ޚަބަރު / މެމްބަރު ޔައުގޫބު އަބްދުﷲ (ދާންދޫ)

ދީބާޖާގެ އޮޑިޓް އަވަސް ކުރަން އެދޭނަން: ޔައުގޫބް

ދީބާޖާގެ އެއްބަސްވުމުގައި ސޮއިކުރަނީ: ދީބާޖާ އަށް ކޯޓުން ބޭރުގައި ބަދަލު ދޭން ނިންމި ނިންމުން އޮޑިޓްކޮށްދޭން މަޖިލީހުން ވަނީ އޮޑިޓް އޮފީހުގައި އެދިފައި.

19 ޖުލައި 2020 - 14:11

5 comments

ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، ދީބާޖާ އިންވެސްޓްމެންޓަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޭން މި ސަރުކާރުން ނިންމި ނިންމުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން އެދިފައިވާ އޮޑިޓް އަވަސްކޮށްދޭން އޮޑިޓަ ޖެނެރަލްގެ އޮފީހުގައި އެދިވަޑައިގަންނަވާނެ ކަމަށް ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ދީބާޖާ އަށް ފައިސާ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވީ، އެ ކުންފުންޏާ އެކު ރައީސް އޮފީހުގެ ސެޓްލްމެންޓް ކޮމިޓީން ކުރި މަޝްވަރާތަކަށް ފަހު އެ މަނިކުފާނަށް ލަފާ އެރުވުމުންނެވެ. އެކަމަކު މި ނިންމުމާ އެއްގޮތަށް، ދީބާޖާ އަށް އަދި ފައިސާ ދުލެއް ނުކުރެ އެވެ.

އެއީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް އެ މައްސަލަ ހުށަހަޅައި، މެމްބަރުން ފާޅުކުރެއްވި ކަންބޮޑުވުންތަކާ ގުޅިގެންނެވެ. ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، ދީބާޖާ އަށް ބަދަލު ދޭން ސަރުކާރުން ނިންމުމުން އެކަމުގައި އަޑި ނޭނގޭ ކަންތައްތަކެއް ހިންގާފައިވާ ކަމަށް މާލިއްޔަތު ކޮމިޓީގެ ގިނަ މެމްބަރުން އޭރު ތުހުމަތު ކުރެއްވި އެވެ.

މި ތުހުމަތުތަކާ އެކު މާލިއްޔަތު ކޮމިޓީން މައްސަލަ ބަލައި ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުން ފާސްކޮށްފައި ވަނީ ދީބާޖާ އަށް ބަދަލު ދިނުމުގެ މަސައްކަތް މަޑުޖައްސައިލުމަށް ފަހު، އެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމް މުރާޖައާ ކުރުމަށް ފޮނުވުމަށް އެޓާނީ ޖެނެރަލަށް ދެންނެވުމަށެވެ. ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް މުރާޖައާ ކުރަން ސުޕްރީމް ކޯޓަށް އޭޖީ ވަނީ ހުށަހަޅުއްވައިފަ އެވެ. އަދ މައްސަލަ ބަލައިގަތުމަށް ވެސް އެ ކޯޓުން ވަނީ ނިންމައިފަ އެވެ.

މަޖިލީހުން ދެން ނިންމީ، ދީބާޖާއާ އެކު ސަރުކާރުން ވި އެއްބަސްވުމާ ގުޅޭ ގޮތުން ހިނގާފައިވާ އެންމެހައި މުއާމަލާތްތައް ބަލައި ތަހުގީގު ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓަ ޖެނެރަލަށް ފޮނުވުމަށެވެ.

އެ އޮޑިޓާ ގުޅޭ ގޮތުން ޔައުގޫބާ "މިހާރު"ން ސުވާލު ކުރުމުން އޭނާ ވިދާޅުވީ ދީބާޖާ އަށް ބަދަލުދިނުމުގެ މުއާމަލާތްތަކާ ގުޅޭ އޮޑިޓް މަޖިލީހަށް އަދި ލިބިފައި ނުވާ ކަމަށެވެ. އަދި ރައްޔިތުންގެ މަސްލަހަތާއި ދައުލަތުގެ ފައިސާއާ ގުޅުން ހުރި މައްސަލައަކަށް ވާތީ، އެއީ އަވަހަށް ނިމެން ޖެހޭ އޮޑިޓެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

ޔައުގޫބު ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކުރިއަށް ގެންދަން އެދުނު، އެ އޮޑިޓް އަވަސްކުރަން އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތަށް ދަންނަވާނެ އެވެ.

"ދީބާޖާގެ އޮޑިޓް އަދި ނުލިބޭ، އަވަސް ކުރަން އަޅުގަނޑު އެދެނަން،" ދީބާޖާ އަށް ބަދަލު ދިނުމާ މެދު މާލިއްޔަތު ކޮމިޓީގައި އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވި އެއް މެމްބަރު، ޔައުގޫބް ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީން މައްސަލަ ބަލައި ފާހަގަ ކުރި ކަންކަމުގެ ތެރޭގައި، ދީބާޖާއާ އެކު ސަރުކާރުންވި އެއްބަސްވުމުގައިވާ ފަދައިން ދަތުރުފަތުރުގެ ހިދުމަތްތައް ދިނުމުގައި ދީބާޖާ އިން އިހުމާލުވެފައިވުން ހިމެނެ އެެވެ. އަދި ދީބާޖާ އަށް ސަރުކާރުން ހަވާލު ކުރުމަށް އެއްބަސްވެފައިވާ 46 ބިމުގެ ތެރެއިން ހަވާލުކޮށްފައިވަނީ 26 ބިން ކަމަށް ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ސަރުކާރުން ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ބާތިލްކުރި މައްސަލައިގައި ގެއްލުމުގެ ބަދަލަށް އެ ކުންފުނިން 2.4 ބިލިއަން ރުފިޔާ ހޯދަން ދައުވާ ކުރި އެވެ. ނަމަވެސް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދައްކަން ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ. އެ ހުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ.

މިއީ ދައުލަތުން ދައްކަން ޖެހޭ އަދަދެއް ނޫން ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެފައި ވެ އެވެ. އެހެންވެ، އެ ހުކުމް މުރާޖައާ ކުރުމަށް ސުޕްރީމް ކޯޓުގައި އެދިވަޑައިގަންނަވާނެ ކަމަށާއި އޭރު އެކަން މަޑުޖައްސައިލެއްވީ އެ ކޯޓުގެ ފަނޑިޔާރުންނަށް ކުރެވުނު ރިޝްވަތުގެ ތުހުމަތުތަކާ ގުޅިގެން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެކަމަކު، ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު އައި ނަމަވެސް ބަންޑާރަ ނައިބުގެ ފަރާތުން އެ މައްސަލަ އަދިވެސް އިސްތިއުނާފު ކޮށްފައި ނުވާތީ ބައެއް ފަރާތްތަކުން ވަަރަށް ބޮޑަށް ފާޑުކި އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ވެސް ހިމެނެ އެވެ.

މި މައްސަލަ އަލުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބަލައިގަތުމަށް ނިންމާފައި ވަނީ މިދިޔަ މާޗު މަހު އެވެ.

5 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 0%
icon angry icon angry 73%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙަލީފާ

19 July 2020

ދީބާޖާ އަށް، ދައުލަތުން ދައްކަން ޖެހެނީ 348 މިލިއަން ރުފިޔާ. އެކަމަކު، އެ ފައިސާ ދައްކަން ސަރުކާރުންނާއި، މަޖިލީހުން ދެކޮޅު ހަދާތަން އެބަފެނޭ. ***** ނޫމަޑި ކިޔާ ކުންފުންޏަކަށް ދައުލަތުން 900 މިލިއަން ރުފިޔާ ދައްކަން ޖެހުނޭ ކިޔާފައި، ޝަރުއީ ހުކުމެއް ނެތި ސަރުކާރުން އެ ފައިސާ ދައްކައި ޙަލާސް ކުރި އިރު، މަޖިލީހުން އެކަން ނުހުއްޓުވީ ކީއްވެ؟؟؟

The name is already taken The name is available. Register?

އަފްޣާނިސްތާނުގެހާމިދުކަރުޒާއީ

19 July 2020

މީޔައުގޫބަކީވެސް އެކިފަހަރު އެކިގޮތަށްއުޅޭ މީހެއް. އެކިމައްސަލަތަކުގެ އެކިވަރަށް ހިފަނީ.

The name is already taken The name is available. Register?

ޔައުގޫބު ބުރޯ

19 July 2020

ތިޔައުގޫބު އަތުގަ ފޮރުވާފަ އެބަހުރި ވ ފައިސާ ކޮންގޮތަކުނ ލިބުނީ. 9 މިލިއަން.

The name is already taken The name is available. Register?

ދިއްދޫމީހާ

19 July 2020

ދީބާޖާ ކޮންތާކު ކޮން މަސައްކަތެތޯ ކުރީ؟ އެގްރިމެންޓް ހެދިތާ ކިހާ ދުވަހެ ފަހުންތޯ އެގްރިމެންޓް ބާތިލް ކުރީ؟ އެއިރު ފަޅު ރައްތަ ދޫކުރީ ފެރީގެ ހިދުމަތާ ނަރުދަމާއާ ފުލެޓް އަޅާށޭ ކިޔާފަ، ދޮންބިލެހަލީމްއަ ވެސް ރިސޯރޓް ހަދަން ރަށެ ދިނީ ފެރީ ހިންގާ ގޮތަ އެކަމް ފެރީ ހިންގަން ޖެހުނީ އެމްޓީސީީން، ރިސޯރޓް ހިންގަނީ ދޮންބިލެ، ޕުރީޕެޑް ޝިއުނާ ދިން ރަށް ވީހިސާބެ ނޭގެން، މާދަން މިމީހުން ނުކުނާނީ ބަދަލް ހޯދަން، ކީރިތި ކުއްރައްވާފަ ރައީސް ބަދަލްދެއްވާ ދެން...

The name is already taken The name is available. Register?

ޙަސްން

19 July 2020

ސުޕްރީމް ކޯޓަށް ރިވިއު ކުރަންލާފަ ގާޒީންނަށް އިންޒާރެއް ދިނީ ތޯ؟ ނޫނީ މައްސަލަ ނިމޭގޮތަކުން އެބޭފުޅުން ގެ ސުލޫކީ މައްސަލަ އެއް ބަލަން އުޅެނީބާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454