ކޮވިޑް ޖެހިގެން 8 ވަނަ މީހާ މަރުވެއްޖެ

ރާއްޖޭގައި ކޮވިޑް ޖެހިގެން އަށް ވަނަ މީހަކު މިއަދު މަރުވެއްޖެ އެވެ.


މިއަދު ހެނދުނު 9؛30 ހާއިރު މަރުވެފައި ވަނީ 38 އަހަރުގެ ބަންްގްލަދޭޝްގެ މީހެކެވެ. އޭނާ އަށް ފަރުވާދެމުން އައީ އައިޖީއެމްއެޗްގަ އެވެ.

ރާއްޖޭގައި މިހާތަނަށް 1883 މީހަކަށް ކޮވިޑް ޖެހިފައި ވެ އެވެ. މީގެ ތެރެއިން 717 މީހުން ބަލިން ރަނގަޅުވެެފައިވާ އިރު 1159 މީހުން އަދިވެސް ތިބީ މި ބަލީގަ އެވެ. އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި ކަރަންޓީނާއި އައިސޮލޭޝަންގައި 2600 އަށް ވުރެ ގިނަ މީހުން މިހާރު އެބަތިއްބެވެ.

ކޮވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން މަރުވި އަށް މީހުންގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ މީހުންނެވެ.