އިއްޔެ ފުރި އިންޑިއާ މީހުން އިމިގްރޭޝަނުގައި ޗެކިން ކުރުމުގައި. -- ފޮޓޯ: މޯލްޑިިވްސް އިމިގްރޭޝަން
16 މެއި 2020 - 11:33
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި ތާށިވި އިންޑިއާ މީހުންގެ ތެރެއިން، އިތުރު 588 މީހަކު އިންޑިއާ އަށް ގެންދަން އެ ގައުމުގެ މަނަވަރެއް އިއްޔެ ފުރައިފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަނުން މީގެ ކުރިން ބުނެފައި ވަނީ، މި ދަތުރުގައި ގެންދާނީ ކެރެލާ ސްޓޭޓުގެ މީހުން އެކަނި ކަމަށެވެ. ރާއްޖޭގައި ތިބި އިންޑިއާ މީހުން އަނބުރާ ގެންދަން އެ ގައުމުން މަސައްކަތް ކުރަން ފެށީ މި މަހުގެ 10 ވަނަ ދުވަހެވެ. ފުރަތަމަ ބުރުގައި 698 މީހުން ގެންދިޔަ އިރު ދެ ވަނަ ބުރުގައި ގެންދިޔައީ 202 މީހަކެވެ. އިއްޔެ ގެންދިޔަ މީހުންނާ އެކު ޖުމްލަ 1،488 އިންޑިއާ މީހުން ރާއްޖެއިން ގެންދެވުނީ އެވެ.
HC Sunjay Sudhir bids farewell to #INSJalashwa carrying 588 Indian nationals from #Malé to #Kochi. He expresses gratitude to Govt of India, @indiannavy and the Govt of Maldives authorities for extending support to Op #SamudraSetu. @MEAIndia pic.twitter.com/KRxRVgcBgl
— India in Maldives (@HCIMaldives) May 15, 2020
އިންޑިއިަން ހައި ކޮމިޝަން އިން އިއްޔެ ކުރި ޓްވީޓެއް
އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ މީހުން ގެންދަން އެ ގައުމުގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ޝުކުރުވެރިވާ ކަމަށެވެ. ނަމަވެސް އިއްޔެގެ މޫސުމަށް ރިއާޔަތްކޮށް ވިދާޅުވީ، އިއްޔެ ފުރަަން ހަމަޖެއްސި އެންމެންނަށް ނުފުރުނު ކަމަށެވެ.
މޫސުން ވަރަށް ގޯސް. އެކަމާ ހެދި އެކި ރަށްރަށުން އަންނަ އިންޑިއާ މީހުންނަށް އާދެވޭ ގޮތެއް ނުވި،" ސަންޖޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 700 އެއްހާ މީހުން އިއްޔެ ފުރަން ހަމަޖެހިފައި އޮތް ކަމަށެވެ.
އިއްޔެ ފުރި މަނަވަރު ވެސް ދާނީ ކޮޗިން އަށެވެ. މީގެ ކުރިން ރާއްޖެ އިން ފުރި ދެ މަނަވަރު ވެސް ދިޔައީ އެ ސިޓީ އަށެވެ. އެ މީހުން ދާން ބޭނުން ތަންތަނަށް ދެވޭނީ، ކޮޗިންގައި 14 ދުވަހު ކަރަންޓީންގައި މަޑުކުރުމަށް ފަހު އެވެ.
މި ދަތުރުތަކުުގައި ވަޒީފާ ގެއްލިފައިވާ މީހުންނަށާއި މެޑިކަލް އިމަޖަންސީތަކުގައި ދާންޖެހޭ މީހުންނާއި މާބަނޑު އަންހެނުންނަށް އިސްކަން ދޭނެ ކަމަށް ހައި ކޮމިޝަނުން މީގެ ކުރިން ބުނެފައި ވެ އެވެ.
ރާއްޖޭގައި އުޅޭ އިންޑިއާ ރައްްޔިތުން ގެންދިއުމުގެ މަސައްކަތް ދެން ކުރިއަށް ގެންދާނީ ވައިގެ މަގުންނެވެ. ވައިގެ މަގުން ދަތުރުކުރަން ކަނޑައަޅާފައި ވަނީ ޗެންނާއީ، ބެންގަލޫރު، މުމްބާއި އަދި ނިއު ދިއްލީ އަށެވެ. އެ ދަތުރުތައް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ސަންޖޭ ވިދާޅުވި އެވެ.
މި މަސައްކަތުގައި އިންޑިއަން ހައި ކޮމިޝަނަށް އެމްއެންޑީއެފް އާއި ކަސްޓަމްސް އާއި އިމިގްރޭޝަން އަދި އެހެން މުއައްސަސާތަކުން ދޭ އެހީތެރިކަމަށް އޭނާ ޝުކުރުއަދާ ކުރެއްވި އެވެ.
ރާއްޖޭގައި 27،000 އިންޑިއާ މީހުން ދިރިއުޅެމުން އަންނަ ކަމަށް އިންޑިއަން ހައި ކޮމިޝަނުން މީގެ ކުރިން ބުނެފައި ވެ އެވެ. އޭގެ ތެރޭގައި ސިއްހީ މަސައްކަތްތެރިންނާއި ޓީޗަރުންނާއި ލޭބަރުން ހިމެނެ އެވެ. ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށިއިރު އެންމެ ގިނައިން މި ބައްޔަށް ޕޮޒިޓިވްވީ ބިދޭސީންނެވެ. މިހާތަނަށް 99 އިންޑިއާ މީހަކު މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ަަަަަހ
16 May 2020
ބަންގްލަދޭޝްގެ އެންބަސީ ކީއްބާ މި ކުރަނީ؟ އެމިޙުންނަށް އެނގޭބާ ރާއްޖޭގަ އެމީހުންގެ ކިހާބައެއް އުޅޭކަން އަދި އެމިހުން އުޅޭ ހާލު؟
ައަހުމަދު
16 May 2020
ބަނގުލަދޭޝް މީހުންނަކީ މިޤައުމަށް ބަލަދު އަރާފަތިބި ބައެއް އެމިހުން ގެންދަން ނައަންނާނެ މަނަވަރެއް އެމީހުން ބޭނުން ކޮންމެގޮތަކަށް އެބައުޅެވޭވިޔާ ދޯ ...
އަސޭލާ1
16 May 2020
ސޭހު ހަސީނާ މުއްސަދި ޑިކްޓޭޓަރަކަށްވީ ދުނިޔެއަށް ބަންގްލަދޭސް މީހުން ވިއްކައިގެން.
ކާނިވާ ސަރަހައްދުން
16 May 2020
ދިވެހީންނަށް އެމީހުން އަމިއްލަ ރަށަށް ނުދެވި، އިންޑިޔާ މީހުންނަށް އެމީހުންނަށް އެމީހުންގެ ގައުމަށް ދެވިއްޖެ. ނެގެޓިވް އެންމެން އެމީހުންގެ ރަށައް ފޮނުވަންޖެހޭ. ކޮވިޑް ހިސާބުތައް ދިމާވޭތަ؟
ދުނިޔެ
16 May 2020
މި މީހުން މަނަވަރެއް ފޮނުވަންޖެހޭ ސަބަބަކީ ކޮބާ؟ މަތިންދާބޯޓެއް ފޮނުވީމަ މާ ހަރަދުވެސް ކުޑަވާނެ ކަންނޭގެ؟ މޫސުން ވެސް އޭރުން މާ ބޮޑު ފެކްޓަރ އަކަށް ނުވާނެ!
އައިންތު
16 May 2020
އެއީ އެ މީހުންގެ އަ މިއްލަ ކަ މެއް ހުރިހަަ ކަމަކާ ބެހެން ޖެހޭތަ
ހެލޯ1
17 May 2020
މި މަނަވަރު އައިމަ މުދާކޮޅުވެސް ނުބޭލި މަޅިއަރާ
ހަސަބު
16 May 2020
ބަންގުލަދޭޝް މީހުން ގެންދަން އެގައުމުން ނުއުޅެނީ ކީއްވެ.
ސޭޓު ނޫން ގޮތެއް
16 May 2020
ސޭހު ހަސީނާ ބޭނު މެއް ނުވޭ