ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހިޔާ މަޝްރޫއުގެ އިމާރާތެއް: މި ފްލެޓްތަކާ ގުޅޭ ގޮތުން އަވަސް ތާރީޚްތަކެއް މިނިސްޓަރަށް ވިދާޅުވެވުނީ އޮޅިގެން. --ފޮޓޯ/މިހާރު
06 ޖޫން 2020 - 09:47
ކުރީގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތް ކުރަން ފެށި 7،000 ފްލެޓް އަންނަ މަހުގެ ތެރޭގައި ހަވާލުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ވިދާޅުވީ އޮޅުމަކުން ކަމަށާއި ބަލަނީ ވީހާވެސް އަވަހަކަށް ފްލެޓް ހަވާލުކުރެވޭތޯ ކަމަށް ހައުސިން މިނިސްޓްރީން ރޭ ބުނެފި އެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާ ހެދި އާއްމުންގެ ދިރިއުޅުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގެ ބައްދަލުވުމުގައި މިނިސްޓަރު އާތިފާ މިދިޔަ ހަފުތާގައި ވިދާޅުވީ ފްލެޓްތައް ހަވާލުނުކުރެވި އޮތީ ފްލެޓް ލިބޭ ލިސްޓުގައި ތިބި މީހުންގެ ހާލަތު ބެލުމުގެ މަސައްކަތް ކުރަމުން އަންނާތީ ކަމަށެވެ. އަދި ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރީ ރައީސް އޮފީހުގެ ކޮމެޓީއަކުން ކުރާ އެ މަސައްކަތް ނިމުމަކާ ގާތުގައި ވަނިކޮށް ކަމަށާއި އެހެންވެ، ޖުލައި މަސް ނިމުމުގެ ކުރިން އެތަންތަން ހަވާލުކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އެކަމަކު މިނިސްޓްރީން މި ވާހަކަ ފަހުން ބަދަލުކޮށް، ބުނީ މިނިސްޓަރު އިޝާރާތް ކުރެއްވީ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓް އަންނަ މަހުގެ ނިޔަލަށް ފައިނަލްކޮށް ފްލެޓްތައް ސެޕްޓެމްބަރަށް ނިންމަން މަސައްކަތް ކުރާ ވާހަކަ ކަަމަށެވެ. އެކަމަކު ތާރީޚް ވެސް ބަދަލުކޮށް، ހައުސިން މިނިސްޓްރީން ރޭ އަނެއްކާވެސް ވަނީ މިނިސްޓަރު އާތިފާގެ ވާހަކަ ސާފުކޮށްދޭން ކުރު ބަޔާނެއް ނެރެފަ އެވެ.
މިނިސްޓަރު އާތިފާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު
އެ ބަޔާނުގައި ބުނީ އާއްމުންގެ ދިގު އިންތިޒާރަކާ ގުޅިފައިވާ ފްލެޓްތަކާ ގުޅިގެން މިނިސްޓަރަށް އަވަސް ތާރީޚުތަކެއް ވިދާޅުވެވުނީ "އޮޅިގެން" ކަމަށެވެ.
މިނިސްޓްރީން ބުނިގޮތުގައި ފްލެޓްތައް ލިބޭނެ މީހުން ކަނޑައަޅައި ހަވާލުކުރަން ބުނި ތާރީޚުގައި އެކަން ނުކުރެވި ލަސްވަނީ ކޮވިޑް-19 އާ ގުޅިގެން މާލެ ލޮކްޑައުންކޮށްފައި އޮތުމުންނެވެ. އެއީ ފުރަބަންދުގެ ތެރޭގައި ގޭގެއަށް ޒިޔާރަތްކޮށް ހަދަން ޖެހޭ އެސެސްމަންޓްތައް ހެދުމަށް ދަތިތަކާ ދިމާވުމުން ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ނަމަވެސް ފުރަބަންދުގެ މުއްދަތު ނިމުނުހާ އަވަހަކަށް ގޭގެއަށް ޒިޔާރަތްކޮށް އެސެސްމަންޓުގެ މަސައްކަތް ފަށައި ވީހާވެސް އަވަހަކަށް ލިސްޓް އާއްމު ކުރުމުގެ މަސައްކަތް ކުރެވިގެންދާނެ އެވެ. --މިނިސްޓްރީ
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި، ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ)އާ ހަވާލުކޮށްގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން، ފެށި މަޝްރޫއުގައި އިމާރާތް ކުރަމުން އަންނަނީ 25 ބުރީގެ 16 ޓަވަރެވެ. މި މަޝްރޫއު އަށް ކުރީގެ ސަރުކާރުން ވެސް ވަނީ ލޯނެއް ނަގައިފަ އެވެ.
ޗައިނާގެ އެގްޒިމް ބޭންކުން 437 މިލިއަން ޑޮލަރުގެ އެ ލޯނު ހޯދާފައި ވަނީ ސަރުކާރުގެ ސޮވެރިން ގެރެންޓީއާ އެކު ހަ ޕަސެންޓްގެ އިންޓަރެސްޓް ރޭޓްގަ އެވެ. އެގޮތުން ލޯނުގެ 15 ޕަސެންޓް، ފަސް އަހަރުގެ ތެރޭގައި އަދި އަނެއް 85 ޕަސެންޓް 15 އަހަރުގެ ތެރޭގައި ދަައްކަން ޖެހެ އެވެ.
މި ފްލެޓްތައް ނިންމަން މި ސަރުކާރުން ވެސް އޮތީ 45 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން ނިންމައިފަ އެވެ.
ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުރިމަތިލީ މީހުންގެ ތެރެއިން ފްލެޓް ހައްގުވާ މީހުން ކަނޑައަޅައި ކުރީގެ ސަރުކާރު ނިމުނުއިރު، ގިނަ ބަޔަކަށް އޮތީ ލިއުން ވެސް ދީފަ އެވެ. އެކަމަކު އެ ލިސްޓްތަކަކީ އިންސާފުން ބޭރުވެ އެކުލަވާލާފައިވާ ލިސްޓްތަކެއް ކަމުގެ ތުހުމަތާ އެކު މި ސަރުކާރުން ވަނީ މައްސަލަތައް ބަލަން ފްލެޓް ކޮމިޓީއެއް އެކުލަވާލައިފަ އެވެ.
މާލެ ލޮކްޑައުންކުރި އިރު، ބައެއް ގޭގެއަށް އެ ކޮމިޓީން ވަނީ ޒިޔާރަތްކޮށް ހާލަތު ބަލައިފަ އެވެ.
ކުރިން ހަމަޖައްސާފައި އޮތީ ކޮމިޓީގެ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ނިޔަލަށް ނިންމުމަށެވެ. ފްލެޓް ކޮމިޓީގެ މަސައްކަތް މިހާ ދިގުލައިގެން ދިޔައީ، އެ ކޮމިޓީން ބުނިގޮތުގައި، ހަތް ކެޓަގަރީން ހުށަހަޅާފައިވާ ގިނަ އަދަދެއްގެ ފޯމުތައް ވަކިކޮށް، އެ ފޯމުތަކާ އެކު ހުށަހަޅާފައި ހުރި ލިޔެކިޔުންތައް ހަމަކޮށް، ތަރުތީބުކުރާށެވެ. އެ މުއްދަތުގެ ތެރޭގައި، ފްލެޓްތަކާ ގުޅިގެން ހުށަހެޅި ޝަކުވާތައް ވެސް ވަކިވަކިން ބެލި ކަމަށް ކޮމިޓީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންނާނީ
08 June 2020
ނަޝީދު ބެލީ މަ ފެންނާނީ އިގިރޭސި ވިލާތް، ޔާ މީން ބެލީ މަ ފެންނާނީ ސިންގަޕޫރު، އު މުރު ދުވަހު ކުލިދައްކަން ޖެހުނު މީހާ އަށް ފެންނާނީ ފްލެޓެއް، ފްލެޓްލިބިފަތިބި، އަދި މިފަހަރުވެސް ލިބޭ މީހުނަށް ފެންނާނީ ކުއްޔަށް ދެވޭނެ އިތުރު ތަނެއް.
ޢަލީިި
07 June 2020
މިނިސްޓަރު ގެ ނާގާބިލުކަން. މިވަރު ވީމާ އިސްތިއުފާ ޙައްޤު
ޗަކޮއި
07 June 2020
ހާތްތެރީ. އޮޅުނުސަރުކާރު. ޕެކެޕެކެޕެކެޕެކެ.....
ތިލަފަތުގެ ދެފަރާތް
06 June 2020
ދެންވެސް ދޭނެ ދުވަހެއް ނެތޭ ޓެކްސް ކޮންމެ މަހެއްގެ 10 ގެ ކުރިން ދައްކަން ޖެހޭނެކަން އެނގޭ ރައްޔިތުންނަށް ސަރުކާރުން ޚިދުމަތް ދިނުމަށް މުއްދަތު ކަނޑައެއް ނޭޅޭ
ނޮޓް ސޮރީ
06 June 2020
ކަމްއޯން މޭން ދެންް އަވަސް ކޮއްބަލަ. ހާދަ ދުވަހެއް ވެއްޖެއޭ. އަހަރެން ސްކޫލްގަ ހުރިއިރު ފެށިކަމެއް. މަމިހާރު ޖޮބުގަ ހުރެފަ ޑިގްރީ ހަދަން ގޮސް އެވެސް ނިމެނީ. ލިބޭނޭ ކީޔާތާ އެހާދުވަސް. މި ސަރުކާރު ބަދަލުވާ އިރަށް ފުލެޓު އެބަ ގެއްލޭ. ދެފަހަރު ހޮވި އަދިވެސް ނުލިބި. ލޫޒިން ޕޭށަންސް.
ރައްޔިތުން ދަރުވާލާ
06 June 2020
ސަރުކާރު މަތި ފަޑީގަ ގިނައީ ތަންތަން ކުއްޔަށް ދޫކޮށްގެން އެކުލިން ލަގްޒަރީ ދިރުއުޅުން އުޅޭ ބައެއް. އެމް.ޑީ.ފީ އެތެރެ ކޮއިލުގެ މީހަކު ބުނީ އެވެރީންގެ އާމްދަނީ ކުއްލިއަކަށް ދަށްވާނެތީ އަދި މާލޭ ސަޕޯޓް ބޭސް އަށް އަސަރުކޮށްފާނެތީ، ލަސްކޮށް ވަކި ތާރީޚެއް ނުބުނަން އެންގީ ކަމަށް. ކުއްޔަށް އުޅޭ 7000 ރައްޔިތުން ކުލި ދެއްކާގެން އުޅެން ޖެހުމަކީ މައްސަލައެއް ނޫންކަމަށް. މިފަދަ ވަގުތެއްގަވެސް މުސާރަ ނުލިބުމަކީ ސަރުކާރުގެ މައްސަލައެއް އަދި ބަލަދު އަރާ ކަމެއް ނޫންކަމަށް.
އައިޝާ
06 June 2020
ޢެއްވެސް ގާބިލްކަމެއް ނެތް މިނިސްޓަރެއް.. އިސްތިއުފާ ދިނުމަށް ގޮވާލަން.. ހަމަ އެކަނި މިކަމެއް ނޫން މި މިނިސްޓްރީން އެއްވެސްކަމެއް ރަނގަޅަށް ކުރާތަނެއް ނުފެނޭ.. ދެން އިބޫއަށް މި އޮތީ މި މީހުން ވެސް ގެންގުޅެން ޖެހިފަވިއްޔަ.. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ..
ބާދަގަނޑަށް
06 June 2020
ފުލެޓް ތަކާއި ގުޅުން ހުރި އެހެން ކަންކަމާ ގުޅޭ ވާހަކަތަކަކީވެސް މިނިސްޓަރ ހެއްދެވި އިތުރު ފުޅު . މިނިސްޓަރ އެއްވާހަކަފޫބައްދަން އިތުރު ފުޅު ހެއްދެވިހެން ދެންދެކެވުނު ވާހަކައިގެ ފޫބެދުނީ . މިނިސްޓަރ އަށް ފުލެޓާބެހޭ ގޮތުން އެކެއްޗެއްވެސް ނޭގޭކަން އެގުނީ .
ސްކިޕަރ
06 June 2020
ތިޔަ އެސެސްމަންޓުވެސް އޮންނާނީ އޮޅުންބޮޅުންވެގެން ގޮސް އެމްޑީޕީ މީހުންނަށް ފުލެޓުތައް ލިބޭގޮތަށް.
ސޮފޫ
06 June 2020
ތީ އަބަދުވެސް ސަރުކާރުގެ ހާލަތެއްނު. އަދިވެސް ސީދާ ހަވާލު ކުރެވޭނެ ތާރީހެއް ބުނެދޭން ނޭގުނު. ރައްޔިތުން އަބަދުވެސް އޮޅުން ބޮޅުން ތެރޭގައި ބޭތުއްބުން ތީ މިސަރުކާރުގެ ނާގާބިލް ކަމުގެ ހެއްކެއް.