ރޭގެ މުޒާހަރާގައި މީހުުން ދުރަށް ޖައްސަން ފުލުހުން ހަރަކާތްތެރިވަނީ: ހާލަތާ ނުބައްދަލު ބާރު ފުލުހުން ބޭނުންކުރި ކަމަށް އިދިކޮޅު ކޯލިޝަނުން ބުނޭ -- ފޮޓޯ/މިހާރު
29 ޖުލައި 2020 - 11:04
އިދިކޮޅު ކޯލިޝަނުން ރޭ މާލޭގައި ބޭއްވި މުޒާހަރާ ރޫޅާލަން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ފުލުހުން ކުރި ކަމަށް ބުނެ އެ ކޯލިޝަނުން އެކަން ކުށްވެރިކޮށްފި އެވެ.
ސަރުކާރުގެ އިސްވެރިންގެ އިސްތިއުފާ އަށާއި ޝަރުއީ ދާއިރާ މިނިވަންކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލަން ގޮވާލައި އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން މިހާރު ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭގެ މުޒާހަރާ ވެސް ހޫނުވެ، ދެ މީހަކު ހައްޔަރުކުރި އެވެ. އަދި ބައެއް ސަރަހައްދުތަކުން ފުލުހުން ޕެޕާ ސްޕްރޭ ވެސް ބޭނުންކުރި އެވެ.
އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައިވަނީ ގާނޫނުއަސާސީން ދީފައިވާ އެއްވެ އުޅުމުގެ ހަައްގުގެ ބޭނުން ކުރަމުން ދަނިކޮށް އެއްވެސް އިންޒާރެއް ދިނުމެއް ނެތި ހާލަތާ ނުބައްދަލު ބާރު ފުލުހުން ބޭނުންކޮށް، ޕެޕާ ސްޕްރޭ ޖަހައި ދެ މީހަކު ހައްޔަރުުކުރި ކަމަށެވެ. އެހެންވެ، އެކަން ހަރުުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އަދި ހައްޔަރުކުރި މީހުން ވަގުތުން ދޫކޮށްލަން ގޮވާލާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން މުޒާހަރާގެ ބައިވެރިން ދުރަށް ޖެއްސުމުގެ ތެރޭގައި ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މުހައްމަދު ސައީދާއި އިތުރު ބަޔަކަށް ވެސް އަނިޔާވި ކަމަށާއި އެހެންވެ، އެއްވެ އުޅުމުގެ ހައްގަށް ހުރަސް ނާޅަން ގޮވާލާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ހާލަތާ ނުބައްދަލު ބާރު ފުލުހުން ބޭނުންކުރި ކަމަށް އިދިކޮޅު ކޯލިޝަނުން ބުނާއިރު، ރޭގެ މުޒާހަރާގައި ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖެހި މައްސަލައެއް ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. އެކަމަކު އެ ކޯލިޝަނުން ބުނެފައިވަނީ ފުލުހުންނާއި ސިފައިންނާ ދެކޮޅަށް ނިކުތުމަކީ އެ ކޯލިޝަނުން ދުވަހަކު ވެސް ކުރާނެ ކަމެއް ނޫން ކަމަށެވެ.
އިދިކޮޅުގެ މުޒާހަރާ ރޭ ވެސް މަޖީދީ މަގުން ފެށީ، ކޮވިޑްގެ މި ހާލަތާ ގުޅިގެން އެއްވުންތައް ނުބާއްވަން އަންގާފައި ވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުރިޔާ
29 July 2020
ރައްޔިތުންގެ ފައިސާގައި ޖެހިފައިވާކަމަށް އަމިއްލަ އިއުތިރާފުން އެގެން އޮތް މީހަކު ދޫކޮށްލަން ގޮވީމާ ދެން ވައްކަންކޮށްގެން ޖަލުގައި ތިބި އެންމީހުން ނަށް ވާނީ ކިހިނެއް ވައްކަންކުރީމާ އަދަބުދޭންޖެހޭނެ އައީ ޔާމީނުވިއަސް އަދި އެހެންމީހަކުވިޔަސް އެކަށް ދީފަ އަނެކާއަށް ނުދިނުމަކީ އިންސާފެއްނޫން ގަބޫލް ކުރަންވެއްޖެ
ރާއްޖެތެރޭމީހާ
29 July 2020
ގައުމަށް ހެޔޮއެދިގެންް އުޅޭބައެއްތަ މިގައުމު މިދަނީ ކޮވިޑް ތެރެއަށް ގެބެމުން މީ މިގައުމު ދެކެ ލޯބިވާބައެއްނޫން ވަކި މީހަކު ސަލާމަތް ކުރެވޭތޯ އުޅޭ ގޮތެއް
އަކީނޯ
29 July 2020
މުޒާ ހަރާއަކީ ވެސް ހާލަތާ ނުބައްދަލު އަމަލެއް. އެހެންވީމާ ފުލުން ބޭނުންކުރި ބާރު ޓެލީވޭ.
އާފާގް
29 July 2020
ފުލުހުން ކަލޭމެން ހުއްޓުވަން މާބޮޑުކަމެއް އަސްލުނުވެސްކުރޭ އަމިއްލަ އަމިއްލައަށް ވިއްސިވިހާލިވެގެން ނިމުނީ ވަގަށްނެގި ފައިސާ ހުސްވީތަ؟
ޙިނި
29 July 2020
ގޭގަ ތިބިނަމަ ތިހެނެއްނުވީ
ޝޮކްތެރަޕީ
29 July 2020
ފޭލްވަމުންދާ ސަރުކާރަކުން އަމްލުކުރާނީ މިފަދައިން.
އަދޫ
29 July 2020
މާޒީ ހަނދާންކުރާތި ފިކުރު ހުސްވެފާވަމޭ.
ޑރފަލަޑޭ
29 July 2020
ހަމަ ހަބޭސް. ކޮންހާލަތާ ބައްދަލެއް ނުބައްދަލެއް ކިޔާކަތްތަ؟ ގޭގަ ތިބިނަމަ ނުވާނެދޯ އެހެނެއް
ޢަބްދުއް ސަމަދް
29 July 2020
ފުރަތަމަ މުޒާހަރާ ކުރުންވެސް ހާލަތާ ނުބައްދަލު ކަމެއްގެ ގޮތުގައި މިދުވަސްކޮޅު ސިފަވަނީ... އަދި ކޮބާ؟ ޒިންމާދާރުކަންވެސް އެހާ ކުޑަ ޤައުމީ ރޫޙުން އެއްކިބާ ޢަމަލެއް މިހާލަތުގައި މުޒާހަރާ ކުރުމަކީ
އަހުމަދުބޭ
29 July 2020
މިދުަވަސް ވަރު މިކުރެވޭ މުޒާހަރާ ހުއްޓުވަން އެބަޖެހޭ އަދި ފުރުސަތުވެސް ދެވިގެން ނުވާނެ، ނުކުންނަ މީހުންނަށް ހަރުކަށި އަދަބު ދެވެންއެބަޖެހޭ، އެއީ މީކީ ވަކި ޕާޓީއެއްގެ ކަމެއްނޫން، މިއީ ދިވެހި ރައްޔިތުންގެ ސަލާމަތާ ރައްކަލަކަށް ކުރަންޖެހޭ ކަމެއް