ގާޒީ ނަޖީބު: އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައި -- ފޮޓޯ/މިހާރު
06 ޖުލައި 2020 - 12:06
ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު އިސްތިއުފާ ދެއްވައިފި އެވެ.
ގާޒީ ނަޖީބު އިއްޔެ އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނިކޮށެވެ. އެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ވެސް ކޮށްފަ އެވެ.
ޖޭއެސްސީން ކުރިން ބުނެފައިވަނީ ނަޖީބު ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމީ 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން އޭނާ މަސައްކަތް ކުރެއްވި މައްސަލައަކާއި ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގައި އެއްވެސް ތަހުގީގީ އިދާރާއަކުން ނޭދެނީސް، އުސޫލުތަކާ ޚިލާފަށް ދެ މީހަކު ހައްޔަރު ކުރުމަށް އަމުރު ނެރުނު މައްސަލައެއްގައި ކަމަށެވެ.
ނަޖީބު ވަކިކުރުމުގެ ކުރިން މިދިޔަ އޭޕްރީލް މަހު ޖޭއެސްސީން ވަނީ އޭނާ ތިން މަހަށް ސަސްޕެންޑް ވެސް ކޮށްފަ އެވެ. އޭނާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރީ 2018 ވަނަ އަހަރު އެވެ.
ނަޖީބުގެ އިތުރުން އެހެން ބައެއް ފަނޑިޔާރުން ވެސް މީގެ ކުރިން ވަނީ ވަކިކޮށްފަ އެވެ. އަދި ގިނަ އަދަދެއްގެ ފަނޑިޔާރުންގެ މައްސަލަ މިހާރު ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެޑްމުންޑޯ
06 July 2020
ތީނާ ނުހައްގުން ހޯދި ފްލެޓާއި މުދާތަށް ދައުލަތަށް ނަގަން ގޮވާލަން
ބްރޫ ބްރޫ
06 July 2020
އެވީ ވަގުތުން ހުދު ފޮތިކޮޅަކަށް. ރާއްޖޭގެ އާދަ ކާދަ. ޖަރީމާ ހިންގާފަ އިސްތިއުފާ.
ހަސަދު
06 July 2020
މިގައުމު ގައި ތެދުވެރިކަމާ އެކީ ފަޑިޔާރުކަން ކުރެވޭ ވަރުގެ މީހަކުވެސް ނެތީބާ!!. ގައުމުގައި ޅަދަރިންނަށް ދައްކާނެ ރޯލް މޮދެލުން އުފެދެން ޖެހޭ. އެހެނަސް މިހާރު މިފެންނަ ގިނަމީހުންނަކީ އަމިއްލަ އެދުމުން ފޯވެފައި ތިބި މީހުން. ފައިސާ ފޮއްޗެއް ކާލާނެ ގޮތެއް ނުފެނިފައި. ހަމަ ފެންނަ އިރަށް ޖީބަށް. ގައިމި މިހާލަތަށް ދިޔަގޮތާ މެދު ފުން ކޮށް ވިސްނާން ވެއްޖެ.