ލެބޯޓްރީއެއްގައި ސާމްޕަލްތަކެއް ކޮވިޑަށް ޓެސްޓްކުރަނީ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބިދޭސީން
23 ސެޕްޓެމްބަރ 2020 - 23:30
މިދިޔަ 24 ގަޑިއިރު ތެރޭ ރާއްޖޭގައި 67 މީހަކު ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވްވެ އަދި 92 މީހަކު ބަލިން ރަނގަޅުވެ ބަލީގެ ރިކަވަރީ ރޭޓް 86 ޕަސެންޓަށް ވުރެ މައްޗަށް އަރައިފި އެވެ.
އެޗްޕީއޭ އިން މިރޭ އާއްމުކުރި ހިސާބުތަކުގައިވާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ނަތީޖާ ލިބުނު ސާމްޕަލްތަކުގެ ތެރެެއިން 67 މީހަކު ޕޮޒިޓިވްވި އިރު އޭގެ ތެރެއިން 34 މީހުންނަކީ ބިދޭސީންނެވެ. ދިވެހިންގެ އަދަދަކީ 33 އެވެ. މީގެ ތެރެއިން ދެމީހެއް ފިޔަވައި އެންމެން ވެސް ތިބީ މާލެ ސަރަހައްދުގަ އެވެ.
މިރޭގެ އަދަދުތަކާ އެކު ރިކަވަރީ ރޭޓް ނުވަތަ ބަލިން ރަނގަޅުވި މީހުންގެ ނިސްބަތް ވަނީ 86.29 އަށް އަރައިފަ އެވެ. މިއީ ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވި މީހުންގެ ޕަސެންޓޭޖެވެ. އެއީ 8،530 މީހުންނެވެ. އެހެންވެ މިހާރު ރާއްޖޭގައި ތިބި ޕޮޒިޓިވް މީހުންގެ އަދަދަކީ 1،314 އެވެ.
ބަލި ޖެހުނު މީހުންގެ ތެރެއިން 34 މީހަކު މަރުވެފައިވެ އެވެ. އެއީ 0.34 ޕަސެންޓެވެ.
ކޮވިޑްގެ ކޭސްތައް ރާއްޖޭގައި އެންމެ ގިނަވީ މިދިޔަ އޮގަސްޓްމަހު އެވެ. ކޮވިޑް ކޮންޓްރޯލްކުރަން ރާއްޖޭގައި އަޅާފައި ހުރި ހަރުކަށި ފިޔަވަަޅުތަކަށް ލުއިދޭން ފެށީ ޖުލައި މަހުގަ އެވެ. އޮގަސްޓްމަހުގެ ގިނަ ދުވަސްތަކުގައި 100 އަށް ވުރެ ކޭސްތައް ފެނުނު އިރު 200 އަށް ވުރެ ގިނަ ކޭސްތައް ފެނުނު ދުވަސްތައް ވެސް ދިޔަ އެވެ. ނަމަވެސް މިހާރު ވަނީ އެ އަދަދުތައް ވަރަށް ބޮޑަށް ދަށްވެފަ އެވެ.
ކޮވިޑް ޖެހިފައިވާ މީހުން މާލޭގެ އިތުރުން 24 ރަށަކާއި 25 ރިސޯޓެއްގައި ވެސް އެބަތިއްބެވެ.
ކޮވިޑް ޖެހިގެން އެޑްމިޓްކޮށްފައި މިހާރު 93 މީހަކު ތިބި އިރު އައިސޮލޭޝަންގައި 656 މީހަކު އެބަތިއްބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޭ އިންސާފުބޭ
24 September 2020
ދިރިއުޅުމުގެ ބައިން ޕޮއިންޓް ދީފައި އިންނަ އިރު ވެސް ތިހާ އިކްރޭޓް ކޮށް ޕޮއިންޓުން ޕޮއިންޓަށް ފިގަރ އިނދެއެވެ. މިސާލަކަށް ދިރިއުޅުމުގެ ހާލަތުގެ ބައިން ...23.01 ..ކިހާ އިންސާފުތޯއެވެ. އެމީހާ އަށް ހައްޤުވާ ޕޮއިންޓް ސުމެއް އެކެއް ވެސް އެ އޮތީ ދީފައެވެ.
ރަބަރު
24 September 2020
ﷲ ގެ އިރާދަފުޅާއި މިންވަރުފުޅުން ދެން ގޯސްނުވާނެ. ދެން ވާނީ ރަނގަޅު. ވަރަށް ހިތްހަމަޖެހޭ. އެކަމަކު އުފާވެގެން ގޮސް ޕާރޓީތަކާއި އެއްވުންތައް ނުބޭއްވުން ރަނގަޅު. ﷲ އަށް ހަމްދު ޘަނާ ކުރުން އިތުރުކުރަންވީ. ދުޢާކުރަންވީ. ބަލި ނެތުނުކަމަށް ބެލެވޭނީ މުޅި ދުނިޔެއިންވެސް ބަލިނެތުނީމަ. ޑަބްލިއޫ އެޗް އޯ އިން ބަލިނެތުނުކަން އިއުލާންކުރީމަ. އޭގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން އުޅެންވީ.
Ahmed Rasheed
24 September 2020
ކޮންއިރަކު ގޯސް ވީ؟ ގޯސް ކޮށްލީ