޅު
29 April 2020
ފުލުހުން އޭނާ ހައްޔަރުކުރީ ދީނަށް ފުރައްސާރަ ކުރާތީ..ޕީޖީއިން މި ދައުވާކުރަނީ އަދުލުއިންސާފަށް ހުރަސްއެޅިއޭކިޔާފަ..މިވީ ކިހިނެއް. ޝަމީމުއަށް އޮޅުނީ ކަންނޭގެ ދުވަން ނުދެވޭތާ މާގިނަދުވަސްވީމަ
ދޮންމަނިކުބެ
29 April 2020
މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް ކީރިތި ޤުރްއާނަށް ޖޯކުޖަހަމުންދިޔަ މައްސަލަ ކޮބާ؟
ކީއްތިކުރީ ނަމެއްގަ
29 April 2020
އެހެންވީމަ ރާއްޖޭގަ ދީނައް ފުރައްސާރަ ކުރުމުން އަދަބެއް ނެތްކަން ތި ދައްކައިދިނީ. ވެރިކަން ކުރަނީ އަދިވެސް އެމް.ޑީ.އެން އިންތަ؟
ޖަގަތުކަޅޭ
29 April 2020
އެއްވެސްދީނަކަށް ފުރައްސާރަ ކޮއްގެނެއްނުވާނެ. އިހުތިރާމުކޮށް އިންސާނުން އެކަކު އަނެކަކާ އެއްކޮށް އުޅެވޭތޯބަލަންޖެހޭ. އެންމެފުރަތަމަ އިންސާނިއްޔަތު!
އިސްމާލް ވަޖީ
29 April 2020
ލދނ ސަރުކާރު ކިޔަނީ ކިޔަންވެގެން. އިސްލާމްދީން ހިމާޔަތްކުރަން އިބޫގެ ސަރުކާރުން އެއްކަމެއްވެސް ނުކުރޭ.
ހުސްނޫ
29 April 2020
ހިމާޔަތް ވާނެ! އެކަލާނގެ ދީން މީހަކު ހިމާޔަތް ކޮށްގެންތަ އެކަންވަނީ؟ އަހުރެމެން މިއީ ކޮންބައެއް!؟
ޟާސް
29 April 2020
ބަރާބަރު ޕީޖީ.