ޚަބަރު / ކޯޓް މައްސަލަތައް

ޝަރީއަތް ފެށުމަށް ފަހު ދައުވާ އިސްލާހު ކުރަން މައްސަލަ އަނބުރާ ނުގެންދެވޭނެ: ހައި ކޯޓް

ހައި ކޯޓް: މަދަނީ މައްސަލަތަކުގެ އަޑުއެހުންތައް ފެށުމަށް ފަހު ދައުވާ އިސްލާހު ކުރަން ކަމަށް ބުނެ އަނބުރާ ނުގެންދެވޭނެ ކަމަށް އެ ކޯޓުން ވަނީ ކަނޑައަޅާފައި -- ފޮޓޯ/މިހާރު

މަދަނީ މައްސަލަތަކުގެ އަޑުއެހުންތައް ފެށުމަށް ފަހު ދައުވާ އިސްލާހުކުރަން ކަމަށް ބުނެ ދައުވާ އަނބުރާ ނުގެންދެވޭނެ ކަމަށާއި އަދި އަނބުރާ ގެންދާ މައްސަލަތައް އަލުން ހުށަހެޅުމުގެ ފުރުސަތު ދިނުމުގައި ބައެއް ކަންތައްތައް ކޯޓުތަކުން ބަލަންޖެހޭ ކަމަށް ހައި ކޯޓުން އިއްޔެ ކަނޑައަޅައިފި އެވެ.

މަދަނީ މައްސަލަތަކުގައި އާންމުކޮށް ތިން ގޮތަކަށް ދައުވާ އަނބުރާ ގެންދެވެ އެވެ. އެއީ ދައުވާ ދޫކޮށްލުމުގެ ގޮތުން އަނބުރާ ގެންދާ ގެންދިއުމާއި ދައުވާ އިސްލާހުކުރަން އަނބުރާ ގެންދިއުމުގެ އިތުރުން ސަބަބެއް ބަޔާން ކުރުމެއް ނެތި އަނބުރާ ގެންދިއުމެވެ. ބައެއް މައްސަލަތަކުގައި އަޑުއެހުންތައް ނިމުމަކާ ގާތުގައި އޮއްވައި ދައުވާ އިސްލާހުކުރަން ކަމަށް ބުނެ ނުވަތަ އެއްވެސް ސަބަބެއް ބަޔާން ކުރުމެއް ނެތި ވެސް ދައުވާ އަނބުރާ ގެންދިއުމަށް ފަހު އަނެއްކާވެސް އަލުން ހުށަހަޅަ އެވެ.

ޝަރޫ ލޯންޗް ސާވިސް އިން މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އާ ދެކޮޅަށް ދައުވާކުރި މައްސަލައެއް ޝަރޫ އިން އަނބުރާ ގެންދަން ބޭނުންވުމުން އެ ދައުވާ ފަހުން ކުރެވޭ ގޮތަށް އެ މައްސަލަ ސިވިލް ކޯޓުން ބާތިލްކުރި މައްސަލަ އެމްސީބީން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައިވަނީ ދައުވާ އިސްލާހުކުރަން ކަމަށް ބުނެ ދައުވާއެއް އަނބުރާ ގެންދެވޭނީ އަޑުއެހުންތައް ފެށުމުގެ ކުރިން ކަމަށެވެ. އަދި ވަރަށް ޚާއްސަ އިސްތިސްނާ ހާލަތްތަކެއްގައި މެނުވީ އަޑުއެހުންތައް ފެށުމަށް ފަހު ދައުވާ އިސްލާހުކުރަން ކަމަށް ބުނެ ފަހުން ދައުވާ ކުރެވޭ ގޮތަށް އެ މައްސަލަ އަނބުރާ ގެންދިއުމުގެ ފުރުސަތު ނުދެވޭނެ ކަމަށާއި އޭގެ ބޭނުމަކީ އިންސާފުގެ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު ނުދިނުން ކަމަށް އެ ހުކުމުގައިވެ އެވެ.

"ދައުވާއެއްގެ ޝަރީއަތް ހިންގަން ފެށުމަށް ފަހު ދައުވާ ބަދަލު ކުރުމަށް ނުވަތަ ދައުވާ ފޯމަށް އިސްލާހުތައް ގެނައުމަށް ފުރުސަތު ދެވެނީ ނަމަ، ނިކުމެދާނެ އެއް ނަތީޖާއަކީ މައްސަލައެއްގައި ދެކެވުނު ވާހަކަތަކާއި ހުށަހެޅުނު ހެކި ގަރީނާތަކުގެ މައްޗަށް ބިނާކޮށް ދައުވާ ބަދަލު ކުރަމުން ގެންދިއުން ކަމާއި." ހުކުމުގައިވެ އެވެ.

ފަނޑިޔާރު އަލީ ސަމީރު ރިޔާސަތު ބެލެހެއްޓެވި ބެންޗަކުން އިއްވެވި އެ ހުކުމުގައިވާ ގޮތުން ދައުވާއެއް އިސްލާހުކުރަން ނުވަތަ ސަބަބެއް ބަޔާން ކުރުމެއް ނެތި ދައުވާ އަނބުރާ ގެންދާ ހާލަތުގައި، އެ ދައުވާ އަލުން ހުށަހެޅިދާނެ ކަމަށް ކޯޓުން ކަނޑައެޅުމުގެ ކުރިން ބައެއް ކަންކަން ކޯޓުތަކުން ބަލަން ޖެހޭނެ އެވެ. އެގޮތުން ދައުވާ އަނބުރާ ގެންދަން އެދެނީ މަގްބޫލު ސަބަބެއް އޮވެގެންތޯ އާއި އެކަން ކުރަނީ ދައުވާ ކުރުމުގެ ބާރު ނަހަމަ ގޮތުގައި ކުރުމަށް ތޯ ބަލަން ޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

"މައްސަލައެއް ހުށަހެޅުމަށް އޮންނަ ހައްގުގެ ބޭނުން ކުރަނީ މީހަކަށް ޖެއްސުންކޮށް، އުނދަގޫ ކުރުމުގެ ގޮތުން ނުވަތަ އުފެދިފައިވާ ހުސޫމަތަކާ މެދު ވަކި ގޮތެއް ނުނިންމާ ދިގު ދެންމުމުގެ ގޮތުން ނުވަތަ ގެއްލުމެއް ދިނުމުގެ ގޮތުން ނުވަތަ އެ ބާވަތުގެ އެފަދަ ކަމެއް ކުރުމުގެ ގަސްދުގައި ކަމަށްވަނީ ނަމަ، އެއީ އެކަމެއް ރައްދުވާ ފަރާތެއްގެ ހައްގުގައި އަދުލުވެރި އަދި އިންސާފުވެރި ގޮތެއް ކަމަށް ބެލެވެން ނޯންނާނެ..." ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވެވި އެ ހުކުމުގައި ބުނެފައިވެ އެވެ.

ހުކުމުގައިވަނީ އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާ ކަން ކޯޓުތަކުން ދެނެގަންނަން ޖެހޭނީ ކޮންމެ މައްސަލައެއް ވެސް ވަކިން ހުށަހެޅިފައިވާ ކަންކަމާއި ދެކެވޭ ވާހަކަތަކަށް ބިނާކޮށްގެން ކަމަށެވެ. އަދި އަދުލު އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ފުރުސަތު ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ކޯޓުގެ މަސްއޫލިއްޔަތެއް ކަމަށާއި އަދި ސުޕްރީމް ކޯޓުން ބައެއް ނިންމުންތައް އެގޮތަށް ނިންމާފައި ހުރި ކަން ހުކުމުގައި ފާހަގަކޮޮށްފައިވެ އެވެ.

އެ މައްސަލާގައި، ޝަރޫ އިން އެމްސީބީއާ ދެކޮޅަށް ދައުވާކުރި މައްސަލަ އެ ކުންފުނިން އަނބުރާ ގެންދިިޔައީ ދައުވާ އިސްލާހު ކުރަން ކަމަށް ބުނެ ކަމަށް ވިޔަސް އެގޮތަށް އެދުނީ ކީއްވެގެން ކަން އެ ކުންފުނިން ބަޔާން ކޮށްދީފައި ނެތް ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެ މައްސަލާގައި ކަން ހިނގި ގޮތަށް ބަލާއިރު އެ ދައުވާ އިސްލާހުކޮށް، އަލުން ހުށަހެޅުމުގެ ފުރުސަތު ދިނުމަކީ ކޯޓުތަކުގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ފުރުސަތު ދިނުން ކަމަށް އެ ހުކުމުގައިވެ އެވެ.

އެހެންވެ، ދައުވާ އިސްލާހުކޮށް އަލުން ހުށަހެޅުމުގެ ފުރުސަތު ޝަރޫއަށް ލިބޭ ގޮތަށް ސިވިލް ކޯޓުން މައްސަލަ ބާތިލްކުރި ކުރުން ބާތިލްކުރާ ކަމަށް އެ ހުކުމުގައިވެ އެވެ.

ފަނޑިޔާރު ސަމީރު ރިޔާސަތު ބެލެހެއްޓެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.

7 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 0%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަލިއަ

20 June 2020

ތިކަހަލަ އަމިއްލަ ގަވާއިދު ހަދައިގެން އަދުލު އިންސާފު ގެއްލިގެންމިދަނީ، ތިހެން ނަހަދާ ފުރުސަތުދެއްވާ މުއްދަތެއް ކަނޑައަޅާ، މިހާރު މި އޮންނގޮތުން ދަށުކޯޓަށް ހުށަހަނާޅާ ލިޔުމެއް އަދި ނުދައްކާ ވާހަކައެއް މަތީކޯޓަށް ހުށަހެއްނޭޅޭ، ވާހަކައެއް ނުދެއްކޭ. މިހާރު އެއޮތީ އިބްރާއަށް އަނެއްލާރިގަނޑު ލިބޭގޮތަށް ނިންމާފަ، ކިހާދެރަކަމެއް އެބުނާ އިންޓަރނޭޝަނަލް ސުކޫލުން ކިޔެވި ކުއްޖަކު ހުރީކީއެއްނޫން. ދެން ހައްޕު

The name is already taken The name is available. Register?

ކައްދާނިކެ

20 June 2020

ތިފަދަގޮތަކަށް މީގެ ކުރީގައި ޝަރީއަތްތައް ކޮއްފައިވާނަމަ ހާދަ ތާކުތާކުނުޖެހޭ ބަލިކަށި ދޯދިޔާ ގޮތަކައް ޝަރީއައްތަ ހިންގާފައި އޮތީ. ގިނަފަހަރަށް މައްސަލަ ޝަރީއަތައް ހުށަހަޅާ ލޯޔަރު މީހާއަށް މައްސަލަ ސާފްނުވެ މައްސަލަ ހުށަހަޅާ އަދި ޝަރީއަތް ވަކި ހިސާބަކަށް ދިއުމުން މައްސަލަ ބަދަލުކޮށް ލިބުނު މައުލޫމާތުގެ މައްޗަށް އަލުން މައްސަލަ ހުށައަޅާ ކާމިޔާބު ލިބޭކަމުގައިވާނަމަ ތީ ކޮން ވައތަރެއްގެ ޝަރީއަތެއްތައް ހިންގަވަނީ.

The name is already taken The name is available. Register?

ރަދުން999

20 June 2020

މިފަނޑިޔާރުންތަކަށް އެނގޭނީ ސިޔާސީ މައްސަލަ ބަލަން. އާދައިގެ މައްސަލަ ބަލަން ނޭގޭނެ. ސިޔާސީ މައްސަލަތައް ފަތިފައްޗަށް ބަރިބަރިއަށް ހުކުމްތައް ކަނޑާލާނެ. އާދައިގެ މައްސަލަތަކުގައި މިމީހުން އަދި ޖެހޭނީ ކިޔަވަން ފަށަން. އެހެންވީމާ ގާނޫނުތަކުގައި މީހުންނަށް ދީފައި ހުރި އަސާސީ ހައްގުތައް މިފަނޑިޔާރުންނަށް ނޭގެނީ. މިސަރުކާރު އައިސް ސިޔާސީ ހުކުމް ކަޑާލާ ފަނޑިޔާރުންތައް ވަކިކުރާނެ ކަމަށް އުއްމީދު ކޮށްގެން މިހުރީ އަދިވެސް.

The name is already taken The name is available. Register?

ރަދުން999

20 June 2020

ދައުވާކުރުމާއި ދައުވާ ދޫކޮށްލުމަކީ އެމައްސަލައެއް ހުށަހަޅާ ފަރާތުގެ ހައްގެއް ކަމަށްވާއިރު އަދި ކޯޓުތަކުން އަދުލްއިންސާފު ގާއިމްކޮށްދެނީ ރައްޔިތުން އަތުން އުޖޫރައެއް ނަގައިގެން ކަމަށްވާތީ ހުށަހަޅާ މައްސަލަތައް ކޮންމެ އިރެއްގައިވެސް ކޮންމެ ސަބަބަކާހުރެވެސް އަނބުރާ ގެންދެވިދާނެ. އަދި އެފަދަ މައްސަލައަކީ ފަހުން ހުށަހަޅަން ބޭނުން ނަމަ ހުށަހެޅެން ޖެހޭނެ މައްސަލަ އެއްކަން ގާނޫނު އަސާސީގެ އަސާސީ ހައްގުތަކުގެ ބައިކިޔާލުމުން އެނގެއެވެ.

The name is already taken The name is available. Register?

ކަންނާޑި

19 June 2020

ސަރުޢީ މަރުހަލާގައި ކުރިޔަށްދާ މައްސަލަ އިސްލާހުކުރަން އަނބުރާގެންނަން ފުރުސަތުދެވޭ ނަމަ ދުވަހަކުވެސް މައްސަލައެއް ނުނިމޭނެ . ދައުލަތުގެ ނަމުގައި އުފުލާ ދައުވާ ކުޅޭ ކުލިވަރަކަށް ނުހެދޭނެ.

The name is already taken The name is available. Register?

ދޭހަވާ މީހާ

19 June 2020

ދައުވާގެ އަޑުއެހުންތައް ނިމުމުން ދައުވާ ނުގެންދެވޭނެ ކަމަށް، ހައިކޯޓުގެ މިހުކުމުން ދޭހަވަނީ..

The name is already taken The name is available. Register?

ތެދުމަގު

19 June 2020

މާކުރިގެ ނިންމުމެއް. އަހަރެމެންވކިޔާ އެއްޗެއް ތި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!