ޚަބަރު / ރައްޔިތުންގެ މަޖިލިސް

ތައުލީމުގެ ބިލަށް ދާއިރާގެ ތަޖުރިބާކާރުންގެ ގިނަ ޚިޔާލުތަކެއް

ފޯރަމްގައި އިބްރާ ވާހަކަ ދައްކަވަނީ: ތައުލީމަށް ދައުލަތުން ހޭދަކުރާ މިންވަރު އިތުރުވާން ޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ/މަޖިލިސް

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ތައުލީމުގެ ބިލަށް ޚިޔާލު ހޯދަން މަޖިލީހުން ބޭއްވި ފޯރަމްގައި އެ ދާއިރާގައި މަސައްކަތް ކުރެއްވި އަދި މިހާރުވެސް ކުރައްވާ އިސް ބައެއް ބޭފުޅުންގެ ގިނަ ޚިޔާލުތަކެއް ހުށަހަޅުއްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒް ހުށަހެޅުއްވި ތައުލީމުގެ ބިލަށް ޚިޔާލު ހޯދަން މިރޭ ބޭއްވި ފޯރަމްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުންނާއި މަޖިލީހުގެ ބައެއް މެމްބަރުންގެ އިތުރުން ތައުލީމީ ދާއިރާގައި ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ބޭފުޅުންނާއި އާންމުން ވެސް ބައިވެރިވި އެވެ.

ރައީސް އަނބިކަނބަލުން ފަޒްނާ އަހުމަދު ހުށަހެޅުއްވި ޚިޔާލަކީ އެއް ކްލާހެއްގައި ތިބޭނެ ދަރިވަރުންގެ އަދަދު ކަނޑައަޅާ ރޭޝިއޯއެއް ހެދުމެވެ. އެ ޚިޔާލަށް އެ ފޯރަމްގައި ބައިވެރިވި ގިނަ ބޭފުޅުން ތާއީދު ކުރެއްވި އެވެ.

"ކޮންމެވެސް ކަނޑައެޅޭ ރޭޝިއޯއެއް އެބަޖެހޭ އޮންނަން. ސްޓޫޑެންޓް، ޓީޗާ ރޭޝިއޯއެއް،" ކުރިން ތައުލީމީ ދާއިރާގައި މަސައްކަތް ކުރެއްވި ފަޒްނާ ވިދާޅުވި އެވެ.

މި ޚިޔާލަށް އެ ފޯރަމްގައި ބައިވެރިވެ ވަޑައިގެންނެވި ގިނަ ބޭފުޅުން ތާއީދު ކުރެއްވި އެވެ.

މަންދު ކޮލެޖްގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވީ ޓީޗަރުންގެ އިތުރުން ސްކޫލްތަކުގައި ގިނަވެގެން ކިޔެވޭނެ ދަރިވަރުން ވެސް ކަނޑައަޅަން ޖެހޭނެ ކަމަށެވެ. ސްކޫލްތަކުގައި ދަރިވަރުން މާ ބޮޑަށް އިތުރުވުމުން ވަރަށް ބޮޑެތި ގެއްލުންތައް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓީޗަރަކަށް ފަހަރު ގިނަވެގެން ކިޔަވައިދެވޭނެ އަދަދެއް އޮންނަ ފަދައިން ޕްރިންސިޕަލަކަށް ވެސް އޮންނާނެ އެންމެ ގިނަ އަދަދެއް،" އޭނާ ވިދާޅުވި އެވެ.

އިބްރާ ވިދާޅުވީ ޓީޗަރު ކަމުގެ ލައިސަންސް ދިނުމުގެ ވާހަކަ ބިލުގައި ބަޔާން ކުރާއިރު، އެކަށީގެންވާ މިންވަރަށް ޓީޗަރުން ތަމްރީން ކުރެވޭނެ ނިޒާމެއް އަންނަން ޖެހޭނެ ކަމަށެވެ. އެހެން ނޫން ނަމަ ދަރިވަރުންގެ ފެންވަރު ދަށްވާނެ ކަމަށާއި ފެންވަރު ހިފަހައްޓަން ގިިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސްގެ އަނބިކަނބަލުން ފަޒްނާ (މ) ފޯރަމްގައި ބައިވެރިވެ ވަޑަައިގަންނަވަނީ -- ފޮޓޯ/މަޖިލިސް

"ސްކޫލްތަކުން ނެރެވޭ ކުދިންގެ ފެންވަރު ދަށްވީމަ ނެރެވެނީ ދަށް ފެންވަރުގެ ޓީޗަރުން. އެހެންވީމަ ދެން އުފެދެނީ އެއަށް ވުރެ ދަށް ފެންވަރުގެ ދަރިވަރުން. ކޮންމެވެސް އެއް ހިސާބުން ހިތްވަރެއް ކޮށްލާފައި ނޫނީ ކުރިއަށް ދިއުން ނޫން ގޮތެއް ނެތް މިހާރު،" އިބްރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބަޖެޓުގެ ވަކި ޕަސެންޓެއް ތައުލީމަށް ޚަރަދު ކުރަންޖެހޭ ގޮތަށް އެ ބިލުގައި ހިމަނަން ޖެހޭނެ އެވެ. އަދި ހުރިހާ ކަމެއް ތައުލީމީ ނިޒާމާ ގުޅިފައިވާކަން ފާހަގަ ކުރައްވައި، އޭނާ ވިދާޅުވީ މިހާރު ބަޖެޓުން ތައުލީމީ ދާއިރާ ކުރިއަރުވަން ޚަރަދު ކުރަނީ ވަރަށް ކުޑަ ޕަސެންޓެއް ކަމަށާއި އެކަން ސަރުކާރުގެ ސިޔާސަތުގެ ތެރެއަށް ދޫކޮށްލުން ރަނގަޅު ނޫން ކަމަށެވެ.

"ތައުުލީމަށް އިންވެސްޓް ކުރާ 10 ރުފިޔާ އަކީ ފަހުން އަޅުގަނޑުމެންނަށް ސަލާމަތް ކުރެވޭ 1،000 ރުފިޔާ. އަޅުގަނޑު ދެކޭ ގޮތުގައި މި ބިލުގައި އޮތުން ވަރަށް މުހިންމު ދައުލަތުގެ ބަޖެޓުގެ މަދުވެގެން މިވެނި މިންވަރެއް ތައުލީމަށް ޚާއްސަ ކުރަން ޖެހޭނެއޭ. ދެން އެއީ ކެޕިޓަލް ކޮސްޓެއް ނޫން. އިމާރާތް ހަދާ ވާހަކައެއް ނޫން މި ދައްކަނީ،" އިބްރާ ވިދާޅުވި އެވެ.

މީގެ އިތުރުން ތައުލީމީ މުގައްރިރު ފުރިހަމައަށް ތަންފީޒުކުރަން ލާޒިމްކުރުމަށާއި އާންމު ތައުލީމު ގެއްލިގެންދާ ގޮތަށް ވޮކޭޝަނަލް އެޑިއުކޭޝަން ނުދިނުމަށް އިސްކަން ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ތައުލީމުގެ ތެރެއިން ކުޅިވަރުގެ އުސޫލުތަކެއް ވެސް ހިމަނަން އޭނާ ހުށަހެޅުއްވި އެވެ. އަދި ހައްދު ފަހަނައަޅައި ދިއުމާ ދެކޮޅަށް ވެސް މުގައްރަރުގެ ތެރެއިންނާއި ގާނޫނުގެ ތެރެއިން އުސޫލުތަކެއް ކަނޑައަޅަންޖެހޭ ކަމަށް ވިދާޅުވި އެވެ.

"ބޮޑަށް އިސްލާމީ އުސޫލުތަކަށް ކުދިން އުޅުމަށާއި އަގީދާ ވަރުގަދަ ކުރުމަށާއި ވާޖިިބުތައް އަދާކުރުމަށް އަމާޒުކޮށްގެން މަދަރުސީ ބައިި ގެންދަން ޖެހޭނީ،" އިބްރާ ވިދާޅުވި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ޖިންސީ ގޯނާ އާއި މަސްތުވާތަކެތީގެ ވަބާ ފަދަ މުޖްތަމައުގައި ދިމާވަމުންދާ އިޖްތިމާއީ މައްސަލަތަކަށް ހައްލު ގެންނަން އެންމެ މުހިންމު އެއް ބިލަކީ ތައުލީމުގެ ބިލް ކަމަށެވެ. އަދި މައްސަލަަތައް ދިމާވާން ފެށުމުން އެކަމަށް ހައްލެއް ހޯދަން އުޅުމުގެ ބަދަލުގައި ތައުލީމީ ނިޒާމުގެ ތެރެއިން އެފަދަ ކަންކަމަށް ހޭލުންތެރި ކުރެވެން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މައްސަލައެއް އެބަ އުޅެއެއް ނޫންތޯ އަޅުގަނޑުމެން އެޑްރެސް ކުރަންޖެހޭ. މައްސަލަ އެޑްރެސް ކުރަން އެންމެ މުހިންމު ބިލް މި ބިލަކީ،" ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ ވެސް ވިދާޅުވި ގޮތުގައި ދިވެހި ޓީޗަރުން އެކަށީގެންވާ މިންވަރަށް ނުލިބުމަކީ މިހާރު އޮތް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެ ދާއިރާ އަށް އިތުރަށް ދިވެހިން ގެނައުމަށްޓަކައި ގާނޫނުގައި މުހިންމު ކަންތައްތަކެއް ހިމަނަން އޭނާ ގޮވާލެއްވި އެވެ.

ބޮޑަށް އިސްލާމީ އުސޫލުތަކަށް ކުދިން އުޅުމަށާއި އަގީދާ ވަރުގަދަ ކުރުމަށާއި ވާޖިިބުތައް އަދާކުރުމަށް އަމާޒުކޮށްގެން މަދަރުސީ ބައިި ގެންދަން ޖެހޭނީ: އިބްރާ

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ ވިދާޅުވީ ރަނގަޅު ފެންވަރުގެ ޓީޗަރުން ސްކޫލްތަކުގައި ތިބުމަށް އެ ބިލުގެ ތެރެއިން ބާރު އެޅޭނެ ގޮތްތަކެއް ހޯދަން ޖެހޭނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ރަޝީދު ވިދާޅުވީ ތައުލީމުގެ ބިލް އޮތްގޮތުން ޓީޗަރުންނަށް އިތުރު ހައްގުތަކެއް ކަށަވަރު ކުރެވިގެންދާނެ ކަމަށާއި ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ލިބޭ ހައްގުތަކުގެ އިތުރަށް ވެސް ހައްގުތަކެއް ޓީޗަރުންނަށް އެ ބިލްގެ ދަށުން ލިބޭނެ ކަމަށެވެ. އަދި ޓީޗަރުންނަށް ލައިސަންސް ދޭން އެ ބިލުގެ ދަށުން ފެށުމުން ޓީޗަރުންގެ ފެންވަރު އިތުރުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަތީ ދަރަޖައިގެ ލައިސަންސް ހޯއްދަވާ ބޭފުޅުންނަށް އިނާޔަތް ރަނގަޅުވެގެން ދިއުމަކީ ތައުލީމީ ނިޒާމަށް ގެނެވޭނެ ހެޔޮ ބަދަލެއް."

އަބްދުﷲ ވިދާޅުވި ގޮތުގައި އެ ބިލް އޮތްގޮތުން އުމުރުން 18 އަހަރު ވަންދެން ތައުލީމީ ނިޒާމުގައި ކުދިން ގެންގުޅެންޖެހޭ ގޮތަށް އެ ބިލުގައި ހިމެނުމަކީ މުހިންމު ބޮޑު ބަދަލެކެވެ. އެ ބިލް އޮތްގޮތުން އޯ ލެވެލް ނިންމުމަށް ފަހު އޭލެވެލް އަށް ޝަރުތު ހަމަނުވާ ކުދިންނަށް ކިޔަވައިދޭނެ އެހެން ނިޒާމެއް ސަރުކާރުން ގާއިމް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ސްކޫލްގައި ކިޔަވާ ކިޔެވުމުގެ އިތުރަށް ޓިއުޝަން ދިނުން ފަދަ ކަންކަން އެ ބިލުގައި ހިމެނުމަށް އާންމުންގެ ބައެއް މީހުން ޚިޔާލު ހުށަހެޅި އެވެ. އަދި ސްކޫލަށް ނުފޮނުވާ ކުދިންގެ މައުލޫމާތު ސަރުކާރު ބެލެހެއްޓުމަށާއި ކިޔަވައިދޭ ތަންތަން ސަރުކާރުން ބަލަހައްޓާނެ ނިޒާމެއް އޮންނަން ޖެހޭ ގޮތަށް ހިމަނަން ވެސް އެ ބިލުގައި ހިމަނަން ބައެއް މީހުން ޚިޔާލު ހުށަހެޅި އެވެ.

އަބްދުﷲ ރަޝީދު ވިދާޅުވީ ސްކޫލަށް ނުފޮނުވާ ކުދިންގެ މައްސަލަތަކުގައި މިނިސްޓްރީން އަޅަންޖެހޭ ފިޔަވަޅުތައް މިހާރު ވެސް އަޅާ ކަމަށާއި ކިޔަވައިދޭ ތަންތަން މޮނީޓާ ވެސް ކުރާ ކަމަށެވެ.

ތައުލީމުގެ ބިލް މިހާރު އަންނަނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީން ދިރާސާ ކުރަމުންނެވެ. ތައުލީމުގެ ބިލުގެ އިތުރުން މަތީ ތައުލީމުގެ ބިލެއް ވެސް މަޖިލީހުގައި އެބައޮތެވެ.

38 ކޮމެންޓް, 35 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 3%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަތްދައްތަ

13 July 2020

ޒުހުރުއްކަމާލާތު ފީ އަހުކާމުލް އިބާދާތު ނުވަތަ ބޮޑުތަރުތީބާއި ތައުލީމް ދިޔާނާގެ ތިންފޮތާއި އިރުޝާދު ލަނާމާއި ދުރޫސުލްއަޚްލާގު ފޮތާއި ތަނަވަސް ހިސާބު 1 2 3 ކިޔެވި ދުވަސްވަރު ހުރިހާ ގޮތަކުން ކުދިން ރަގަޅު. މިހާރު ކަރިކީލަމެއް ހަދައި ހިންގަންފަށައި ގަތްފަހުން ކުދިންގެ އުޅުމާއި އަޚްލާގު ގޯސްވެ އިހްތިރާމާއި އަދަބާއި ސަދަބު މުޖުތަމައުން ނެތި ހިގައްޖެ. މައިންފައިން މުދައްރިސުން ދުވަސްވީމީހުން އަދި ކުޑަކުދިންނަށް ކުރާ އިހްތިރާމާެި ލޯބި ނެތިއްޖެ.

The name is already taken The name is available. Register?

Have

13 July 2020

ވިޔަފާރިތައް ބަނގުރޫޓުވާތީ ހުޅުވަން ޖެހޭނެ ކަމަށް ގަބޫލު ކުރަން. އެކަމަކު މާލޭގެ ސްކޫލްތައް ހުޅުވައިގެން މިއުޅެނީ ކޮންކަމެއް ހާސިލް ކުރަން؟ ކުދިންގެ އެޓެންޑެންސް %50 ޕަސެންޓް ވެސް ހަމަ ނުވޭ. މިހާރު މި ކިޔަވާދޭ ފިލާވަޅުތައް އަލުން ކިޔަވާނުދީ ވާނެ ގޮތެއް ނެތް. އޮންލައިންކޮށް ކިޔަވާދިނުމަށް ހުރި މައްސަލަތައް ހައްލުކޮށް، މާލޭގެ ސްކޫލަތައް ބަންދު ކުރަން ސަރުކާރަށް ގޮވާލަން

The name is already taken The name is available. Register?

ޢަންތަރީސް 66

13 July 2020

ތަޢުލީމީ ދާއިރާގެ އެންމެ ބޮޑު މައްސަލަޔަކީ ފެންވަރު ރަނގަޅު ޓީޗަރުން ނެތުން. 2010 ގެ ކުރީގައި ސަރުކާރުން ޓީޗަރުކަން ކިޔަވާ ކުދިންނަށް އެލަވަންސް ދިން އަދި އޭގެ ކުރިއަށް ބަލާލާއިރު އެންމެ ބޮޑު މުސާރަލިބޭ އެއް ކަމަކީ ޓީޗަރުކަން. އަދި ލައިސަންސެއް ދިނަސް ރަނގަޅު ޓީޗަރުން ދާއިރާއަށް ވެއްދިގެން ނޫނީ ދާއިރާ ވަރުގަދައެއް ނުކުރެވޭނެ. މިހާރުވެސް މިއުޅެނީ ރަނގަޅު ޓީޗަރަކު ނުލިބިގެން.

The name is already taken The name is available. Register?

ަައަލީ ތަކުރު

13 July 2020

"ބޮޑަށް އިސްލާމީ އުސޫލުތަކަށް ކުދިން އުޅުމަށާއި އަގީދާ ވަރުގަދަ ކުރުމަށާއި ވާޖިިބުތައް އަދާކުރުމަށް އަމާޒުކޮށްގެން މަދަރުސީ ބައިި ގެންދަން ޖެހޭނީ:" އިބްރާ ހަގީގަތުގަވެސް ވަރައް ރަގަޅުވާހަކައެއް އިބުރާ ބުނެފަ މިޔޮތީ

The name is already taken The name is available. Register?

ޒިންމާދާރު

13 July 2020

ބައެއް ވާހަކަތައް މި އާޓިކަލްގައި ނެތް. ޤުރުއާނާއި ސުންނަތުގައި ޙަރަމް ކުރައްވާފައިވާ ކަންތައްތަކެއް މަންހަޖަށް ލުމަށް ވެސް ބުނި. އެއީ ވަރަށް ނުބައޖ ވާހަކައެއް.

The name is already taken The name is available. Register?

ސަރުކާނު

13 July 2020

19ވަނަ މަޖިލިސް ވެއްޖެ މި ޤައުމަށް ކުރިމަތިވި މުސީބާތަކަށް. ޔާﷲ މި މުސީބާތުން މި ޤައުމު ސަލާމަތް ކުރައްވާދޭވެ.

The name is already taken The name is available. Register?

ހަމަވިސްނާ

13 July 2020

މައިންބަގައިންގެ ގަދަ ހިތްވަރާއެކު ދަރިންނަށް ރަނގަޅު ތައުޅިމުދީގެން ދުނީޔޭގެ ފެންވަރުގައި މަތީ ދަރަޖަ ހޯދާތީ އެކަން ހުއްޓުވާލަންވެގެން ރާވާ ކާރުވާނެއްކަމަށް ޤަބޫލު ކުރެވެއެވެ. ރާއްޖޭގެ ދަރިން ގެ ތަޢުލީމީ ރަން ޒަމާން ވެސް ތިޔަ ގެއްލުވާލަނީއެވެ. މުޅި އޮޑީގައި ހަސަނު ގެ ދެފައި އޮންނަގޮތަށް މުޅިޤައުމަށް އޭނާގެ ދެއަށްބޭނުން ނޫންކަމެއް ނުކުރެއެވެ. ރަހުމަތްތެރިކަލޭގެ ތަވީފުގައި ވާހޮތަށް މިދުވަސްވެސް ހިނގައިދާނެކަމަށް ބަލަމާ ހިނގާށެވެ.

The name is already taken The name is available. Register?

Omega 3

13 July 2020

ރަގަޅު ތަޖުރިބާކާރުންތަކެއް ތިޔަތަނުގައި ޚިޔާލުދެއްވާފައެއްނެއް. ތިޔަފަދަ ޚިޔާލްހޯދުމުގެ ބައްދަލުވުމެއް އޯގަނައިޒް ކުރައްވާއިރު ކުލައެއް ޕާޓީ އެއްނެތި ގައުމުގެ ތައުލީމީ މުއައްސަސާތަކުގާ ތިއްބެވި ޢިލްމީ ގާބިލް ބޭފުޅުން ބައިވެރިކުރައްވާނަމަ އޮއްޓަރުހުރި ވާހަކަތަކެއް ލިބިގެން ދިޔައީސް.

The name is already taken The name is available. Register?

ހޯގޮޅާ

13 July 2020

އިބްރާ ތިޕެނަލްގަ އިނީމަ މަމިހުރީ ތަލިން ކުޅުހިކިފަ

The name is already taken The name is available. Register?

ގީސް

13 July 2020

ޢަހުމަދު ޢަބުދު ﷲ މެން ތިޔަތިބީ ތައުލީމާބެހޭ ގާނޫނު ހަދަން.

The name is already taken The name is available. Register?

ކާށިދޫގޭ

13 July 2020

ޖާބެމެން ކަލަ

The name is already taken The name is available. Register?

ގޯސް

13 July 2020

އަހަރެން ވަރަށް ބިރުންހުރީ ތިޔަތާގައި ތިބި މީހުން ފެނުމުން. ތިޔަ ބިލް ނިމިގެންދާއިރު ހަރުކަށި ފިކުރޭކިޔާފަ މުޅި މުގައްރަރުން އިސްލާމްދީން ނުނަގައިފިއްޔާ ކިތަންމެހައިވެސް ރަނގަޅު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454