އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގު. އިތުރު ފަރުވާއަށް 28 މީހަކު ވަނީ ބޭރަށް ފޮނުވާފައި.-
29 ޖޫން 2020 - 22:52
ބޮޑެތި ބަލިތަކަށް ފަރުވާކުރަންޖެހޭ 28 މީހަކު މިރޭ އިންޑިއާ އަށް ފުރުވާލައިފި އެވެ.
އާސަންދަ އިން ނެރުނު ބަޔާނުގައި ބުނީ އިންޑިއާ ސަރުކާރުން ދިން ހާއްސަ ހުއްދައެއްގެ ދަށުން، ހާލުބޮޑު ބަޔަކު އިތުރު ފަރުވާ ހޯދުމަށް ފޮނުވާލާފައިވާ ކަމަށެވެ. ކުރިން ހަމަޖައްސާފައިވާ ގޮތުން 37 މީހަކު ފުރާނެ އެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ އަދަދު ވަނީ 28 އަށް މަދުވެފަ އެވެ.
އެ މީހުންނާއެކު އެހީތެރިންނާއި ދަތުރުމަތީގައި ބަލިމީހުންގެ ސިއްހީ ކަންކަން ބެލެހެއްޓުމަށް ދެ ޑޮކްޓަރުންނާއި ފަސް ނަރުހަކު ވެސް ފޮނުވާފައިވެ އެވެ.
އެންމެން ވެސް އިންޑިއާއަށް ދަނީ ވިސާ ހަމަޖައްސައި އެ ގައުމުގެ ޕަބްލިކް ހެލްތު ގައިޑްލައިނާ އެއްގޮތަށް ކޮވިޑް-19 އަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވްވުމުންނެވެ. އިންޑިއާ އިން ވެސް އެ މީހުން ކޮވިޑް-19 އަށް ޓެސްޓުކުރާނެ އެވެ. އަދި އެ ގައުމުގައި 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރުމަށް ފަހު އަނެއްކާ ވެސް ކޮވިޑް-19 އަށް ޓެސްޓުކުރާނެ އެވެ.
އާސަންދައިން ބުނި ގޮތުގައި މިރޭ ފޮނުވާލި މީހުންގެ ފަރުވާ ހަމަޖައްސާފައިވަނީ އަމްރިތާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް އެންޑް ރިސާޗު ސެންޓަރު (އެއިމްސް)ގަ އެވެ. ކަަރަންޓީނުގައި ތިބޭނީ ވެސް އެތަނުގެ އެކޮމޮޑޭޝަން ބްލޮކެއްގަ އެވެ. ކަރަންޓީނުގެ މުއްދަތުގައި ވެސް ފަރުވާ ކުރިއަށްދާނެ އެވެ.
ބަލި މީހުން ގޮވައިގެން ދާ ފްލައިޓު އަނބުރާ އަންނާނީ، ފަރުވާއަށް ގޮސް ރާއްޖެ ނާދެވި ތިބި ހަތް މީހަކު ގޮވައިގެންނެވެ.
"އާސަންދައިގެ ދަށުން އިންޑިއާ އަށް ދެ ވަނަ ފްލައިޓެއްގައި ދާން 50 އަށްވުރެ ގިނަ ބަލި މީހުން މިހާރު ވެސް ވަނީ ލިސްޓުކުރެވިފަ އެވެ. މީގެ ތެރެއިން ވެސް އެންމެ ކްރިޓިކަލް ބަލި މީހުން ފަރުވާއަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އާސަންދައިން މިހާރު ވެސް ކުރަމުންނެވެ،" އާސަންދައިގެ ބަޔާނުގައި ބުންޏެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖެ އާއި އެހެން ބައެއް ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި ވާތީ، އިތުރު ފަރުވާއަށް ބޭރަށް ދިއުމަށް ގޮންޖެހުންތައް ދިމާވި އެވެ.
ރާއްޖޭން ފަރުވާ ނުކުރެވޭ ބަލިތަކަށް ފަރުވާކުރަން އާސަންދަ އިން ފޮނުވަނީ ސްރީ ލަންކާ އާއި އިންޑިއާއަަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަޝީދު/ ހާދާލު
30 June 2020
ތެދެއްމެ އާސަންދައިން ފޮނުވާލައިފި، ނަމަވެސް 4 ވަރަކަށްމަސް ފަހުން އެތައް ބަލިމީހަކު ވަރަށް ހާލުގަ ހުރިހާ މުއަސަސާ ތަކަކަށް ސަލާންޖަހަމުން ދިއުމުންވެސް ދިނީ ބީރުކަންފަތެއް. ޚޮވިޑު ނޫން ބައްޔެއް ވާކަމަކަށް ނުވޭ.ރޭ ބޯޓައް އެރުމައް ދިޔައިރު ފެނުނީ އެކި އެކި ބޮޑެތި އޮޕަރޭޝަނަށް ފަހު އައިޖީއެމް ހޮސްޕިޓަލުން ގެނައި ނުހަނުގިނަ ބަލިމީހުން.އަޅުގަނޑު ވެސް މިކަމުގަ ކޮޅެއް ނުފެނިގެން ހޮސްޕިޓާ ގެ އެމެންނަށް އެއްޗެހިގޮވުން، އެކަމު ވަރަށް ހާއްސަ ޑޮކްޓަރަކަށް
ޝަމީމާ
30 June 2020
ވަރަށް ބުރަ މަސައްކަތުން ރާއްޖެ މި އޮތީ ބޯޑަރު ހުޅުވާލެވޭ މިންވަރަށް ކޮވިޑް ކަންތަށް ކޮންޓްރޯލު ކުރެވިފައި. ބައެއް ގައުމުތަށް އަދިވެސް ހެލިފެލިވެ ނޫޅެވިގެން އުޅެނީ.. މިކަމާ މިއަދު އަހަރުމެން އުފާކުރަން ޖެހޭ.. ޝުކުރިއްޔާ ކޮވިޑްގެ އެންމެހައި މަސައްކަތްތެރިން..
ޞަބާ
29 June 2020
އަލޭ ބާކީ ތިބި މީހުންވެސް ތިޔާ ގްރޫޕްތެރެއަށްލީނަ މަދޯ އަވަސްވީސްތާ
ފިކުރު ފަކުރަށް
29 June 2020
އިންޑިޔާގަ ކޮވިޑް ފެތުރެނިކޮށް އަނބުރާ ގެނައުން ރަނގަޅެއް ނޫން