ޗައިނާއިން ރާއްޖެއަށް ގެނެސްފައިވާ އެހީގެ ތަކެތި ބަހައްޓާފައިވާ ކޮންޓެއިނަރުތަކެއް -- ފޮޓޯ: ޗައިނާ ސަފީރުގެ ޓްވިޓާ
10 އޯގަސްޓް 2020 - 16:40
ފަސް ރަށަކަށް ބޯފެން ދިނުމަށް ފެން ޕްލާންޓުތަކެއް ބަހައްޓަން ޗައިނާގެ ސަރުކާރުން މިއަދު އެހީދީފި އެވެ.
ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖަންގް ލޮޖޮން ވިދާޅުވީ ހއ. ކެލާ އާއި ރ. އަލިފުއްޓާއި ޅ. އޮޅުވެލިފުއްޓާއި ކ. ކާށިދު އަދި ގއ. ދާންދޫގައި ޑީސަލިނޭޝަން ޕްލާންޓުތަކެއް ބަހައްޓަން 11.8 މިލިއަން ޑޮލަރު (181،729،000 ރުފިޔާ) ގެ އެހީއެއް ދީފައިވާ ކަމަށެވެ. މި އެހީ ހަވާލުކުރީ ނެޝަނަލް ޕްލޭނިން މިނިސްޓްރީއާ އެވެ.
Pleased to sign an agreement to implement China-aid project (11.8million USD) of micro-grid seawater desalination in five islands in Maldives, including K.Kaashidhoo, Lh.Olhuvelifushi, Ha.Kelaa,
— Amb. Zhang Lizhong (@AmbassadorZhang) August 10, 2020
R.Alifushi, Ga.Dhaandhoo.
looking forward to more co-op on livelihood projects. pic.twitter.com/lgrc3aJDGO
ޗައިނާ ސަފީރު ޖަންގް ލޮޖޮން މިއަދު ކުރެއްވި ޓްވީޓެއް
އެ ފަސް ރަށުގައި ބަހައްޓަން ކަނޑައަޅާފައި ވަނީ މައިކްރޯ ގްރިޑް ޑީސަލިނޭޝަން ޕްލާންޓުތަކެއް ކަަމަށް ޖަންގް ވިދާޅުވި އެވެ.
"ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުންނަށް ފައިދާ ވާނެ މިފަދަ މަޝްރޫއުތައް ގުޅިގެން ކުރިއަށް ގެންދާނަން،" ޓްވިޓާ މެދުވެރިކޮށް ޗައިނާ ސަފީރު ވިދާޅުވި އެވެ.
އެކި ކަންކަމުގައި ޗައިނާ އިން އަންނަނީ ރާއްޖެއަށް ގިނަ އެހީތަކެއް ވަމުން ނެވެ. ކޮވިޑް-19 އާ ގުޅިގެން ދުނިޔެއަށް ކުރިމަތިވި ބަލިމަޑުކަމުގައި ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުމަށްޓަކައި އެ ގައުމުން ވަނީ ޕީޕީއީ ހަދިޔާކޮށްފަ އެވެ. ކަރަންޓީން ފެސިލިޓީ ހަދަން ވެސް ޗައިނާގެ ކުންފުނިތަކުން 100 އަށް ވުރެ ގިނަ މުވައްޒަފުން ދިވެހި ސަރުކާރަށް ދީފައިވާ ކަމަށް ޗައިނާ ސަފީރު މީގެ ކުރިން ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕަކަޅާވާލާ1
12 August 2020
އިންޑިއާއިންވެސް ވަރަށް ބޮޑު އެހީ އެއްދިން، އެއި ހުޅުމާލޭގައި ހޯލީ ފާހަގަކުރުމަށް ޒުވާނުން ކުލަޖަހަން ހިކި ކުލަ ޕައުޑަރުގެ 100 ޕެކެޓް ކުލަ އިންޑިއަޏް ހައިކޮމިޝަން މެދުވެރިކޮށް ހަދިޔާކުރި. ޝުކުރިއްޔަ ސުޖޭސަކަންކަރު
ސަރީފު
11 August 2020
ނަޝީދު ސިޔާސީ މައިދާނުގައި ނެތް ނަމަ ޗައިނާގެ ހިލޭ އެއީ އަދި މާގިނަވާނެ، ނަޝީދުގެ ކަމަކީ ޗައިނާއާއި ރާއްޖެ ޖައްސާ އިންޑިއާ ހިތްރުއްސައިދިނުން..
ސިކުނޑި
11 August 2020
ތިޔަ ފެންޕްލާންޓްތަކުގެ މަޢުލޫމާތު (އަގާއެއްކޮށް) މަޖިލީހުގެ ރައީސަށް ފޮނުވުމަށް ޕްލޭނިންގ މިނިސްޓަރަށް އާދޭހާއެކު ދަންނަވަން!
ބަޑީ
11 August 2020
ދިވެހިންނަށްވެސް އަދި ވަރަށްގިނަ އެހެންމީހުނަށްވެސް، ވަރަށް ގިނަފަހަރަށް "ހަޤީޤަތް" ޤަބޫލުކުރަން ދަތި، އެއްގޮތަކީ ނޭގުން، އަނެއްގޮތަކީ ބޭނުން ނުވުން އަނެއްގޮތަކީ ޖާހިލުކަން. ކޮންމެޔަކަސް އިންސާނާގެ ހުންނާނެ މިފަދަ ސިފަތައް!! މަވެސް "އިންޑިޔާ" އަށް ނޫނީ "ޗައިނާ" އަށް ސަޕޯރޓްކުރަން ޖެހޭ ސަބަބެއްނެތް!! ނަމަވެސް، އިންޑިޔާ ނޫންގޮތެއް އަހަރުމެނަކަށް ހޯދައިގެން އުޅޭކަށް ފަސޭހައެއް ނުވާނެ، އެއީ "އަވަށްޓެރިޔާ" އަވަށްޓެރިޔާ ބާރަށް ކުރިއަރާނެ، ބަލަމާދޯ.
ޗައިނާ އިންޑިއާ
11 August 2020
ޢިންޑިއާ ކިޔާތީ ގޯސްވިކީ ނޫން ..އެމީހުންގެ ހަގީގަތް އެގޭތީ މިބުނަނީ އެއީ ވަރައްމަތިއޮމާން ހަސީލަތް ނުބައި ބައެއް..އެމީހުން ބޭނުންވާނީ 100 އަހަރުންވެސް ރާއްޖެ އެމީނުންގެ ތަނަކަށްވާން..މަލިކު ވެސް އެހެންނޫންނަމަ އަބުރާދޭން ވީނު ..މަލިކަށް ތަރައްގީއެއް ނުގެނެސް ހަމަ 1950 ގައި އޮތް ގޮތަށް އެތަން ބާއްބާފައި އެއޮތީ އަސްކަރީބޭނުމުގައި.
ވައިސޫރި
10 August 2020
އެދުމެއްނެތި ވެދުމެއް ނުކުރާނެ ކޮންމެވެސް ކަންތައްތަކެއް އޮންނާނެ އެމީހަކު ކުރިކަމެއް އޮންނާނީ ހަމައެމީހަކައް
ދޭންވީދޭންވީއޭ
10 August 2020
ޗައިނާގެ އެހީގައި ފެނަކައަށް ކޮންމެ އަހަރަކު ފެނަކައިން ބޭނުންވާ އިންޖީނުތައް ހިލޭ ސަޕްލައި ކޮށްދޭންވީ މެދު ނުކެނޑި 10 އަހަރު ދުވަސް ވަން ދެން އެއިރުން މަޖްލީހުގެ ރައީސަށް ވެސް ނުކުރޭނެ ޗައިނާ އޭ ކިޔާ ޗައިނާ އަށް ދެރަވާ ގޮތަށް އެއްޗެއް ބުނަން ސަބަބަކީ އެއިރުން ޗައިނާ އަށް ތާއީދު ކުރާނެއޭ ރާއްޖެތެރޭ ހުރިހާ ރަށްރަށުގެ މީހުން ދެން އަހަރަކު މާލެ ސަރަހައްދުގެ ފަޅު ހިއްކާ ބިން އިތުރުކުރުމަށް 200 މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ދޭނީ 10 އަހަރުވަން
ތަކަށްއަންގަން
10 August 2020
ޗައިނާ އިން އެއް ފަހަރާ 11 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ވެދިނީ އެއީ ރާއްޖެތެރޭގެ ރަށްރަަށުގެ ބޯފެން އުފައްދާ ފެންޕްލާންޓްސް ތައް ފޯރު ކޮށް ދިނުމަށް ދެން އެންވަޔަރުމެންޓް މިނިސްޓްރީން ބަލަން ޖެހޭނީ މިހުރިހާ ފެން ޕްލާންޓްސް ތަކެއް ރާއްޖޭގައި ފެން ޕްލާންޓް އުފައްދާ ކުންފުނި ތަކަށް ދީގެން ރަށްރަށަށް ސަޕްލައި ކުރެވޭތޯ އިންޑިއާ އަދި ލަންކާ ކުންފުނި ތަކަށް ދިނުމުގެ ބަދަލުގައި ރައީސް އޮފީހުން އެބަޖެހޭ މިފަދަ ޕޮލިސީ އެއްވެސް އެކުލަވާލާ ސަރުކާރުގެ އޮފީސް
ައަފުރާސިޔާބު
10 August 2020
ޗައިނާ ވަރެއްނެތް. "ލާރިނެތް ސޭޓު ހުދުމަރު." މިއީ ތަންކޮޅެއް ކުރިން ބޭނުންކުރި ބަހަކަށްވިޔަސް މިހާރުގެ ހާލަތަށްވެސް ގުޅޭ. ޗައިނާޔާ ފައިހަމަކުރަން އަދި ވިސްނާނެ ވަރެއް ގެރީގައި ނުހުންނާނެ
ތަރައްޤީ އުދުހޭ ގޮތް
10 August 2020
އުތުރުން ފެށިގެން ދެކުނަށް ގޮސްފައި ތ.އަތޮޅާ ހަމަޔަށް ގޮސްފައި ދެން ދާނީ ލ. އަތޮޅު މަތިން ގޮސް ހުވަދޫ އަތޮޅަށެވެ. ލ.އަތޮޅު ހިތަދޫ ކުނަހަންދޫ މާމެންދޫ ނުވެސް ފެންނަ ހިސާބު މަތިން ގޮސް ހުވަދޫ އަތޮޅަށް ތިރި ކޮށް ލާނީ އެވެ
ލ. އަތޮޅު ތުރާކުނު ދާއިރާ
10 August 2020
ހެހެހެ ސަޅި މިސާލެއް.
ސިލްކީސުމޫތު
10 August 2020
ޗައިނާގެ ބެލްޓް އެންޑް ރޯޑް ގެ ފައިދާ ޔޫރަޕު ގިނަ ގައުމުތަކުން އެ ދަނީ ނަގަމުން ޖިއޯޕޮލިޓިކްސް ވިން ކުރަމުން ދަނީ ޗައިނާއިން ކުރީގެ ބާރުތަށް ދަނީ ފަހަތަށް