ރިސޯޓުން ގެއްލުނު މުވައްޒަފު ހޯދަން އެމްއެންޑީއެފް އިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން -- ފޮޓޯ: އެމްއެންޑީއެފް
12 އެޕްރީލް 2020 - 15:03
ޖޭ ޑަބްލިއު މެރިއޮޓް ރިސޯޓުން މިދިޔަ ހޯމަ ދުވަހު މޫދަށް ފުންމައިލި އިންޑިއާގެ މުވައްޒަފު މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް ކޯސްޓް ގާޑުން މިއަދު ބުނެފި އެވެ.
އެ ރިސޯޓުގައި އިމާމެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ އުމުރުން 30 އަހަރުގެ މީހާ މޫދަށް ފުންމައިލީ، ފޯނުކޯލެއްގައި ހުރެފައި އެ ތަނުގެ ސަޕްލައި ޖެޓީން ކަމަށް އެމްއެންޑީއެފް ކޯސްޓް ގާޑުން މީގެ ކުރިން ބުނެފައި ވެ އެވެ. މި މަންޒަރު އެ ރިސޯޓުގެ ސީސީޓީވީ ފުޓެޖުން ވެސް ފެންނަ ކަމަށް ކޯސްޓް ގާޑުން އޮތީ ބުނެފަ އެވެ.
އެ މީހާ މޫދަށް ފުންމައިލި އިރު، ލައިގެން ހުރީ ހުދު ކުލައިގެ ކުރުތާއަކާއި އަޅި ކުލައިގެ ފަޓްލޫނެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ހއ. އަތޮޅުގައި އޮންނަ މި ރިސޯޓުން ދަތުރު ކުރާ އުޅަނދުތައް، މި ސަރަހައްދުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އަންގަން އެމްއެންޑީއެފުން ވަނީ އެދިފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެމްއެންޑީއެފުން ބުނެފައި ވަނީ، ތިން ފަހަރު މަތިން ޑައިވް ކޮށްގެން 150،000 ސްކެއާ މީޓަރުގެ ސަރަހައްދެއް ބަލައިފި ކަމަށެވެ. އަދި ކަނޑުގެ ސާފޭސް އިން 48.5 މިލިއަން ސްކެއާ މީޓަރުގެ ސަރަހައްދެއްގެ ބަލާފައިވާ ކަމަށް ވެސް އެތަނުން ބުނެފައި ވެ އެވެ.
އެ މީހާ ހޯދުމުގެ މަސައްކަތް ކޯސްޓް ގާޑުން އަދިވެސް އަންނަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަންބެ
12 April 2020
ހއ. ޢަތޮޅެއް ނޫން އިނގޭތޯ ށ.އަތޮޅު ވަގަރު
އީސަލް
12 April 2020
ރައްޔިތުންނެއް ނޫނޭ ދެލޯފުޅާ އިންޑިއާ މީހެކޭ!!
ޝާޑު
12 April 2020
އިންޑިޔާމީހުންނަކީވެސް ހަމަ ރައްޔިތުން.
ބަބުރުލް ސަލީމް
12 April 2020
ރައްޔިތުން ބޯގޮވީމާ މޫދަށްވެސް ފުންމާނެއެވެ.