މެމްބަރު ފަޒުލް މަޖިލީހުގައި: އޭނާ ހުށަހެޅުއްވި ގަރާރު ބޭރުކޮށްލި ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅު ކުރިއިރު، އެ ގަރާރު ބޭރު ނުކުރާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނޭ -- ފޮޓޯ/މަޖިލިސް
11 ޖޫން 2020 - 13:45
ރައްޔިތުންގެ މަޖިލީހުގެ ފުލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދު މަޖިލީހަށް ހުށަހެޅުއްވި ގަރާރު ބޭރުކޮށްލި ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅު ކުރިޔަސް، އެ ގަރާރު މަޖިލީހުން ބޭރުކޮށްލާފައި ނުވާ ކަމަށް މަޖިލީހުން ބުނެފި އެވެ.
އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނަށް ނިސްބަތްވެ ވަޑައިގަންނަވާ ފަޒުލް މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ ފުލިދޫގެ ރަށް ގިރުމުގެ މައްސަލާގައި ކަމާބެހޭ އިދާރާތައް ޖަވާބުދާރީ ކުރުވުމަށެވެ. އެކަމަކު އެ ގަރާރު އެޖެންޑާކުރި ޖަލްސާ އަށް ފަޒުލް ހާޒިރުވެ ވަޑައިނުގަތުމުން ކަމަށް އެ ގަރާރު މަޖިލީހުން ބޭރުކޮށްލި ކަމަށް ބުނެ އިދިކޮޅި ކޯލިޝަނުން މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށް، ބަޔާނެއް ނެރެފަ އެވެ.
އެކަމަކު މަޖިލީހުގެ އިދާރާއިން ބުނީ އެ ގަރާރު ބޭރުކޮށްލާފައި ނުވާ ކަމަށާއި އެ ގަރާރު މަޖިލީހުގައި އަދިވެސް އެބައޮތް ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހުގެ ޖަލްސާ އަށް އެ ގަރާރު އެޖެންޑާ ކުރިޔަސް، ފަޒުލް ޖަލްސާގައި ހާޒިރުވެ ވަޑައިގެން ނެތުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ދުވަހު ވަނީ ފަޒުލް ޖަލްސާއަށް ވަޑައިގަތުމުން އެ ގަރާރުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަން އިއުލާން ކުރައްވައިފަ އެވެ. އަދި ފަޒުލްގެ އިތުރުން އިދިކޮޅުގެ އެހެން މެމްބަރުން ވެސް ޖަލްސާތަކަށް ހާޒިރުވެ ވަޑައިނުގަންނަވާ ކަން ނަޝީދު ފާހަގަކުރެއްވި އެވެ.
އިދިކޮޅު މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރި ނުވަނީ ގާނޫނުއަސާސީ އިސްލާހުކުރަން ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ނަން އިއްވައި، ގަދަކަމުން އޭނާ ތަޅުމުން ނެރުމުގެ ތެރޭގައި ހަމަނުޖެހުންތަކެއް ހިނގަައި، އޭނާއަށް އަނިޔާވި މައްސަލައާ ގުޅިގެންނެވެ. އެކަމާ ގުޅިގެން ވަގުތީ ގޮތުން ޖަލްސާތައް ބޮއިކޮޓް ކޮށްފައިވާ ކަން އިދިކޮޅު މެމްބަރުން ވަނީ އިއުލާންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުކައްޒިބާން
11 June 2020
ބާރުގެ ބޭނުން ނަހަމަ ގޮތުގައި މަޖްލީހުގެ ރައީސް ބޭނުން ކުރުން އެއީ ނިކަމެތީންގެ ބައްދުއާ ވަރަށް އަވަހަށް ލައްވާލާނެ ކަމެކޭ ކޮންފަދަ ބާރުގަދަ ރަސްރަސްކަލުން އަދި ކޮންފަދަ ބޮޑެތި މަހުޖަނުން ނިކަމެތިންނަށް އަނިޔާ ދިނުމުން އެމެންގެ ބާރު މިދުނިޔޭގައި ނިކަމެތި ކޮށްލާތަން ދަނީ ފެންނަމުންނޭ އޮޅުވާލާ މަކަރާއި ހީލަތުން މެލޭޝިއާގެ ބޮޑުވަޒީރު ކަން ހޯދި ފަރާތަށް މިހާރު ދިމާވަމުންދާ ހިތި ނަތީޖާ އެދަނީ ލޯމަތިން ފެންނަމުންނޭ ތަމެން ކޮންކަމަކަށްތޭ އިންކާރުކުރަނީ
ކަންނާޑި
11 June 2020
ސްޕްރީމް ކޯޓަށް ވެހިކަލް ވިއްކި މީހާ ގޭގައި ނިދަނީ
ތިލަފަޅު މޫސަ
11 June 2020
ބޮޑުމުސާރަ ނަގައިގެން ގޭގައި އޮންނަ މެމްބަރެއް .
މުދިމު ކަތީބު
11 June 2020
ދޮގު ބުހުތާނާ ފިތުނަ އުފައްދާ މަޖިލީހަށް ސަލާން ފޮނުވައިގެން މަކަރުން ގޭގައި ނިދަން އޮންނަ މެމްބަރެއް މަޖިލީހަށް ހާޒިރުނުވާ މެމްބަރުން ގެ މުސާރަ އުނިކުރަން ޖެހޭ
ބޯއި
11 June 2020
ބޯއިކެޓް ކޮށްގެން ތިބެބަލަ. އޭރުންނު އެބަހަނާގަ މުސާރަކާލަކާލަ ގޭގަ ތިބެވޭނީ. އަދުރޭމެން ހަދާ ހިސާބު ރަނގަޅުވާނެ.
ކުޑަ
11 June 2020
ފަޒުލްމެން ޖަލްސާއަކަށް ނުދެޔޭ. ޖަލްސާޔަށް ދިޔައްޔާ އަބަދު ޒަރޫރޫ ބޭނުމުގަ ހޯލުންބޭރުގަ. ކަޑައޭ ފަޒުލު ބުރޯ.
ހުސެނ
11 June 2020
ގަރާރު ހުށައެޅޭނީ ޖަލްސާއަށް އައިސްގެންނު... ބޮޑު މުސާރަ ނަގައިގެން ފަޒުލްގޭގަ އޮތްކަމެއް އަދުރޭ އަކަށް ނޭގެ ދޯ...
ައަލީ ވަހީދު
11 June 2020
ކޮންގަރާރެކޭ ބޭގަރާރެކޭ ކިޔާކަށް އެތަނަކައް ހާޒިރު ވަނީޔެއްނޫން ބޮޑު މުސާރަނަގައިގެން ގޭގަ
ނިރު
11 June 2020
އެއްދުވަ އެއްހަބަރެއް ދެގޮތަށް އަޑުއިވިގެން މިދިޔައީ .. ހަބަރެއް ލިބޭއިރަށް އަކުރަކަށް ފިއްޔަކަށް ބަދަލެއްނުގެނެސް ޖަހާލުމުން މިކަހަލަ ގޮތެއް ވާނީ .. ހަބަރެއް ލިބުމުން އެޙަބަރުގެ ތެދު ދޮގު އޮލުންފިލުވާ މައުލޫމާތު ލިބިގަތުމުގެ ހައްގު ޤާނޫނީގޮތުން ނޫސްވެރިންނަށް ލިބިގެންވޭ .. މައުލޫމާތު ނުދޭ ފަރާތްތަކުގެ ނަން ނޫހުގަ ޖެހުމުގެ ބާރުވެސް ނޫވެރިންނަށް ލިބިގެންވޭ
ްއަދުރޭ
11 June 2020
އިދިކޮޅޭމެން ތިބެނީ ހަމައިގަތަ؟ ހިނދުކޮޅުގަދޯ!