ބޮޑުފިނޮޅުގައި މިއަދު ހެނދުނު ފުލުހުން ހަރަކާތްރިވަނީ.---ފޮޓޯ: ޕޮލިސް
10 ޖުލައި 2020 - 20:10
އެތައް މަހަކު މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލައިގައި ހަމަނުޖެހުން ހިންގި ބިދޭސީން އެންމެ ފަހުން އެ ރަށަށް ދޫކޮށްލައި އެ މީހުންގެ އެމްޕްލޯޔަރު، ރިޒް ކުންފުނިން އެ ރަށުން ފައިބައިފި އެވެ. އޭގެތެރޭގައި، ވަރަށް ބަލި، ވަގުތުން ފަރުވާ ބޭނުންވާ ތިން ބިދޭސީއަކު ޑޮކްޓަރަށް ދެއްކޭނެ ގޮތެއް ނެތުމުގެ ކަންބޮޑުވުން ވަނީ އުފެދިފަ އެވެ.
ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބޮޑުފިނޮޅުގައި ތިބި 200 އެއްހާ ބިދޭސީން ވެގެން ދިވެހިންތަކެއް ރަހީނުކޮށް ފުލުހުންނާ ކުރިމަތިލުމުން، އެ ރަށުގައި ފުލުހުންނާ އެކު ރިޒް ކުންފުނީގެ އިތުރުން އެ ރަށުގެ ވެރިފަރާތް، ސީލް މޯލްޑިވްސްގެ ދިވެހިން ވެސް ތިއްބެވެ. އެކަމަކު އެ ދެ ކުންފުނީގެ ތެރެއިން ވެސް އެ ބިދޭސީންނާ ހަވާލުވާނެ ބަޔަކު މިހާރު ނެތެވެ.
"މިހާރު"އާ ވާހަކަ ދެއްކި އިތުބާރު ހިފޭ ބޭފުޅަކު މިއަދު ވިދާޅުވީ ބޮޑުފިނޮޅުގައި، ތިބި ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނީގެ ދިވެހިން ވަނީ ބިދޭސީން އެތަނަށް ދޫކޮށްލައި ރަށުން ފައިބައިފައި ކަމަށެވެ. އެތަނުގައި މިހާރު ތިބީ ފުލުހުންނާއި ސީލް މޯލްޑިވްސްގެ ބައެކެވެ.
އެ ރަށުގައި މިހާރު ތިބި 170 އެއްހާ ބިދޭސީންނަކީ ރިޒް ކުންފުނިން މުސާރަ ދޭ މީހުންނަށްވާތީ، ބޭސްފަރުވާގެ ކަންކަން ވެސް ބަލަހައްޓަން ޖެހެނީ އެއްބަސްވުމުގައިވާ ގޮތުން އެ ކުންފުނިންނެވެ. އެކަމަކު، ރިޒް ކުންފުނީގެ އަޅާލުމެއް ބިދޭސީންނަށް މިހާރު ނުލިބޭ ކަމަށް "މިހާރު"އާ ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.
"ވަރަށް ބަލި ތިން ބިދޭސީއަކު އެބަތިބި ޑޮކްޓަރަށް ނުދެއްކިފައި. އެ މީހުންގެ ފަރުވާގެ ކަންކަން ހަމަޖައްސައިދޭން ބަޔަކު އަދި ނެތް، އެ މީހުން ޑޮކްޓަރަށް ދައްކައިދޭން އެދި ރޮއެ އާދޭސްކުރަނީ،" އޭނާ ވިދާޅުވި އެވެ.
ފުލުހުން އެ ރަށުގައި ހަރަކާތްތެރިވަމުން އަންނަނީ ތަހުގީގަށެވެ. ބިދޭސީންނާ ދޭތެރޭގައި ހިއުމަން ޓްރެފިކިންގެ އަމަލުތަކެއް ހިންގައި ހައްގުތަަކެއް ގެއްލިގެން އުޅޭއިރު، މިކަމުގައި ހިއުމަން ރައިޓްސް ކޮމިޝަނުން ކުރާ މަސައްކަތެއް ސާފެއް ނޫނެވެ. އެ ކޮމިޝަނުން މި މައްސަލައިގައި މިހާތަނަށް ބަޔާނެއް ވެސް ނުނެރެ އެވެ.
ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައި ކޮމިޝަނުން ވެސް މި މައްސަލައިގައި ބިދޭސީން ހައްގުގައި އެކަށީގެންވާ މަސައްކަތް ކުރޭތޯ ވަނީ ސުވާލު އުފެދިފަ އެވެ.
ބިދޭސީންނަށް ކާބޯތަކެތި ވަނީ ފޯރުކޮށްދީފަ އެވެ.
ރިޒް ކުންފުންޏާއި ސީލް މޯލްޓިވްސްއާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން ނަމަ، މުވައްޒަފުން އިންޝުއާ ކުރުން ފަދަ ކަންކަން އޮތީ ރިޒް ކުންފުނީގެ ޒިންމާއެއްގެ ގޮތުގަ އެވެ. އެކަމަކު މުސާރަ ނުދިން މައްސަލައިގައި ވެސް ރިޒް ކުންފުންޏާއި ސީލް ކުންފުނީގެ އަރައިރުމުގައި ތުހުމަތު އަޅުވަނީ އެއް ބަޔަކު އަނެއް ބައެއްގެ ބޮލުގަ އެވެ.
ބިދޭސީން ދޫކޮށްލައި ރިޒް ކުންފުނިން ރަށުން ފޭބީ، ބިދޭސީންނާ ހަވާލުވާން ވެސް އިންކާރުކުރުމަށް ފަހު އެވެ. އެ ކުންފުނިން އެންމެ ފަހުން ބުނެފައިވާ ގޮތުގައި ބިދޭސީން ރަށުން ބޭލޭނީ އެ މީހުންނަކީ ކޮން ބައެއްކަން ކަމާބެހޭ އިދާރާތަކުން ކަށަވަރު ކޮށްދިނުމުންނެވެ.
ރިޒްގެ ވަކީލުން ބުނެފައިވާ ގޮތުގައި ބިދޭސީން އެރަށުގައި ތިބުމާއި ކެއިންބުއިމަށް މިހާރުު ވެސް ޚަރަދު ކުރަނީ އެ ކުންފުނިންނެވެ. އަދި ހަމަނުޖެހުންތަކުގައި ރިޒް ކުންފުނީގެ ވަރަށް ގިނަ ލިޔުންތައް ގެއްލިފައިވާތީ އާއި ބިދޭސީންނަކީ އެހެން ކުންފުންޏަކުން ގެނެސްފައި ތިބި ބަޔަކަށް ވާތީ އެ މައުލޫމާތުތައް ސާފުކުރަން ލޭބާ ރިލޭޝަންސް އޮތޯރިޓީގައި އެދިފައިވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ފުލުުހުންގެ ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓުން ތަހުގީގުކުރާ މި މައްސަލައިގައި ބޮޑެތި ތުހުމަތުތައް ކުރަނީ ރިޒް ކުންފުނީގެ މައްޗަށެވެ. މި ތަހުގީގަށް މެމްބަރު ރިޒާއާ ވެސް ސުވާލުކޮށްފައިވާއިރު، ފުލުހުން ބުނީ ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީ އާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ރިޒް ކުންފުންޏަށް ތުހުމަތުކުރެވޭ ކަމަށެވެ.
ރިސޯޓް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ރިޒް ކުންފުނިން ހަވާލުވުމަށް ފަހު މީހުން ޓްރެފިކް ކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސިންނަށް އޮޅުވާލައި، މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ތުހުމަތުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަކުނު
12 July 2020
ޢެންމެފަހުން ބިދޭސީ މަސައްކަތު މީހުން ސަރުކާރަށް ބޮލައް ބަލަދުއަރާ ރިޒާގެ ކުންފުންޏައް ރައްޔިތުންގެ ޓެކްސްފައިސާ އިން ބަދަލުދޭން ނުޖެހިއްޖިއްޔާ ރަގަޅު. މަޖިލިސް މެމްބަރުންނަށް ކުންފުނިހަދާ ޕްރޮޖެކްޓްތައް ލިބޭގޮތަށް މޮޅުމީހާ އަށް މޮޅުގޮތް ދެރަމީހާއަށް ދެރަގޮތް އޮންނަހާ ދުވަހަކު މިޤައުމުން ކޮރަޕްޝަން ނައްތާލެވޭނެ ގޮތެއް ނޯންނާނެ.
އަބޫ މުހަންމަދު
12 July 2020
ހިޔުމަންރައިޓްސް އިން އެމްޑީޕީގެ ޢިއްޒަތްތެރި މެންބަރެއް ޒިންމާ ވާ ގޮތަށް ރިޕޯޓެއް ނެރޭ އިރަށް ސުލޫކީ މައްސަލައެއްގައި ކޮމެޓީއަށް ހާޒިރުކޮށް އެންމެން ވަކިކުރާނެ. އެއްވެސް އެހެން މުއައްސަސާއެއް މިހާރަކު ފަންކްޝަނެއް ނުކުރާނެ. ސަރުކާރަކީ ވެސް މަޖްލިސް. ޖުޑީޝަރީއަކީ ވެސް މަޖްލިސް. އިބޫ ހުންނާނީ ދެއްކި ތަނެއްގައި ސޮއިކޮށްލާން. ލިޔެފައި ދޭ އެއްޗެއް މީޑިއާ ކުރިމަތީ ކިޔައިލުން. މި ނޫން ޒިންމާއެއް އޭނާގެ ނޯންނާނެ.
ހައްލު ގެނެވިދާނެ
11 July 2020
ރިސޯޓް ހެދުނަސް ނުހެދުނަސް ގަވާއިދުން ބޭރުން ރާއްޖޭގަ މަސައްކަތް ކުރާ އެން މެން ޑިޕޯރޓް ކުރަންޖެހޭ. މުސާރަ ނުދީ މަސައްކަތް ކުރުވާ ކުންފުނިތަކާ މެދު ހަރުކަށި ފިޔަވަޅު އަޅަންޖެހޭ. ޕްރޮޖެކްޓް އެވޯރޑް ކުރާ ކުންފުނިތަށް ޕްރޮޖެކްޓް އިންޝުއަރ ކުރުން ލާޒި މް ކުރަންޖެހޭ. ސަބް ކޮންޓްރެކްޓް ކުރެވޭ އިރު ސަބް ކޮންޓްރެކްޓަރު ވެސް ޕްރޮޖެކްޓް އިންޝުއަރ ގާނޫނަކުން ކުރަންޖެހޭ. ދިވެހިން ބިދޭސީންގެ ޕާސްޕޯރޓް އަތުލާ ނުދިނުން ގާނޫނީ ކުށަކަށް ހަދަންޖެހޭ.
ދޮން ދީނި
11 July 2020
ރިޒާއާއި ރިޒާގެ ކުންފުނި މީގެން ސަލާމަތްވަންޏާ ދެން ހިއުމަން ޓްރެފިކިންގ ގެ ވާހަކަ މިގައުމުގައި ދައްކާނެކަމެއް ނެތް. ދެން އަލްޖަޒީރާއަށް ބަޔަކު ޑޮކިއުމެންޓްރީއއެއް ދިނީމައި ހުންނާނީ ރަނގަޅަށް
ހިއު މަން ޓްރެފިކިންގ
11 July 2020
ދެން ރާއްޖެ އަށް ދި މާވާނެ އެން މެ ބޮޑު ގޮންޖެހު މަކީ، ހިއު މަން ޓްރެފިކިންގ އަ މަލުތަކުން ހެދޭ ރިސޯޓްތައް ދުނިޔޭގަ ބޯއިކޮޓް ކުރަން ފެށުން!
ހަސަނު1
11 July 2020
ރިޒާ ހައްޔަރު ކުރޭ
ވަތުބަތާނަ
11 July 2020
ތިވާހަކަ ކިޔާ މީހުންނާއި ލިޔާ މީހުން ކުއްވެރިވާނީ އެކަން ކުރީ އެ މީހުންގެ ބޮޑަކު ނޫން އެއްކަމެއްވެސް ނުވާނެ. ކިހާބޮޑު ޖަރީ މާއެއް އަނެއްކާވެސް އެ ހިންގީ.
ޢަބްދުއްރަޙީމް
12 July 2020
މި ވާހަކަ ދެން ނުލިޔާތި! ލިޔާ މީހުން ކޮށްވެރިވެދާނެ. ސަފާރީ ކޭސް މަތީން ހަނދާންކޮށްލާ! އަދި ޢަލީވަހީދުގެ ވާހަކަ ވެސް ނުލިޔާތި! ޢަލީ ވަޙީދު ހައްޔަރުކޮށް ގެ ފާސްކުރީ އިބޫއާއި އައްނީގެ ޤާނޫނާ ޚިލާފު އޯޑިއޯ ވީޑީއޯ ރެކޯޑްތަކެއް އަލީވަޙީދު އަތުގައި ހުރީމާ އެ ހެކި ނައްތާލާން. މޭޑޭގައި ގެންނާން އުލޫނު ބަޣާވާތާއި އިންޑިއާއާއެކު ވެވުނު ރާއްޖޭގެ އިސްތިޤޫލާލަށް ގެންލުންތެނިވި އެއްބަސްވުންތަކާ ބެހޭ ވާހަކަ. ފަހުން ހަގީގަތް އެނގޭނޭ އައްޔަ ބުނީ އެވާހަކަ.
އަސްތާރު
11 July 2020
ތިކަމުން އެއްވެސް ކަމެއް ނުވާނެ. ޕާޓީ މީހާއާ އެއްކޮޅަށް މިކަންވެސް ނިމޭނީ. މިއީވާ ކެރަފާ ނަސީދު ބުންޏަސް ފައްކާ ޑިމޮކްރަސީގެ ހަމައެއް
އަރުހަމް
11 July 2020
" ބިދޭސީން ރަށުން ބޭލޭނީ އެ މީހުންނަކީ ކޮން ބައެއްކަން ކަމާބެހޭ އިދާރާތަކުން ކަށަވަރު ކޮށްދިނުމުންނެވެ." ވަރަށް ސަޅި! އެމީހުންނަކީ ކޮންބަޔެއްކަން ނޭނގޭއިރު އެމީހުން ލައްވާ ގިއް ކިޔާފައި މަސައްކަތްކުރުވަން އޯކޭ! މުސާރައެއް ނުދޭ! އިންސާނީ ހައްގުން މަހުރޫމް! ބަލިވީމާ ޑޮކްޓަރަށް ވެސް ނުދެއްކޭ! ހެއްވާ ކަމެއް! ރިޒް ކުންފުނިން ޖޫރިމަނާކޮށް ވެރިން ހައްޔަރުކޮށް ވެރިންގެ މުދާ ސަރުކާރަށް ނަގައިގެން ވިޔަސް އެމުއައްޒަފުންނަށް އިންސާފު ހޯދާދީ!
ގަޓް ބްރޯ
11 July 2020
ބަންގްލަދޭޝް އެމްބެސީ އެއް ރާއްޖޭގަ ހުޅުވީ ރާއްޖޭގަ އުޅޭ ބަންގާޅީންނަށް އެހީވާކަށްނޫންތޯއްޗެ. އެމީހުންވެސް ބަލާނީ އިތުރު ބަޔަކު ރާއްޖެ އެތެރެކޮށް އިތުރު ޑޮލަރުކޮޅެއް ބަންގާޅަށް އެތެރެކުރެވޭތޯ. ދާދިފަހުން ގަތަރުންވެސް ވަނީ ބަންގާޅުގެ އެމްޕީ އަކު ހިޔުމަންޓްރެފިކިންގ ގެ މައްސަލައެއްގަ ހައްޔަރުކޮށްފަ. އެކަލޭގެ ހިންގާ ކުންފުނިން އެކަނިވެސް ގަތަރަށް 3 ލައްކައެއްހާ ބަންގާޅީން ވަގަށް އެތެރެކޮފަވާކަމަށްވޭ.