ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން: އެ ކޯޓުގެ ގާޒީ ޒުބައިރުގެ މައްސަލައެއް ޖޭއެސްސީން ދަނީ ބަލަމުން -- ފޮޓޯ/މިހާރު
16 ސެޕްޓެމްބަރ 2020 - 12:29
ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ ގާޒީ ޒުބައިރާ ގުޅޭގޮތުން ހުށަހަޅާފައިވަނީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމާއި ޖަމިއްޔާއެއްގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. އެ މައްސަލަ ބަލަން މިދިޔަ ހަަފުތާގައި ތަހުގީގު ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެ އެތައް މަހެއް ކުރިން ހުށަހަޅާފައި އޮތް މި މައްސަލަ ބަލަން ފެށީ ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް އެންމެ ފަހުން ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލެއްވުމަށް ޒުބައިރު ނިންމަވައި ކުށުގެ ރެކޯޑް ސާފުކުރަން ހުށަހެޅުއްވުމާ އެކުގައި ކަމަށް ވަނީ އެނގިފަ އެވެ.
ކުރިން ޑްރަގް ކޯޓުގައި މަސައްކަތް ކުރެއްވުމަށް ފަހު ސިވިލް ކޯޓަށް 2015 ވަނަ އަހަރު ބަދަލުކުރި ގާޒީ ޒުބައިރަކީ އެ ކޯޓުގެ ހުކުމް ތަންފީޒު ޑިވިޝަންގައި މަސައްކަތް ކުރައްވާ ގާޒީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަަހަމީދު
01 October 2020
ފަނޑިޔާރު ޒުބައިރު އަކީ ޖެހިލުންކުޑަ އެއްވެސް ނުފޫޒެއްގަ ނުޖެހި މަސަައްކަތް ކުރާ ވަރަށް އިންސާފުވެރި ބޭފުޅެއް.
އުމައިރު
17 September 2020
ޒުބޭ އެ ކުރާ އިޖްތިމާޢީ ހިދުމަތް ހުއްޓުވަން ނޫޅޭ! އެކަންއެގޮތަށްކުރެވޭނެދެވަނަމީހަކު ދަރަބޫދޫގަ ނެތް
ސަމާ އަލީ
17 September 2020
ޒުބައިރު އަކީ ސިޔާސީ މީހެއްނޫން. ޢިޖުތިމާއީ ވިސްނުމެއް ގެންގުޅުއްވާ މީހެއް
ސަހުލާ އަލީ ފ. ދަރަނބޫދޫ
17 September 2020
ގާޒީ ޒުބައިރުގެ އަންހެނުންނަކީ ޖަމިއްޔާ އެއް ހިންގަން އެހެންމީހެއްގެ އެހީ ބޭނުންވާ ވަރަށްވުރެ މާ ހިންގުންތެރި އުފެއްދުންތެރި މީހެއް
8 ފެބުރުވަރީބޮޑުހުޅު
17 September 2020
ސިޔާސީ ޕާޓީތަކަށް ކެމްޕެއިން ކުރިކަމަށް ބުނާ މައްސަލަތަކުގައިވެސް ފޮޑިޔާރުންނާމެދު އެބަފިޔަވަޅު އަޅާ، ފިޔަވަޅު އަޅަން މިތިބެނީ ވާދަވެރި އަނެއް ޕާޓީގެ ރޫހާނީ ލީޑަރާ އެކެޓެވިސްޓުން، ދެން މިކަން އިންސާފުވެރިވާނެ ވަރު ވިސްނަވާ!
އެމްބްރެސްމަން
17 September 2020
ފަނޑިޔާރުނަށް ވުރެ ބޮޑަށް ސިޔާސީ އަނިޔާ ލިބޭ ބަޔަކު އެބަ ތިބި ތޯއެވެ؟ ކިހާދެރަ ..
މާވެޔޮމިސްކިތު މުދިމު މިއަރެފް
17 September 2020
ކޮބާ، ބާރީ މައްސަލަ، އޭނާ ސަސްޕެންސަނުގައި ހުންނަތާ ދޮޅު އަަހަރު
ޕީއެސްއެމްގެ ސިޔާސީރައިވަރު
17 September 2020
ވަރަށް ސާފުކޮށް މިބުނަނީ، ޖޭއެސްސީގެ ފޯމޭސަން ބަދަލުކުރުން ވަރަށް އަވަސް ކުރަން އެބަޖެހޭ، ނަޝީދު އިސްވެ ހުރެ، ވެރިކަމުގެ ނިޒާމެއްނޫން ބަދަލު ކުރަންވީ، ޖޭއެސްސީ އޮތް ގޮތް، ސިޔާސީ މީހުން ދަނޑިބާނާ ތަނެއްގެ ގޮތުގައި ޖޭއެސްސީ އޮވެގެން އިންސާފެއް ނުލިބޭނެ، ވޭތުވެ ދިޔަ މާޒީގައި ކަންވެފައިވަނީ އެެހެން، މިހާރު ކަންހިގަނީވެސް އެހެން
މެކް
17 September 2020
ބިރު ދެކުން ހުއްޓާލާ
ހަސަނު
17 September 2020
ފަނޑިޔާރުންގެ އަބުރު ހަޑި ނުވާގޮތަށް މި ޒާތު ކަންކަން ކުރުން ބުއްދިވެރި..