ޚަބަރު / އެމްއެންޑީއެފްގެ ރެހެންދި ހެލިކޮޕްޓަރު

އިންޑިއާ އިން ގެންނަން މަސައްކަތް ކުރަނީ ކުރީގެ އެއްބަސްވުމުގައިވާ ޑޯނިއާ ބޯޓެއް: ސަރުކާރު

އިންޑިއާގެ ކޯސްޓް ގާޑުން ބޭނުން ކުރާ ޑޯނިއާ ފިކްސްޑް ވިންގް މަތިންދާބޯޓެއް: އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކުރަނީ މި ވައްތަރުގެ ބޯޓެއް ކަމަށް ކުރީގެ ސަރުކާރުން ވަނީ އިއުލާން ކޮށްފައިވޭ.--- ފޮޓޯ: އިންޑިއަން ނޭވީ

22 ޖުލައި 2020 - 22:39

75 comments

އިންޑިއާގެ އެހީތެރިކަމާ އެކު ރާއްޖެ ގެންނަން މަސައްކަތް ކުރަނީ މިލިޓަރީ އެއާކްރާފްޓެއް ނޫން ކަމަށާއި އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދެ ގައުމުން އެއްބަސްވި ޑޯނިއާ ބޯޓު ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއް ރާއްޖޭގައި ބޭއްވުމަށް ދެ ގައުމުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ދެއްކެވޭ ވާހަކަތަކާ ގުޅިގެން ސުވާލު ކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން އިބްރާހިމް ހޫދު "މިހާރު" އަށް ވިދާޅުވީ އެފަދަ އެއްބަސްވުމެއް ހަދާފައި ނެތް ކަަމަށެވެ.

"ހިއުމަނިޓޭރިއަންގެ ބޭނުމަށް، ބަލި މީހުން އުފުލުމަށް ބޭނުންކުރާ ޑޯނިއާ ބޯޓެއް ގެންނަން ކުރީގެ ސަރުކާރުގައި އޮންނާނެ އެއްބަސްވެފައި. އެ ބޯޓު ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން މި ކުރަނީ. ޔަގީނުން ވެސް މިލިޓަރީ އެއާކްރާފްޓެއް ގެނައުމުގެ އެއްބަސްވުމެއް މި ސަރުކާރުން ހަދާފައެއް ނޯންނާނެ،" ވަރަށް ޔަގީންކަމާ އެކު ހޫދު ވިދާޅުވި އެވެ.

ނަމަވެސް ޑޯނިއާ ބޯޓު ރާއްޖެ ގެންނާނެ ދުވަހެއް ދިވެހި ސަރުކާރަކުން އަދި ނުބުނެ އެވެ.

"އެ މަސައްކަތް ކުރިއަށް އެބަދޭ،" ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓީޖިސްޓް ހޫދު ވިދާޅުވި އެވެ.

ރާއްޖެ އަށް ޑޯނިއާގެ މަތިންދާބޯޓެއް އިންޑިއާ އިން ހަދިޔާކުރާކަން އިއުލާންކުރީ ޔާމީންގެ ސަރުކާރުގަ އެވެ. އޭގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ޖެނުއަރީ 2016 ގައި އިއުލާން ކުރައްވާފައި ވަނީ މީހުން އުފުލަައި ސަލާމަތް ކުރުމުގެ އިތުރަށް، ސަވަޔަލެންސްގައި ވެސް ބޭނުން ކުރެވޭ ޑޯނިއާ ފިކްސްޑް ވިންގް ބޯޓު އިންޑިއާ އިން ދޭނެ ކަމަށެވެ. އެކަން އޭނާ އިއުލާން ކުރެއްވީ އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރެއްގަ އެވެ.

އޭގެ ފަހުން މި ސަރުކާރު ވެރިކަމާ ހަވާލުވެ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ފެބްރުއަރީ 2019 ގައި އިންޑިއާ އަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ މީޑިއާ އަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ޑޯނިއާ މަތިންދާބޯޓު ގެނައުމަށްޓަކައި ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށާއި އެހެންވެ އެ ގެންނަން ވަގުތު ނަގާނެ ކަމަށެވެ. އޭގެ ތެރޭގައި ހޭންގަރު ބިނާކުރުމާއި އެއްބަސްވުންތައް މުރާޖައާ ކުރުން ފަދަ ކަންކަން ހިމެނޭ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.

"އަޅުގަނޑުމެން ވާހަކަ ދައްކައިފިން ޑޯނިއާއާ ބެހޭ ގޮތުން އެއީ އޭގެ ސަބަބުން ސާޗް އެންޑް ރެސްކިއު ދާއިރާއިން އަޅުގަނޑުމެންގެ ގާބިލުކަން އިތުރުވާނެތީ އަދި އޭގެ އިތުރުން މެޑިކަލް އިވެކުއޭޝަންތަކަށް ވެސް އެހީއަކަށް ވާނެތީ،" ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އަރިހުގައި އިންޑިއާ އަށް ކުރެއްވި ދަތުރުގައި ޝަމާލް ވިދާޅުވެފައި ވެ އެވެ.

ހޫދު މިރޭ ވެސް ވިދާޅުވީ، ކުރިއެކޭ އެއްގޮތަށް ޑޯނިއާ ބޯޓު ދުއްވަން ދިވެހި ޕައިލެޓުން ތަމްރީނު ކުރާނެ ކަމަށެވެ. ޕައިލެޓުންގެ އިތުރުން އިންޖިނިއަރުން ވެސް އިންޑިއާ އިން ތަމްރީނު ކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ ކުރިން ވެސް ދެ ގައުމުން އެއްބަސްވި ގޮތް ކަމަށް ކުރީގެ އިންޓަވިއުތަކުން އެނގެ އެވެ.

75 ކޮމެންޓް, 154 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 0%
icon angry icon angry 77%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލޮލީ ޖާ

06 September 2020

ޖަޕާން، ފިލިޕީންސް، ސައުތުކޮރެޔާ، ސައުދީއަރަބިއާ، މިގައުމުތަކުގަވެސް އެމެރިކާ ސިފައިންތިބޭ އަޅުވެތިކަމުގަ ބާ އެގައުމުތަށް އޮތީ، ދިވެހިންގެ ބޯދާޚިޔާލު ދޫކޮށް ދުނިޔޭގެ ގައުމުތައް ތަރަށްގީ ވެފަހުރުރި ގޮތުގެ ތާރީޚީ ފޮތްތައް ކިޔަންޖެހޭހެން މަށަށް ހީވަނީ ދެއުޅިއެއް ނުވާމިސިޔާސީބުރާންތިން އަމިއްލައެދުމަށް ދަށްކާ ބޯގޯސް ވާހަކަ ގަބޫލް ނުކޮށް، މިސާލަކަށް މިސަރަހަށްދުގަ އެންމެތަރަށްގީ ވެފައޮތްގައުމު ސިންގަޕޫރް އިން ދުނިޔޭގެ ކޮންމެމީހަކަށް ވެސް ގެވެސްގަނެޥޭ

The name is already taken The name is available. Register?

އިބްރާ

23 July 2020

ކުރީގެ ސަރުކާރަށްވެސް މިކަން ހުށަހެޅި. ނަމަވެސް ގަބޫލްނުކުރި، މިއީ ރާއްޖެ އަޅުވެތިކުރަން ކުރާ މަސައްކަތެއް. މިސަރުކާރުން އަބަދުވެސް ދައްކަނީ ރާއްޖޭގައި ޗައިނާއިން އަސްކަރީ ބޭހެއް ހަދާވާހަކަ. ނަމަވެސް އަސްކަރީ ބޭސްހަދަމުންދަނީ އިންޑިޔާއިން. އޮޅުވާލުމާއި މަކަރާއި ހީލަތްނޫން ދެން ކޮންކަމެއްތޯ؟

The name is already taken The name is available. Register?

ައޮހެއި

23 July 2020

ކޮބާ ގަންނަ ގަޑު އެބައެގެއެމް އަޑިންރޭވިގެން ހިންގާކަންތަ މީހޭމިމީހުންނާއި ހަވާލުކުރީ މިގޮތަވެރިކަން ކުރަންތޯ...އެހެން ސަރުކާރުތަކަ ދޭންނޭގުނީތޯ...ނުދީއޮތީ...

The name is already taken The name is available. Register?

ހަނިމާދޫ ހަސަން

23 July 2020

ބަލަގަ ރަންގަޅަށް ކިޔާބަލަ. މީ ޔާމީން ސަރުކާރުގައި މިނިސްޓަރ އާދަމް ޝަރީފް ގެ މިނިސްޓަރ ކަމުގައި ނިންމާފަ އޮތް ނިންމުމެއް. ވީމާ މި ސަރުކާރުން ކުރި ކަމެއް ނޭގުނު.

The name is already taken The name is available. Register?

ގޮތްކު

23 July 2020

އެމްޑީޕީ ވެރިކަމަށް އައުމުން އަހަރެމެންގެ ހިތުގައި އަބަދުވެސް ބިރުވެރިކަން އުފެދޭ. އެއީ އެހެން ދީންތަކަށް ފުރުޞަތު ދީފާނެތީއާއި އިންޑިޔާއަށް ރާއްޖެ ވިއްކާލާފާނެތީ. ގައުމިއްޔަތެއްނެތް ބައިގަނޑެއް އެމްޑީޕީއަކީ. އަދި އެއީ ދިވެހިންނަށް ހެޔޮއެދޭ ބައެއްނޫން. ވާ ވަޢުދާ އަބަދުވެސް ޚިލާފުވޭ.

The name is already taken The name is available. Register?

ކޮބާ

23 July 2020

ޗައިނާ އަށް ވިކުނު މީހުން ކޮބާ؟

The name is already taken The name is available. Register?

އައްޔަބޭ

23 July 2020

ޑޯނިއާ ބޯޓެއް އިންޑިޔާގެ އަޝްކަރީ އެހީތެރިކަމާއެކު އޮންނަން ޖެހޭ ސަބަބެއް ބުނެބަލަ. އެވަރުގެ ކަންފުޅެއްވެސް ދިވެހި ޤައުމުގައި ނެތީތަ؟ ބަލަ މިސަރުކާރުއައިފަހުން ހުސް މިކަހަލަ ޖޯކު

The name is already taken The name is available. Register?

ނުލަފާ ޤާއުމު

23 July 2020

އުތުރު ތިލަފަޅުގަ އިންޑިޔާ ސިފައިން ކިހާވަރަކައްތަ ތިބީ؟. ރާއްޖެއަ ދޭ ހަދިޔާއޭ ކިޔާފަ އިންޑިޔާ މުޅި ރާއްޖެއަ އަތްގަދަ ކުރަނީ. މިކަން ނުހުއްޓާފިއްޔާ ދިވެހިން ކަންމެއްކުރަންޏާ އިންޑިޔާގެ ހުއްދަ ހޯދާ ހިސާބައް ކަންތައް މިދަނީ.

The name is already taken The name is available. Register?

އަހަރުމެން

23 July 2020

ހަގީ ގަތުގަވެސް އެމްޑީޕީ ޔަކީ ރާއްޖޭގެ ހަލާކު. ދިވެހިން ހެއްދޭނީ ވަކިވަރަކަ

The name is already taken The name is available. Register?

ރާވެރިބޭ ރުކަން

23 July 2020

އިންޑިޔާ ސިފައިން ބާލާ. މީ ވަރައް ދެރަކަމެއް. އެމްޑީޕީޔައް ވޯޓް ދެވުންތީ ރައްޔިތުންނަ މާފައް އެދެން.

The name is already taken The name is available. Register?

މ‫ުޙުއްމާ

23 July 2020

ބ‫ޯޓް މިލިޓަރީ ނުކިއަސް އޭގެ ކްރޫއިންނަށް ތިބޭނީ އިންޑިއާ ސިފައިން. ދެހެލިކޮޕްޓަރ ވެސް ކިޔަނީ އެމް.އެން.ޑީ.އެފް. އެއްޗެކޯ އެކަމަކު އޭގެ ކްރޫއަށް ބޭނުންވާވަރަށްވުރެ އިތުރަށްވެސް ތިބެނީ އިންޑިއާ ސިފައިން. ޔާމީނު ސަރުކާރުގަ ވިސާހަމަވީމަ އިތުރުކޮށް ނުދީ ފޮނުވާލަން އުޅުނީމަވެސް އެމީހުން ނުދިޔަ. ގަމުގަ އޮތް ހެލިކޮޕްޓަރ ކައްދޫއަށް ގެންދާށޭ ބުނީމަ ވެސް އެމީހުން ނުގެންދިޔަ. ޑިފެންސް ޗީފް ބުނިގޮތަށް މިއީ މިހާރު ޤައުމުތަށް ހިފާގޮތް. އަހަރެމެން ހަމަ ހެވިފަ އަތްޖަހަން ތިބެންވީތަ?

The name is already taken The name is available. Register?

ސަލާޙް

23 July 2020

ހެލިކެޕްޓަރ ގެނައި އިރުވެސް ބުނީ ތިހެން. އެކަމަކު މިއަދާއި ހަމަޔަށް ވެސް އެ ދުއްވަންތިބީ އަދި ފަޅުވެރިންނަށް ތިބީވެސް އިންޑިޔާގެ މިލިޓަރީ މީހުން، އެމީހުން ގަމުގަ އުޅެނީ ދިވެހި ގާނޫނުންވެސް ބޭރުގަ، އިމިގްރޭޝަނަކާ އެމީހުންނަކާ ވާކަމެއް ނެތް. އިންޑިޔާއިން ދަނީ މިގައުމުގައި ދާއިމީ މިލިޓަރީ ބޭސް އެއް ގާއިމުކުރުމުގެ މަސައްކަތް ފަރުވާތެރިކަމާއިއެކު ކުރަމުން. ދިރި ތިބި ބަޔަކަށް މަންޒަރުސާފުވެ ފެންނާނެ. އެ އަޅުވެތިކަން ދެކެން ހުންނާކަށް މި ހިތެއްނޭ ދޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454