ސިވިލް ސާވިސް ކޮމިޝަނަށް ހަތަރު ބޭފުޅަކު އައްޔަންކުރަން ރުހުންދީފި

ސިވިލް ސާވިސް ކޮމިޝަނުން ހުސްވެފައިވާ މަގާމުތަކަށް ހަތަރު ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.


އެ މަގާމުތަކަށް ކުރިމަތިލެއްވި 41 ބޭފުޅެއްގެ ނަން ދިރާސާ ކުރެއްވުމަށް ފަހު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން 13 ބޭފުޅަކަށް ރުހުން ދިނެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އެހީ އެ ނަންތަކަށެވެ. ނަންތަކަށް ވޯޓަށް އެހީ ހަތަރު ބޭފުޅެއްގެ ނަން ފާސްވަންދެނެވެ.

ސީއެސްސީ އަށް އައްޔަން ކުރަން ރުހުން ލިބުނީ:

1- ފާތިމަތު ޝަރީފް، މާކޯޅި. ގދ. ތިނަދޫ

2- މުހައްމަދު ނާސިހު. މ. ފަލްކަން، މާލެ.

3- މުހައްމަދު ފަރުސަތު، ހ.ޓޫހާޓް، މާލެ

4- އިބްރާހީމް ރަޝީދު، ބްލެކް ރ. މީދޫ

މި ހަތަރު ބޭފުޅުންނަށް ރުހުން ދޭން، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ކުރިން އޮތީ ތުރީލައިން ވިޕެއް ވެސް ނެރެފަ އެވެ.