ރާއްޖޭގައި ތިބި އިންޑިއާ މީހުން ބަލައި އައި އެގައުމުގެ މަނަވަރަށް މީހުން އަރުވައި ފުރަން ތައްޔާރު ވަނީ-- ފޮޓޯ: އެމްޕީއެލް
08 މެއި 2020 - 13:45
ކޮވިޑް-19 ފެތުރެން ފެށުމުން ދަތުރުފަތުރު ހުއްޓުމަކަށް އައުމުން، އެކި ގައުމުތަކުގައި ތާށިވެފައި ތިބި އިންޑިއާ މީހުން އަނބުރާ ގައުމަށް ގެންދަން އެ ގައުމުން ހިންގާ ބޮޑު އޮޕަރޭޝަނުގައި، ރާއްޖޭގައި ތިބި އިންޑިއާ މީހުން ބަލައި އިއްޔެ އައި މަނަވަރަށް މީހުން އަރުވައި ފުރަން ތައްޔާރުވާން ފަށައިފި އެވެ.
މަނަވަރުގައި 752 މީހުން ގެންދަން އިންޑިއާ އިން ނިންމާފައިވާއިރު މިއަދު ހެނދުނުން ފެށިގެން މަނަވަރަށް މީހުން އަރުވަން ވަނީ ފަށައިފަ އެވެ.
މާލޭގެ އެކި ހިސާބުން މީހުން ގޮވައިގެން، މަނަވަރަށް ދިއުމުގެ ކުރިން އިމިގްރޭޝަނުން ނިންމަންޖެހޭ ކަންކަން ނިންމަން އެމްޕީއެލްގެ ބަހުގައި ފުރަތަމަ ގެންދަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެއަށް ފަހު، މާލޭ ކޮމާޝަލް ހާބަރުގައި ބަނދަރުކޮށްފައިވާ މަނަވަރަށް މީހުން އަރުވަނީ އެވެ.
"މިހާތަނަށް 300 އެއްހާ މީހުން މަނަވަރަށް އަރުވައިފިން. މިބަލަނީ މިއަދު ހަވީރު ވާންވާއިރަށް އެންމެން އަރުވައި ނިމޭނެ ކަމަށް،" ފުރާ މީހުން އުފުލުމުގެ މަސައްކަތުގައި އުޅޭ އެމްޕީއެލްގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
މަނަވަރަށް އަރުވަން، މީހުން ދުރުދުރުގައި ކިޔޫ ހަދައިފައި: މި މަނަވަރުގައި 700 އަށް ވުރެ ގިނަ މީހުން ގެންދޭ-- ފޮޓޯ: އެމްޕީއެލް
މީހުން އަރުވައި ނިމުނުހާ އަވަހަކަށް މަނަވަރު ފުރަން ވަނީ ނިންމައިފަ އެވެ.
ފުރާ މީހުންގެ ކަންކަން ހަމަޖެއްސުމަށް ހަރަކާތްތެރިވާ ކަސްޓަމާއި އެމްޕީއެލްގެ މުވައްޒަފުން ތިބީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިގެންނެވެ. އަދި ފުރަން ދާ މީހުންވެސް ބައިތިއްބަނީ ދުރުދުރުގަ އެވެ.
އިންޑިއަން ހައި ކޮމިޝަންގެ ޑެޕިއުޓީ ކޮމިޝަނަރު ރޯހިތު ރަތިޝް އިއްޔެ "މިހާރު" އަށް ވިދާޅުވިގޮތުގައި މި ދަނޑިވަޅުގައި ވަޒީފާ ގެއްލިފައިވާ މީހުންނަށާއި މާބަނޑު އަންހެނުންނާއި މެޑިކަލް އިމަޖެންސީތަކުގައި އަނބުރާ ދާންޖެހޭ މީހުންނަށާއި އެނބުރި ނުދެވި ރާއްޖޭގައި ތާށިވެފައި ތިބި ޓޫރިސްޓުން އެ ގައުމަށް ގެންދަން އިސްކަން ދޭނެ އެވެ.
އެ މަނަވަރު ކޮޗިންނަށް ދާން 24-36 ގަޑިއިރުގެ ވަގުތެއް ނަގާނެ ކަމަށް ރޮހިތު ވިދާޅުވި އެވެ. އެ މީހުން ކޮޗިންއަށް ގެންދިއުމަށް ފަހު 14 ދުވަސް ވަންދެން އެ ސިޓީގައި ކަރަންޓީނު ކުރާނެ އެވެ. އެ މީހުން ދާން ބޭނުން ތަނަކަށް ދިއުމުގެ ފުރުސަތު ލިބޭނީ އޭގެ ފަހުންނެވެ.
މީގެ އިތުރުން، ރާއްޖޭގައި ތިބި އިންޑިއާ މީހުން އެ ގައުމަށް ގެންދަން އިތުރު މަނަވަރެއް ދެ ދުވަހެއްގެ ތެރޭގައި އަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މަނަވަރު ހަމަ އެ ދުވަހު، ނުވަތަ އޭގެ އަނެއް ދުވަހު ފުރާނެ ކަމަށް ރޮހިތު ވިދާޅުވި އެވެ. އެ ދަތުރުގައި ގެންދާނީ 200-250 އެއްހާ މީހުންނެވެ.
ރާއްޖޭގައި ތިބި އިންޑިއާ މީހުން ބަލައި އައި އެގައުމުގެ މަނަވަރަށް މީހުން އަރުވައި ފުރަން ތައްޔާރު ވަނީ-- ފޮޓޯ: އެމްޕީއެލް
ފަރުވާއެއް ނެތް ކޮވިޑް-19 އަށް ރާއްޖޭން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އިންޑިއާގެ 52 މީހަކު ހިމެނެ އެވެ.
ލަފާ ކުރެވޭ ގޮތުގައި ރާއްޖޭގައި އިންޑިއާގެ 30،000 މީހުން ދިރިއުޅެ އެވެ. އޭގެ ތެރޭގައި ޓީޗަރުންނާއި ޑޮކްޓަރުން ފަދަ ޕްރޮފެޝަނަލް މަސައްކަތު މީހުންގެ އިތުރުން ލޭބަރުން ހިމެނެ އެވެ.
އެކި ގައުމުތަކުގައި ތިބި އިންޑިއާ މީހުން ގައުމަށް ގެންދަން ހިންގާ އޮޕަރޭޝަންގައި 200،000 މީހަކު ގައުމަށް ގެންދާނެ ކަމަށް ލަފާކުރެވެ އެވެ. ގަލްގުގެ ގައުމުތަކާއި އެމެރިކާ އާއި ޔޫރަޕްގެ އެކި ގައުމުތަކުން ވެސް އިންޑިއާ މީހުން ގައުމަށް ގެންދަން އަންނަނީ ވައިގެ މަގުން ވެސް ދަތުރުތައް ހަމަޖައްސަމުންނެވެ. މިއީ އިންޑިއާ އިން މިހާތަނަށް ހިންގާ މިފަދަ އެންމެ ބޮޑު އޮޕަރޭޝަނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީތި މޫސަ
10 May 2020
ތިމަނަވަރުގަ ސ.ގަން ލ.ކައްދޫ ހދ.ހަނިމާދޫގަތިބި އިންޑިޔާމީހުންތަށްވެސް ގެންދާތި އެމީހުންކުރާކަމެއްވެސްނޭގެ ފަހަރުގަ ޤައުމަށްވެސް ނުރަށްކާވެދާނެ
އޮނަރަބްލް އަފީފު ދީދީ
08 May 2020
އިންޑިޔާގެބާރުވެރިކަމަށާއި "އަހަރުމެނަށް އިންޑިޔޢާއިނުލާ އުޅެވެންނެތް ކަމުގައިވިޔަސް" ނިސްބަތުން މިރާއްޖޭގައިތިބި އިންޑިޔާމީހުންގެ އަދަދުވަރަށްމަދު. # ޙާއްސަކޮށް ވާރކްވީސާނެތް އަދި އިމިޤްރޭޝަންޤާނޫނާއިޙިލާފު އިންޑިޔާގެ އެންމެމީހަކުވެސް ރާއްޖޭގައިނޫޅޭނެއޭބުނެވިދާނެ. މިހާލަތުގައިވެސް ދިއްލީސަރުކާރުން ކަންކަންކޮށްދީފައިވަނީ މިތުރެއްގެފަރާތުން ކަންކުރާނެގޮތަށް. މިތަނުގައި ބަންގްލަދޭޝްމީހުންނއުޅޭހެން "ލެއްގިމީހުންގޮތަށް" އުޅޭކަށް އިންޑިޔާމީހުން ބޭނުމެއްނުވޭ.
ނަސްރު45
08 May 2020
ކޮބާ ބަންގާޅުން މަނަވަރެއް އާދޭބާ؟
ޢިޙްސާސް
10 May 2020
ބަންގާޅު ސަރުކާރަށް ނޭގޭ މިތާ އުޅެނީ ކިހާ ބަންގާޅުންނެއް ކަ މެއް. އަދި އެ މީހުނަށް ޝައްކު ބަންގާޅުން ކަ މާމ މެދު.
އަނބިމީހާގެފިރިމީހާ
08 May 2020
އެލެކްސް ނުލާ ނުދާތި!
ބުރުސްލީގެބިނދުނުޅިނދު
08 May 2020
އެބުނާހެން ދިވެހި އިންޑިއާ ރަހުމަތްތެރި ކަމުގެ ހައްގުގައި ވިއަސް އެބުނާ އެލެކްސް ގޮވައިގެން ދާތި. ކޮވިޑުގެ ވައިރަހަކީވެސް ފަރުވާއަކީވެސް ވެކްސިންއަކީވެސް އެލެކްސް.
falcon_autho
08 May 2020
އިންޑިއާއިން އެކަންކުރަނީ ކޮން ނިޔަތެއްގައިތޯ އަހަރެމެން ބަލާކަށް ނުޖެހޭ. އެނގޭ ކަމަކީ އިންޑިއާ އިން އެމީހުންގެ ރައްޔިތުންގެ ސަލާމަތަށް އިސްކަންދޭކަން. 1.5 ބިލިއަން އާބާދީ އެއްގެ ތެރެއިން ޕްރޮފެޝަނަލް މީހުންނާއެކު ރާއްޖޭގައި ގަވާޢިދުން 30000 މީހުން މަސައްކަތް ކުރީމާ އެއީ ކުޑަ އަދަދެއް. މިއާ ޚިލާފަށް 200 މިލިއަން އާބާދީއަކުން މިރާއްޖޭގައި ގަވާޢިދާ ޚިލާފަށް 100000 ލައްކަމީހުން މަސައްކަތް ކުރާއިރު އެމީހުން ބަލާ ނާންނަނީ ކީއްވެ؟
ތަރަބޫޒް
08 May 2020
އެމީހުންނާ ހުރެ އެގައުމަށްވެސް ވަނީ ނޮހޮރުއްޕާން. ދެން އެވަރު ބަޔަކު ބަލާއަންނާނެތަ؟
ޑޯން
08 May 2020
ބަންގާޅިން މިގައުމުން ފޮނުވާލާނެދުވަހަކަށް އިންތިޒާރުކުރަން.. ޔާاللّٰه މިގައުމުން ބަންގާޅިންބޭރުކުރަށްވާފާދޭވެ
ބޮޑުމީހާ
08 May 2020
އަޅުގަނޑުމެންގެ މަޖްލިސް ރައީސް އަރާވަޑައިގެންފިތޯ! އެމަނިކުފާނު ގޮވައިގެން ދާންވާނީ
ބަސް
08 May 2020
އިންޑިއާ އިން މިކަންކުރަނީ އެމެރިކާ ފަދަ ބާރުގަދަ ގައުމެއްކަމަށް ވުމަށް ހުވަފެން ދެކޭތީ ކަމަށް ބައެއް މީހުން ބުނޭ. ކޮންމެ ނިޔަތެއްގައި ކުރިއަސް މިއީ މިވަގުތު ދިވެހިންނަށް ބޮޑުލުޔެއް ލިބޭނެކަމެެއް. ވެވޭ ބޮޑު އެހީއެއް. ޝުކުރިޔާ.
ހިޝާ
08 May 2020
ލަފާ ކުރެވޭ ގޮތުގައި ރާއްޖޭގައި އިންޑިއާގެ 30،000 މީހުން ދިރިއުޅެ އެވެ. މިއަށްވުރެ ގިނައިން އުޅޭނެ އންޑިއާގެ ކެފޭއެއްގަ ކައްކަންވެސް
ބޭނުން
08 May 2020
ބަގުލަދޭޝް އެންބެސީ އަކައް ކަށަވަރެއް ނުވޭ ރާއްޖޭގަ އުޅޭ ބަންގުލަދޭޝް މީހުން ނަކީ ބަންގާޅު މީހުން ކަމެއް ވެސް...... ދެރަ ކަމެއް
ގުރައިދޫ
08 May 2020
ކަށަވަރު ނުވަނީ އަހަރުމެން ދިވެހިންގެ ތެރޭތިބި ބަޔެއްގެ ނުބައި ނުލަފާކަމުން. ބަންގަލަދޭޝުން މީހުންގެ ގެނެސް ޕާސްޕޯޓް އަތުލާފަ މީހާ މަގުމައްޗައް ދޫކޮށްލުމުން. ނުނީ ފަސް ހަމަސް މުސާރަ ނުދިނީމަ އެމީހާ އަމިއްލައަށް ފިލަން މަޖުބޫރު ކުރުވީމަ.
ޑޯން
08 May 2020
ބަގުލަދޭޝް އެންބެސީ ބޭނުންވަނީ މިތާގަ (މާލޭގައި) އެމީހުންގެސިޓީއެއްހަދަން ހަދަން މިޔަންމާގައި ނުހެދުނީމަ.. .މިޔަންމާ މީހުންގެ ގާނޫންވަރުގަދަކަމުނަ ބަންގާޅިން ޖެހުނީ މިޔަންމާއިން ފައިބަން
ޢަބްދުﷲނާފިޒް
08 May 2020
އެއީ އެކަން ވާނެގޮތޭ، އެއްވެސް ޑޮކިއުމެންޓެއް ނޯވެ، ޚުދު އެމީހާއަށްވެސް އެމީހާގެ ނަންވެސް ނޭގޭ ހިސާބުގަ ކަންތައް އޮތީ، ތިމައްނާއަށް ކިޔަނީ ޖަމުހަރުމިޔާއޭ ބުންޏަސް އެއީ ދޮގެއް ކަމެއް ތެދެއްކަމެއް ޔަޤީނެއް ނޫން، މިހިސާބުގަ ކަންތައް އޮތްއިރު ދެން ކިހިނެއްތޯ އެންބަސީން............
ވާނުވާ.
08 May 2020
މިޔަންމާގެ ރާކީންގަ އުޅޭ ބަންގާޅު ދަރިފަސްކޮޅު މީހުންނަކީ އެތާގަ އުޅޭތާ ވަރަށް ވަރަށް ޒަމާންވެފަ ތިބި މީހުން. އެއީ އެމީހުންގެ ބިން. މިޔަންމާއިން ޖެނޮސައިޑް ހަދާ އެމީހުން ނެރުނީމަ ފަކީރު ބަންގްލަދޭޝްއްށްވެސް ވަނީ ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފަ. އޭގެ ސަބަބުން ބަންގްލަދޭޝްއަށް ވަނީ މިލިޔަނުން ރެފިއުޖީން ބަލަހައްޓަން ޖެހިފަ. މިހެން މިކަން ނެތްނަމަ ރާއްޖޭގަ ތިބި ބަންގާޅު މީހުންނަށްވެސް އެމީހުންނަށް އެހީ ވެވިދާނެ.