ކޯސްޓްގާޑްގެ އުޅަނދެއް، ބަނދަރުގައި އޮތް ބޯޓަކުން ގެއްލުނު އިންޑިއާ މީހަކު ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުން -- ފޮޓޯ: އެމްއެންޑީއެފް
23 ސެޕްޓެމްބަރ 2025 - 08:58
ވިލިމާލެއާ ދިމާ ބޭރުގައި އަޅާފައި އޮތް އިންޑިއާގެ ބޯޓަކުން މީހަކު ކަނޑަށް ވެއްޓިގެން ރޭ ގެއްލިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ އެމްއެސްވީ ޑައުލާ ނަމަކަށް ކިޔާ ބޯޓުން ކަނޑަށް ވެއްޓުނީ އިންޑިއާގެ ރައްޔިތެއް ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑްގެ ސިފައިން ކުރަމުން އަންނަ ކަމަށެވެ.
އެ ހާދިސާގެ މައުލޫމާތު ލިބުނީ ރޭ 11:35 ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން މިއަދު ހެނދުނު ބުނީ، އެ މީހާ ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އަދިވެސް ކުރަމުން އަންނަ ކަމަށެވެ.
އެ ހާދިސާއާ ބެހޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަފްރާސިޔާބު
23 September 2025
ރާއްޖޭގެ ކޯސްޓްގާޑު ކިހާގަދަ. މީހަކު ހޯދަން ރާއްޖެއަށް ތުރުކީވިލާތުން ގަތް އެންމެ ބޮޑު ކޯސްޓްގާޑު އެއޮތީ ފުޅި ފޮޓޯ އިން އޭގެ ބޮޑުމިން އިންޑިޔާއަށް ދައްކާލަފައި ވިއްޔާ. ބޮޑު ކޯސްޓްގާޑެއް.
ފާއިޒ
23 September 2025
ފޮޓޯއިން އެފެންނަނީ ކޯސްޓްގާޑް ހުރަވީ. ދަރުމަވަންތަ ނޫން. ހުރަވީ އެއީ ރައީސް މައުމޫންގެ ވެރިކަމުގައި އިންޑިއާއިން ހަދިޔާކުރި އުޅަނދެއް.