ޚަބަރު / ފުލުހުން

ހުޅުމާލެއިން ހިނގާފައި އެއާޕޯޓަށް ވަންނަން އުޅުނު ބިދޭސީއަކު ފުލުހުންގެ އަމުރަށް މަޑުނުކުރުމުން ހިފަހައްޓައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް-- ފޮޓޯ: މިހާރު

ހުޅުމާލެ އިން ހިނގާފައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަންނަން ދިޔަ އިންޑިއާގެ މީހަކު މަޑުކުރަން ފުލުހުން އެންގުމުން ވެސް އެ އަމުރަށް ތަބާނުވުމުން މިއަދު ހިފަހައްޓައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނު ހިނގާފައި އެއާޕޯޓަށް ވަންނަން ދިޔަ ރޯހިތު ކުމާރު ނަމަކަށް ކިޔާ އިންޑިއާގެ މީހަކު މަޑުކުރަން އެންގުމުން ދުއްވައިގަތީ ކަމަށެވެ. އެހެންވެ، އުމުރުން 23 އަހަރުގެ ޒުވާނާ ވަނީ 7:40 ހާއިރު ރުއްޖެހި މަގުން ހިފަހައްޓައިފަ އެވެ.

އެ މީހާއާ ގުޅޭ މައުލޫމާތު އިތުރަށް ބެލުމުން އެއީ ސްޕޮންސަރަށް ފިލައިގެން ރާއްޖޭގައި އުޅޭ މީހެއްކަން އެނގިފައިވާ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ މައްސަލަ އަންނަނީ ބަލަމުންނެވެ.

23 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 21%
icon angry icon angry 21%
icon wow icon wow 7%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވާފިރުބެ

08 May 2025

ހިނގާފަވަނުން މަނާބޯޑު ހުންނަންޖެހޭނެ. މަގުމަތީ ނިޝާން ނުހުންނަ ހަމައެކަނި ގައުމު.

The name is already taken The name is available. Register?

ޖުނާނީ

07 May 2025

ރޯހިތު އަދިވެސް ރާއްޖޭގަ އެބައުޅޭ ދޯ .. ކޮބާ އަޒާން.

The name is already taken The name is available. Register?

ބާބްޖީ

07 May 2025

އެއަރޕޯޓަކީ ވަރަށް ސެކިޔުރިޓީ ބޮޑުތަނެއް. ޢެތަނަށް ވަދެ ނުކުންނަ މީހުން ޗެކްކުރަންޖެހެނީ އެހެންވެ. އަދި ޗެކްކުރެވޭނެ ނިޒާމެއް އެތަންތާގައި ގާއިމްކުރަނީވެސް ސަލާމަތަށްޓަކައި. ހިގާފައި ދިޔަޔަސް ހެލިކޮޕްޓަރުގައި ދިޔަޔަސް އެތަނަށް ވަދެނުކުންނަ މީހުން ޗެކްކުރާނެ. ޗެކްކުރަން ދެކޮޅުހަދާމީހުން ހައްޔަރުވެސް ކުރާނެ.

The name is already taken The name is available. Register?

އަފްރާސިޔާބު

06 May 2025

ދުވެފައި އެއަރޕޯޓަށް ވަންނަން އުޅުނުނަމަ ނުހުއްޓުވާނެތާ! އަދި ފިރުކިފައި ނުވަތަ ލޫދިފައި ދެކަކޫމަތީ ދިޔަނަމަވެސް ނުހުއްޓުވާނެ. ދުނިޔޭގެ އެއްވެސް ގައުމެއްގައި އެއަރޕޯޓަށް ނުވައްދާނެ ދުވެފައި ދާމީހުންނެއް. ދިވެހިން ހަމަ ބޯރަނގަޅީއެވެ.

The name is already taken The name is available. Register?

ޅޮލް

07 May 2025

ދިވެއްސެއްނުން އެއީ! އިންޑިޔާ ކުއްޖެއް

The name is already taken The name is available. Register?

ލޭބަރު

06 May 2025

ސުޕޮންސަރަށް ފިލައިގެން އުޅެނީ މުސާރަ ނުދޭތީ ތޯ ބަލަން ޖެހޭ. މައްސަލަ އެއް ނޫޅެންޔާ އެއާޕޮޓާ ދިމާލަކަށް ނުދާނެ

The name is already taken The name is available. Register?

ހެހެހެެ

06 May 2025

ސައިކަލުގަ ނޫނީ ކާރުގަ އާންމުންނަށް ދެވޭ ތަނަކަށް ހިނގާފަ ނުދެވުން ވަރަށް ހެއްވާ. ކޮބާތޯ ހިއުމަން ރައިޓްސް ކޮމިޝަން

The name is already taken The name is available. Register?

ރޯހިތުކުމާރު ގެރި އިންޑިގޯ

06 May 2025

ހިނގާފަ އެއަރޕޯޓައް ވަނުމަކީ އަނެއްކާ ހަރާންކަމަކީތަ؟

The name is already taken The name is available. Register?

ޅަބޯބުރނތ

07 May 2025

ހައިވޭގާ ހިނގާފާ އުޅުމަކީ މަނާކަމެއް

The name is already taken The name is available. Register?

އަހްމަދް

06 May 2025

ހިނގާފަ އެއާރޕޯޓަށް ދިޔާމަ ކޮބައިތޯ މައްސަލަ އަކީ. ތާކުންތާކު ނުޖެހޭ ކަމެއްވިއްޔާ ވަރަށް ފޯރީގަ ބަލާނެ. ތިފޯރި ކީއްވެތަ ނުހުންނަނީ ގޭންގިތަކާ، މަސްތުވާތަކެތި އެތެރެކޮށް ވިއްކާމީހުނާ، މާރާމާރީ ހިންގާ މީހުނާ ދޭތެރޭ..

The name is already taken The name is available. Register?

އަހުމަދުނ

06 May 2025

އެއަރޕޯޓަށް ހިނގާފައި ދިއުމަކީ މައްސަލައެއްނޫން. އެކަމަކު މަޑުކުރަން ބުނުމުން މަޑުނުކޮށް ދުއްވައިގަތީމަ އެވާނެ މައްސަލައަކަށް.

The name is already taken The name is available. Register?

އަޒާ

06 May 2025

ބްރޯ އޭނަ ކޮންތާކު ހުރެފަ ހިނގާފައި އެއަރޕޯރޓަށްދާނީ.؟ ހުޅުމާލޭކޮޅުން ހައިވޭގައި ޢާއްމުކޮށް ހިނގާފައިއުޅުމަކީ މަނާކަމެއް، ބްރުޖުން އައިސް އެއަރޕޯރޓަކަށް ނޭރޭނެ، ބްރުޖުގެ އެބައި އިންނާނީ ބަންދުކޮށްފައި،

The name is already taken The name is available. Register?

ކައުންސެލަރު....

06 May 2025

އިންޑިޔާ މީހުންނެއްނު. ނުވާނެ ރަނގަޅެއް!

The name is already taken The name is available. Register?

ޔޫނުސް22

06 May 2025

އެއަރޕޯޓައް ހިނގާފަދާންބޭނުންވާ މީހުންނައް ދެވޭނެ މަގުފަހިވެފަ އޮންނަންޖެހޭކަމަށް ފެންނަނީ. ޓެކްސީއައް އާދޭސްދަންނަވައިގެނެއްނޫން އެކަނި ދެވެންވާނީކީ!

The name is already taken The name is available. Register?

ކެމަރަން

06 May 2025

ދުނިޔޭގަ އެއްވެސް ގައުމެއްގަ ހިނގާފަ ދާ މީހުންނަށް އެއަރޕޯޓަކަށް ހިތުހުރި ގޮތަކަށް ނޭރޭ!

The name is already taken The name is available. Register?

ޙަސަނަނާ

06 May 2025

ދުބާއީގަވެސް ދެވޭ

The name is already taken The name is available. Register?

××އދފް

06 May 2025

ހިނގާފައި ވެސް ދުވެފައި ވެސް ދާންވީ. މައްސަލައަކަށްވީ މަޑުކުރަން ބުނުމުން މަޑު ނުކުރުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454