ނަސީމް ވަނީ، ހިންމަފުއްޓާއި ދިއްފުއްޓަށް 2،000 މާސްކް މިއަދު ފޮނުއްވާފައި. އެއީ ކޮންމެ ރަށަކަށް 1،000 މާސްކް. ތުލުސްދު އާއި ހުރަ އަށް މާދަމާ މާސްކްތައް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވޭ. މާސްކްތައް އާންމުންނަށް ބެހުމަށް ނިންމާފައި ވަނީ ކައުންސިލްތައް މެދުވެރިކޮށް.
ތުލުސްދޫ ދާއިރާގެ އަމިއްލަ މެމްބަރު އިބްރާހިމް ނަސީމް: އޭނާ ވަނީ ދާއިރާގެ ކޮންމެ ރައްޔިތަކަށް މާސްކެއް ހަދިޔާ ކުރައްވާފައި-- ފޮޓޯ: މަޖިލިސް
20 މެއި 2020 - 19:53
ތުލުސްދޫ ދާއިރާގެ އަމިއްލަ މެމްބަރު އިބްރާހިމް ނަސީމް، އެ ދާއިރާގެ ކޮންމެ މީހަކަށް، ގިނަ ދުވަހު ދޮވެގެން ބޭނުންކުރެވޭ ވައްތަރުގެ މާސްކެއް ހަދިޔާ ކުރައްވަން ނިންމަވައި ބެހުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ނަސީމް "މިހާރު" އަށް ވިދާޅުވީ، އޭނާގެ ދާއިރާގެ ކޮންމެ މީހަކަށް މާސްކެއް ހަދިޔާ ކުރަން ނިންމެވީ، ލޮކްޑައުން އަށް ފަހު "ނިއު ނޯމަލް" އަށް ދާއިރު ބޭރުގައި އުޅެން ޖެހޭނީ މާސްކް އަޅައިގެން ކަމަށް ވާތީ އެ ކަމަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.
"އަޅުގަނޑުގެ ދާއިރާގައި އެބައުޅޭ 5،000 އެއްހާ މީހުން. ކުދި، ބޮޑު އެންމެނަށް ވެސް ދޮވެގެން ބޭނުން ކުރެވޭ ވައްތަރުގެ މާސްކް ލިބޭނެ،" ނަސީމް ވިދާޅުވި އެވެ.
ނަސީމްގެ ދާއިރާގައި ހިމެނޭ ތުލުސްދޫން ބިދޭސީންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، ހިންމަފުށީގައި ހިންގާ ރިހެބް ސެންޓަރުން ތިން މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. ނަމަވެސް އެ ދެ ރަށުގެ އާންމު ރައްޔިތުންގެ ތެރޭގައި އެ ބައްޔެއް ނުފެތުރެ އެވެ.
ނަސީމް ވިދާޅުވި ގޮތުގައި، ހިންމަފުއްޓާއި ދިއްފުއްޓަށް 2،000 މާސްކް މިއަދު ފޮނުވާފައިވާ ކަމަށެވެ. އެއީ ކޮންމެ ރަށަކަށް 1،000 މާސްކެވެ. ދެން ތުލުސްދޫ ދާއިރާގައި ހިމެނޭ ހުރަ އާއި ތުލުސްދު އަށް މާދަމާ މާސްކްތައް ފޮނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މާސްކްތައް އާންމުންނަށް ބެހުމަށް ނިންމާފައިވަނީ ކައުންސިލްތައް މެދުވެރިކޮށެވެ.
"އަޅުގަނޑުގެ ދާއިރާގައި އެބައުޅޭ 5،000 އެއްހާ މީހުން. ކުދި، ބޮޑު އެންމެނަށް ވެސް ދޮވެގެން ބޭނުން ކުރެވޭ ވައްތަރުގެ މާސްކް ލިބޭނެ،" ނަސީމް
ނަސީމް މީގެ ކުރިން ވަނީ އޭނާ ދާއިރާގެ ރަށްތަކުގެ ޓާސްކް ފޯސްތަކަށް ވެސް މާސްކާއި އަންގި ފޮނުއްވައިފަ އެވެ.
ނަސީމަކީ އޭނާގެ ދާއިރާގައި ކުރިމަތިވާ ބޮޑެތި ކަންތައްތަކަށް އަބަދުވެސް އެހީތެރިވަމުން ގެންދަވާ ބޭފުޅެކެވެ.
ހިންމަފުއްޓަށް މާސްކްތައް ލިބުމާ ގުޅިގެން އެ ރަށުގެ މީހަކު ބުނީ، ނަސީމަކީ އެހެން މެމްބަރުންނާ ޚިލާފަށް ދާއިރާ އަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ، އަބަދުވެސް އެހީތެރިކަން ދެއްވުމުގައި ނަމޫނާ މެމްބަރެއް ކަމަށެވެ،
"އަޅުގަނޑުމެންނަށް ލިބިފައި ވަނީ ލާމަސީލު މެމްބަރެއް. ދާއިރާގެ ރަށްތަކަށް ކުރިމަތިވެފައިވާ މި ކަހަލަ ކިތަންމެ ކަމެއްގައި ނަސީމް މީގެ ކުރިން ވެސް އެހީތެރިކަން ދެއްވާފައި އެބަހުރި. މިއީ މީގެ ކުރިން ނުފެންނަ މަންޒަރެއް،" އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19އާ އެކު އުޅެން ދަސްކުރުމުގެ ގޮތުން ނިއު ނޯމަލްއަށް ތައްޔާރު ވާން ޖެހޭ ކަމަށް ސިއްހީ ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ. އެގޮތުން މީހުންގެ ތެރެއަށް ނުކުމެ އުޅޭއިރު ގައިދުރުކަން ބެހެއްޓުމާއެކު މާސްކް ފަދަ ތަކެތި ބޭނުން ކުރަން ޖެހެ އެވެ.
ރާއްޖޭން މިހާތަނަށް 1,186 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފަ އެވެ. އޭގެ ތެރެއިން 91 މީހަކު ރަނގަޅު ވެފައިވާއިރު ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮރާށި
21 May 2020
ކޮބާތޭ މާލޭ މެމްބަރުން ހިލަމެއްނުވޭ
ދަރަނި ދަންތުރަ
20 May 2020
ކޮބައިބާ ބާރަށު ދާއިރާގެ ނަޒާހަތްތެރި މެންބަރު ދިރިފުުކު މެޓައެއް ނަމަވެސް ދާއިރާގެ ރައްޔިތުން ހަދިޔާ ކޮށްލަބަލަ ، ހާދަރުފިޔާއެއް އެބަނަގައޭ ސަރުކާރުތެރެއިން އިންޖީނުގެ ތަށް އަލައިގެން...
ސައްތާޜު
20 May 2020
ކޮބާ އައްޑު މެމްބަރުން
ޒުލްފާއްތަ
20 May 2020
މާސްކެއް އެޅެނީ 8 ގަޑިއިރު
ކިޔުންތެރި7
20 May 2020
ތީގެންމާސްކެއް އަހަރެމެންނަށް ލިބޭނެބާ މިއީ ތުލުސްދޫ ދާއިރާގެ މީހެއް
ޒިންދަގީ
20 May 2020
މެމްބަރުން އަބަތިއްބޭ ބައިވަރު.. މިވަރު ކޮށްދޭންވެސް މަދު މެމްބަރެއް ނޫނީ ނެތޭ. އިބްރާހިމް ނަސީމްއަށް މާތްﷲ ހެޔޮ ރަޙްމަތް ލައްވާށިއެ.
މިވަރެއްނެތް
20 May 2020
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ފެނިފަ ހިތްހަމަޖެހުމެއް ނުލިބޭ. ބުނާއެއްޗެއްގެ އޮށްޓަރެއް ނުހުރޭ. ކުރާކަމެއްގެ ބުރަދަނެއް ނުހުރޭ. އަމިއްލަ އިސްނެގުމުގައި ކަމެއް ކުރާކަށް ނޭގޭ. މިވެރިންނާއެކު އާރާސްތުކުރެވޭނެ ގައުމެއް ބައްޓަންކުރެވޭނެ މުސްތަޤްބަލެއް ނުފެނޭ. މާތް ﷲ ނާގާބިލު ވެރިންގެ ކިބައިން ރާއްޖެ ސަލާމަތްކުރައްވާށި! އާމީން
ހާއިރު
20 May 2020
ބެސްޓް ޢެމް ޕީި. ޝުކުރިއްޔާ
ވަރަށް ވާހަކަ
20 May 2020
މެމްބަރުންގެ މުސާރަތައް ދާއިމަށް 25000 އަށް ކުޑަކުރާށޭ. އޭރުން އެ ސަލާމަތްކުރެވޭ ފަިސާއިން ގަނެވޭނީ ތީގެ މިލިއަން މާސްކް އެކަންޏެއްނޫން، ދާއިމަށް ހޮސްޕޓަލެއް އަޅާ 80 އަށްވުރެ ގިނަ ސްޕެޝަލިސްޓް ޑޮކްޓާރުންގެ މުސާރަދީ، އޯޓީއާއިއެކު ރަށުގަ ޚިދުމަތްކުރުމަށް ޚަރަދު ކުރެވޭނެ. އަދި ކުރީގެ މެމްބަރުންގެ އިނާޔަތްޔަށް ކަނޑާލާށޭ. އޭރުން 50 އަށްވުރެ ގިނަ ޑޮކްޓަރުންގެ މުސާރަ ދައުލަތަށް އިތުރު ޚަރަދަކާ ނުލާ ދެވޭނެ.
މާސްކް ރަނގަޅު
20 May 2020
ރަނގަޅު ނިންމުނެއް.ހެޔޮ ރަހްމަތް ލައްވާށި.އާމީން