08 ޖުލައި 2020 - 14:12
ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީން 50 ޕަސެންޓް ކުޑަކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ނިންމުމަކީ ދުންފަތާ އެއްކޮޅަށް ހިންގާ ގައުމީ ޕްރޮމޯޝަނެއްގެ ގޮތުގައި ސިފަކުރައްވައި މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ސަރުކާރަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
މުޅި މަޖިލީހުގެ ކޮމިޓީން އިއްޔެ ފާސްކުރީ ހިތަދު އާއި ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަށް ގެންނަ އެއްޗެހީގެ ތެރެއިން، ދުންފަތް ވެސް ހިމެނޭ ގޮތުން ވަކި ބާވަތްތަކަކުން 50 ޕަސެންޓް ޑިއުޓީ މާފްކުރާށެވެ. އޭގެ ތެރޭގައި ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި ދުންފަތުގެ ބަދަލުގައި ބޭނުންކުރާ އީ-ސިނގިރޭޓް ފަދަ ބާވަތްތައް ހިމެނެ އެވެ.
ދެ ޕޯޓަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކުން 50 ޕަސެންޓް ޑިއުޓީ ކުޑަކުރާއިރު މި ބާވަތްތަކުން މިހާރު 200 ޕަސެންޓް ޑިއުޓީ ނަގަ އެވެ.
ކޮމިޓީގެ ނިންމުމާ މެދު ހިތްހަޖެހިވަޑައިނުގެން ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިނގިރެޓް ބުއިމާއި އިޝްތިހާރު ކުރުމާއި ފޮށީގެ ބޭރުގައި ފޮޓޯ ޖެހުން ފަދަ ކަންކަން މަނާކުރުމުން ދާ އިރު މި ސަރުކާރުން ދުންފަތުގެ ޕްރޮމޯޝަނެއް ފަށާފައިވާ ކަމަށެވެ. އެ ސަބަބު އޮޅުން ފިލުވައިދޭން ޖެހޭ ކަމަށް، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ޓެގު ކުރައްވައި، ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.
1.Cigarette buimaai ishthihaaru kurumaai,fosheege beyruga photo jehunfadha kankan manaakuramun dhuniye dhaairu R @ibusolih sarukaarun dhunfathuge gaumee promotion eh feshi sababu olhun filuvaidhevvun muhimmu
— Mohamed Saeed (@em_saeed) July 8, 2020
ސައީދު ވިދާޅުވި ގޮތުގައި ދުންފަތުގެ ޑިއުޓީން 50 ޕަސެންޓް ކަނޑާލާއިރު ދުންފަތް އެތެރެކުރާ ފަރާތްތަކުން ވެސް އެކަމާ ދެކޮޅެވެ. އާއްމު ސިއްހަތު އިތުރަށް ގޯސްވާނެ ކަމަށް ސިއްހީ މާހިރުންގެ ކަންބޮޑުވުން އެބަހުރި ކަމަށާއި މިއީ ދައުލަތަށް ވެސް ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ދުންފަތުގެ ޑިއުޓީ 50 ޕަސެންޓަށް ކަނޑާލުމުން ދައުލަތުގެ އާމްދަނީ އަށް 9-10 ބިލިއަން ރުފިޔާގެ ގެއްލުންވާނެ ކަމެއް ކަމަށެވެ.
2. Cigarette ge duty 50% kandaalaairu;
— Mohamed Saeed (@em_saeed) July 8, 2020
A. Ethere kuraa faraaiythah ves ekamaai dhekolhu
B. Dhaulathuge aamdhanee 9-10billion gellun
C. Aammu sihhathu ithurah goas vaane kamah sihhee mahirun eba buney @ameenex
ދުންފަތުގެ ޑިއުޓީ 50 ޕަސެންޓަށް ކުޑަކުރަން މަޖިލީހުގެ މުޅި ކޮމިޓީން ނިންމި އިރު މިހާރު ވެސް ސަރަހައްދީ ބަނދަރުތަކުން ބާލާ މުދަލުން ދޭ 30 ޕަސެންޓުގެ ލުއި ދުންފަތާއި އެނާޖީ ޑްރިންކްސް ފަދަ ބައެއް ބާވަތްތަކަށް ނުލިބެ އެވެ. އެގޮތަށް ހަމަޖައްސާފައި އޮންނަނީ ގާނޫނުން ރައީސަށް ލިބިދޭ އިޚްތިޔާރުގެ ދަށުންނެވެ. އެހެންކަމުން އެއީ ގާނޫނުގައި ނުހިމަނައި ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ދީފައި އޮންނަ ލުޔެކެވެ.
މިހާރު ހުށަހަޅާފައި އޮތީ 50 ޕަސެންޓް ލުއި، ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ދޭ ގޮތަށް ބަދަލުކުރާށެވެ.
ރާއްޖޭގައި ވެސް ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުގެ ނުފޫޒު ގަދައިރު، ދުންފަތުގެ ގެއްލުންތައް ހުއްޓުވަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. ސިއްހީ ދާއިރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި މަރުވާ މީހުންގެ 81 ޕަސެންޓް މީހުން މަރުވަނީ ދުންފަތުގެ ސަބަބުން ޖެހޭ އެކި ބަލިތަކުގަ އެވެ. ރާއްޖެ އަށް އަހަރަކު 462 މިލިއަން ސިނގިރޭޓް އެތެރެކުރާ އިރު އެކަމަށް 1.1 ބިލިއަން ރުފިޔާ ހޭދަކުރާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮތަރު
09 July 2020
ސިގިރޭޓްވެސް އެނާޖީ ޑުރިންކުވެސް ޑިއުޓީ ވާންޖެހޭނީ ހަމަހަމަ ކޮށްމެހިސާބަކުން ގެނަޔަސް.
އިތުރު ގޮތެއް
09 July 2020
ކިތަންމެ އަގުބޮޑު ކުރިޔަސް ސިގިރެޓް ބޯ މީހުން މަދެއް ނުވޭ. މި މީހުންނަށް ހަމަ ރަގަޅަށް މިކަން އެގޭ. އެހެންވީމަ ސިގިރެޓް އަގުބޮޑު ކުރުމަކީ ބޯ މީހުން މަދު ކުރުމުގެ ނޔަތުގަ ކުރާ ކަމެއްނޫން. ހަމަ މީހުން ފެލަން ވެގެން. ހަޒާނާ އަށް ލާރި ގިނަ ކުރަންވެގެން. ބޯމީހުން މަދުކުރަން އިޚްލާސްތެރި ކަމާއެކު ބޭނުންނަމަ، އަގުބޮޑު ކުރުމުގެ ބަދަލުގަ މިހާރު އެހެން ވިސްނުމަކަށް ދާން ވެއްޖެ. މީހުންނަށް ރަގަޅަށް ވިސްނި ގަބޫލު ކުރެވޭނެ ގޮތަށް ކެމްޕެއިންތައް ކުރަންވީ
ސްކްއީޒް
09 July 2020
ސިގިރެޓް ބޯ މީހުން ފެލަނީ.. ފެލަނީ ފެލަނީ ފެލަނީ ހަމަ
1828
11 July 2020
އަމިއްލައަށް ފެލެނީ
1828
09 July 2020
ސައީދުއަށް މިއަށްވުރެއް ވަކިން ރަނގަޅު ވާހަކައެއް ނުބުނެވޭނެ.
އައިއޭ
08 July 2020
ޕީޕީއެމް އަށް ސަޕޯޓް ކުރުން ހުއްޓާލަން ޖެހިދާނެ
ބުރަސޫރަރީތިތާވަޅުއަލިބެ
08 July 2020
ސައީދުމިކަމުގައި ދެއްކީ ހަމަރަގަޅުވާހަކައެއް. ސިނގިރޭޓު އެތެރެކުރެވޭނެ ފަސޭހަގޮތާއި ބޮޑަށް ފައިދާވާނެ ގޮތްތަކަށް ވާންކުޑަވާވަރަކަށް ސިނގިރޭޓުވިއްކުމާއި ބޭނުންކުރުން ގިނަވާނެ އަދި މިވިޔަފާރީގައި ތިބިމީހުންނަށް ފައިދާބޮޑުވާނެ.
ފޫހި
08 July 2020
މިއީ ވަރަށް ފައްކާ ގައުމެކެވެ. ޙުޅުމާލޭގައި ރާބޮއިގެން ޕާޓީ ކުރުން މަނަލެވެ. ނަމަވެސް ހުޅުމާލެ ފަޅުގައި މިނެޓަކުން ދެވޭ ހިސާބުގައި އޮންނަ ސަފާރީ ދޯނިތަކުގައި ރާބޮއި މަޖާކުރުން ހުއްދައެވެ. މާލޭ ބަނދަރަށް ސިނގިރޭޓް ބޭލުމުން 200 ޕަސެންޓް ޓެކްސް ނަގަނީ ދުންފަތުން ކެންސަރުފަދަ ބަލިތައްޖެހޭތީއެވެ. ޢެކަމަކު މެ ނޫން ބަނދަރުތަކުން އެތެރެކުރުމުން 50 ޕަސެންޓް އަގުހެޔިވުމުން ގިނައިން ސިނގިރޭޓް އެތެރެކުރިއަސް ނުރައްކާ ބޮޑުނުވަނީއެވެ. ބޯހިޔާ ވަހިކަމަށް އެއްބަޔަކަށް އުމުރުގައި ކުލިުދައްކަން ކުޑަ ފުލެޓެކެވެ. ޢަނެއްބަޔަކަށް ހިލޭ މިލިއަން ރުފިޔާގެއަގުހުރި ބިމެވެ. ކީއްކުރާނީދޯ
އަދުރޭޓިނު
08 July 2020
ސިނގިރޭޓުގެ ވިޔަފާރި ހިންގަނީ އެ މްޑީޕީގެ ބޮޑުން. ސަބަބު ވަރަށް ސާފު.
ހުސްއަނގަ
08 July 2020
ތި މާ މަޤާމުގަ ހުރިއިރު ކަންތައްކުރީވެސް އެ މީހުންގެ ނުފޫޒުގަ. ދުންފަތް ކޮންޓްރޯލް ކުރު މަށް އެ ސަރުކާރުން އެއްވެސް ކަ މެއް ނުކޮށް ހިފަހައްޓާފަ ހުރި ޤަވާޢިދުތައް ތަންފީޒު ކުރަންފެށީ މި ސަރުކާރުން. މިހާރު ހާދަ ވާހަކަ މޮޅޭ
އެއްކަލަ ސޮރު
08 July 2020
ސިގިރޭޓު އަގުބޮޑު ކުރީ ހުއްޓުވާކަށް ނޫން. އެހެންނަަމަ ލޮނު ގަ އުޅޭ މަހެއް ފެނައް ދިރުވާ ގޮތަކަށް ނޫން އަގުބޮޑު ކުރާނީ. ހަމަ ރައްޔިތުން ފެލުން ބޭނުމަކީ.