01 ޖޫން 2020 - 00:54
ކޮވިޑް-19 ފެތުރޭތި އަޅާފައިވާ ފިޔަވަޅުތަކާ ހެދި ރާއްޖޭން ފަރުވާ އަށް ނުދެވިފައި ތިބި، ރާއްޖެއިން ފަރުވާ ދެވެން ނެތް ބަލިތަކުގެ ހާލު ބޮޑު 33 ބަލި މީހަކު އާސަންދައިގެ އެހީގައި ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އާސަންދައިގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގު މިރޭ ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19ގެ ހާލަތާ ބެހޭ ގޮތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އާސަންދަ އިން ދެމުން އަންނަ ޚިދުމަތްތަކާ ބެހޭ ގޮތުން މަރިޔަމް ވިދާޅުވީ ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭ ގިނަ ބަޔަކު އެބަތިބި ކަމަށެވެ. ނަމަވެސް މިވަގުތުގެ ހާލަތު ހުރި ގޮތުން އޭގެ ތެރެއިން އެންމެ ހާލު ބޮޑު މީހުންނަށް ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހާލުބޮޑުވެ ރާއް ޖެއިން އެއްވެސް ވަރަކަށް ފަރުވާދެ ވެން ނެތް 33 މީހަކު ރާއްޖެއިން ބޭރަށް ފޮނުވަން ފޮރިން މިނިސްޓްރީން ސްރީ ލަންކާ އާއި އިންޑިއާއާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ކޮވިޑް-19 ފެތުރެން ފަށައި ރާއްޖެ ނޫން އެހެން ގައުމުތައް ލޮކްޑައުން އަށް ދިޔަ އިރު ވެސް އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުގައި ފަރުވާ ހޯދަމުން ދިޔަ ގިނަ ބަޔަކު ތިބިކަން މަރިޔަމް ފާހަގަކުރެއްވި އެވެ. އޭގެ ތެރެއިން 114 މީހުންނާއި އެ މީހުންގެ އެހީތެރިން ވެސް ރާއްޖެ ގެނެސްދީފައިވާ ކަމަށް ވިދާޅުވި އެވެ.
ކޮވިޑް-19ގެ ސަބަބުން އެހެން ގައުމުތައް ވެސް ލޮކްޑައުންކޮށްފައި ވާއިރު ރާއްޖެއިން ލިބެން ނެތް ބޭސްފަރުވާ ހޯދަން ބޭރަށް ދެވެން ނެތުމުން އެކަމުގެ ކަންބޮޑުވުން އަންނަނީ އިތުރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަޝީދު / ހާދާލު
30 June 2020
ވަރިބަލި ކަމެއް ނެތި ފަތިހަކސް ދަންވަރަކަސް އައިސް އެންމެންށް ހިޔް ހެޔޮކމާ އެކު ފަރުވާ ދެމުން އައި ޑރ ޝިފާނުގެ ބަލި މީހުންނެވް. އިރާދަ ކުރެއް ވިއްޔާ ފަރުވަ ނިމުމަށް ފަހު އަދި ޝުކުރު އަދާ ކުރަން އަރިހަށް އަންނާނަމެވެ. ޝުކުރިއްޔާ ޑރ ޝިފާ އަށް މާތް ކަލާނގެ ހެޔޮރަހްމްތް މިންވަރު ކުރއް ވާށި އެވެ. މިވަގުތު އެންމެން މި ތިބީ ހެޔޮ ހާލުގަ ކޮޗިންގައެވް.
ރަޝީދު / ހާދާލު
30 June 2020
އެކަމު ވަރަށް ހާއްސަ ޑޮކްޓަރަކަށް ޝުކުރުދަންނަވަމެވެ. އަޅުގަޑުގެ މޫނުގެ އެފަޅި ނިގއި އިތުރު ފަރުވާ ޔަތް ނުފުރިމުން ވަރށް ހިތް ނުތަނަ ވަސް ވެ ލަސް ވާތީ ވަރށް ހުތުރު ބަހުންވެސް އެއްޗެހި ގޮވުނެވެ. މިއަދު ބޯޓުގަ އިން އިރު ފެންނަނީ އޅުގަނޑަށް ވުރެ ބަލި މީހުންނެވެ. ހޮސްޕިޓަލް ގަ ހޭދަވި ގިނަދުސް ތަކުގަ އެފަރާތެއް ކެނޑި ނޭޅި ފަރިވާ ކުރައްވަމުން ގެންދިޔަ ޑރ ޝިފާނުގެ ބަލި މީހުންނެވެ.
ފޭސްކު މާސްކު
01 June 2020
ތިވާނީ ކޮންމެވެސް ބޮޑެއްގެ މީހެއް ގެންދަން ޖަހާ ރޮކެޓަކަށް. މިހާރު ތިހެން ކިޔާހާ އެއްޗަކައް ނުސިހޭނެ. ތިހަދާ މަކަރުތަށް އެނމެނަށ ވެސް އިނގޭ.
މުސަޅު
01 June 2020
އެހެން ބަލިތަކަށް ފަރުވާނުދެވި ކިތަައް މީހުން މަރުވާނެބާ. މިހާތ
ބޭކާރު
01 June 2020
މަޖިލިސް އުވާލާ އެތަނަށްކުރާ ބޮޑު ހޭދަ ރައްޔިތުންނަށް ސީދާގޮތުން ލިބޭނޭ ގޮތް ހަދާ. ސިޔާސީއޭ ކިޔާފަ އަނގަތަޅާ ގްރޫޕުތަކަށް ޚަރަދުކުރުން ހުއްޓާލާ، ޑޮކްޓާރުންނާ ފަންނީ ދާއިރާތަކުން ރާއްޖެ ކުރިއަރުވަން ސަރުކާރާ ރައްޔިތުންވިސްނަން ވެއްޖެ. ސަރުކާރު އެއްވެސް ހޮސްޕިޓަލެއްގަ މިހާރުވެސް ނެތް ސިކުޑީގެ ސަރޖަރީ ހެދޭނެ ޑޯކްޓާރެއް. އަދި އެތައް ސްޕެޝަލިސްޓް ފަރުވާ ނުލިބޭ ރާއްޖެއިން. މިކަންކަން ހައްލުކުރެވޭނީ ސިޔާސީ އޭ ކިޔާ 88ގެ ބެޚާރު ޚަރަދު ކުޑަކޮށްގެން.
ޙާލިދު
01 June 2020
ޢާސަންދަ ހަރަދު ކުރެވޭނީ ސިއްހަތާ ރަހުމަތްތެރި ދިރި އުޅުމެއް ދިވެހިންނަށް ދަސްކޮށްދީގެން. ޙެދިކާ އެނާޖީޑުރިންކް..ހުއްޓާލާ
ކަބުރު
01 June 2020
ހާލުގަޖެހިފަތިބިމީހުންތަ ނޫނީ ބޮޑުންނާ އެމީހުންގެ އައުލާދުންތަ