ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން މިއަދު ބައެއް ޑޮކްޓަރުންނާ ބައްދަލުކުރައްވަނީ
08 އޯގަސްޓް 2020 - 16:05
މި ސަރުކާރު އައި ފަހުން ސިއްހީ ނިޒާމުގެ ފެންވަރު ދުވަހެއް ދުވަހަކަށް ދަށްވަމުން ދާކަމުގެ ޝަކުވާ، ޑޮކްޓަރުންގެ ބަޔަކު ވެސް ހިމެނޭ ގޮތަށް، ފަސް ބޭފުޅަކު އެކުވެގެން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީ އަށް މިއަދު ހުށައަޅުއްވައިފި އެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން ޑރ. އިސްހާގް ޝަފީގް ވިދާޅުވީ، ރާއްޖޭގެ ސިއްހީ ދާއިރާގައި ކަންބޮޑުވާން ޖެހޭ ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށެވެ. މި ސަރުކާރުން އެ މައްސަލަތައް ހައްލުކޮށް ސިއްހީ ނިޒާމު ހަރުދަނާ ކުރާނެ ކަމުގެ އުއްމީދު ކުރިން އޮތް ނަމަވެސް، ދުވަހެއް ދުވަހަކަށް ހާލަތު ދަށަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބައެއް މައްސަލަތަކުގެ ތަފްސީލްތައް ހިއްސާކުރައްވަމުން، ކުރީގެ ހެލްތު ވޯކަރެއް ކަމަށް ވާ އަދި ސިއްހީ ދާއިރާގައި ދިގު މުއްދަތެއްގައި މަސައްކަތްކުރެއްވި ހަފީޒާ އަލީ ވިދާޅުވީ ހެލްތު މިނިސްޓްރީގައި އިސްކޮށް ހަރަކާތްތެރިވާން ޖެހޭ ގިނަ މަގާމުތަކެއް އަދިވެސް ހުރީ ހުހަށް ކަމަށެވެ.
ހެލްތު މިނިސްޓްރިގެ ކުރީގެ ޕާމަނަންޓް ސެކްޓަރީ ހަދީޖާ އަބްދުއްސަމަދު ވިދާޅުވި ގޮތުގައި ސިއްހީ ދާއިރާއަކީ ވަރަށް ޓެކްނިކަލް ދާއިރާއެއް ނަމަވެސް މިހާރު އެ ދާއިރާގެ މައި ހިންގުންތަކުގައި ވަރަށް ބޮޑެތި އުނި ކަންކަން އެބަ ހުއްޓެވެ.
އޭނާ ވިދާޅުވީ ޓެކްނިކަލް މުހިންމު މަގާމުތަކެއް ހުސްކޮށް ހުރުމާއި، ޕްލޭންތަކެއް ހަދާފައި އެއަށް އަމަލު ނުކުުމަކީ ވެސް ބޮޑެތި މައްސަލަތަކެއް ކަމަށެވެ.
"ޓެކްނިކަލް ޑިސިޝަން މޭކިންގައި އެއްވެސް ކަހަލަ ޓްރާންސްޕޭރެންސީއެއް ނުފެނޭ. ވަރަށް ސިންގަލް ޑިސިޝަން މޭކިންއެއް ކަހަލަ ގޮތަކަށް ދަނީ،" މި އަހަރުގެ ފެބްރުއަރީ މަހު މަގާމުން ވަކިކުރި ހަދީޖާ ވިދާޅުވި އެވެ.
"ސަރުކާރުގެ ފަސް އަހަރުގެ ޕްލޭނެއް އެބަ އޮތް. އެކަމަކު އަޅުގަނޑަކަށް ނުފެނޭ ވަރަށް ސްޓްރޯންގް ލީޑާޝިޕަކާ ނުލާ ކުރިއަށް އޮތް ތިން އަހަރު ކިހިނެއް ކަމެއް މި ގެންދާނީ."
އޭނާ ވިދާޅުވި ގޮތުގައި ކުރިން ވެސް ހެލްތުގެ ދާއިރާގައި ހުރި ގިނަ ބޮޑެތި މައްސަލަތައް މިދިއަ ދޮޅު އަހަރު ތެރޭގައި ވަނީ އޭރަށް ވުރެ ވެސް ބޮޑުވެފަ އެވެ.
ޑިރެކްޓަރު ޖެނެރަލް ފުޑް އެންޑް ޑްރަގްސް އޮތޯރިޓީ
ޑިރެކްޓަރު ޖެނެރަލް އޮފް ނެޝެނަލް ބްލަޑް ސާވިސަސް
ހިމަޓޮލިޖިސްޓް (ލޭ އެޅުމާ ތެލެސީމިއާގެ ކަންކަން ބަލަހައްޓަން)
ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސް
ހަފީޒާ ވިދާޅުވީ މީގެ ތެރެއިން ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސްގެ މަގާމަކީ ގާނޫނު ލާޒިމްކުރާ މަގާމެއް ކަމަށެވެ. އެއީ ސިވިލް ސާވިސްގެ މަގާމެއް ނޫން ނަމަވެސް މިއަދާ ހަމައަށް ވެސް އެ މަގާމަށް މީހަކު އައްޔަންކޮށްފައި ނުވާ ކަމަަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއީ ރާއްޖޭގެ ސިއްހީ ނިޒާމުގެ ހުރިހާ ކަމެއްގެ ކޮލިޓީ ޔަގީންކުރާ މީހާ އަށް ވުމުން އެއީ މިނިވަން މަގާމެއްގެ ގޮތުގައި އޮންނަނީ އެހެންވެ އެވެ. ނަމަވެސް އެއީ ވެސް ސިވިލް ސާވިސްގެ މަގާމަކަށް ހަދައި އިއުލާންކޮށްފައިވާ ކަމަށާއި އެގޮތަށް އެ މަގާމުގައި ހުންނަ މީހަކަށް މިނިވަންކަމާ އެކު ޒިންމާ އަދާނުކުރެވޭނެ ކަމަށް ހަފީޒާ ވިދާޅުވި އެވެ.
މީގެ ތެރެއިން ބައެއް މަގާމުތަކަށް މީހަކު އައްޔަން ނުކުރިއަސް ޒިންމާތައް އެހެން މީހުންނާ ހަވާލުކޮށްގެން ކުރިން ކުރިއަށް ގެންގޮސްފައި ވިޔަސް، ހަފީޒާ ވިދާޅުވި ގޮތުގައި، މި ސަރުކާރުން އެގޮތަށް ވެސް އެކަމެއް ނުކުރެ އެވެ.
ހަފީޒާ ވިދާޅުވީ ސިއްހީ ދާއިރާގެ ކޮންމެ ކަމެއް ވެސް ކުރިއަށް ގެންދަނީ ވަކި އުސޫލަކާއި ގައިޑްލައިނެއް ހަދައިގެން ކަމަށް ވިޔަސް އެ އުސޫލުތަކާ އެއްގޮތަށް މިހާރު އަމަލުނުކުރާ ކަމަށެވެ.
"ޕޮލިސީތަކެއް ހުރޭ. އެކަމަކު މިހާރު އެ ވީ ތަނެއް އެނގޭ މީހަކު ހުރިހެނެއް ހިއެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
"ތަކެތި ހޯދުމުގެ ޓްރާސްޕޭރެންސީ ވެސް ނެތް. އަޅުގަނޑު އެއްޗެއް ބޭނުންވީމަ ކޮންމެވެސް ރައްޓެއްސެއް، ގާތް މީހަކަށް ގުޅައިގެން ހޯދަންވީ. ޓެންޑާ ކުރުމެއް، އިއުލާންކުރުމެއް މިކަހަލަ އެއްވެސް ކަމެއް ނޯވޭ."
ފަސް ބޭފުޅުންގެ ޓީމު އިޖުތިމާއީ ކޮމިޓީއަށް ހާޒިރުވުމުގެ ކުރިން، މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވެސް ބައްދަލުކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
10 August 2020
ފެކްޓް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އަށް ވުރެ ގްރީވެންސް ކަމަށް ފެންނަނީ...
ސިކުނޑި
09 August 2020
ޝަރުޢީ ދާއިރާ އާއި މިނިވަން މުއައްސަސާތަކާއި ހޮސްޕިޓަލްތަކާއި ސިފައިންނާއި ފުލުހުން އަދި ސްކޫލްތަކުގެ އިސްކޮށް މަސައްކަތްކުރާ އެންމެން 5އަހަރުން ބަދަލުވާހާ ދުވަކު މިގައުމު ރަންގަޅެއް ނުވާނެ! ރައްޔިތުންތިބޭ އަތްޖަހަން!!
fareedha
09 August 2020
ތިޔަ ކޮމިޓީއަށް ވަޑައިގެންނެވި ބޭފުޅުންގެ ފަތިފުން ނިކަންބަލަވާލެއްވުން ރަގަޅުވާނެ. މި ލައްކަވާހަކަ...
ޢަލީބެ
09 August 2020
ކޮނުނުވަރަކަށް ފަސްގިނަވާނެޔޭބުނާ ފަދައިން މީސްމީހުން ކޮމެޓީތަކަށް ގެންގޮސް ސުވާލުތައް ކުރިވަރަކަށް ސަރުކާރު ފެއިލްވެފައިވާ މިންވަރު ސާބިތުވަމުންދާނެ.
ބަރުދަމާނީ
09 August 2020
ވެރިކަމުގެ ތެރެއަށް އަތް ބާނައިގެން ވެރިކަމުގެ ނިޒާމުގެ ތެރޭގައި ހަމަޖައްސަންޖެހޭ ކަންކަމުގެތެރެއަށް ވަދެގެން ގާނޫނުއަސާސީން ހަވާލުކޮށްފައިވާ ނުވާ ކަންކަމަށް އަތްބޭނުމަކީ މަޖިލީހުން ހިންގާ ޣައިރު ޒިންމާދާރު އަމަލެއް. ސަރުކާރުގެ ކަންކަމާބެހޭގޮތުން މައުލޫމާތު ހޯދަންވީ ގޮތާއި ވަޒީރުންނާ ސުވާލުކުރެވޭނެ ގޮތް އޮތްވައި ރަށުތެރެއިން މީހުން ހޯދައިގެން މިހެން އެއްކުރާ މައުލޫމާތު ޞައްޙައެއް ނުވާނެ.
ޢާދަމް މަނިކު މުފީދު
09 August 2020
މިކަމުގެ ފަހަތުގައި އަ ލްހާނު. ބޭނުމަކީ ޅިޔަނަށް މިނިސްޓަރކަން ހޯދަދިނުން
ބަޑިބުރާސް
08 August 2020
މުޅި އޮޑީގައި ނަޝީދުގެ ދެފައި. މިއީ ކިހިނެއް ވެގެން އުޅޭ މީހެއްތަ އަޅެ ފަހެ؟ ނިކަން މައިތިރިވެގެން ހުރެބަލަ މި ގައުމުގެ ރައްޔިތުން ހޮވާފައި ހުރި ރައީސަށް ވެރިކަން ކުރުމުގެ ފުރުސަތެއް ދީގެން
Ahmed Hilmy
08 August 2020
މި ޤައުމުގެ ޕަބްލިކްހެލްތް ނިޒާމް ހަލާކުވެ ހިގައްޖެ މިނިޒާމް ހަލާކުކޮށްލީ ރައީސްނަޝީދު އޭނާގެ ވެރިކަމުގައި އޭގެފަހުން ޞިއްޙީނިޒާމް ސިޔާސީވެ މިދަނީ ދުވަހަކަށްވުރެ ދުވަހަކު ގޯސްވެ ހަލާކުވަމުން.
ތަކޫވައް
08 August 2020
މާލޭގަ ތިބި މީހުން އެމަިހުންގެ އަމިއްލަ ރަށަށް އަމިއްލަ ވަޒަނަށް ދިޔުމަށް ދަތިކޮށް އިޅޫ އަޅާފަ މާލޭގަ ތިބެން މަޖުބޫރުކުރާ ކުރުމަކީ ވަލައިގަންނަ ކަމެއް ނޫން މިކަމަކީ ސަރުކާރުން ސީރިޔަސް ކަމާއި އެކު ކަންހިންގަމުން ދާގޮތަްބަލާ ރައްޔިތުންނަށް ދަތި ފިލުވައިދިނުމަށް ޚާއްޞަ ޓީމެއް އަދި މިކަމަށް ވަކި މަރުކަޒެއް ހަދައިގެންވެސް މި އުނދަގޫ ގޮތްތައް ރައްޔިތުންގެ މައްޗަށް ނުހިންގާ ދަތި ފިލުވައިދީ ފަސޭހަ ކޮށްދޭން ޖެހޭކަމެއް އޮފީހެއްހަދައިގެން ދަތިކުރުމެއްނޫން
މުދައްރިސް.
08 August 2020
ކުރީގައިވެސް ޒަރޫރީ ބޭނުމެއްގައި ނޫނީ ނުދާށޭ ބުނެ ލުއިތަކެއް ދިނީމާ ބުނި ގޮތަކަށް ނަހަދާ ޗުއްޓީ ހަދަން އީދު ޗުއްޓީއަށް ދިޔައިމަ މިހާރުވެސް ބަލި ފެތެރިއްޖެ 12 ރަށަކަށް. އެހެންވީމަ ނަޝީދު ބުންޏަކަށް ދެން ބަލަން ނުތިބެވޭނެ މުޅި ރާއްޖެއަށް ބަލި ފެތުރުންދެން.
އިއްޒަތު
08 August 2020
މިއުޅެނީ ތަންތަން މެނޭޖްކުރަން ނޭގޭ މީހުންނާއި ޞިއްޙީދާއިރާހިންގަން ޙަވާލުކޮށްގެން. ސްކޫލްތަކަށްވެސް ސިޔާސީ ވެރިޔަކު ޢައްޔަންކުރަން ސަރުކާރަށްގޮވާލަން.
ވާނުވާ ޕާޓީ
08 August 2020
ބައްލަވާ، ތިބޭފުޅާވެސް މަޖިލީހުގެ ރޯނު އެދުރުންނެކޭ އެއްގޮތް ދެއްތޯ. ކޮން ގައުމެއްގެ ކެބިނެޓްގައިތޯ ހުސް ޓެކްނިކަލް މީހުންތިބީ؟ ތިޔަ ގަދަކޮށްގެން އުޅޭ އިނގިރޭސިވިލާތުގެ ހެލްތު މިނިސްޓަރަކަށްވެސް އަދި މިހާ ތަނަށް ނާދޭ ޕޮލިޓިކްސް، ހިސްޓްރީ، އިކޮނޮމިކްސް ކިޔަވާފައި ތިބި ބޭފުޅުން ނޫން ބައެއް. ރާއްޖޭގައިވެސް ގެނެވިއްޖެ ޓެކްނިކަލް މީހުން އެ މަގާމަށް. ވީ ކަމެއް ނެތް. ނަޝީދު ދައުރުގައި ގެނައި ޑރ.ޖަމީލާ މުޅި ޕަބްލިކް ހެލްތު ނިޒާމު ފުނޑާލީ.