ސޯޝަލް ޑިސްޓޭންސިން ފާހަގަތަކެއް މާލޭގައި ކުރަހާފައި: ފިހާރަތަކުގެ ބޭރުގައި އެފަދަ ފާހަގަތައް ދަނީ ކުރަހަމުން -- ފޮޓޯ/މާލޭ ސިޓީ ކައުންސިލް
16 މެއި 2020 - 19:03
އާންމު ތަންތަނުގައި ސޯޝަލް ޑިސްޓެންސިންގެ މިންގަނޑު ހިފެހެއްޓުމަށް އަންގައިދިނުމުގެ ގޮތުން މާލޭގެ މަގުތަކުގައި ކުރަހަން މާލޭ ސިޓީ ކައުންސިލުން މިއަދު ފަށައިފި އެވެ.
ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދު ލޮކްޑައުންކޮށް، ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނައިރު އާންމުން ބޭރަށް ނިކުމެ އުޅުމުގައި އެކަކު އަނެކަކާ މާ ބޮޑަށް ކައިރި ނުވާ ގޮތަށް، ސޯޝަލް ޑިސްޓޭންސިން ހިފަހައްޓަން ކަމާބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ. އެގޮތުން ފިހާރަތަކުން ވިޔަފާރި ކުރާއިރު ވެސް އެހެން މީހުންނާ އެހާ ކައިރި ނުވަން ލަފާދެ އެވެ.
ކޮވިޑް.19 އަށް އަކީ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔަކަށް ވާތީ، އާންމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމާ އެކު، އެހެން މީހުންނާ ތިން ފޫޓަށް ވުރެ ދުރުގައި ހުރުމަށް ސިއްހީ މާހިރުން ލަފާ ދެއްވަ އެވެ.
ސިޓީ ކައުންސިލުން ޓްވީޓްކުރި ފޮޓޯއަކުން ފެންނަ ގޮތުގައި އެކަކު އަނެކަކާ ބަހައްޓަންޖެހޭ ދުރުމިން ހިފެހެއްޓުމަށްޓަކައި ފިހާރަތަކާއި ސުޕަ މާކެޓްތަކުގެ ބޭރުގައި ކިއުތަކުގައި ތިބޭއިރު ތިބެންޖެހޭ ދުރުމިން އަންގައިދޭން މަގުތަކުގައި ކުރަހަން ވަނީ ފަށައިފަ އެވެ.
#SocialDistancing is the primary strategy used to prevent the spread of COVID-19. To help increase the space between one another and to avoid gatherings/crowds we have started drawing Distance markings near Markets and Malls. #StayHome #NewNormal #TogetherWeCan pic.twitter.com/fgeaSEhxMH
— Male' City Council (@MaleCitymv) May 16, 2020
ސިޓީ ކައުންސިލުން ކުރި ޓްވީޓް
އެކަކު އަނެކަކާ ބަހައްޓަންޖެހޭ ދުރުމިން އަންގައިދޭން ހުރީ ރީނދޫ ކުލައިން ވަށް ބުރުތަކެއް މަގުމަތީގައި ކުރަހައިފަ އެވެ.
ކޮވިޑް-19 އަށް މާލެއިން ގިނަ ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރިޔަސް، ޒަރޫރީ ބޭނުންތަކަށް ފިހާރަތަކަށް ދިއުމުގެ ހުއްދަ އަންނަނީ ދެމުންނެވެ. އެކަމަކު ކުރިއަށް އޮތް ދުވަސްތަކުގަައި ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭތީ ފިހާރަތަކަށް ދިއުމަށް ހުއްދަ ދޭ އުސޫލު މިހާރު ވަނީ ހަރުކަށިކޮށްފަ އެވެ.
ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 1،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، ހަތަރު މީހަކު މިހާތަނަށް ވަނީ މަރުވެފަ އެވެ. ބަލިން އަދި ރަނގަޅުވީ 49 މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުލައިޖަ
17 May 2020
ކިތައްމެ ބޮޅެއް އެޅިޔަސް ނުކަތާވަރަށް މީހުން ޖަމާކުރީމަ ބެހެއްޓޭނެ ޑިސްޓެންސެއް ނުއޮންނާނޭ. ބޮޅުތެރެއިން ބޭރަށް ނިކުނައިރަށް ކޮންމެވެސް މީހެއްގެ ގައިގަ ހޭކިފަ އޮންނާނި. މާލެ މީ ތިކިޔާގޮތަށް ދިރިއުޅެވެން އޮތް ތަނެއް ނޫން
ރަށުމީހާ
17 May 2020
މާލެ ގާ މަލެޢަށް އެކަށީގެން ނުވާވަރަށް މީހުން ދިރިއުޅެން ވީމާ ވާނެ ހައެތި މިހިރީވެފާ އަދިވެސް ކޮންމެ ދިވެއްސަކައް3 ބަންގާޅިން އެތެރެ ކުރެވޭތޯބާލާ. ވރސ.
އަހައްމަދޫ
17 May 2020
މިހާރުވެސް އެހެރީ ބޯހަރުކޮށްފަ ބޮޅަށް ނާރާ.ދެން ކިހިނެއްތޯ މިކަން ހިންގާނީ. އަނެއްކާ ފުލުހަކު ބަހައްޓަންވީ މީހުން ބޮޅުގަ ތޯތިބެނީ ބަލަން
ހަސަންބެ.
17 May 2020
ސިފާ ދައްތާ ދެން ދޯ. ތިޔަހެން އެތަށް ފައިސާއެއް ހަރަދުކޮށްގެން ނޫސްވެރިންޖަމާކޮށްގެން މާލޭގެމަގުތަށް ޑިސްއިންފެކްޓްކުރަންށޭކިޔާފައި މީހުންގެއަގުބޮޑުވެހިކަލްތަކަށާޢި އެއްކޮށް ދެތިންގޯޅިއަކަށް ކޮލޮރިންފެންޖެހި. މާރުކޭޓުގައި ހަދާފައިހޮރި އަތްދޮންނަތަން ސާފުކުރާނެބަޔަކުނެތް އެހާމުޑުދާރު ދަބަރަށްވެފައި ސިންކުތައްއެހރީ. ހަމަރަގަޅުއެއްވެސް ކަމެއްމިސަކުރކާރުން ކުރަނީކީނޫން. ކެންޕޭނަށް ރީދޫކުލަ މާލޭމަގުމަތީގައިތިއުގަޅީ. ތިވެސްދާނީތޮޅިއަށް. ދެތަނެއްގައިބޮޅުއަޅާފައިހުއްޓާލާއިރުދައުލަތުންމިލިޔަނެއްއޮންނާނީގޮސްފައި
ތުއްތުނާ 1
17 May 2020
މާލޭގައި ތިބި އެންމެން ލޮކްޑައުންގައި ތިބީމަ ތިހެން ފޮޓޯ ނެގިދާނެ ........ ލޮކްޑައުން އުވާލުމުން ލާހިކެއްނޫން ތި ސޯޝަލް ޑިސްޓެންސިންގެ މިންގަނޑު ހިފަހައްޓަން....... ހަމައެކަނި އޮތް ހައްލަކީ ދައުލަތުގެ ޓެކްސް ފައިސާ އެއްތަނަކަށް އަޅައިގެން ހިންގާ ޖަރީމާތައް ހުއްޓާލުމަށް ފަހު ސަރަހައްދު ތަކަށް ބަހާލައިގެން ތަރައްޤީ ކުރުން....... ތޮއްޖެއްސުމުގެ ހިތި ރަހަ ކޮންމެ ފަހަރަކުން ، މާލޭގައި ފެނުގެ ހާދިސާ، އަލިފާނުގެ ހާދިސާ ، މިހާރު ކޮވިޑް.....
falcon_autho
16 May 2020
މިވަރުގެ ކަނޑުކޮސްކަމެއް ބަޔަކު ކުރިވާހަކައެއް އަދި އަޑު ނާހަން. މުޅި މާލޭގައ ތީތި ކުރަންވީނުން.
ރަތްބުޅާ
17 May 2020
ކަލޭމެން ތަނެއް ދޮރެއް އޮޅުންފިލުވާލަން ބޭރުގެ ޚަބަރު ދަބަރު ކިޔާލާ ހަދާލާ ތަން ކޮޅެއް ދުނިޔޭގައި ކަން ހިނގާ ނުހިނގާގޮތް އެނގިގެން ކޮމެންޓް ކޮއްލަން ފެނޭ!
އެސެންޝިއަލް
16 May 2020
ބަންގާޅީން ފޮނވައިނުލާ ކޮވިޑާށް ހުއްޓުމެއް ނެތް
ކުރިފީޖ
16 May 2020
ތީގެ ބޮޅެއްތެރޭ ނަސީދް ބަހައްޓަންވީ
ޑޮކްޓަރ ނާން
16 May 2020
ބަލަގަ މީ ރޯދަ މަހު ފަހު 10. މީހުންނަށް ޒާތީވެ ސިޔާސީ ހަސަދަ ފިލުވުން ހުއްޓާލަބަލަ
ހަސަދު
16 May 2020
ތިޔަފާހަކަ ޖަހަން ކިތަށްމިލިއަން ދައުލަތުން ޚަރަދު ކުރިބާ!!!
ހަތާވީސް
16 May 2020
ތިކަހަލަ ދެއްކުންތެރި ކަމެއް ނޫނިއްޔާ ނުކުރާނެއެވެ. ހުރިހާ އެއްމެން އެއްފަހަރާ މަގުމައްޗަށް ނުކުތީމަ ތިކަން ތި ގޮތަށް ކުރެވޭނެތަ؟