ރާއްޖޭގައި ތިބި އިންޑިއާގެ 202 މީހުން ގޮވައިގެން މިއަދު ހަވީރު ފުރި އެ ގައުމުގެ މަނަވަރު: މި މަނަވަރު ވެސް ދާނީ ކޮޗިން އަށް.---ފޮޓޯ: އިންޑިއަން ހައި ކޮމިޝަން.
10 މެއި 2020 - 20:33
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ތާށިވި، އިންޑިއާގެ އިތުރު 202 މީހުންނާ އެކު، އެ ގައުމުގެ ދެވަނަ މަނަވަރު މިއަދު ހަވީރު ރާއްޖެ އިން ފުރައިފި އެވެ.
އިންޑިއާގެ ސިފައިންގެ މަނަވަރެއްގައި މިދިޔަ ހުކުރު ދުވަހު ވެސް ވަނީ 698 މީހަކު އެ ގައުމަށް ގެންގޮސްފަ އެވެ. އެ މީހުންނަށް ކޮޗިން އަށް ދެވުނީ މިއަދެވެ. ކޮޗިންގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީންގައި އެ މީހުން ތިބޭނެ އެވެ.
ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ސުދިރު ވިދާޅުވީ، މިއީ އެކި ގައުމުތަކުގައި ތާށިވެފައި ތިބި އިންޑިއާގެ މީހުން ގައުމަށް ގެންދަން އިންޑިއާގެ ސަރުކާރުން މިހާތަނަށް ކުރާ އެންމެ ބޮޑު އެއް މަސައްކަތް ކަމަށެވެ.
High Commissioner Sudhir thanks @indiannavy and Govt. of Maldives for their gracious support as #INSMagar departs for #Kochi with 202 Indian nationals of board. #MissionVandeBharat #SamudraSetu @MEAIndia @MoFAmv @DrSJaishankar pic.twitter.com/dsbxgcDKKM
— India in Maldives (@HCIMaldives) May 10, 2020
ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަން އިން މިއަދު ކުރެއްވި ޓުވީޓް
ހައި ކޮމިޝަނުން ބުނި ގޮތުގައި އިންޑިއާގެ މަނަވަރު ކޮޗިންއަށް ދާން 36 ގަޑިއިރާއިި 48 ގަޑިއިރު ނަގާނެ އެވެ. މިއަދު ހަވީރު ހައެއް ޖަހާކަން ހާއިރު ފުރި އެ މަނަވަރު ވެސް ދާނީ ކޮޗިން އަށެވެ.
ފުރަން ތައްޔާރުވެފައި ހުރި ބައެއް އިންޑިއާގެ މީހުން -- ފޮޓޯ: އިންޑިއަން ހައި ކޮމިޝަން
ސަންޖޭ ވިދާޅުވީ، އިންޑިއާގެ ވީހާ ވެސް ގިނަ ބަޔަކު ގައުމަށް ގެންދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.
ހުކުރު ދުވަހު ފުރި މަނަވަރުގައި ތިބި މީހުން މިހާރު ވަނީ ކޮޗިންގައި ކަރަންޓީން ކޮށްފައި ކަމަށް ވެސް ހައި ކޮމިޝަނުން ބުންޏެވެ. މިއަދު ފުރި މީހުން ވެސް، އެ މީހުން ބޭނުން ތަނަކަށް ދިއުމުގެ ފުރުސަތު ލިބޭނީ ކޮޗިންގައި 14 ދުވަހު ކަރަންޓީން ކުރުމަށް ފަހު އެވެ.
މި ދަތުުރުތަކުގައި އިންޑިއާ އަށް ގެންދިއުމުގައި ހައި ކޮމިޝަނުން އިސްކަން ދެނީ ސިއްހީ އިމަޖެންސީތަކުގައި އަނބުރާ ދާން ޖެހޭ މީހުންނަށާއި ވަޒީފާ ގެއްލިފައިވާ މީހުންނާއި މާބަނޑު އަންހެނުންނާއި އިންޑިއާ އަށް ދެވޭނެ ގޮތެއް ނެތި ރާއްޖޭގައި ތާށިވެފައި ތިބި ޓޫރިސްޓުންނަށެވެ.
ރާއްޖޭގެ އިތުރުން އެހެން ބައެއް ގައުމުތަކުގައި، ކޮވިޑް-19 އާ ގުޅިގެން ގައުމަށް ނުދެވި ތިބި އިންޑިއާގެ މީހުން ގެންދިއުމުގެ މަސައްކަތް ވެސް ކުރިއަށް އެބަގެންދެ އެވެ.
އެކި ވަޒީފާތަކުގައި 27،000 އަށް ވުރެ ގިނަ އިންޑިއާގެ މީހުން ރާއްޖޭގައި މަސައްކަތް ކުރާ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ. އޭގެ ތެރޭގައި ސިއްހީ މަސައްކަތްތެރިންނާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ އިތުރުން ލޭބަރުން ވެސް ހިމެނެ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މިދިޔަ މަހުގެ 15 ން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން، ގިނަ ބައެއްގެ ވަޒީފާ ގެއްލުނެވެ. މިކަމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވީ ބިދޭސީންނަށެވެ.
މިހާތަނަށް 835 މީހަކު މި ބައްޔަށް ރާއްޖެ އިން ޕޮޒިޓިވްވެފައި ވާ އިރު ގިނައީ ބިދޭސީންނެވެ. މިހާތަނަށް 28 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، ތިން މީހަކު ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
11 May 2020
އަހަރުމެން ބޭނުމީ މިނިވަން ވިޔަފާރިއެއް އިންޑިޔާގެ ޕަޕެޓަކައް ވެގެން ރާއްޖެ ކުރިނާރާނެ.
މޯޑޭ
11 May 2020
ސަރުކާރުންވެއްޖެނު ބަގުލާދޭސް މީހުންވެސް ގެންދަށް އެގައުމްގަ ސަރުކާރުގަ އެދެން. އޭރުން މަނަވަރު ތައް އައިސް ގެންގޮސް ހުސްކޮށްފާނެ. މި އުޅޭ ފައްޔާޒަކަށް ތި ކަމެއް ނުވާނެ.އޭނަ އުޅެނި އެމީހުން ނަށް ވިލެޖް ހަދައި ނުދެވިގެން
ޢަލީ ބަނާތު
11 May 2020
އަދިވެސް އެއްކަލަ ހެލިކޮޕްޓަރުތަކާއި ސިފައިން ގެންދާކަށް ނޫޅޭތާދޯ ... ބަލަގަ އެވަކިތަށްވެސް ނައްޓުވަން އުޅެބަލަ !
ޙަބީބު
11 May 2020
އިންޑިޔާ ހެލިކޮޕްޓަރު އެއީ ހަދިޔާ ކުރި އެއްޗެކޯ އަދިވެސްނޫޅޭ މިތަނުންދާކައް ދީފަކާ ދިންއެއްޗެއް ދީފަދާން ނޫޅެނީ އެކަ މުގެއަޑީގަ ނުބައިރޭވު މެއްއޮތީ މަ ޗައިނާއިން ލޯނުދިނީ މަ އިންޑިޔާއިން ރާއްޖެ ލޯނުނަގަނީ ބޮޑުއިންޓްރަސްޓްގަ ގޮސްޗައިނާގަ ދަންނަވާކައް ނުކެރޭ އިންޑިޔާއައްދޭ ގޮތައް ކުޑަކޮއް ދޭކައް މީހާރިޖީ ސިޔާސަތުގެ ދޯހޮޅިކަން
ރޯޓީކާޖ
11 May 2020
އިންޑިޔާއަށް މިތާ ކަމެއް ދަމެއް ބޮޑުވެއްޖެ ނަމަ ހާލަތު އެހެންވެ އެމީހުންގެ ރައްޔިތުން އެމީހުން ގެންދަނީ ބަންގާޅީންނެއް ނުގެންދާނެ
ނިޔަމި
10 May 2020
އެހެން ވީމާ މަނަވަރުގ ސްޕީޑް ހާދަ މަޑޭ މާލެ ކޮޗިން ގާތް ގަނޑަކަށް 386 ނޯޓިކަލް މޭލް 36 ގަޑިއިރު ނަމަ 386/36 ސްޕީޑަކީ 10.7 ނޮޓްސް 48 ގަޑިއިރު ނަމަ ސްޕީޑަކީ 8 ނޮޓްސް
ހިޔަޅު
11 May 2020
އުތުރުގެ ބޯޓުފަހަރު ދުއްވާނީ އާއްމުކޮށް 12 ނޮޓުސްގައި.
ނަޖުމުއްދީން
10 May 2020
202 މަނަވަރުގެ ފުލް ކެޕޭސިޓީތަ؟
މިވަރެއްނެތް
10 May 2020
މިއީ ދިވެހިރާއްޖެއަށާއި އަދި ދިވެހިންނަށް މިވަގުތު އިންޑިޔާ ސަރުކާރުން ވެދެއްވި ވަރަށްވެސް ބޮޑުއެހީތެރިކަމެއް. ހަގީގަތަކީ ރާއްޖޭގައި ތިބި އިންޑިޔާގެ ރައްޔިތުންނަކީ (އެހެނިހެން ބިދޭސިންނެކޭވެސް އެއްފަދައިން) އަޅުގަނޑުމެންގެ ބޭނުމަށް ގެނެސްފަތިބި ރާއްޖޭގެ މެހުމާނުން. މައިގަނޑުގޮތެއްގައި އިންޑިޔާއިން އަންނަނީ ފަންނީ މީހުން. އެހާގިނަ މީހުން އަނބުރާ ގެންދިއުމުން މުވައްޒަފުންނަށާއި އަދި ސިއްހީނިޒާމަށް ވަރަށްބޮޑު ލުޔެއް މިލިބެނީ. ޝުކުރިއްޔާ އިންޑިޔާ.