ފުރަން ތައްޔާރުވެފައި ހުރި ބައެއް އިންޑިއާގެ މީހުން: އަންނަ ހުކުރު ދުވަހު ވެސް މަނަވަރެއްގައި އިންޑިއާ ރައްޔިތުންތަކެއް ގެންދަން އެ ގައުމުން ވަނީ ނިންމާފައި -- ފޮޓޯ: އިންޑިއަން ހައި ކޮމިޝަން
12 މެއި 2020 - 12:12
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ތާށިވެފައިވާ އިންޑިއާގެ މީހުންގެ ތެރެއިން އިތުރު ބަޔަކު އަންނަ ހުކުރު ދުވަހު ވެސް ފުރާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ބުނެފި އެވެ.
އިންޑިއާގެ ސަރުކާރުން ބުނީ، އެ ގައުމުގެ މަނަވަރެއްގައި މި ފަހަރު ގެންދާނީ ރާއްޖޭގައި އުޅޭ ކެރަލާގެ މީހުން ކަމަށެވެ. އެކަމަކު، އެ މީހުންގެ އަދަދެއް އަދި ނުބުނެ އެވެ.
ކޮވިޑް-19 އާ ގުޅިގެން އެކި ގައުމުތައް ލޮކްޑައުން ކުރުމުން، އިންޑިއާ އަށް ދެވޭނެ ގޮތެއް ނެތިފައި ތިބި އެ ގައުމުގެ މީހުން ގެންދިއުމަށް ހިންގާ ބޮޑު އޮޕަރޭޝަންގައި މީގެ ކުރިން ވަނީ ދެ ބުރެއްގެ މަތިން 900 މީހުން ރާއްޖެ އިން ގެންގޮސްފަ އެވެ. ފުރަތަމަ ބުރުގައި މިދިޔަ ހުކުރު ދުވަހު 690 އަދި މިދިޔަ އާދިއްތަ ދުވަހު 202 މީހަކު އިންޑިއާގެ ސިފައިންގެ މަނަވަރެއްގައި ގެންދިޔަ އެވެ. އެ މީހުން ދާން ބޭނުންވާ ތަންތަނަށް ފޮނުވައިލާނީ ކޮޗިންގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީންގައި ބޭތިއްބުމަށް ފަހު ކަމަށް އިންޑިއާގެ ސަރުކާރުން ވަނީ ބުނެފަ އެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ މީހުން ގެންދިއުމުގައި އިސްކަންދެނީ ވަޒީފާ ގެއްލިފައިވާ މީހުންނާއި މާބަނޑު އަންހެނުންނާއި އެހެނިހެން ސިއްހީ އިމަޖަންސީތަކުގައި އަނބުރާ ދާން ޖެހޭ މީހުންނަށެވެ.
ހައި ކޮމިޝަނުން މިއަދު ބުނީ، ރާއްޖޭގައި ތިބި ކެރެލާގެ މީހުން ގެންދަން ފުރަތަމަ ނިންމީ ޓެމިލްނާޑޫގެ ޓުޓިކޮރިން އަށް ކަމަށެވެ. ނަމަވެސް އެ ސްޓޭޓްގެ ސަރުކާރުން މި ކަމަށް ހުއްދަ ނުދިނުމުން އެ މީހުން ގެންދާނީ އެހެން މީހުންނެކޭ އެއްގޮތަށް ކޮޗިން އަށް ކަމަށް ހައި ކޮމިޝަނުން ބުނެ އެވެ.
ރާއްޖޭގައި މިހާރު ތިބި އިންޑިއާގެ މީހުންގެ ތެރެއިން ކެރެލާގެ މީހުން ފިޔަވައި އެހެން މީހުން އެ ގައުމަށް ގެންދަން ދެން ނިންމާފައި ވަނީ ވައިގެ މަގުން ކަމަށް އިންޑިއާގެ ހައި ކޮމިޝަނުން ބުންޏެވެ. ވައިގެ މަގުން ދަތުރުކުރަން ކަނޑައަޅާފައި ވަނީ ޗެންނާއީ، ބެންގަލޫރު، މުމްބާއި އަދި ނިއު ދިއްލީ އަށެވެ.
އެކި ވަޒީފާތަކުގައި 27،000 އެއްހާ އިންޑިއާގެ މީހުން ރާއްޖޭގައި މަސައްކަތްކުރެ އެވެ. އޭގެ ތެރޭގައި ސިއްހީ މަސައްކަތްތެރިންނާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި ލޭބަރުން ވެސް ހިމެނެ އެވެ. ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާގެ ވީހާ ވެސް ގިނަ ބަޔަކު އަނބުރާ ގެންދެވޭތޯ މަސައްކަތް ކުރާ ކަމަށް އިންޑިއާގެ ހައި ކޮމިޝަނުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޯން
12 May 2020
60000 ވިސާނެތިއުޅޭ ބަންގުލަދޭޝްމީހުން. އެމީހުންވެސް މިގައުމުންހުރަންވީ...ހަސީނާކައިރީ ނުބޭ ބޯޓެއްފޮނުވާށޭ
ޙިނި
12 May 2020
ކޮބާ ބަންގުލަދޭޝް، އެމީހުން ކާރީވެސް ބުނެބަލަ ބޯޓުފޮނުވާށޭ މީހުން ބަލާ،.
އިސް ސަރުދާރު
12 May 2020
އޭރު ކަލޭމެން ލާ ގުއި ސާފު ކުރަނީ ކޮންބައެއް.. އަތުންފައިން މަސައްކަތް ނުކުރާތާ އެމީހުންނާ ދިމާލަށް ބަސްވެސް ކިޔައޭ ދޯ؟ ގެޔެއް ހަދަން އެމީހުން، ކުނި އުކަން އެމީހުން، ބޯޓު ދުއްވަން އެމީހުން، ދިވެހިން ބޭނުންވަނީ ފިނިކޮޓަރި ވަޒީފާ އޮންލީ
ބޮޑުމީހާ
12 May 2020
އެންމެ ބޭނުންޖެހުނު ވަގުތު މިތާތިބި ޑޮކްޓަރުން އަދި ނަރުހުން ގޮވައިގެން އެދިޔައީ، ގައުމުގެ ރައީސް އަދި މަޖްލިސް ރައީސަށް ދަންނަވަން ޝުކުރުގެ ޓްވީޓެއްކޮށްލަން
ދޮންއަލި
12 May 2020
އަޅެ އިންޑިއާ ސަރުކާރުގެ އެހީއަށްއެދި ނަމަވެސް، މިހިސާބުގަނޑުގެ ޤައުމުތަކުގައި ދިރިއުޅޭ، ރާއްޖެ ނާދެވި އެހެން ޤައުމުތަކުގައި ތާށިވެފައިތިބި ދިވެހިން ގެނެވޭނެ އިންތިޒާމެއް ސަރުކާރުން ރާއްވަވައިދެއްވާތޯ އާދޭސް ދަންނަވަން!
އޮނަރަބްލް އަފީފު ދީދީ
12 May 2020
ސަރުކާރުގެ ދޯދިޔާސިޔާސަތާއި މިޤައުމުގެ އިމިޤްރޭޝަންގެ ތެރޭގައިހުރި ޙިޔާނާތުގެފަސާދައާއި ބަޔަކު ފާޅުގައި ހިއުމަންސް ޓްރެފިކިންގ ހިންގިއިރު ފުލުހުންނާއި ޑިފެންސްގެ އިންޓަލިޖެންސްއަށް އެކަން ރޭކާލާފައިނުވުމާއި މިފަދަ އެތައްސަބަބަކާއިހުރެ ރާއްޖޭގައިތިބި އިމިޤްރޭޝަން ޤާނޫނާއިޙިލާފު ދޮޅުލައްކައެއްހާ ބިދޭސިންގެ ހުރިހާކަމެއް މިއަދު އެއޮތީ ދައުލަތުގެ ބޮލުގައިއެޅި ބޮޑު މުސީބާތަކަށްވެފަ. # ދެންވެސް ވަގުތުނަގާނުލާ މިކަމުގައި ދިއްލީސަރުކާރުގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާ.
އައްމައްޓީ
12 May 2020
ގެންގޮސް ހުސްކޮއްލައި... އިންޑިޔާމީހުން ނުލައިވެސް ގައުމު ހިންގޭނެ.
އިސްރޯ
12 May 2020
އަނެއްކާވެސް އިތުރު ލުޔެއް. ބަންގްލަދޭޝް ސަރުކާރުން މިކަން ނުކުރާނެ. އެއީ އެގައުމަށް ވަންނަ ޑޮލަރުގެ އަދަދު ގިނައީ. ދޮންމީހުން ގެންނަ ގިނަ ޑޮލަރު އެގައުމަށް ވައްދާދޭ ބަޔަކަށް މި މީހުންވާތީ.
ބަޑީ
12 May 2020
ޤަވާއިދާ އެއްގޮތަށް އުޅޭ ބޭރުމީހުނާނުލާ ރާއްޖެއަކަށް މިވަޤުތު ކުރިޔަށް ދިޔުމަކީ ދަތިކަމެއް!! ރާއްޖޭގަނެތް ބޭނުންވާ ވަރަށް ޑޮކްޓަރުންނާ ނަރުހުންނާ އިނޖިނޭރުންނާ ޓީޗަރުންނާ އަދި މަސައްކަތުމީހުންވެސް. ރާއްޖޭގެ އާބާދީގެ ޒުވާނުންގެ ބޮޑުބަޔަކީ މަސައްކަތެއްކުރަން ބޭނުންނުވާމީހުން. ކޮންމެސްތާކުން މީހުން ހޯދައިގެން އަހަރުމެނަށް ކުރިޔަށް ދެވޭނީ.