ޚަބަރު / ރައީސް މުހައްމަދު ނަޝީދު

ރެސިޑެންޓް ވިސާގެ މައްސަލައިގައި ނަޝީދަށް އެތައް ބައެއްގެ ފާޑުކިޔުމާއި ނުރުހުން

އެމްޑީޕީން އެންމެ ފަހުން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ނަޝީދާއި އެ ޕާޓީގެ ބައެއް އިސް ބޭފުޅުން ވޯޓަކަށް އަތް ނަންގަވައިގެން.---ފޮޓޯ: މިހާރު

ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވުމާ އެކު، ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން އެ މަނިކުފާނަށް އަމާޒު ވެއްޖެ އެވެ.

މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި ނަޝީދު އެދިވަޑައިގަތީ 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށާއި އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ރާއްޖޭގައި ކުރާ ބިދޭސީންނަށް ވެސް ރެސިޑެންޓް ވިސާ ދޭންޖެހޭ ގޮތަށް ވެސް ހަމަޖައްސައި ދިނުމަށެވެ.

އެ މަނިކުފާނު އެގޮތަށް އެ ކޮމިޓީގައި އެދިވަޑައިގަތީ، އިމިގްރޭޝަން ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ފަހު، މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމައި ދިނުމަށް އެދި ފޮނުވުމުންނެވެ. ނަޝީދު ބޭނުންފުޅުވާ ބައިތައް، އިމިގްރޭޝަންގެ ގާނޫނުގެ އިސްލާހުތަކުގެ ތެރޭގައި ހިމަނުއްވަން ވެގެން ކޮމިޓީން ފޮނުވި މައްސަލަ ވެސް އަނބުރާ ފޮނުވައިލެއްވީ އެވެ.

ނަޝީދު ބޭނުންފުޅުވާ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން، މި މައްސަލައިގައި ބުދަ ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އެމްޑީޕީގެ މެމްބަރުން ވެސް ދެކޮޅު ހެއްދެވި އެވެ. އެ މެމްބަރުންގެ ނަޒަރުގައި ރާއްޖޭގައި ގެއަކަށް ކުލި ދައްކާތާ 10 އަހަރު ވެފައިވާ ބިދޭސީއަކަށް ރެޒިޑެންޓް ވިސާ ދިނުމަކީ، މާބޮޑު ފައިދާއެއް ނެތް އަދި އެއިން ލިބިދާނެ ގެއްލުންތައް ގިނަ ކަމެކެވެ.

ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފައިގެން އުޅޭ ބިދޭސީއަކަށް ރެޒިޑެންޓް ވިސާ ދިނުމަށް ނަޝީދު ބޭނުންފުޅުވުމުން، ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު ވަނީ އެ މަނިކުފާނަށް ފާޑު ކިޔައިފަ އެވެ. "މިހާރު" ގައި ޖެހި އެ ޚަބަރަށް ގިނަ މީހުން ކުރި ކޮމެންޓުތަކުން ވެސް އެނގުނީ މި މައްސަލައިގައި ނަޝީދަށް ދެކެ ގިނަ ބަޔަކު ހިތްހަމަނުޖެހިފައި ތިބި ކަމެވެ.

ގިނަ މީހުން ދެކޭގޮތުގައި ގެއެއް ކުއްޔަށް ހިފައިގެން، އެ ގެ އަށް 10 އަހަރު ވަންދެން ކުލި ދެއްކުމުން ބިދޭސީންނަށް ރަށްވެހިކަން ދިނުމަކީ، އިގްތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވެސް ގައުމަށް ފޫނުބެއްދޭނެ ފަދަ ގެއްލުންތަކެއް ލިބިދާނެ ކަމެކެވެ.

ޓްވިޓާގައި ހިޔާލުފާޅު ކުރި މީހަކު ބުނިގޮތުގައި ރާއްޖޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑުވެ، ގެދޮރަށް ދިވެހިން ސަލާން ޖަހަޖަހައި ތިއްބައި، ބިދޭސީން ތަންތަން ކުއްޔަށް ހިފައިގެން ވިސާ ހޯދާ ނަމަ، ކުލީގެ އަގު ދާނީ ހައްތަހާ މައްޗަށެވެ.

"އެއްލައްކަ ރުފިޔާއަކީ ހައެއްކަ ހާސް ޑޮލަރު. މި ވަރު ދައްކަައިގެން ކިހިނެއް ވިސާ ދޭން ހެޔޮވާނީ. މިއީ އެހެން ގައުމުތަކުގައި ކަންކުރާ ގޮތެއް ނޫން." ނަޝީދު މި ފަދަ ކަމަކަށް އެދިވަޑައިގަތުމުގެ ހަގީގީ މަގުސަދު ސާފުވާން ޖެހޭނެ ކަމަށް ބުނެ ޓްވީޓް ކުރި މީހަކު ބުންޏެވެ.

"10 އަހަރަށް ތަނެއް ކުއްޔަށް ހިފިދާނެ 1،000 ރުފިޔާ އަށް ވެސް."

ކުރީގެ ނައިބު ރައީސް އަދި މިހާރު އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ތުހުމަތު ކުރެއްވި ގޮތުގައި މިއީ ދިވެހި ގައުމިއްޔަތު ނައްތައިލުމަށް ރާވާ ރޭވުމެކެވެ. އަދި މިއީ ގައުމުގެ ހުރިހާ ލީޑަރުން އެކުގައި ތެދުވަން ޖެހޭ ކަމެއް ކަމަށާއި މިހާ ފަސޭހައިން މިކަން ދޫކޮށްލައިފި ނަމަ، ދިވެހި ރާއްޖެ ކިޔާތަނެއް މާދަމާ ނޯންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސް ޖަމީލްގެ ޓުވީޓް

"އަބަދު ދިވެހިންނަށް ގެއްލުން ދޭން މި ރާވަނީ ކީއްވެބާ،؟" ޓްވިޓާގައި ޖަމީލް ސުވާލު ކުރެއްވި އެވެ.

މިކަމާ ގުޅޭގޮތުން "މިހާރު" ގައި ޝާއިއުކުރި ޚަބަރަށް ކޮމެންޓް ކުރި މީހަކު ބުނީ ނަޝީދު ބޭނުންފުޅުވާ ގޮތަށް ރެސިޑެންޓް ވިސާ ދޭ ނަމަ ވަރަށް ފަސޭހައިން ބޭރު މީހުންނަށް ރާއްޖޭގައި އާބާދުވެވިދާނެ ކަމަށާއި އޭރުން ދުވަސްކޮޅަކުން ދެން އެ މީހުން ޑިމާންޑު ކުރާނީ އެ މީހުންގެ ހައްގުތައް ހޯދުމަށް ކަމަށެވެ. އޭގެ ސަބަބުން ދީނީ އެއްބައިވަންތަކަން ގެއްލި އިޖުތިމާއީ ފޭރާން ވީދިދާނެ ކަމަށް އޭނާ ބުންޏެވެ.

އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ، ގައުމު ދެކެ ޒައްރެއްގެ މިންވަރަށް ވެސް ލޯބިވާ ނަމަ، މިކަމާ މެދު ވިސްނެވުމަށް އާދޭސް ކުރައްވާ ކަމަށެވެ. މި ފަދަ ގޮތަކަށް ރެޒިޑެންޓް ވިސާ ދީފި ނަމަ ގައުމަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތައް ލިބޭނެ ކަމަށާއި އެކަން ފަލަސްތީނުން މިހާރު ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މުންދު ވިދާޅުވީ، މިއީ ރައްވެހިކަން ނޫން ކަމަށާއި ރައްޔިތުކަން ހޯދުމަށް ދިން ދައުވަތެއް ކަމަށެވެ.

ނަޝީދުގެ މި ހުށަހެޅުއްވުމާ މެދު އެމްޑީޕީގެ ބައެއް އާންމު މެމްބަރުން ވެސް ތިބީ ރުޅި އައިސްފަ އެވެ.

"ނައިބުތުއްތު" ގެ ނަމުގައި ޓުވީޓު ކުރި މީހަކު ބުނީ، ނަޝީދު ބޭނުންފުޅުވާ ގޮތަށް އެކަން ކޮށްގެން ނުވާނެ ކަމަށެވެ.

ނައިބުތުއްތުގެ ޓުވީޓް

"ފަހަކަށް އައިސް މުހައްމަދު ނަޝީދު ބައިކޮޅަށް ގިނަ ގޯލް އެބަޖަހާ. ދިވެހިންގެ ވިސްނުމާއި އާދަކާދަ އަށް ނުބަލައި ބަސް ނުބުނުން އެދެން. ހިކުމަތްރެރިކަން ހުންނަން އެބަޖެހޭ،" އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި އެމްޑީޕީގެ ބައެއް އިސްބޭފުޅުން ޓެގް ކުރަމުން "ނައިބުތުއްތު" ގެ ޓުވީޓުގައި ވެ އެވެ.

ޖޭޕީގެ ނައިބު ރައީސް ސައުދުގެ ޓުވީޓް

ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަހުމަދު ސައުދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަޖިލީހުގެ މެމްބަރުންނަށް ރައްޔިތުން ވޯޓު ދިނީ، ނަޝީދު ބޭނުންފުޅުވާ އެއްޗެއް ވިދާޅުވާން، ބޭނުންފުޅުވާ ކަމެއް ކުރައްވަން ނޫން ކަމަށެވެ.

"މަދު ފައިސާކޮޅަކަށް މި ގައުމުގެ އިސްތިގުލާލު ވިއްކައެއް ނުލެވޭނެ،" ސައުދު ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާާޅުވީ، ރައްޔިތުން ހޭލަންވެއްޖެ ކަމަށާއި ދިވެހިންގެ އެންމެ އަސާސީ ހައްގުތައް ވެސް ކަށަވަރުކޮށް ނުދީ، ކުރަން އުޅެނީ ނުރައްކާތެރި ކަމެއް ކަމަށެވެ. ނައިފަރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ޝިޔާމް ތުހުމަތު ކުރައްވާ ގޮތުގައި، ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދިނުމަށް ނަޝީދު މަސައްކަތްޕުޅު ކުރައްވަނީ "އަވަށްޓެރި ގައުމެއްގެ ނުބައި ރޭވުންތެރިކަމެއްގެ" ތެރެއިންނެވެ.

މެމްބަރު ޝިޔާމްގެ ޓުވީޓް

ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދިނުމަށް ގާނޫނަށް އިސްލާހު ގެންނަން ނަޝީދު އެދިވަޑައިގަތުމާ ގުޅިގެން "މިހާރު" ގައި ޖެހި ޚަބަރަށް ކޮމެންޓު ކުރި ބައެއް މީހުން ދެކޭގޮތުގައި އެ މަނިކުފާނު ބޭނުންފުޅުވަނީ އިންޑިއާގެ ގިނަ ބަޔަކު ރާއްޖެ ގެނެސް އެ މީހުންގެ ބާރު ގަދަ ކުރުމަށެވެ.

"އެންމެ އެއްލައްކަ ރުފިޔާގެ އިންވެސްޓްމެންޓެއް ރާއްޖޭގައި ކުރުމުން އެފަދަ މީހަކަށް ރާއްޖޭގައި ނޮން ރެސިޑެންސް ވިސާ ދޭން އަދި 10 އަހަރު ދުވަހަށް މާލޭން ކޮޓަރި ގަނޑެއް ކުއްޔަށް ހިފުމުން ނޮން ރެސިޑެންސް ވިސާ ދޭން މަޖްލީހުގެ ރައީސް ސަރުކާރުން އިމިގްރޭޝަންގެ ބިލްގައި ނުހިމަނާ އިސްލާހެއް ކުއްލި އަކަށް ހިމަނާނީ މި ސަރަހައްދުގެ ގައުމުގެ ބޮޑަކު ކުރާ ފޯން ކޯލެއް ނުވަތަ ވަޓްސްއެޕް މެސެޖެއްގެ ސަބަބުންނޭ،" އިންޑިއާ އަށް ތުހުމަތުކޮށް ކުރި ކޮމެންޓެއްގައި ވެ އެވެ. ބައެއް މީހުން ބުނެފައިވާ ގޮތުގައި، ސަރުކާރުން ބޭނުން ނުވަނީސް އަދި އެމްޑީޕީގެ ތެރޭގައި ވެސް މަޝްވަރާ ކުރުމެއް ނެތި، މިފަދަ އިސްލާހެއް ގެންނަން ނަޝީދު ބޭނުންފުޅުވުމުގައި ފޮރުވިފައިވާ އެޖެންޑާއެއް އެބައޮތެވެ.

މި މައްސަލަ ދިރާސާކުރާ ކޮމިޓީން ނިންމާފައި ވަނީ ނަޝީދު ބޭނުންފުޅުވި ގޮތާ މެދު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެ ކޮމިޓީ އަށް ހާޒިރުކޮށް، އޭނާ ދެކެވައިގަންނަވާ ގޮތް ވެސް ސާފުކުރުމަށެވެ.

309 ކޮމެންޓް, 284 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 2%
icon angry icon angry 27%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީރަސީދު

03 August 2020

ހަރުދަނާ ކަމެއް ސިކުނޑީގައި ނެތީދޯ

The name is already taken The name is available. Register?

ދެއްވަދޫ

26 July 2020

މިގައުމު ސަލާމަތްކުރަން ރައްޔިތުން ނިކުތުމަށް ގޮވާލަން !

The name is already taken The name is available. Register?

ބޯގަޅި

19 July 2020

މިކަހަލަ ހުރިހާ ޚަބަރުތަކަކުން މިފެންނަނީ އެމަނިކުފާނު ވެރިކަމުން އިސްތިއުފާ ދެއްވަން މަޖްބޫރުވި ސަބަބުތައް.

The name is already taken The name is available. Register?

އެލް

19 July 2020

ދެން އަނެއްކާ މަ ފުލެޓު ކިއުގެ ފަހަތައް ދޯ ދާނީ؟ މަގޭ ކުރިއަށް އަންނާނެކަންނޭގެ ވިއްސަކަށް ހާސް މީހުން.

The name is already taken The name is available. Register?

ސަލާމސާބް

18 July 2020

މަޖުލީހުގައި ތިބި ގިނަމެންބަރުން ކުޑަލާރިކޮޅެއް ނަގައިގެން މިގައުމު ވިކާލަން އެއްވެސް ޖެހިލުމެއް ނުވާނެ..):

The name is already taken The name is available. Register?

ދޮންކެޔޮ

18 July 2020

ކުރިއަށްއޮތް 10 އަހަރު ބަލާތި... ރާއްޖޭގެ ރައްޔިތުކަންވެސް ތިއުޅޭ ބަންގާޅީންނަށްދޭނެ

The name is already taken The name is available. Register?

ޅޮސް ނަޝީދު

18 July 2020

ނަށީދަކީ ދިވެހިން ފަހުގެތާރީޚެއްގަދެކޭނެ އެންމެދޯހޮޅި ބޮޑު ވަރިހަމާގެ މީހާ އޭނައެކަނި ގައުމެއްނޫން އޭނަ ބޭނުންހާ ކަމެއް ކުރަން ދޫނުކުރެވޭނެ އޭނަގެ ވިސްނުން ހުރީ ގައުމަށް ކިތަންމެ ބޮޑު ބިކަމެތިކަމެއް ދީފަވިޔަސް އޭނަ ބޭނުންވާ މަންޒިލަކަށް ވާޞިލްވުން މިހާރު އޭނާއަކީ ރައްޔިތުންގެ ދޫދޫ މަތިން އެންމެ ބޮޑަށް ވެއްޓެމުންދާ މީހާއެވެ ހަރުދަނާކަމެއް ނެތެވެ މިކަމުގެ ނަތީޖާ ލޯކަލް ކައުންސިލް އިންތިޚާބުގައި ފެނިގެން ދާނެއެވެ ރައްޔިތުން އަތުގުޅާލާ ކަމާ ދެކޮޅަށް

The name is already taken The name is available. Register?

ދިވެއްސެއް

19 July 2020

ރ. ނަޝީދަށް ހީފުޅުކުރެވިގެން ނުވާނެ ރާއްޖެ މިއޮތިީ 2008/2010 ގެ ވިސްނުމާއި ފިކުރުގައިކަމެއް. މިއީ 2020! ލައްކަ ބަދަލު ދިވެހިންގެ ވިސްނުމާއި ވައްޓަފާޅިއަށް އައިސްސި، ރނ.ގެ އެސިފައާއި ތޮބީއަތް މިހާރުގެ ވިސްނުމާވަ ރަށް ބީރައްޓެހި. ރައްޔިތުން މެދުގައި ލިބިފައި ޤަދަރު އިސާހިތަކު ހީވަނީ ނެތެން އުޅޭހެން. ވަރަށް އެތަރި އޮސޭނެކަމަށް ބެލެވޭ!

The name is already taken The name is available. Register?

ކަޓޭ

18 July 2020

ހަގީގަތަކީ ބަޔަކު ބޭނުންވަނީ ރައީސް ނަޝީދު އާމެދު މީހުންގެހިތުގަ ނަފުރަތް އުފެއްދުން. ސަބަބަކީ ނަޝީދަށް އޮންނަ ތާއީދު ގެއްލުވާލުން. ގިނަ ކޮމެންޓްތައް ކިޔާލީމަ ވަރަށް ސާފުކޮށް އެބަ ފެނޭ "ސިޔާސީ ހަސަދަވެރިކަން"

The name is already taken The name is available. Register?

ޢައިޝަތު

19 July 2020

ޤަބޫލު ކުރިޔަސް ނުކުރިޔަސް މި ނަޝީދު އަކީ މި ހާރު ދިވެ ހިން އެންމެ ރުޅިއަންނަ މީ ހާ... ބޮޑު ފެއިލް... މިއީ ބަންގާޅީ ކުދިންގެ ހިތްތަކުގެ ރައީސް ...

The name is already taken The name is available. Register?

ކަޓޭ

18 July 2020

އެބުނާހެން، ދުނިޔޭގެ އެހެން ގައުމުތަކަށް ދަރިންނަށް ކިޔަވާދޭން ގިނަ އަހަރުތަކަކަށް ގޮސްތިބޭ ދިވެހިންނަށް އެގައުމުތަކުން ރެސިޑެންސް ވިސާ ދިނަސް، ދިވެހި ރާއްޖެ އަށް އައިސް ތަންތަން ކުއްޔަށް ހިފައިގެން 10 އަހަރުއުޅުނަސް އެ މީހުންންނަށް ރެސިޑެންސް ވިސާ ދީގެންނުވާނެ. މީނު އިންސާފަކީ.

The name is already taken The name is available. Register?

ފފފފފ

20 July 2020

ދިވެހިންނަށް ކޮންތާކުން ރެސިޑެންސް ވިސާ ދިނީ؟ އިންޑިޔާ، ސްރީލަންކާ، ޔޫކޭ، އޮސްޓްރޭލިޔާ މެލޭޝިޔާ. މިއިން ތަނެއްގެ މީހަކާ އިނދެގެން އުޅުމުން އެކަނި ލިބޭއެއްޗެއް ރެސިޓެންޓް ވިސާ އަކީ. ކޮންހާ ދޮގެއް ތިހަދަނީ. އަހަރެމެން 15 އަހަރު ލަންކާގަ އުޅުނު އިރުވެސް ރާއްޖެއަންނަންޖެހޭ ވިސާ ހައްދަން. ނޫނީ އެމްބަސީ ތްރޫވާންޖެހޭ. މިއީ އެންމެ ކައިރި ގައުމު. އަހަރެމެންގެ ދައްތަ އުޅެނީ އިންޑިޔާ މީހަކާ އިނދެގެން. 30 އަހަރުވެއްޖެ. ލިބިއޮތީ ރެސިޓެންޓް ވިސާ.

The name is already taken The name is available. Register?

59685

20 July 2020

ރެސިސޑެންޓް ވިސާއަކީ، މުއްދަތު ދިގުވުމުގެ އިތުރަށް އިތުރު ހައްޤުތައް ލިބޭ ވިސާއެއް. މިސާލަކަށް ދާދިފަހުން އޮސްޓްރޭލިޔާގެ ޓައުންއެއްގެ ކައުންސިލަށް ހޮވުނު ދިވެހި އަންހެންކުއްޖާއަކީވެސް އޮސްޓްރޭލިޔާގަ ދިރިއުޅުމުގެ ހުއްދަ އެކަނި/ނުވަތަ ރެސިޑެންސް ވިސާ ލިބިފައިވާ ކުއްޖެ.

The name is already taken The name is available. Register?

ސުނީތާ

18 July 2020

ރެސިޑެންޓް ވިސާ އަކީ ރަށްވެހިކަން ތޯ؟

The name is already taken The name is available. Register?

ކަޓޭ7

18 July 2020

އަހަންނަށް ހީވާގޮތުގަ ރެސިޑެންސް ވިސާ ދިނީމަ އެހުންނަ މުުއްދަތުގަ އިރުކޮޅުކޮޅުން ވިސާ އާކުރަން ނުޖެހޭނީ.

The name is already taken The name is available. Register?

ކޮތަރު

18 July 2020

ރަށްވެހިމަކެއްނޫން. އެއީހަމަ ވިސާއެއް. ވޯކްވިސާއެކޭ އެއެކޭ ތަފާތެއްނެތް، އެވިސާގެ މުއްދަތުދިގީ

The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
25%
ނުފެނޭ
75%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454