ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ ފްލެޓްތައް: މި އިމާރާތްތައް މި އަހަރުގެ ފަހުކޮޅު ނިމޭނެ ކަަމަށް އެޗްޑީސީން ބުނޭ. --ފޮޓޯ/މިހާރު
07 ޖޫން 2020 - 19:39
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތް ކުރަން ފެށި 7،000 ފްލެޓްތަކަކީ ކުދި ''ކޮތަރުކޮށިތަކެއް" ކަމަށް ވިދާޅުވެ، ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ. ޔާމީންގެ ސަރުކާރުން އޭރު އެންމެ އިސްކަންދިން އެއް ޕްރޮޖެކްޓުގެ ދަށުން އިމާރާތް ކުރަމުން އަންނަ ފްލެޓްތަކުގެ ފޮޓޯއަކާއެކު ނަޝީދު ސޯޝަލް މީޑިއާގައި ލިޔުއްވި ގޮތުގައި އެއީ "ދަރަނީގެ ދަންތުރައިގެ ފޮޓޯ" އެކެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި، ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ)އާ ހަވާލުކޮށްގެން ފެށި މަޝްރޫއުގައި އިމާރާތް ކުރަމުން އަންނަނީ 25 ބުރީގެ 16 ޓަވަރެވެ.
ފްލެޓްތައް ހެދުމަށް ޗައިނާގެ އެގްޒިމް ބޭންކުން 437 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވާއިރު، އެކަން ކޮށްފައިވަނީ ސަރުކާރުގެ ސޮވެރިން ގެރެންޓީއާ އެކު، ހަ ޕަސެންޓުގެ އިންޓަރެސްޓް ރޭޓްގަ އެވެ. އެގޮތުން ލޯނުގެ 15 ޕަސެންޓް، ފަސް އަހަރުގެ ތެރޭގައި އަދި އަނެއް 85 ޕަސެންޓް 15 އަހަރުގެ ތެރޭގައި ދަައްކަން ޖެހެ އެވެ.
މިއިން ކޮންމެ ފްލެޓެއްގެ ބޮޑު މިނަކީ 550 އަކަ ފޫޓެވެ.
Hulhumale’ flat thah alhaafa evanee 500 aka foot ge kudhi kotharu koshi thakeh gothah. Eygenthaneh hadhan kharadhu koffa vaakamah bunanee aka footakah MVR1900/-. Mihenkamun kuleege gothugai MVR11,000/- jehey. Dhen mi kihineh dhekolhu jahsaanee. Miee e dharaneege dhanthurage photo pic.twitter.com/abxBybAcom
— Mohamed Nasheed (@MohamedNasheed) June 7, 2020
ފްލެޓްތަކުގެ ޑިޒައިނާ މެދު ހިތްހަމަ ނުޖެހިގެން، މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު، އެ ޑިޒައިން ބަދަލުކޮށް ފްލެޓްތަކުގެ އަދަދު މަދުކުރަން ވެސް ނިންމި އެވެ. އެކަމަކު، ފަހުން ނިންމީ ޑިޒައިނަށް އެއްވެސް ބަދަލެއް ނުގެންނާށެވެ.
ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފްލެޓްތައް އިމާރާތް ކޮށްފައި ވަނީ 500 އަކަފޫޓުގެ ކުދި ކޮތަރުކޮށިތަކެއްގެ ގޮތަށް ކަމަށާއި އެއިން ތަނެއް ހަދަން ހަރަދުކުރި ކަމަށް ބުނަނީ އަކަަފޫޓަކަށް 1،900 ރުފިޔާ ކަމަށެވެ. އެހެންވެ، ކުލީގެ ގޮތުގައި 11،000 ރުފިޔާ ޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ދެން މި ކިހިނެއް ދެކޮޅު ޖައްސާނީ. މިއީ ދަރަނީގެ ދަންތުރައިގެ ފޮޓޯ،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު އެހެން ވިދާޅުވި ނަމަވެސް، ޕީޕީއެމްއިން ކުރިން ވެސް އަދި މިހާރު ވެސް ބުނަނީ އެއަށް ވުރެ މާ ކުޑަ އަގެއްގައި ފްލެޓްތައް ދޫކުރެވޭނެ ކަމަށެވެ.
ބޯހިޔާވަހިކަމަށް ބޮޑު ހައްލެއް ގެންނަން ޔާމީންގެ ސަރުކާރުން ފެށި ހިޔާ މަޝްރޫ އަށް ހުޅުވާލުމުން 20،000 އަށް ވުރެ ގިނަ މީހުން ފޯމުލި އެވެ. އޭގެ ތެރެއިން ފްލެޓް ލިބޭނެ މީހުންގެ ލިސްޓު ޔާމީންގެ ސަރުކާރުން ވަނީ އާއްމުކޮށްފަ އެވެ. އެކަމަކު އެ ފްލެޓްތައް ދެނީ ބޭއިންސާފުން ކަމުގެ ތުހުމަތާ އެކު މައްސަލަތައް ބަލަން އާ ސަރުކާރުން ކޮމެޓީއެެއް އެކުލަވާލާފައިވާއިރު، ފްލެޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓް އަންނަ މަހުގެ ނިޔަލަށް ފައިނަލްކޮށް ނިންމާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަޗަސް
08 June 2020
ވައުދު ނުވިކަން ކަނޑާލަނީ ކޯލިޝަން ގެބޮލަށް
ދެއްވަދޫ
08 June 2020
މިހާރު ރާއްޖޭ ގެ އެއްމެ ބޮޑަށް ފޭލްވެފައިވާ ބާރަކީ މަޖިލީހެވެ. އެއްކަލަ ސިޔާސަ ، މޮޅު ސްޓަންޓްޖައްސަވާ ބޭފުޅާގެ ސަބަބުންނެވެ. އިހައްރޭ މަޖިލީހުގައި ބައެއް މެމްބަރުން ވިކްޓިމައިސް ވުމުގައިވެސް ރިޔާސަތުގެ ދައުރު ނެތެކޭ ނުދެންނެވޭނެއެވެ. ޔޫ ކޭން ޑޫ
ސަރީފު
08 June 2020
ދަރަނި ނޫނީ ލޯނު ނަގަން ޖެހޭނީ ރައްޔިތުން މަންފާއެއް އޭގެން ކުރާނަމަ ހަމަ އެކަނި ސިޔާސީ މީހުންނަށް މަންފާ ކުރާލޯނު އެއީ ދަރަނި ދަންތުރައަކީ...މިސަރުކާރުން އިންޑިއާއަތުން ނެގި 2 ބިލިއަން ރުފިޔާއިން ރައްޔިތުން ނަށް ވީ ފައިދާ އަކީ ކޮބާ...500 މިލިއަން ޑޮލަރާއި ގާތުން ބޭރުގެ ފަރާއްތަކުން މިއަހަރުވެސް ލޯނު ނަގައިފި ކޮބާ އެއިން ރައްޔތުން ނަށް ލިބުން އެއްޗަކީ...ޔާމީނު ވާކައިގެންވެސް އެއަރޕޯޓް ގެ ބޯޑު ޕޮރޮޖެކްޓަކާއި ތިޔަ ދަރަނި ފުލެތް ތައްވެސް އަޅާފިތާ.
ރަށިއެތެރެމީހާ
08 June 2020
ތޮއްޖެހިފައިވާ މާލެއިން ، ސާފު ވައިފޮދެއް ވެސް ނުލިބޭ ގޮތަށް ހަދާފައިވާ 2 ކޮޓަރީގެ ”ކޮތަރުކޮށްޓެއް” ގެ މަހު ކުލި އުޅެނީ 1500ރ. ޢަށް ވުރެ މަތީގައި. މިތަންތަނަކީ ދުވަހަކު ކޮޅުންވެސް މިލްކުވާނެ ކުލި ދައްކާ ފަރާތަށް މިލްކުވާނެ ތަންތަނެއް ނޫން ނަމަވެސް އެތަންތަން ކުއްޔަށް ނުދެވިގެން އުޅޭކަށް ނުޖެހޭ. ހުޅުމާލޭގައި ހަދާފައިވާ ފުލެޓްތަށް ދޫކޮށް ބަލަ އެތަންތަންވެސް ފުލްވާނެ. ދެން ދަރަނީގެ ދަންތުރައަކަށް އެތަންތަން ވާނެ ގޮތެއް ނުވިސްނޭ
ޙަސަނުގެ ދަރި
08 June 2020
1500 އެއްނޫން ދޮއްތަ 15000 ރުފިޔާ
އެމްސް
08 June 2020
ތިދަންތުރައިންވެސް ހާދަބަޔަކަށް އެއްފަހަރާ ބޯހިޔާވަހިކަން ލިބިގެންދާނެ އޭ! ޝުކުރުކުރަމާ!
އަލީ!
08 June 2020
ބޯހިޔާވަކަންލިބެނިކޮށް ހުރިހާކަމެއްހަމަވީ!
އެމްސް
05 January 2023
ދަންތުރައަށް ދައްކަން ޖެހޭ ކުލިވެސް ދެއްކޭނީ ދިވެހިން ފުދުންތެރި ވެގެން! އެކަން ވާނީ ވަޒީފާގެ މަގު ތަނަވަސް ވެގެން! ވަޒީފާގެ ބާޒާރުގެ %90 އަކީ ބިދޭސީން ކަމުން، ތިތަންތަނަށް ކުލި ދެއްކެން އޮތް 1 މަގަކީ ކޮންމެ ދިވެއްސަކު ބިދޭސީއަކާއި އިނުން؟
ފެންނާނީ
08 June 2020
ނަޝީދު ބެލީ މަ ފެންނާނީ އިގިރޭސި ވިލާތް، ޔާ މީން ބެލީ މަ ފެންނާނީ ސިންގަޕޫރު، އު މުރު ދުވަހު ކުލިދައްކަން ޖެހުނު މީހާ އަށް ފެންނާނީ ފްލެޓެއް، ފްލެޓްލިބިފަތިބި، އަދި މިފަހަރުވެސް ލިބޭ މީހުނަށް ފެންނާނީ ކުއްޔަށް ދެވޭނެ އިތުރު ތަނެއް.
ހަސަނު1
08 June 2020
450 މިލިއަން ޑޮލަރުގެ ގުޅިފަޅަކީ މިއޮށްފަދަ އިގްތިސާދު ހީނަރު ދަނޑިވަޅުގައި ކޮންކަހަލަ ދަންތުރައެއްތޯ؟ 4 މާލެ ހިއްކޭ ވަރުގެ ވެލި ތިއިސްރާފު ކުރަނީ މާލެ ސައިޒުގެ އެންމެ ރަށެއް ހަދަން. މަނިކުފާނުގެ ގާތް ބޮސްކާލިއްއަށް ކޮން ބަލަދެއް އަރައިގެންތޯ؟ 300 މިލިއަން ޑޮލްރުގް ލޯނު އިންޑިއާއިން ތިނަގަނީ ކޮން ދަންތުރައެއް ޖައްސަންތޯ؟ ގުދޯ ގުދޯ ނުގޮވާ.
އަލީ އަސްފާގު
08 June 2020
އަލަށް ތޔަ ހެދި ހަތްހާސް ފުލެޓަކީ ހަގީގަތުގަވެސް އާއިލާތައް ދިރިއުޅެން ކަމުދާ ތަނެއް ނޫނެވެ. އެތަނަކީ 25 ބުރިއަށް އަދި މިހާތަނަށް ހެދި އެންމެ ކުދި ފުލެޓުތަކެވެ. ޔާމީނު ބޭނުންވީ އަތޮޅުތަކުން މީހުން މިތަނަށް ގެނެސް ކުލިނަގައިގެން އެތަމުނަ ބޭތިއްބުމެވެ. އެތަނުގަ ސީދާމަގުތަށް މަދުވެފަ މަގުހަނިކަމުން ޕާކުކުރަން ވަރަށް ދައްޗެވެ. އިމާރާތުގަ ރޯވެއްޖެނަމަ ބަލަންތިބުން ނޫންކަމެއް ނުވެ ގިނަ ފުރާނަތަކެއް ދުނިޔެއާއި ވަކިވެދާނެ ކަމުގެ ބިރު ވަރަށް ބޮޑެވެ.
ހޭބަލިމިތުރު
08 June 2020
އެތަނުގެ ސައިޒް ބެލިންތަ، 2 ކޮޓަރި ދިހަ ފޫޓު އެގާރަ ފޫޓު، ފާހާނާ ވަކިން އެޓޭޗް. ސިޓިން ރޫ މް 17 ފޫޓް 9 ފޫޓް، ޑައިނިންގ ރޫ މް 9 ފޫޓް 9 ފޫޓް ޓޯޓަލް އަކަފޫޓް 580 .
ފްލެޓް ދޮންބެ
08 June 2020
މިސަރުކާރަށް 42 ހާސް ޑޮލަރަށް ފަހުން ފައިސާ ދައްކާ ގޮތަށް ފުލެޓް އަޅައި ދޭނެ މީހުންނެއް ނުވާނެ ތިއަގަށް އެޅިދާނެ 500 އަކަފޫޓްގަ އެއްކޮޓަރީގެ ފްލެޓެއް މިސަރުކާރުގެ މިކަމުުގައި އުޅޭ މީހުނަކަށް މިކަމުގެ ހަމަ އަގެއްވެސް ނޭގޭ ދެން ކިހިނެތް މިކަން ކުރާނީ ރައީސް ސޯލިހުއަށް ދަންނަވަން މިހާރުގެ ހަމައަގަކީ 55 ފަސްހާސް ޑޮަލަރު 750 އަކަފޫޓްގައި 3 ކޮޓަރީގެ އެޕާޓްމަންޓެއް އަޅާލެވޭނެ ތިފުލެޓް އަޅަން ގެންގުޅޭ އުސޫލު ބަދަލު ކުރައްވާ މަދުނަމަވެސް އެތިކޮޅެއް އަޅާ
ނޮފޯރާ ފޮތި
08 June 2020
މިސަރުކާރަށް 2 އަހަރު ވެގެން ދާއިރު ވީކަމެއް ހަމަހަރާން ބޯހިޔާވަހި ކަމުގެ ވައުދަކީ ހުވަފެނެއް ދަމާކަޑާ މީހުން ލައްވާ ފްލެޓްއަޅަން ކުރި ހުރިހާ މަސައްކަތެއްވީ ފެއިލް އެކޮނޮމިކް މިނިސްޓަރަކަށް ހުރި މީހާއަކަށް ނޭގޭ މިކަން ކުރަންވީ ގޮތެއް ހައުސިން މިނިސްޓްރީއަކަށް ވާނުވާއެއްނޭގޭ ޕްލޭނިން މިނިސްޓްރީ އޮތީ ހުވަނެއްގައި ވެރިމީހާ ހުރީ ކަނުއަދިރީގައ އެދުރު ހުރީ މަޖިލިހުގައި މީގެ ތެރެއިން އެކަކަށްވެސް ވާނުވާއެއް ނޭގޭ ތިތިބީ ފުލެޓް އެޅިފައޭ ސަލާމް